ލައިފްސްޓައިލް / ދިރާސާ

ކަނޑުތަކުގެ އޮކްސިޖަން ލެވެލް ދަށްވެ، ދިރުންތައް ނުރައްކަލަށް

ކަނޑުގެ ދިރުންތަކެއް.

10 ޑިސެމްބަރ 2019 - 07:02

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ގުޅިގެން، ކަނޑުފަޅުތަކުގެ އޮކްސިޖަން ލެވެލް ދަށްވެ، ކަނޑުގެ ދިރުންތަކަށް އަސަރުކުރަމުންދާ ކަމަށް ރިޕޯޓެއްގައި ބުނެފި އެވެ.

އިންޓަނޭޝަނަލް ޔުނިއަން ފޮ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) އިން އާންމުކޮށްފައިވާ ރިޕޯޓްގައި ބުނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހޫނުގަދަވެ، ކަނޑުފަޅުގެ އޮކްސިޖެން ލެވެލް ކަންބޮޑުވާ މިންވަރަށް ދަށްވަމުންދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކަނޑުގެ އެކި ދިރުންތައް ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށާއި އޭގެ ތެރޭގައި ކަޅުބިލަ މަހާއި މިޔަރާއި މާލިން ފަދަ މަހުގެ އާބާދީ ހިމެނެ އެވެ.

އައިޔޫސީއެންގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ހޫނުގަދަވުމުގެ ސަބަބުން ކަނޑުފަޅުގެ ނިއުޓްރިއެންޓްތައް އަސަރުކޮށް، ދިރުންތަކަށް ބޭނުންވާ ކާނާ އުފެއްދުމަށް ވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެ އެވެ.

އޭގައި ފާހަގަކޮށްފައިވާ ގޮތުގައި ދުނިޔޭގެ 700 ކަނޑުފަޅެއްގެ އޮކްސިޖަން ލެވެލް ވަނީ ވަރަށް ބޮޑު ތަނުންވެފަ އެވެ. މި މައްސަލަ 1960 ހަމަ އަށް ފާހަގަކުރެވިފައި ވަނީ ގާތްގަނޑަކަށް 45 ވަރަކަށް ކަނޑުންނެވެ.

އައިޔޫސީއެން އިން ބުނިގޮތުގައި ކަނޑުފަޅުތަކުގެ ނިއުޓްރިއެންޓްސް ދަށްވަމުންދިއުމުގެ މައިގަނޑު ސަބަބަކީ އެކި ކަހަލަ ސިނާއީ މަސައްކަތްތަކުގެ ތެރޭގައި ކަނޑުފަޅުތަކަށް ދޫކުރޭ އެކި ބާވަތުގެ ވިހަ މާއްދާތައް ކެމިކަލްތައް އިތުރުވަމުންދާތީ އެވެ. އޭގެ ތެރޭގައި ނައިޓްރޮޖެން އާއޮ ފޮސްފޮރެސް ފަދަ މާއްދާތައް ހިމެނެ އެވެ. ހަމަމިއާ އެކު އަހަރުން އަހަރަށް މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ނޭދެވޭ އަސަރުތަކުގެ ގެއްލުން ކަނޑުފަޅުތަކަށް ކުރަމުންދާ ކަމަށް ދައްކަ އެވެ.

ސައިންޓިސްޓުން އަންދާޒާކޮށްފައިވާ ގޮތުގައި 1960-2010 އާ ދޭތެރޭ ކަނޑުތަކުގައި ޑިސޯލްވާ ގޭހުގެ ނިސްބަތް ވަނީ ދެ ޕަސެންޓަށް ދަށްވެފަ އެވެ. އަދި މި މައްސަލަ ޓްރޮޕިކަލް ސަރަހައްދުތަކުގައި 40 ޕަސެންޓަށް އަރާނެ ކަމަށް ބުންޏެވެ.

އައިސީޔޫއެންގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ކަނޑުފަޅުތަކުން އޮކްސިޖަން މަދުވުމަކީ ޖެލީފިޝް ކަހަލަ ދިރުންތަކަށް ރަނގަޅު ބަދަލަކަށް ވިޔަސް، އިންސާނުންގެ ރޯދީގެ މުހިއްމު ބާވަތެއް ކަމަށްވާ ކަޅުބިލަމަހުގެ އާބާދީ އަށް އެއީ ވަރަށް ބޮޑު ނުރައްކަލެކެވެ.

"އެހެންވީމާ ކަނޑުތައް ޑި-އޮކްސިޖެނޭޝަންވުމަކީ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ. އަދި މިކަމާއި ކްލައިމެޓް ޗޭންޖާ އޮތް ގުޅުން އިތުރަށް ހޯދުމަކީ ވެސް ވަރަށް މުހިއްމު ކަމެއް،" އައިޔޫސީއެންގެ އޮފިޝަލެއް ކަމަށްވާ މިއްނާ އެޕްސް ވިދާޅުވި އެވެ. "އެހެންވީމާ އެބަޖެހޭ ވިހަ ގޭސްތަކަށް ހައްލެއް ހޯދޭނެ ދާއިމީ ގޮތްތަކެއް ހޯދަން."

އައިޔޫސީއެން އިން ބުނިގޮތުގައި ކަނޑުތަކުގެ އޮކްސިޖެން ލެވެލް މިހާރު ދަށްވަމުން ލެވެލާއި އެކަމަށް މަގުފަހިކުރާ ސަބަބުތަކަށް ހައްލެއް ހޯދަން މަސައްކަތްނުކުރާ ނަމަ 2100 އާ ހަމައަށް އަންނަ އިރު، މުޅި ދުނިޔޭގެ ކަނޑުފަޅުތަކުގެ 3-4 ޕަސެންޓް އޮކްސިޖަން ބީވެގެން ދާނެ އެވެ.

0 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454