ޚަބަރު / އަނީސާ އަހުމަދު

އަނީސާގެ ރައްދު: 17 ވަނަ މާއްދާއިން އަންހެނުންގެ ހައްގުތައް ދެވޭނެ

ވަކި އަދަދަކަށް އަންހެނުން ކައުންސިލްތަކަށް އައްޔަންކުރާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުން ގާނޫނުއަސާސީއާ މުޅިން ހިލާފު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވުމުން ކުރީގެ މިނިސްޓަރު އަނީސާ އަހުމަދު މިއަދު ރައްދު ދެއްވައިފި އެވެ.

ގާސިމް ރޭ ވިދާޅުވީ ވަކި އަދަދަކަށް އަންހެނުން ކައުންސިލްތަކަށް އައްޔަން ކުރާ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ ގާނޫނުއަސާސީގައި އޮންނަ އަސާސީ ހައްގުތަކާ ކަނޑައެޅިގެން ހިލާފަށް ކަމަށާއި އެގޮތަށް އެކަން ނުކުރެވޭނެ ކަމަށެވެ. ގާސިމް އިޝާރާތް ކުރެއްވީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާގެ ހ. އަށެވެ.

އެ މާއްދާގައި ބުނަނީ "ހައްގުތަކާއި މިނިވަންކަން ލިބުމުގައި އެ މީހެއްގެ ނަސްލަށް، ނުވަަތަ އުފަންވީ ގައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ، ޖިންސަށް، ނުވަތަ، އުމުރަށް، ނުވަނަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެ މީހެއްގެ ސިޔާސީ ނުވަނަ އެ ނޫން ވެސް ވިސްނުމަކަށް ނުވަތަ މާލީ ފުދުންތެރިކަމަށް ނުވަތަ ނިސްބަތްވާ އާއިލާ އަށް ނުވަތަ އުފަން ރަށަށް ނުވަތަ މި ނޫން ވެސް ކަންކަމަށް ބަލައި ތަފާތުކޮށްގެން ނުވާނެ" ކަމަށެވެ.

Anhenunnah gondi haassa kurun gaanoonu asaasee aa khilaaf: Gasim

Anhenunnah gondi haassa kurun gaanoonu asaasee aa khilaaf: Gasim

The most trusted news source in the Maldives

Mihaaru

އަންހެނުންނަށް ހާއްސަ ކުރުން ގާނޫނު އަސާސީއާ ހިލާފު ކަމަށް ގާސިމް ވިދާޅުވުން--

އެކަމަށް ރައްދު ދެއްވައި، މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރެއްވި އަނީސާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާގެ ށ. އަކީ އަންހެނުން ބާރުވެރި ކުރުމަށް ކޯޓާ ކަނޑައެޅުން ފަދަ ކަންކަމަށް މަގުފަހި ކުރުމަށް ލިޔެފައިވާ މާއްދާއެއް ކަމަށެވެ.

އަނީސާ އިޝާރާތް ކުރައްވާ މާއްދާގައި ބުނަނީ "މުޖްތަމައުގެ އާންމު ހާލަތަށްވުރެ ނިކަމެތިކަމެއް ލިބިފައިވާ މީހަކަށް، ނުވަތަ ބަޔަކަށް، ހާއްސަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ ބަޔަކަށް އެހީތެރިވެދިނުމަށްޓަކައި، ނުވަތަ ރައްކާތެރިކަން ލިބިދިނުމަށްޓަކައި ކުރާ ކަންތައްތަކަކީ ތަފާތުކުރުމެއް ކަމުގައެއް ނުވާނެ" ކަމަށެވެ.

ގާސިމް ޓެގް ކުރައްވައި އަނީސާ ކުރެއްވި ޓްވީޓް--

ރައްޔިތުންގެ މަޖިލިހުގައި އޮތް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ވަނީ ރަށްރަށާއި ސިޓީތައް ހިނގާނީ އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރެވި، އަންހެނުންގެ ބައިވެރިވުމާ އެކުގައި ކަން ކަށަވަރު ކުރުމަށް ކައުންސިލްތަކުގައި އަންހެނުންގެ ދައުރެއް ކަނޑައެޅިފައި އޮންނަން ވާނެ ކަމަށެވެ.

ބިލްގައިވާ ގޮތުން ކައުންސިލަށް އިންތިހާބު ކުރާ މެމްބަރުންގެ ތެރެއިން 33 ޕަސަންޓް ހާއްސަ ކުރަންވާނީ އަންހެނުންނަށެވެ.

11 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 4%
icon angry icon angry 65%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝޮކްތެރަޕީ

05 December 2019

ރާއްޖެ މިދަނީ ރަގަޅަކައްނުން.

The name is already taken The name is available. Register?

1952

05 December 2019

ނުކުޅެދުންތެރިކަން ހުރި ބައެއް ކަމުގައި މިގައުމުގެ އަންހެނުން ބެލޭނެ ތަނެއް ނެތް.

The name is already taken The name is available. Register?

އާންމު ހާލަތަކީ ބަލާމިންގަޑަކީ ކޮބާ؟

05 December 2019

މުޖްތަމައުގެ އާންމު ހާލަތަށްވުރެ ނިކަމެތިކަމެއް ލިބިފައިވާ މީހަކަށް‘ މީގެ ފުރަތަމަ މީހުނަކީ ނުކުޅޭ ދޭ މީހުން،

The name is already taken The name is available. Register?

