ަރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ--ފޮޓޯ: ނިޝާން އަލީ/ މިހާރު
10 ޑިސެމްބަރ 2019 - 22:39
މި ސަރަހައްދުގައި މަހުގެ އަގު ކަނޑައެޅުމުގެ ބާރު ދިވެހިންނަށް އޮންނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި 39 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، މިއަދު ދިވެހިން ތިބެންވާނީ އިންޑިޔާ ކަނޑުގެ މަސްވެރިކަމުގެ ސިޔާސަތުތައް ކަނޑައަޅާ ބައެއްގެ ގޮތުގައި ކަމަށާއި އެހެން މީހުން ގެންނަ ސިޔާސަތުތަކަށް އަމަލުކުރަން ޖެހޭ ބައެއްގެ ގޮތުގައި ނޫން ކަމަށެވެ. މަހުގެ އަގާ މެދު ބަސް ބުނުގެ ބާރު ދިވެހިންނަށް އޮންނަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މަސްވެރިކަމުގެ ސިނާއަތު ކުރިއަރަންވީ ވަރަށް ކުރި ނާރާ މިހާ ދުވަހު މި އޮތީ ވޭތުވެދިޔަ ތަނުގައި އެއްވެސް ސަރުކާރަކުން ރަނގަޅު ސިޔާސަތެއް ތަންފީޒުކޮށްފައި ނެތުމުން. މަސްވެރިކަމުގެ ބާވަތާއި ދިވެހިންގެ ތަޖުރިބާ އަށް ބަލާއިރު އަޅުގަނޑުމެން މިއަދު ތިބެން ޖެހޭނީ އިންޑިޔާ ކަނޑުގެ މަސްވެރިކަމުގެ ސިޔާސަތު ކަނޑައެޅުމުގައި ބަސް ބުނެވޭ ބައެއްގެ ގޮތުގައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މިކަން ބަދަލުވާންޖެެހޭ ކަމަށާއި މިކަން ހާސިލު ކުުރުމަށްޓަކައި، މަސްވެރިކަމުގައި ގެންގުޅޭ ސިޔާސަތުތަކަށް ބަދަލު ގެންނަވާނެ ކަމަށެވެ. ބާނާ މަހަށް ރަނގަޅު އަގެއް ހޯދަން ބޭނުން ނަމަ، މަހުގެ އަގަށް ބަސް ބުނުމުގެ ބާރު މަސްވެރިންގެ އަތްމައްޗަށް އަންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"ދިވެހިން ބާނާ، އެކްސްޕޯޓްކުރާ މަހަށް އަގު ކަނޑައެޅުމުގެ ބާރު، މިހާރު އޮތީ މަސް ގަންނަ ބޭރުގެ ކުންފުނިތަކުގެ އަތްމަތީގައި،" ރައީސް ވިދާޅުވި އެވެ.
މަސްވެރިންނަށް ހަމަ އަގު ހޯދައި ދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތަށް އާންމު ވިޔަފާރިތައް ވަނުމަށް ޒަމާނުއްސުރެ އޮތް ހުރަސްތައް ނައްތާލައި، އާންމުންނަށް ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މަސްވެރިންގެ ދުވަހުގެ ޖަލްސާގައި، މަސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅުނަށް ރައީސް ހަނދާނީ ފިލާ ހަވާލުކުރައްވަނީ. -- ފޮޓޯ: ނިޝާންް އަލީ/ މިހާރު
މަސްވެރިކަމުގެ ސިނާއަތަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލާއި، ވީހާ ވެސް ފުޅާ ދާއިރާއެއްގައި މަސް ގަނެވޭނެ ގޮތްތައް ފަހި ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވަނީ މަސްވެރިކަން އެންމެ ފުޅާ ދާއިރާއެއްގައި ކުރި އަރާފައި ނުވަނީ، ކުރީގެ ސަރުކާރުތަކުގެ އިހުމާލުން ކަމަށް ވިދާޅުވެފަ އެވެ. ސަރުކާރުތަކުގެ އިހުމާލުން، ރާއްޖޭގެ އުތުރުގެ މަސްވެރިކަން ވަރަށް ބޮޑަށް ވަޅު ޖެހިފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އުުތުރުގައި މަސް ފިނި ކުރުމުގެ ކެޕޭސިޓީއަކީ 300 މެޓްރިކް ޓަނު. މިއީ މަސްވެރިކަން ފަހި މޫސުމެއްގައި 10 ގަޑިއިރު ތެރޭގައި އެންމެ ގިނަވެގެން މިފްކޯ އަށް މަސް ގެނެވޭނެ މިންވަރު. އަދި މިހާރު ހުރި ވަސީލަތްތައް ބޭނުން ކޮށްގެން އެންމެ ބޮޑަށް ވެސް މިފްކޯގެ ކެޕޭސިޓީ އިތުރު ކުރެވެން އަންނަނީ 420 މެޓްރިކް ޓަނަަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ދެކުނުގެ ކެޕޭސިޓީ އަކީ 440 މެޓްރިކް ޓަަނު ކަމަށްވާ އިރު މިއީ މަސްވެރިކަން ރަނގަޅު ދުވަސްވަރަކަށް އެކަށީގެންވާ ވަރެއް ނޫން ކަމަށެވެ. ކުރިއަށް އޮތްތަނުގައި ބާނާ މަސް ކަނޑަށް އުކާލަން ނުޖެހޭ ވަރަށް މި ދާއިރާ ތަރައްގީކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ މިރޭ ދެއްވައިފަ އެވެ.
