06 ޑިސެމްބަރ 2019 - 08:24
ދާއިމީކޮށް ބޯ ޑައިކުރުމާއި ފަންކުރަން ބޭނުންކުރާ އެއްޗެހީގައި އެކުލެވޭ ކެމިކަލް މާއްދާތަކުގެ ސަބަބުން އަންހެނުންނަށް އުރަމަތީގެ ކެންސަރުގެ ނުރައްކާ ބޮޑުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
އިންޓަނޭޝަނަލް ޖާނަލް އޮފް ކެންސާގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި މިކަން ހާމަކޮށްފައި ވަނީ ކުރިން ވެސް އެފަދަ ބާވަތްތަކާއި ސިއްހީ މައްސަލަތަކާ ގުޅުން ހުންނަކަން ހާމަވެ، ކަންބޮޑުވުންތަކެއް ވެސް އުފެދިފައި ވަނިކޮށެވެ.
ދިރާސާގައި ބުނިގޮތުގައި ބޯ ޑައިކުރުމަށާއި ފަންކުރަން ބޭނުންކުރާ ގިނަ އުފެއްދުންތަކަކީ ނުރައްކާތެރި ކެމިކަލް މާއްދާތައް ގިނަ އަދަދަކަށް އެކުލެވިގެން އެއްޗިއްސަށްވާތީ އެ އެއްޗިހި ބޭނުންކުރާ އަންހެނުންނަށް އެ ނޫން މީހުންނަށް ވުރެ އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑެވެ. އަދި ވަކިން ހާއްސަކޮށް ކަޅު އަންހެނުންނަށް މީގެ ނުރައްކާ ބޮޑު ކަމަށް ބުންޏެވެ.
NEWS: NIEHS scientists found that women who use permanent hair dye and chemical hair straighteners have a higher risk of developing #breastcancer than women who don’t use these products. https://t.co/FNs5SVu50W #NIEHSresearch #womenshealth pic.twitter.com/dpDEi2TL2C
— NIEHS (@NIEHS) 4 दिसंबर 2019
ދިރާސާ އިން ދައްކާ ގޮތުގައި އެފަދަ އުފެއްދުންތަކުން، ކަޅު އަންހެނުންނަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު 45 ބޮޑު ކަމަށް ދައްކަ އެވެ. ހަމަމިއާ އެކު ކޮންމެ ފަސް ހަފުތާއަކާއި އަށް ހަފުތާއަކޭ ދޭތެރޭ ޑައިކުރާ އެއްޗިއްސާއި ފަންކުރާ ބޭސް ބޭނުންކުރާ ނަމަ އެ ނިސްބަތް 60 ޕަސަންޓަށް އިތުރުވެ އެވެ.
މި ދިރާސާގައި ޑައިކުރުމާއި ފަންކުރަން ބޭނުންކުރާ އުފެއްދުންތަކުން ކުރިމަތިވި ސިއްހީ މައްސަލަތައް ދެނެގަތުމަށް އުމުރުން 35-74 އަހަރާ ދެމެދުގެ 46،709 އަންހެނުންގެ ޑޭޓާ އެނަލައިޒްކޮށްފައިވެ އެވެ. އެގޮތުން އެފަފަ ބާވަތްތައް ބޭނުންކުރި މީހުންގެ ތެރެއިން
ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު (އެންއައިއެޗް) ނެޝަނަލް އިންސްޓިޓިއުޓް އޮފް އެންވަޔަރަމެންޓަލް ހެލްތު ސައިންސެސް (އެންއައިއީއެޗްއެސް) ވެސް ވަނީ މިފަދަ ސަބަބުތަކާ ހެދި ޑައިކުރުމާއި ފަންކުރަން ބޭނުންކުރާ އުފެއްދުންތަކާ ދުރުވުމަށް އިލްތިމާސްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy