އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު: މާލެ އަތޮޅު ކައުންސިލްގެ ފައިސާގެ ބޮޑެތި މައްސަލަތަކެއް އޮޑިޓާ ޖެނެރަލް ވަނީ ފެންމަތި ކުރައްވާފައި -- ފޮޓޯ/މިހާރު
06 ޑިސެމްބަރ 2019 - 14:09
މާލެ އަތޮޅު ކައުންސިލްގެ ފައިސާ ޚަރަދު ކުރުމުގެ މައްސަލަތަކަކާއި ފައިސާ އަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް އެ ކައުންސިލްގެ އޮޑިޓް ރިޕޯޓުން ފެންމަތިކޮށްފި އެވެ.
އޮޑިޓާ ޖެނެރަލް ހަަސަން ޒިޔަތު ސޮއި ކުރައްވައި، ނެރެފައިވާ މާލެ އަތޮޅު ކައުންސިލްގެ އޮޑިޓް ރިޕޯޓުގައި ކައުންސިލްގެ ފައިސާ އާއި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ގިނަ މައްސަލަތަކެއް ފެންމަތި ކޮށްފައިވެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން އެ ކައުންސިލުން 2016 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ދިން ބައެއް ޚިދުމަތްތަކަށް ލިބުނު 469،000 އަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން 326،000ރ. އެ ކައުންސިލްގެ ބަޖެޓަށް ވަދެފައެއް ނުވެ އެވެ. އެ ފައިސާ އެހެން އެއްވެސް ކަމަކަށް ޚަރަދު ކުރިކަން އެނގެން ނެތް ކަމަށާއި އަދި އެ ފައިސާއާ ހަވާލުވި މުވައްޒަފު ވެސް އެ ފައިސާ އަށް ހެދި ގޮތެއް އޮޑިޓަރުންނަށް ބުނެދީފައި ނުވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.
ބައެއް މަރާމާތުތައް ކުރުމަށް ފަހު، ބަޔަކަށް ފައިސާ ދެއްކުމުގެ ގޮތުން ހެދި ވައުޗަރަށް ވުރެ އިތުރަށް 50،000ރ. އެ ކައުންސިލްގެ މެމްބަރެއްގެ ނަމުގައި ޗެކް ހަދައިގެން ކައުންސިލްގެ އެކައުންޓުން ނެގި މައްސަލަ އަކާއި އެހެން ކައުންސިލް މެމްބަރަކާއި އޭނާގެ އާއިލާގެ މީހެއްގެ އެކައުންޓަށް 50،000ރ. ކައުންސިލްގެ އެކައުންޓުން ޖަމާކުރި މައްސަލައެއް ވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި އެ ފައިސާ ޖަމާކުރީ ކޮން ބޭނުމެއްގައި ކަން ކައުންސިލްގެ އެއްވެސް ލިޔުމަކުން އެނގެން ނެތް ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން އެކި ސްކީމްތަކުގެ ދަށުން ރައްޔިތުންނަށް ދޫކުރި ލޯނުތަކުގެ ފައިސާ އަނބުރާ ދެއްކުމުގެ ގޮތުން އެ ކައުންސިލްގެ ދެ މެމްބަރަކާ ރަށު ކައުންސިލްތަކުން ހަވާލުކުރި 635،000ރ. ވެސް ކައުންސިލަށް ލިބިފައެއް ނުވެ އެވެ. އަދި ލިޔުންތައް ފުރިހަމަ ކުރުމެއް ނެތި އަދި ފައިސާ ޚަރަދުކުރި ކަމެއް ވެސް އެނގެން ނެތި ކައުންސިލްގެ ބައެއް މެމްބަރުން ބައިވެރިވެގެން އެކި ފަހަރުމަތިން 855،000ރ. ކައުންސިލްގެ އެކައުންޓުން ނެގި މައްސަލައެއް ވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.
މީގެ އިތުރުން މާލިއްޔަތު ގާނޫނާ ޚިލާފަށް އެ ކައުންސިލްގެ ބައެއް މުވައްޒަފުންނަށް ލޯނު ދޫކުރި މައްސަލައެއް ވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ. މާލިއްޔަތު ގާނޫނު އޮންނަ ގޮތުން ދައުލަތުގެ ފައިސާއިން ލޯނު ދޫކުރެވެނީ ރައީސް ނުވަތަ ފިނޭންސް މިނިސްޓަރު ހުއްދަ ދެއްވައިގެން ކަމަށް ވިޔަސް، އެފަދަ އެއްވެސް ހުއްދައެއް ނެތި ކައުންސިލްގެ ބައެއް މުވައްޒަފުންނަށް 150،000ރ. ގެ ލޯނު ހަ ޕަސެންޓްގެ އިންޓްރެސްޓަކާ އެކު ދޫކުރި ކަމަށް އެ ރިޕޯޓުގައިވެ އެވެ.
ކައުންސިލްގެ މެމްބަރުންގެ ހާޒިރީ ނުބެލެހެއްޓުމާއި ބައެއް ކައުންސިލް މެމްބަރުން ހާޒިރުނުވާ ދުވަސްތަކާއި ގަޑިޖެހޭ ދުވަސްތަކުގައި ވެސް ގަޑިއަށް ހާޒިރުވި ކަމަށް ބަލަމުން ގެންދިޔަ ކަމަށާއި އެހެންވެ އެދުވަސްތަކަށް މުސާރައިން އުނިކުރަން ޖެހޭ އުނި ކުރުމަށް ފަހު ދައުލަތަށް ހޯދުމަށް އެ ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ލަފާ ދެއްވާފައިވެ އެވެ.
އެ ރިޕޯޓުގައި ފާހަގަ ކޮށްފައި ހުރި ގިނަ ކަންކަމަކީ މާލިއްޔަތު ގަވާއިދުގެ ދަށުން ހުއްދަ ނޫން އަމަލެއް ކަމަށްވާތީ އޮޑިޓާ ޖެނެރަލް ލަފާ ދެއްވާފައިވަނީ އެކަންކަމާ މެދު ފިޔަވަޅު އެޅުމަށް ފިނޭންސް މިނިސްޓަރަށް ހުށަހެޅުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުންގެ ބައިތުލްމާލު
07 December 2019
ތިޔަ ފެންނަނީ ކައުންސިލްތަކުގެ ފެންވަރު. މަަގުމަތިވެފަ އެއްވެސް ގާބިލްކަމެއް ނެތް ބަޔަކާ ކައުންސިލްތައް ހަވާލް ކުރުމުގެ ނަތީއްޖާ. ގިނަ ކައުންސިލް ތަކުގަތިބީ މިހާރުވެސް އިނގިރޭސިން ދެއަކުރު އެއްކޮށް ކިޔަން ނޭގޭ މީހުން ދިވެހިން ރަސްމީ ސިޓީއަކަށް ޖަވާބުދޭންވެސް ނޭގޭ މީހުން.
ޙާޟް
07 December 2019
މިފެންވަރު ބަޔަކަށް އެރަށުން ލިބޭ ލާރި ލިބޭ ގޮތް އެހެދީ.
ރުއްގުޅިކެފޭހޮޓްމައިލޯ
07 December 2019
ތުލުސްދޫ ކުދިންކޮޅެއްގެ އިތުބާރު ގެއްލުނީ
މަންޑޭލާ
07 December 2019
ހަޒާނާ ދިރުވާލީ މިސަރުކާރުން.
ގޮހޮޑާ
07 December 2019
ތީ ވަރަށް ދެކޮޅު ނުޖެހޭ ވާހަކަ...ސަރުކާރުގެ ލާރި އަކި އެހާ ފަސޭހައިން ނެގޭ އެއްޗެއް ނޫން ތީގެ އަޑީގަ އެހެންކަންތަކެއް ވާނެ....%6 ލޯނު ފިނޭންސަށް ނޭގި...ލާރި އެއީ ކައުންސިލް ގަ ހިންނަ އެއްޗެއް ނޫން...ފިނޭންސް މިނިސްޓްރީ ޒިއްމާވާން ޖެހޭ ތިކަމާ...
ކަރީމުއްދީން
06 December 2019
އެއީ ދެބައެއް. ދެން ކިހިނެތް ވީ.? ހަބަރުގަ އެބަ އޮތްތަ އެއީ އެއްބައެކޭ ބުނެފަ.
ނިޔާޒީ
06 December 2019
ތިޔައީ ނާތަހުޒީބު ވިޔަސް ބޮޑުވަރު. އޮޑިޓަ ޖެނެރަލް ގެ މަސައްކަތް ރާވާ ހިންގާ ގޮތް ނޭގެންޏާ އަޅެފަހެ އެތަނަށް ގުޅާފަ އަހާލަންވީނު.
މުހަންމަދު ކަލޯ
06 December 2019
މާލެ އަތޮޅު ކައުންސިލާއި މާލެ ސިޓީ ލައުންސިލާއި އެއީ ދެބައެއް ނޫންތަ؟
ވާނީ
06 December 2019
މާ ބޮޑު މައްސަލައެއްނޫން! ވާނީވެސް ތިޔަހެން! ތިޔަބުނާ 2016 އާއި 2018 އާ ދެމެދު ރައީސަކީ ކާކުތޯބަލާފަ، އެދުވަސްކޮޅު މާލިއްޔަތުން މަދުވިބައި ބަލާލީމަ އޭރު ކަންއޮތްގޮތް ނޭނގޭ މީހަކު ނުހުންނާނެ! މީ ވަރަށްވާހަކަ!
މާލީ
06 December 2019
އޮޑިޓަރ ޖެނެރަލް އަދިވެސް މާލެ އަތޮޅުވާހަކަ ދޯ ދައްކަވަނީ. އެމްއެމްޕީއާރުސީ ގެ ހުރިހާޚިޔަނާތެއް ހިންގީ ކުރީގެ އޮޑިޓަރ ޖެނެރަލް ބޭރުކޮށްލާފަ މިބޭފުޅާގެނެސްގެން. މިބެފުޅާހަމަ ސާފުހުދުފޮތިކޮޅެއްގެ ގޮތުގަތޯ އެމްޑީޕީއަށް ފެންނަނީ.