ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގަންނަވަނީ. --.ފޮޓޯ: ހުސައިން ވަހީދު/މިހާރު
04 ޑިސެމްބަރ 2019 - 16:56
ސަރުކާރުން ހުށަހެޅި އާމްދަނީން ޓެކްސް ނެގުމުގެ ބިލް ފާސް ކުރަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި އިތުރު ދެ މެމްބަރަކު މިއަދު ވޯޓު ދެއްވައިފި އެވެ.
ސަރުކާރުގެ ފަރާތުން، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ހުށަހެޅުއްވި ބިލު މުޅި މަޖިލިހުގެ ކޮމިޓީން ގެނައި އިސްލާހުތަކާއި މަޖިލިހުގެ ތަޅުމުން ގެނައި އިސްލާހުތަކާ އެކު މިއަދު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ގާސިމާ އެކު، އެ ބިލް ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރެވެ. އާމިރު ފަހުން ވަނީ އޭނާގެ ވޯޓް ސިސްޓަމްގައި މައްސަލަ ޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު، ރިޔާސަތުގައި އިންނެވި މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އެފަދަ މައްސަލައެއް ފާހަގަ ކުރެއްވިފައި ނުވާ ކަމަށެވެ.
އިންކަމް ޓެކްސްގެ ބިލަށް މަޖިލިހުގެ ތަޅުމުގައި ހުށަހެޅި ބައެއް އިސްލާހުތަކަށް ވެސް ގާސިމް ވޯޓެއް ނުދެއްވަ އެވެ. އޭނާ ވޯޓު ދެއްވީ މަދު އިސްލާހުތަކެއް ފާސް ކުރުމަށް އެކަންޏެވެ.
އަންނަ މަހުން ފެށިގެން އާމްދަނީން ޓެކްސް ނަގަން ނިންމައި އިންކަމް ޓެކްސް ބިލް މަޖިލިހުން ފާސް ކުރީ ބޮޑެތި ބަދަލުތަކާ އެކުގަ އެވެ.
އެންމެ ބޮޑު އެއް އިސްލާހުގެ ގޮތުގައި ވަނީ މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީން ޓެކްސް ނަގަން ފަށާނީ އަންނަ އޭޕްރީލް މަހުގެ އެކަކުން ފެށިގެން ކަމަށެވެ. އަދި ދެން ހުރި ފަރާތްތަކުގެ އަތުން ޓެކްސް ނަގަން ފަށަން ވާނީ އަންނަ ޖެނުއަރީ އެކަކުން ފެށިގެން ކަމަށް ވެސް އިސްލާހުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުބޭ
05 December 2019
ޜައޔިތުންނަށްވެސް ދެންނުފެންނާނެ 2023 ގައި ވޯޓްދޭށޭ ކިޔައި ރުޔަސް، ރައްޔިތުންނަށް އެއްޗެއްދޭންވީމާ ތިމާޔަށް ނުފެންނަންޔާ ދެން ރައްޔިތުންނަށްވެސް ފެންނާނެ ކަމެއްނެތެއްނު
ސަރުދާރު
05 December 2019
ޤާސިމް މަޖިލީހުގައި ވޯޓުދޭގޮތަކާއި އޭނާގެ މުއްސަނދި ކަމަކާއި ނުގުޅުވޭނެއެވެ. އޭނާ އަށްވެސް ވޯޓުލާނެ ގޮތުގެ އިހްތިޔާރު އޮންނަންވާނެއެވެ. އެ ބިލު ފާސްވާނެކަން އެނގިހުރެ އެބިލަށް ވޯޓު ނުލީ ސަބަބެއްވެސް އޮވެދާނެއެވެ. ޤާސިމް ވޯޓުނުލިޔަސް ބިލް ފާސްވާނެއެވެ. އަޅުގަނޑުމެން އަދި ތަހުޒީބް ނުވަނީއެވެ.
