ނޯތު ޑަކޯޓާގައި އެމެރިކާ ސިފައިންގެ ބަޔަކާ ދިފާއީ ވަޒީރު އޭޝްޓަން ކާޓާ ބައްދަލު ކުރައްވަނީ: އިރާގަށް އެމެރިކާގެ އިތުރު ސިފައިން ފޮނުވަން ވަނީ ނިންމާފައި. --ފޮޓޯ:އޭއެފްޕީ
29 ސެޕްޓެމްބަރ 2016 - 15:44
ވޮޝިންޓަން (ސެޕްޓެމްބަރު 29) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތް ދަށުން އިރާގުގެ މޮސޫލް ހިފުމުގެ އޮޕަރޭޝަނަށް މަގު ފަހިކުރުމަށް އިރާގު ސިފައިންނަށް ތަމްރީނު ދިނުމަށް އެމެރިކާގެ އިތުރު 600 ސިފައިން ފޮނުވުމަށް ނިންމައިފި އެވެ.
ޑިފެންސް މިނިސްޓަރު އޭޝްޓަން ކާޓާ ނިއު މެކްސިކޯގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެމެރިކާ އިން އިތުރަށް ފޮނުވާ ސިފައިންގެ މައިގަނޑު މަސައްކަތަކަށް ވާނީ އައިއެސްގެ އަތް ދަށުގައި އޮތް މޮސޫލް އަތުލުމަށް އިރާގު ސިފައިންނާއި ކުރުދީ ހަނގުރާމަވެރިންނަށް އެހީތެރިވެދިނުން ކަމަށެވެ.
އައިއެސްގެ ބާރުގެ ދަށަށް މޮސޫލް ގެންދިޔައީ ޖޫން 2014 ގަ އެވެ. އިރާގު ސިފައިން މިހާރު ދަނީ އެ ގައުމުގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ އައިއެސްގެ ބާރުގެ ދަށުން އަތުލަން މަސައްކަތް ކުރަމުންނެވެ.
އިރާގަށް ފޮނުވާ އެމެރިކާ ސިފައިން ގާއިމްވެ ތިބޭނީ މޮސޫލްގެ ދެކުނުން 40 މޭލު ދުރުގައިވާ އަސްކަރީ މަރުކަޒެއްގަ އެވެ.
އިރާގަށް ފޮނުވާފައިވާ އެމެރިކާ ސިފައިންގެ ރޯލަކީ އިރާގު ސިފައިންނަށް ތަމްރީނު ދިނުން ކަމަށްވިޔަސް އައިއެސްއާ ދެކޮޅަށް އެއްގަމު މަގުން ހަމަލާ ދިނުމުގައި އެމެރިކާ ސިފައިން ބައިވެރިވެ އެވެ. އައިއެސްގެ ހަމަލާތަކުގައި އެމެރިކާ ސިފައިންގެ ތިން މީހަކު އިރާގުން މިހާތަނަށް މަރުވެފައިވެ އެވެ.
އެމެރިކާގެ އިތުރު ސިފައިން އިރާގަށް ފޮނުވަން ނިންމިއިރު ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ ވެސް ވަނީ އެމެރިކާގެ އިތުރު ސިފައިންގެ އެހީއަށް ބޭނުންވާ ކަމަށް އެމެރިކާ އަށް ހުށަހަޅައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮމެންޓޭޓަރު
30 September 2016
މޮސޫލް އެއެނޫން ތަންކޮޅެއް ބަލާލައިގެން މައުލޫމާތު ލިބިގެން ލިޔެބަލަ އިރާގުގައި އޮންނަނީ މައުސަލް .