ރާއްޖޭގައި މަސް ޕްރޮސެސް ކުރުމުގެ ފެސިލިޓީތަކުގައި ދުވާލެއްގެ މައްޗަށް ޕްރޮސެސް ކުރެވެނީ 130 މެޓްރިކް ޓަނެވެ. އެހެންވެ އަހަރެއްގެ ތެރޭގައި ޕްރޮސެސް ކުރެވޭނީ ގާތްގަނޑަކަށް 39،000 މެޓްރިކް ޓަނެވެ. ނަމަވެސް ރާއްޖޭގައި އެވްރެޖުކޮށް އަހަރެއްގެ މައްޗަށް 90.000 މެޓްރިކް ޓަނުގެ މަސް ބާނަ އެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގައި ބާނާ ހުރިހާ މަހެއް ޕްރޮސެސް ކުރަން ނުކުޅެދިފައިވާ އިރު މީގެ ކުރިން މަސް ގަތުމަށް ދީފައިވާ މަދު ކުންފުނިތަކުގެ އެކްސްކްލޫސިވް ރައިޓްތައް އުވާލައި، ވީހާ ވެސް ގިނަ ކުންފުނިތަކަށް މަސް ގަނެވޭނެ ފުރުސަތު ހުޅުވާާލައްވާނެ ކަމަށެވެ.
ރާއްޖޭގައި ކުރާ ލޭނުގެ މަސްވެރިކަމާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، މިހާރު މި މަސައްކަތް ކުރަނީ 28 ކުންފުންޏަކަށް ދީގެން ކަމަށާއި އޭގެ ބޮޑު ނަފާއެއް ދިވެހިންނަށް ވުމުގެ ބަދަލުގައި ފައިދާ ހޯދަނީ ބޭރުގެ ކުންފުނިތަކުން ކަމަށެވެ. މި މަސައްކަތުން ދައުލަތަށް ލިބެނީ 1.9 މިލިއަން ރުފިޔާ ވަރު ކަމަށާއި މިއީ ދައުލަތަށް ލިބެންް ޖެހޭ ހައްގު ފައިދާ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މިކަމަށް ހައްލެއް ހޯދުމަށްޓަކައި، ލޭނުގެ މަސްވެރިކަން ކުރުމަށް އިތުރު ކުންފުނިތަކަށް ހުއްދަ ނުދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި މި ދާއިރާގައި ދިވެހިންގެ ބައިވެރިވުން އިތުުރު ކުރެވޭނެ ގޮތްތައް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
11 December 2019
އިއްޒަތްތެރި ރައީސް. ހިސާބު އަކުރުތަކުން ސާބިތުވާނެ މިހާރު ދައުލަތުގެ މަސްކުންފުނިތައް ހިންގަނީ އިޤުތިސޯދީ ނަޒަރީއްޔާތާއި ދިމާ އިދިކޮޅަށްކަން. # މިކަން ކަށަވަރުކުރުމަށްޓަކާ ފެކްޓަރީ ތަކުގައިތިބި ބިދޭސިންގެ އަދަދާއި، މަސްބޭރުކުރުކަށާއި ބަންދުކޮށްގެން ގެނައުމަށް ލޮޖިސްޓިކަށް ކުރާ ހޭދަ ހަމަ އެކަނި ބައްލަވާލެއްވިޔަސް އިގޭނެ ރާއްޖޭގައި ހިންގާ ފެކްޓަރީއަށްވުރެން ބޭރުގައި ފެކްޓްރީއެއް އަޅައިގެން އެކަން ކުރުންވެސް ޤައުމަށް ފައިދާބޮޑުވާނެކަން.