ހައްޤުބަސް
05 December 2019
ޤާސިމް ވޯޓު ނުދިނީ އެ ބިލުގައިވާ އިސްލާހުތައް ކަމުނުދިއުމުން ކަމަށްވެދާނެއެވެ. ނަމަވެސް ބައެއް އިސްލާހުތަކަށް ވޯޓު ދިންކަން މި ލިއުން ކިޔާލީމާ އެނގެއެވެ. ޓެކްސް ނެގުމާއި އެއްކޮޅުކަމަށް އަބަދުވެސް ޤާސިމު އަންނަނީ ބުނަމުންނެވެ. މަށަށް މީގެން ފެންނަނީ ޤާސިމުގެ އިހްލާސްތެރިކަމެވެ. ސަބަބަކީ އޭނާ އެތެރެއިން ނުލަފާނަމަ ރައްޔިތުންނަށް ދެއްކެންވެސް މިއަށް ވޯޓު ލާނެއެވެ. ފާސްވާނެކަން އެނގޭނުހެއްޔެވެ. އެމް.ޑީ.ޕީގެ މެޖޯރިޓީއެވެ.
އައިސް
05 December 2019
ވިޔަފާރި ވެރިން ވަރަށް ބިރުގަންނާނެ އިންކަމް ޓެކްސް ދެކެ. އެވީ އެހެން
ސޭޓު ނޫން ގޮތެއް
05 December 2019
ރައްޔިތުންނަށް ފައިދާ ވާނެ އެއްވެސް ބޮޑު ބިލަކަށް ތިމީހާ ވޯޓު ނުދޭ
ޕާޓީ
05 December 2019
ސިޔާސީ މަގާމް ތަކުގައި ތިބި އަދަދު ނުކުރެވޭ މީހުންގެ މުސާރައާ އިނާޔަތްތައް ދީ އެމީހުންގެ ހިތް ފުރޭ ވަރު ކުރުމަށާއި ސިޔާސީ ޕާޓީ ތަކުގެ އިސްރާފް ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ނުކުރާނެ ކަމެއް ނޯންނާނެ
ށ.އަތޮޅު މީހާ
04 December 2019
މީނާ ރައީސްކަމަށް ގެންނަން ދެން ކިހިނެއް ވޯޓު ދެވޭނީ.
ޝޮކްތެރަޕީ
04 December 2019
ޤާސިމްގެ ސަބަބުން އެމްޑީޕީޔަ ވެރިކަން މި ލިބުނީ. ޤައުމައްވުރެ އަމިލްލައެދުން އިސްކޮއްފި.
އަޔޫ
04 December 2019
ރައީސްކަމަށް އަންނަން ހުރިހާ ކަމެއް ކުރަމުންދާއިރު މީހާގެ ހުރި ނުބައިކަން ވިސްނާލާ، ޤާސިމަށް ނޭގެނީ އޭނަ މުއްސަނދިވީ ދިވެހިންގެ މުދާ ބޭނުންކޮށްގެންކަން. އެ މުދަލަށް ލިބެންޖެހޭ ހައްޤުބައި ރައްޔިތުންނަށް ދޭންޖެހޭ. ޖާބިރު އާ ސަންޓްރެވަލް ޝިޔާމަށްވެސް ދަންނަވާލަން، ކަލޭމެން މުއްސަނދިވެފައިވަނީ ބަންޑާރަ މުދާ ބޭނުންކޮށްގެންނޭ، ހަމަ އަގު ރައްޔިތުންނަށްދޭށޭ.
ހަސަންބެ.
04 December 2019
އަހަރެމެން ނިކަމެތިން އަތުން ޖީއެސްޓީއޭ ކިޔާފައި ކޮންމެ 100 ރ އަކުން 6ރ އެބަނަގާ. އެކަމަކު އެއެއްޗެއް ދައުލަތުގެ ބައިތުލުްމާލަށްދޭބާއޭ ހިތަށްއަރާ. ކަންމަތީފިހާރައިގައި އިންނަ ބަންގާޅީސޮރު އެންޓަރ ކުރާ ސިސްޓަމެއް ލިޔާވިކުރާއެއްނޯވޭ. ކަލްކިއުލޭޓަރަށްފިތާފައި އަގުނަގަނީ. ދެން މިމީހުން ޖީއެސްޓީ ބަރާބަރަށް ދައްކާނެ ކަމުގެ އެއްވެސް ޔަގީންކަމެއްނެތް. އަދިމީރާމީހުން މިކަހަލަ ތަންތަން މޮނީޓަރ ކުރާކަމެއްވެސްނޭގޭ.