ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު. --- ފޮޓޯ: މަޖިލިސް
03 ޑިސެމްބަރ 2019 - 10:27
ސަރުކާރުން ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާ ދައުލަތުގެ ބަޖެޓު ބޮޑު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުގެ ސާފު އަޣުލަބިއްޔަތެއް އޮތް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެކަމަކު، އެ ބަޖެޓަށް 366 މިލިއަން ރުފިޔާ އިތުރުކޮށް، ޖުމްލަ 37.8 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް މާލިއްޔަތު ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީ ގުޅިގެން އުފެއްދި ބަޖެޓު ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
ބަޖެޓު ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރުން މިއަދު ފެށުމުގެ ކުރިން، މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ ކޮމިޓީ މަރުހަލާގައި ބަޖެޓު ދިރާސާ ކުރިއިރު، އޮފީސްތަކުގެ ބަޖެޓަށް 96 މިލިއަން ރުފިޔާ އާއި ޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން މަޝްރޫއުތައް ހިންގަން 270 މިލިއަން ރުފިޔާ އިތުރު ކޮށްފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ބަޖެޓުގައި ޑެފިސިޓްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޖީޑީޕީ ނުވަތަ އުފެއްދުންތެރިކަމުގެ ނިސްބަތުން 5.8 ޕަސަންޓެވެ. ނަމަވެސް، ބަޖެޓު ކޮމިޓީން ގެނައި ބަދަލުގެ ސަބަބުން ޑެފިސިޓު 6.2 ޕަސަންޓަށް އިތުރުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ބަޖެޓު މި ހުށަހަޅަނީ މި މަޖިލިހުގެ މެޖޯރިޓީ ޕާޓީގެ ފަރާތުން. އެ ހުށަހެޅުމަށް މިފަދަ ބޮޑު ބަދަލެއް އަޅުގަނޑު ދެކޭ ގޮތުގައި ބަޖެޓު 5.8 ގެ ޑިފިސިޓަކުން 6.2 ޕަސަންޓަށް ބަދަލުވުމަކީ ވަރަށް ބޮޑު އަދަދެއް. ހާއްސަކޮށް ހަރަދަށް ބަދަލު ގެނެވިފައިވާ އިރު، އަންދާޒާ އާމްދަނީ އަށް ބަދަލު ގެނެވިފައި ނެތް. އެކަމަކު، އަޅުގަނޑުމެންނަށް އެނގޭ އަންދާޒާ އާމްދަނީ އަށް ބަދަލު އަންނާނެ ކަން،" ނަޝީދު ވިދާޅުވި އެވެ.
"ހަގީގަތުގައި ބަޖެޓުގެ ޖުމްލަ އަދަދަށް ބަދަލު އައިސްގެން ނުވާނެ."
ނަޝީދު ވިދާޅުވި ގޮތުގައި، ބަޖެޓު ކޮމިޓީން ބަދަލު ގެނެސްފައި ވަނީ ހަމައެކަނި ހަރަދަށެވެ. އަންދާޒީ އާމްދަނީ އިތުރުވާނެ ކަމެއް ހިމަނާފައި ނުވުމަކީ ވެސް މެންބަރުން ވިސްނަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލިބޭނެ ކަމަށް ލަފާ ކޮށްފައިވާ އާމްދަނީގެ ގޮތުގައި ސަރުކާރުން ތައާރަފު ކުރަން ނިންމާފައިވާ އާމްދަނީން ނަގާ ޓެކްސް ތަންފީޒު ކުރުމަށް ދުވަސްތަކެއް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ފެންނަ ފެނުމަށް އިންކަމް ޓެކްސް ނެގުމުގެ ކަންކަމަށް އަހަރުގެ ތިން މަހެއްހާ ދުވަސް ގެއްލި ހިނގައިދާނެ،" ރާއްޖެ އަށް ޓެކްސްގެ ނިޒާމު ތައާރަފް ކުރެއްވި ނަޝީދު ވިދާޅުވި އެވެ.
