ފޮރިން މިނިސްޓަރު ޝާހިދު: ރާއްޖެ އާއި އިންޑިއާގެ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމަށް ޝާހިދު ވަނީ އިންޑިއާއަށް ވަޑައިގެންފައި.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
11 ޑިސެމްބަރ 2019 - 09:53
ރާއްޖެ-އިންޑިއާގެ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު އިންޑިއާ އަށް ވަޑައިގެންފި އެވެ.
އިންދިރާ ގާނދީ އިންޓަނޭޝަނަލް އެއާޕޯޓުން މިނިސްޓަރު ޝާހިދަށް މަރުހަބާ ދެންނެވީ އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ އަމިތު ނަރަންގެވެ.
ދެ ގައުމުގެ ޖޮއިންޓް ކޮމިޝަން ބައްދަލުވުން އޮންނާނީ އަންނަ ހުކުރު ދުވަހެވެ. އެންމެ ފަހުން އެ ކޮމިޝަންގެ ބައްދަލުވުމެއް ބޭއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2015 ވަނަ އަހަރު އެވެ.
މިއީ، މި ވެރިކަން ފެށުނު ފަހުން ޝާހިދު އެ ގައުމަށް ކުރައްވާ ރަސްމީ ދެ ވަނަ ދަތުރެވެ.
ރާއްޖެ އާއި އިންޑިއާ ދެމުދު ޖޮއިންޓް ކޮމިޝަނެއް އުފެއްދީ 1986 ގަ އެވެ. އެއީ، އިގްތިސާދީ ގޮތުންނާއި ފަންނީ ގޮތުން އެއް ގައުމު އަނެއް ގައުމަށް އެހީތެރިވެދިނުމަށެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރާއްޖެ އާއި އިންޑިއާގެ ގުޅުން އާދަޔާ ޚިލާފަށް ރަނގަޅުވެ، ރާއްޖޭގެ ވެރިން އެ ގައުމަށް ވަޑައިގަންނަވާ މިންވަރު ވަނީ ވަނީ އިތުރުވެފަ އެވެ. ނައިބު ރައީސް ފައިސަލް ނަސީމް މިދިޔަ ހަފުތާ ބަންދާ ދިމާކޮށް އިންޑިއާ އަށް ވަޑައިގެންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އެ މަޖިލީހުގެ މެމްބަރުންތަކެއް ހިމެނޭ 15 ބޭފުޅުންގެ ވަފްދެއް މިހާރު ވެސް އުޅުއްވަނީ އިންޑިއާ އަށް ކުރާ ރަސްމީ ދަތުރެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ިއިބްރާ
12 December 2019
ސަރުކާރު ހޫނުފެނަށް ވެއްޓެނީ ގާނޫނާއި ގަވައިދުގެ ތެރެއިން ކަންކަން ނުކުރާތީ
މުގުރި
11 December 2019
އިންޑިޔާ އިންޑިޔާ . މީ ކޮންކަމެއްބާ . މިމީހުންގެ ޑިލްތަަށް ކައިރިން ބަލަންޖެހޭ. ޥަރަށް ނުރައްކާބައެއްއެއީ ސަލާމަތެެއްނުވާނެ. މިހާރުވެސް ކޮންމެގައުމެއްގައި އިންޑިޔާ ސިޓީއެއް އޮވޭކަންނޭގެ
ދުރުމި
11 December 2019
ހުރި ހާ ވެރިން އިންޑިޔާގަ ތިބެގެން ސަރުކާރު ހިންގަންވީނު.
މޯދީ
11 December 2019
ޕާނީ ޕޫރީކޮޅު އެންމެނަށް ދީގެން ކާނީ. ގެޔަށްގެންގޮސް އެނަކި ކައިހުސްނުކުރާތި.
އަލީ ރަސްގެފާން
11 December 2019
އެމްޑީޕީ ގިނަ މީހުންނަ އެގޭ އެމްޑީޕީ އަކީ ފީކަޅާ ބައެއްކަން. ޤައުމު ފެލައިގެން މުސްސަދިވާން އެމީހުން ބޭނުންވަނީ.
އެމްޑީޕީމީހާ
11 December 2019
ރާއްޖެ މިއޮތީ ތޫނުކަނޑިއެއްގެ މަތީގަ.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
11 December 2019
މަދެން ހީ ހީ ؟ " ރާއްޖެ އާއި އިންޑިއާ ދެމުދު ޖޮއިންޓް ކޮމިޝަނެއް އުފެއްދީ 1986 ގަ އެވެ. އެއީ، އިގްތިސާދީ ގޮތުންނާއި ފަންނީ ގޮތުން އެއް ގައުމު އަނެއް ގައުމަށް އެހީތެރިވެދިނުމަށެވެ. " * : ފަންނީ އެހީ 1- ސުވާލު އުފެދޭ ގޮތަށް 7 ފެބްރުއަރީ 2012ގައި ސަރުކާރު ބަދަލް ކުރީމާ އެންމެ ފުރަތަމަ އިންޑިއާއިން އެސަރުކާރު ބަލައިގަނެ މަރުހަބާ ކިއުން. 2- 350،000 ރައްޔިތުންނަށް 300 ވަރަކަށް ބެޑުގެ ހޮސްޕިޓަލެއް 3- ދޯސްތު ދޯސްތު ނާ ރަހާ ޕިޔާރް ޕިޔާރް ނާ ރަހާ.
ޝޮކްތެރަޕީ
11 December 2019
ރައިސް ޔަމިންގެ ދައުރުގާ ބައްދަލުވުން ބެއްވިޔަސް އިންޑިޔާ ބޭނުންވި ކަންތަ ޔާމިން ނުކޮއްދިން. ރައިސް ޔާމިން އިސްކަން ދިނީ ރާއްޖޭގެ މިނިވަންކަމާ އަންނަންއޮތްޖީލަ.
ދީމާހު
11 December 2019
ރަށުގައި މަޑުނުވާތި. އަބަދު ފުރާފަ ބަހައްޓާ
މަންޑޭލާ
11 December 2019
ރާއްޖެގެ އެމްމެމުހިމްމު ތަންތަން އިންޑިޔާއަ ދޭން ޑީލްހަދަން އެގެންދަނީ.