ބޯހަލާކު ނޮޓް ފެއަރ

05 December 2019

، ނަސީބެންނު މިކްސްކޮށް ކުޅިވަރު ނުކުޅޭކަން، އޭރުންއަންހެނުން ވީތިއްވެ، ފަށާނީވެސް ސެމީފައިނަލްއުން

The name is already taken The name is available. Register?

ބަޑޭރި

04 December 2019

އެކަމަނާ މާނަކުރައްވާ ޤާނޫނުގެ މަފްހޫމަކާ އަންހެނުން ބާރުވެރި ކުރަން ކައުންސިލްތަކަށް 30% ކަޑައަޅާ ފާސް ކުރެވުނު ޤަނޫނަކާ ދިމަލެއްނުވޭ. މުޖްތަމަޢުގައި މިގައުގެ އާއްމު ހާލަތަށްވުރެ އަންހެނުން ނިކަމެއްޗެއްނޫން. ކެރެއްޏާ ނިކުމެ ކޮންމެދާއިރާއަކުން މަސައްކަތް ކުރިޔަސް ކުރިއަޢް އެބަދެވޭ. އެއްފަހަރު އަބިމީހާ ވިހާފަ އަނެއްފަހަރު ފިރިމީހާ ނުވިހައްޏާ އެއީ ހަމަހަމަ ނުވަނީކީނޫން. ފިތުރަތުގެ ގާނޫނު ބަލާލަބަލަ...

The name is already taken The name is available. Register?

ޢަލީބެ

04 December 2019

ޢަނީސާ އަށް އަހަރެންބުނާނީ. ހާއްސަ އެހީއަށް ބޭނުންވާ މީހުނަށް ފުލެޓު ދިނުން އޯކޭ. ޕީޖީކަމާ ފަނޑިޔާރު ކަމާ ޑިފެންސް މިނިސްޓަރުކަމާ ނުވީތާކަށް ފިރިމީހާގެ ބަހެއްނާހާ ގަދަދައްކާފަ އުޅޭބަޔަކަށް އިތުރު އިހުތިޔާރުތަކެއް ދީނުމަކީ ހުޅަނގުގެ ސަގާފަތެކޭ. ދީންވެރިންވެސް ސިޔާސީ ނުވާނަމަ މިބުނީ ތެދެކޭ ބުނާނެ.

The name is already taken The name is available. Register?

معمون

04 December 2019

ޤާނޫއެއްގައި ކަނޑައެޅިގެން 33% އަންހެނުންނަށް ލިބެން ޖެހޭނެކަމަށް ލިޔާ ނަމަ ހަމަ އެ ޤާނޫނުގައި 64% ފިރިހެނުންނަށް ލިބެންޖެހޭނެ ކަމަށް ވެސް ލިޔަން ޖެހޭނެ ކަމަށް ދެކެން. އެހެން ނޫން ނަމަ 33% އަންހެނުންނަށް ދިނުމަށް ފަހު ބާކީ 64% އިންވެސް އަންހެނުންނަށް ދިނުމަކަށް ހުރަހެއް ނެތް. އަންހެނުންނާއި ފިރިހެނުން ހަމަހަމަ ކަމަށް ދައުވާ ކުރާ ޒަމާނެއްގައި، އިންތިހާބު ކުރެވޭ މަގާމުތަކަށް ކުރިމަތި ލުމުގެ ފުރުސަތު ދެ ޖިންސަށްމެ އޮތް އިރު، ތަބަކަށް ލާފަ ދޭންވީ ތޯ

The name is already taken The name is available. Register?

1828

04 December 2019

ރާއްްޖޭގެ ރައީސްކަމަށް އެކަނި އަންހެނުނަށް ކުރިމަތި ނުލެވެނީ. އެހެން ހުރިހާކަމަކަށް ހަމަ ކުރިމަތިލެވޭ. ވީއިރު ވަކި ޖިންސަކަށް ކޯޓާ ކަނޑައެޅުމަކީ ވަރަށް ދެކޮޅު ނުޖެހޭ ކަމެއް. ކައުންސިލްކަމަށް، މަޖިލިސް މެމްބަރުކަމަށް ކުރިމަތިލާކަށް އެއްވެސް ޖިންސަކަށް ހުރަހެއް ނެތް. ހޮވަނީ ވޯޓުންކަމަށް ވާތީ، އަންހެނުންވެސް ފިރިހެނުންވެސް ޖެހޭނީ އެމީހާގެ ޤާބިލްކަން ދައްކައިގެން ގިނަ ވޯޓް ހޯދަން.

The name is already taken The name is available. Register?

ނަޖުމުއްދީން

04 December 2019

އަދިވެސް މައުމޫނުވަރެއް ނެތް.

The name is already taken The name is available. Register?

އަނީސް

04 December 2019

އަސްތާ އަނީސާމެން ތިޔައުޅެނީ އަންހެނުން ހާދަ ނިކަމެތި ބަޔަކަށް ހަދަންދޯ. ހަމަހަމަ ކަމަށް ވާހަކަ ދައްކާއިރު މިއީ އަންހެނުން ދަށްކޮށްލުމެއް. ތަބަކަށް ލާފަ ގޮނޑި ދޭންޖެހޭތަ. ވާދަކޮށްގެން ހޯދަންވީނު. އޭރުން ފިރިހެނުންނާ އަންހެނުން ހަމަހަމަވާނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454