ބަޖެޓު ފާސްކޮށް އަންނަ އަހަރުގެ ޖެނުއަރީ މަހު ބަޖެޓުގައި ހުރި ކަންކަން ތަންފީޒުވާން ފެށުމުން، ރައްޔިތުން ބޭނުންވާ ދުވެލީގައި ތަރައްގީ ފެންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުން ބޭނުން ވަނީ ވަޒީފާގެ ފުރުސަތު އިތުރުކޮށް އިގްތިސާދީ ހަރަކާތް ހިންގުމަށެވެ.
އަދޮ ވިދާޅުވީ، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ބަޖެޓުގެ ހުރިހާ ކަމެއް މަޖިލިހުން ނިންމާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލައިލާ
04 December 2019
އެއީތަ އިބޫ ދެއްކި ވާހަކަ އަކީ ދަތުރުގަ؟
ބަޖެޓު
03 December 2019
މި ބަޖެޓަކީ ހިތާމަވެރި ބަޖެޓެއް. ބަޖެޓަށް އާމްދަނީ ހޯދަން ރާވާފައިވާ ހުރި ގޮތްތަކަށް ބަލާއިރު އަންނަ އަހަރު މުދަލާއި ޚިދުމަތުގެ އަގުތައް މަތިވެގެންދާނެ. ބިދޭސީންގެ ކޯޓާ ވިއްކާނަމަ އެންމެ އާދައިގެ ހޮޓަލަކުންވެސް އަހަރު ލައްކައެއްހާ ރުފިޔާ ސަރުކާރަށް ދައްކަންޖެހޭނެ. ގެދޮރުއެޅުމުގެ ޚަރަބު ބޮޑުވާނެ. ސަރުކާރަށް ދައްކަންޖެހޭ ފައިސާ ވިޔަފާރިވެން ހޯދާނީ ޚިދުމަތް ހޯދާ ފަރާތްތަކުގެ އަތުން.
މަކުނު
03 December 2019
މީނާ ކަމަކާ ހިތުންރުހިގަބޫލު ވެއްޖިއްޔާ ވާހަކަ ދައްކާނީ އެކަމަކާ ދެކޮޅަށް.
ޣގޖނ
03 December 2019
ވިސްނޭ ރައީސެއް.
އެންދެރި
03 December 2019
ބިޖެޓް އަކީ ކޮން އެއްޗެއް ކަން ނޭނގޭ ބަޔަކު ބަޖެޓް ވާހަކަ ދައްކަނީ އެވެ. ގައުމު ދަރަނީގަ އޮއްވަ ދަރަނި ބަޖެޓް އެކެވެ. ދަރަނި އަދާ ކުރަން ދަރަނި ނަގަނީ އެވެ. ރައްޔިތުން ބާރުވެރި ކުރުވަ ބަލާށެވެ.
ބަބުރަންޖީ ހާޖީ
03 December 2019
ބަޖެޓު ބޮޑުވަނީ. އެކަމަކު ރައްޔިތުން ހަނާވަނީ.
ކޮތަރު
04 December 2019
ތިޔަބުނާ "ހަނާ' ވާތަނެއް ނުފެނެ. ރައްޔިތުން އުޅެނީ ކޮންމެ އަންހެނަކާ ފިރިހެނަކު ސައިކަލުގަ...!
ހަޑިގިއްލާ
04 December 2019
ހަނާވަނީ.. އެކަމު މި ދިވެހިރާއްޖެ ނޫނީ ވެލްފެއާއިން ރައްޔެތުންނަށް މިހާބޮޑު ހޭދައެއްކުރާ ގައުމެއްނެތް. ބޭރު ގައުމުތަކުގެ ހޮސްޕިޓާތަކުންވެސް ދައުލަތުގެ ޚަރަދުގަ ބޭސްކުރާ ގައުމެއްް މިނޫނީ ދުށިންތަ! ކަމެއްނުކޮށް ގޭގަ ތިއްބާ ކާފަމާމައަށް ދިހަހާސް ރުފިޔާ ދޭ ގައުމެއް ދުށިންތަ! އެބުނާ މުއްސަނދި ޔޫރަޕް ގައުމު ތަކުގަވެސް އިންކަމް ޓެކްސްއަށް އާމުދަނީގެ ދެބައިކުޅަ އެއްބައި ނަގާއިރު މިގައުމުގަ އެއް ޕަސެންޓްވެސް ނަގަން އެ ދެކޮޅު ހަދަނީ