އޮނަރަބްލް އަފީފު ދީދީ
11 December 2019
ދައުލަތުގެ މަސް ފެކްޓަރީތަކުގެ ވަޒީފާގައި މުޅިންވެސްތިބީ ބިދޭސިން. ރާއްޖޭގައި ދަޅުމަސް ބަންދުކުރުމަށް މިހާރު ހަދާ އެއްގޮތަކީ މިކޮޅުން އައިސްމަސް ތައިލެންޑަށް ގެންގޮސް ބަންދުކޮށްގެން އަލުން މާލެއަށް ގެނެސް ވިއްކުން. # މިއީ ލޮޖެސްޓިކަށް ބޮޑު ޙަރަދެއް ހިގާނެގޮތެއް. މިކަން ބަދަލު ކުރާންޖެހޭ. މީގެ ބަދަލުގައި އެސްޓީއޯ ހިއްސާވާގޮތަށް ތައިލެންޓްގައި ކޭނިންގ ފެކްޓަރީއެއް އަޅާފައި އެތަނުން މަސްބަންދުކުރުންވެސް މާރަނގަޅުވާނެ.
އުމަރުބެ
11 December 2019
ސަރުކާރަށް މިހާރު މަސްވެރިކަން ނުވީކަމަށް ނިންމައި ދެން މިފްކޯވެސް ޕްރައިވަޓައިޒްކޮށް ޓޫރިޒަމް އިންޑަސްޓްރީ އޮތްގޮތަށް މަސްވެރިކަމުގެ އިންޑަސްޓްރީވެސް ބަދަލުކުރަންވީނޫންތޯ؟ ޓޫރިޒަމަށް އިންވެސްޓްކޮށްގެންތިބި މީހުން ލައްވައި މަސައްވެރިކަމަށް އިންވެސްޓްކުރުވަން ބާރުއަޅަންވީނޫންތޯ؟ މިފްކޯ ނުވާންވީނޫންތޯ ޕްރައިވަޓް ސެކްޓަރުގެ ވާދަވެރިއަކަށް، މަސްވެރިން ބާނާ މަސް ގެނެވޭގޮތަށް ކޮންމެ ޑޮމަސްޓިކް އެއާޕޯޓެއްގައި މަރުކަޒެއް ހަދަންވީނޫންތޯ؟
އެޑްމުންޑޯ
11 December 2019
ރިޔާސީ ކެމްޕެއިންތެރޭ ރަށުގެ މަގުމަތީގައި އެންމެގިނައިން ދަމާފައިހުރި ރީދޫ ކުލާގެ ފޮތިތަކުގައި ލިޔެފައިހުރީ މަސްވެރިންނަށް މަހުގެ ހަމަ އަގުހޯދާދޭނަމޭ ، މަސްނުކުރިގެން ޝަކުވާ ކުރާކަށް ނުޖެހޭނެޔޭ ، މަސްވެރިންނަށް ޑޮލަރުން މަހުގެ އަގުލިބޭނެޔޭ ، އެކަމަކު މިއަހަރުތެރޭ މަސްވެރިން ބާނާ މަސްނުކުރިގެން އުޅެންޖެހޭ ހާލާއި ކިލޯއެއް 16 ރ އަށް ވިއްކަންޖެހޭ ހިތްދަތިކަމާއި 2 ޓަނުބޭނިނަމަވެސް ފައިސާ ނުލިބިގެން ދިމާވާދަތިތަށް ރައީސަށް އެގޭބާވައޭ ހިތައްއަރާ
އަބްދުއްالله
11 December 2019
ކޮންމެ އެއްޗެއްގެ ވެސް އަގު ކަޑައެޅެނީ، ވިއްކާ މީހާ އާއި ގަންނަ މީހާގެ އެއްބަސް ވުމަކުން. ވިއްކާ މީހާ ކިޔާ އަގަކީ ގަތުމަށް ދެވޭ ދައުވަތެއް. އެ ދައުވަތު ގަބޫލުކުރުމާ ނުކުރުން އެއީ ގަންނަ މީހާ ގެ ކަމެއް. އެއެއްޗެއް ވިކޭނީ މި އަގު، ދެފަރާތުން ގަބޫލު ކުރީމަ. މިއީ ގަނެ ވިއްކުމުގެ އެންމެ އަސާސީ ރުކުން. ވީމާ ކަރުން ނާރު ނަގާފަ، އަނގައިން ފޮނު އަރުވަމުން، މަހުގެ އަގު ކިއުމުގެ ބާރު އޮންނަން ވީ މިވެނި ބަޔަކަށޭ ބުންޏަސް، މަހެއް ނުވިކޭނެ.
