04 ޑިސެމްބަރ 2019 - 22:11
ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އިންޑިޔާއަށް ވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ތިން ދުވަހުގެ މި ދަތުރުފުޅުގައި ކެރަލާ އަދި ކަރުނާޓަކާ ސްޓޭޓަށް ނައިބު ރައީސް ވަޑައިގަންނަވާނެ އެވެ.
އެ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ. އަދި އިންޑިއާގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ނައިބު ރައީސް ބައްދަލު ކުރައްވާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.
ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ފުރަތަމަ ވަޑައިގެންނެވީ އިންޑިއާއަށެވެ. މިސަރުކާރާ އެކު ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ.
އިންޑިއާ އިން މިއަދު ވަނީ ހަތަރު ދާއިރާއަކުން ރާއްޖެއަަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އޭގެ ތެރޭގައި ކޯސްޓްގާޑް އުޅަނދަކާއި ތިން މަސް ފެކްޓްރީގެ އިތުރުން މާލޭގެ މަގު ބައްތިތައް ލެޑް ލައިޓަށް ބަދަލު ކުރުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޮބީ
05 December 2019
ލެޑް ބޮކި ކޮޅެއް ގެންނައްޗޭ
ސަލަފު
05 December 2019
ކުރީގެނާއިބު ރައީސުންނަށް ފިލާވަޅެއް. އެމްޑީޕީ ސަރުކާރުން ނާއިބު ރައީސުންގެ ބޭނުން ހިއްޕަވާތަން. ހީވާގި ރަގަޅު ބޭފުޅެއް.
ދީމާހު
05 December 2019
އިތުރަށް އަޅުވެތިވެ ނިކަމެތި ވުން ނޫން ނަތީޖާއެއް ތިޔަ ދަތުރަކުން ނެތް
ޓެކްސް
05 December 2019
ކުންފުނިތަކުގެ ޝެއާގެ ގޮތުގައި ބިލިއަނުންލިބޭ މަންފާއިން ޓެކުސް އެއީނުނެގޭ ކަމެއްގެ ގޮތުގައި ހަމަޖެއްސުމާއި، ހަމީހުން އުޅޭގައުޅޭ މިގައުމުގަ ޢާމްދަނީ ލިބޭ ހައެއް ކަ މީހުން އެއްބައެއްގެ ވިޔަފާރީގައި އުޅޭއިރު މީހަ ކަށް ކިރިޔާ ރުފިޔާއެއް ލިބެން އޮތްމަގަ ކީ ކޮބައިތޯ ބަލައި ބަޔަ ކުގެ ފޮނިދިރިއުޅުމަށް ޚަރަދުކުރުމަށް ފައިސާލިބިގަތުމަށް މަސައް ކަތް ކުރުމީ އަޅުވެތިކަމެއް
ރަދީފުއްދީނުލް އަކްބަރު
04 December 2019
އިންޑިޔާގައި ރާއްޖެގެ އެންބަސީއެއްހުރުމުން ނުފުދޭތަ؟ އަބަދު ކޮންމެސްމީހަކު އެބަޖެހޭ އިނޑިޔާގައި ހުންނަން. މީ ދެން ކިހާ ބޮޑުކަމެއް.