ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ އޮފީސް އިމާރާތް ހުންނަ ސަރަހައްދު: މުޅި ހުޅުމާލެއިން ވަނީ ކަރަންޓު ގޮސްފައި.
05 ޑިސެމްބަރ 2019 - 13:48
ހުޅުމާލެ އަނދިރިކަމުން ކުރިމަތިވެފައިވާ ބިރުވެރިކަން ފިލުވަން އާ ލައިޓްތައް ހަރުކުރުމުގެ މަޝްރޫއެއް ފަށަން ނިންމައި، ބައެއް މަގުތަކުގެ ލައިޓް ބަދަލުކުރަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކް އުތުރުން އޮންނަ ރީތިގަސްމަގުގައި ރޭ ވަނީ، އދ. މާމިގިލީ، ގާސިމް ހަސަން 59، މަރާލައިފަ އެވެ. ޓެކްސީ ޑްރައިވަރު، ގާސިމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މަގަކީ ގަސް ގިނަ އަނދިރިކޮށް އޮންނަ މަގެކެވެ.
ކުރިން ހިނގާފައިވާ އެކްސިޑެންޓްތަކާ ގުޅިގެން އަދި ރޭ މީހަކު މަރާލުމުން އާއްމުންގެ ކަންބޮޑުވުމަކަށް ވީ ހުޅުމާލެ އަނދިރިކޮށް އޮންނަ މައްސަލަ އަށް ހައްލު ނުހޯދުމެވެ. އެތަނުގެ ބޮޑެތި މަގުތަކުން ފެށިގެން ކުދި ގޯޅިތަކުގައި ޖަހާފައި ހުންނަ ލައިޓްތަކުން ވެސް މާ ބޮޑު އަލިކަމެއް ނުހުރެ އެވެ. މާ އުހަށް ލައިޓްތައް ޖަހާފައި ހުރުމާއި ލައިޓުން ފޭދޭ އަލި ފަނޑުކަމުން އެއްގޮތަކަށް އަލި ކަމެއް ނެތް މަގުތައް ވެސް، ރާއްޖޭގައި ދެވަނައަށް އާބާދީ ބޮޑު ރަށުގައި ގިނަ އެވެ.
ހުޅުމާލެ ތަރައްގީކޮށް ބަލަހައްޓަމުން އަންނަ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހްމަދު "މިހާރު" އަށް ވިދާޅުވީ އާއްމުންގެ ކަންބޮޑުވުމަށް ހައްލު ހޯދައިދޭނެ ކަމަށެވެ. ގާސިމް މަރާލި ސަރަހައްދަކީ މީހުން ނޫޅޭ، އަނދިރިކޮށް އޮންނަ ތަނެއް ކަން ސުހެއިލް ވެސް ފާހަގަކުރެއްވި އެވެ. ކުރިއަށް އޮތް ތަނުގައި، އެފަދަ ތަންތަނަށް އިސްކަންދީގެން ލައިޓްތައް ހަރުކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
ސުހެއިލް ވިދާޅުވި ގޮތުގައި މަގުތަކުގައި ފަނޑު އަލިކަމެއް ހުންނަ ލައިޓްތައް ބަދަލުކުރާނެ އެވެ. އެކަމަށް ޚާއްސަކޮށް ލައިޓްތައް މިހާރު ވަނީ ގެނެސްފައި ކަމަށް ވެސް ވިދާޅުވި އެވެ.
"އެކަން އަދި ރަސްމީކޮށް ނުފެށުނު ކަމުގައިވީ ނަމަވެސް އަނދިރި ސަރަހައްދުތަކަށް އިސްކަންދީގެން މި އަންނަނީ ބައްތިތައް ބަދަލުކުރަމުން. އެ ސަރަހައްދުތައް އަޅުގަނޑުމެންނަށް ވަނީ ފާހަގަކުރެވިފައި،" ސުހެއިލް ވިދާޅުވި އެވެ.
ވަރަށް އަނދިރި ބައެއް މަގުތައް ވެސް ހުޅުމާލޭގައި ދިރިއުޅޭ މީހުން ކުރީއްސުރެން ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި، ފިތުރޯނު މަގާއި އެސްޓީއޯގެ ޕެޓްރޯލް ޝެޑުން ފެށިގެން އެމްއެންޑީއެފް ކޮއްޓާ ހަމައަށް މިދިލި މަގާއި އިންޑަސްޓްރިއަލް ޒޯންގެ ގުޅިފައިވާ ބައެއް މަގުތަކުގެ އިތުރުން ސެންޓްރަލް ޕާކް ވަށައިގެން އޮންނަ މަގުގެ ބޮޑު ބައެއް ވެސް ހިމެނެ އެވެ.
މަގުތަކުގައި އަލިކަން ނެތުމުގެ އިތުރުން އެކަށީގެންވާ އަދަދަކަށް ސީސީޓީވީ ކެމެރާ ނެތުމަކީ ވެސް ކަންބޮޑުވުމެކެވެ. ކެމެރާ ހަރުކުރަނީ، އެޗްޑީސީ އާއި ފުލުހުން ގުޅިގެންނެވެ. އެހެންވެ، މުޅި ހުޅުމާލެ ހިމެނޭ ގޮތުން ސީސީޓީވީ ހަރުކުރުމާ މެދު ސުހެއިލް މިއަދު އެއްޗެއް ވިދާޅެއް ނުވެ އެވެ.
ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭ މަގުތަކުގައި ލައިޓްތައް ހަރުކޮށްފައި ހުރީ ބައިނަލްއަގުވާމީ މިންގަނޑަކަށް ނޫނެވެ. އެހެންވެ، ބައިނަލްއަގުވާމީ ސްޓޭންޑަޑަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ކަމަށް ކުރީގެ ސަރުކާރުގައި ވެސް އެޗްޑީސީން ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާބެ
06 December 2019
ހަދުގެ ބަދަލުގަ މިހާރު ރޭވުމުންވެސް އިރުއަރާވާހަކަތަ
ށުންބުކި
06 December 2019
މީހަކުމަރުވީމަ ވަރަށް ހީވާގިވެރވާނެ ސަރުކާރުތައް. ގުރޫޕުތައް ހުއްޓުވާ އެމީހުން ޖަލުގައި 25 ގެންގުޅެބަލަ ކިހާދެރަކަމެއް. ކުރީދުވަހުވެސް މާލޭގެ މގުމަތިން މެންދުރު 1 ޖެހިއިރު ޓެކްސީގޮސް މަޑުމަޑުން ހޭކިލުމުން ޕާޓޭއަކު ކާރުމައްޗަށް އަރާ ބިއްލޫތަޅާލާބިރުދެއްކީ ރޯމާދުވާލު. ޙިިފާހައްޔަރުކޮށް އަދަބުދީ ޕާޓޭން މިގައުމުން ނައްތާލާ.
ސިދާ
06 December 2019
ހުސްދޮގު މިހާރު ކިތަށްފަހަރު އެޗްދީސީން ތިންބުނެފި
ބްރާންޗ
05 December 2019
މިހާރު ވަރަށް އަލި... އަލިކަމުން ރޭދުވާވެސް ވަކި ނުވޭ
ކައްކާ
05 December 2019
މާލޭގަ މީހަކު މެރީމަ 24ގަޑިއިރުނުވަނީސް އެތައް ބިލިއަން ރުފިޔާގެ ދަރަނިއޮތް ދައުލަތުގެ ކުންފުންޏަކުން މަގުތައް އަޕްގްރޭޑްކުރުމުގެ މަޝްރޫއެއް ފަށައިގެން ކުރިއަށް އެގެންދަނީ. ރާއްޖޭގެ އެހެންރަށްރަށުގަ މީހަކުމަރައިފިއްޔާ ބުނަނީ އަވަހަށް ވަޅުލެވޭނެގޮތެއް ބަލާށޭ. ބޮތްކެއް ޖެހެނީ ރިޔާސީވައުދުނާމާގައި ހިމަނައިގެން 5 އަހަރުން.
ޖޖޖހހހ
05 December 2019
މާލެ . ހުލުމާލެ މި ދެރަށުގައި ހުރިހާ މަގުތަ ކެއްގައި ކެމެރާ ބަހައްޓާ ފުޅުހުން މޮނިޓަރ ކޮއް ބެލެހެއްޓުމަށް ގޮވާލަން. ސިންގަޕޫރުގެ މަގުތަ ކުން ޕޮލިހުންނެއް ނުފެންނާނެ. ނަމަވެސް ކަމެއް ހިނގައިފިނަމަ އެ ކަމެއް ހިގިގޮތް އެވެރިން ދެނެގަންނަނީ ހަރު ކުރެވިފައިވާ ކެމެރާ ތަ ކުގެ އެހީގައި. ރާއްޖޭގައި މި ކުޑަ ކުޑަ ތަން ކޮލުގައި ކެމެރާ ނޭލެންވީ ސަބަބެއް ނެތް. ރައްޔިތުންގެ ޓެ ކްސް ފައިސާ އިން މި ކަން ކުރުމަށް މި ސަރު ކާރަށް ގޮވާލަނމު.
ކައްކާ
06 December 2019
މާލެ ހުޅުމާލެވީމަ ސިންގަޕޫރު ފެންނަލެއް ހާދައަވަހޭ. ޖެހިގެންތިއޮތް ހިންމަފުށިވީމަ ފެންނަނީ ބުރުންޑީ.
މަގޭ ޒިންމާ
05 December 2019
ޢަސްލު ސަބަބަށް ފަރުވާނު ކޮށް އަލާމާތްތަ ކަށް ފަރުވާ ކުރިޔަސް ހައްލެއް ނުވާނެ
އަލި
05 December 2019
މަގުތަ އަދިވެސް އަލިކުރަންވީ? ނުރައްކާތެރި މީހުން ހިފާ, އާންމު ވެށިން އެކަހެރި ކުރަންވީ
ފަރޭ
05 December 2019
ތިޔައީ ޒުވާނުންގެސިޓީ. އަލިކުރޭ. ކުރިނަމަވެސް ތިތަންވާނީ ހަމަތިތަނަށް އަނދިރިސިޓީއަކަށް.
ކަރެކްޝަން
05 December 2019
ސުރުޚީއާ އެންމެ ގުޅެނީ، "ރޭގައި ހުޅުމާލޭގައި ވަރަށް އިހާނެތި ގޮތަކަށް މީހަކު މަރާލުމާ ގުޅިގެން، މިއަދުން ފެށިގެން ހުޅުމާލެ އަލިކުރަން ފަށައިފިން: އެޗްޑީސީ"