މަސްވެރި
11 December 2019
މަހުގެ ހަމައަގު ކަނޑައަޅާދޭނަމޭބުނެ މަސްވެރިންގެ ބޯކައިގެން ވެރިކަމަށްއަރާ އެއްއަހަރު ދިޔައީ ކުރިން ލިބުނު އަގަށްވުރެވެސް ދަށް އަގެއް މަސްވެރިންނަސްލިބިގެން. ފޮނިވާހަކަދައްކަނީ. ކަމެއްނުކޮށްދެވޭ. މިހާރު އަމުދުން މަސްކިރާފާ ލާރިކޮޅުވެސް ހަމައަށް ނުލިބޭ. ދެންކޮން އަނގައެއް މިއަރުވަނީ. އަހަރެމެން މިހާރު ތިޔަ އަޑު އަހާކަށްބޭނުމެއްނޫން.
ކޮސް ސްޕީޗަރ ޕްރީޗަރ
11 December 2019
ޕޯޓާރސް ޑައިމަންޑް މޮޑެލް އަށް ރިއާޔަތް ކުރާނަމަ ޑޮމެސްޓިކް މާރކެޓް އިސްލާ ހު ނުކޮށެއް އިންޓަރނޭޝަނަލް މާރކެޓްގަ ދިވެ ހީންނަކަށް އަގެއް ނުކިޔޭނެ. ފުރަތަމަ މަސް އުކާލަން ނުޖެ ހޭގޮތަށް ކޯލްޑް ސްޓޯރޭޖްތައް އިތުރުކޮށް މަސް ޕްރޮސެސް ކުރެވޭނެ ފެސިލިޓީ ވަރުގަދަ ކޮށް ކޮލިޓީ ވަރުގަދަ ކުރޭ. ދެން ބޭރުން މަސް ގަންނާނީ ދިވެ ހީން ކިޔާ އަގަކަށް.
ކިރުތަށި
11 December 2019
ހުރިހާ ޓެކުހެއްދައްކާފަ ފެންގަނޑަށް އެރެން މިޖެހެނީ އެކަމާ ބަސްކޮޔާނެ މީހަކު ނެތީތޯ ކޮބައިތަޮ މި މާލޭގެ 2 ކިލޯމީޓަރުގަ ފެންހިންދާލަ ދެވޭނެ ށަހުޞިއްޔަތަކީ
އަލީ ރާޖާ
11 December 2019
އަނގައިން ރަސްކަމަށް އަރާނެ މީނަ. ޔާމީނުގެ ދައުރުގަ ވިއްޔާ ކިޔު ޖައްސައިގެންވެސް ކިރުނީމަ ލާރިކޮޅުދޭ. މިހާރި އެވަރުވެސް ނުވޭ. ދޮންކަލޯ ފައިބަންވީނު ތިކަމެއް ނުވިޔޭ ކައެއަކަށް.
ީލޮއްބެ
11 December 2019
ދެން ބާރަށް އަތްޖަހާ.
އަލީ ރާޖާ
11 December 2019
ކޮބައިތަ ކަންނެލި ޖަގަހަތައް. ދަމާދާމާ އުނަގަނޑު ގޮއްސު. އެބަޖެހޭ ތެޔޮކޮޅެއް ދަމާލަން އެއިން ޖަގަހައަކަށް ވަދެލަން