ޑާކާގައި މިދިޔަ އަހަރު ހިނގި ބަސް އެކްސިޑެންޓާ ގުޅިގެން ކިޔަވާ ކުދިން ވަނީ ވަރުގަދަ މުޒާހަރަތަކެއް ކޮށްފައި. --ފޮޓޯ:އޭއެފްޕީ
02 ޑިސެމްބަރ 2019 - 11:23
ޑާކާ (ޑިސެމްބަރު 2) - ބަންގްލަދޭޝްގައި މިދިޔަ އަހަރު ހިނގި ބަސް އެކްސިޑެންޓުގައި ސްކޫލް ދެ ދަރިވަރުން މަރުވި މައްސަލާގައި ތިން މީހަކު އުމުރަށް ޖަލަށްލާން އިއްޔެ ހުކުމްކޮށްފި އެވެ.
ބާރު ސްޕީޑުގައި ދުއްވި ބަހުން ޖެހި ދެ ކުދިން މަރުވި ހާދިސާ އަށް ފަހު ކިޔަވާކުދިން ފެށި މުޒާހަރާގައި ވެރިރަށް ޑާކާ ވަނީ ހުއްޓުމަކަށް ގެނެސްފަ އެވެ. މުޒާހަރާގައި އުޅުނު ބައެއް ކުދިން ވަނީ ޑާކާގެ މަގުތަކުގެ ވެހިކަލްތައް ހުއްޓުވައި ޑްރައިވަރުންގެ އަތުގައި ސައްހަ ލައިސަންސެއް އޮތްތޯ އާއި އެ ވެހިކަލުގެ ރޯޑްވާދީ ކަންޑިޝަން ރަނގަޅުތޯ ބަލައިފަ އެވެ. ނަތީޖާއެއްގ ގޮތުން، އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތައް ހަރުދަނާ ކުރުމަށް ސަރުކާރަށް މަޖްބޫރުވި އެވެ. މުޒާހަރާތަކުގައި ވަނީ 150 މީހަކަށް އަނިޔާވެފަ އެވެ.
ތިން މީހުންގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ އެ މީހުން ކުރި އަމަލެއްގެ ސަބަބުން ދެ މީހަކު މަރުވެފައިވާތީ އެވެ. ބަސް ކުންފުނީގެ ވެރިޔާގެ މައްޗަށް ދައުވާ ކުރި ނަމަވެސް އޭނާ ވަނީ ސަލާމަތްވެފަ އެވެ.
މަގުމަތީގެ އެކްސިޑެންޓްތަކުގައި ބަންގްލަދޭޝްގައި މިދިޔަ އަހަރު ވަނީ 7،500 މީހުން މަރުވެފަ އެވެ. މިއީ ދުވާލަކަށް 20 މީހުންނަށް ވުރެ އިތުރު އަދަދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާއްޓޭ
02 December 2019
މައުލޫމާތު ހޯދި މަސްދަރު ހިމަނާލިނަމަ