އައްޑޫގެ އާ ހޮސްޕިޓަލް: މިތަނުގެ ޚިދުމަތް މިއަދު ފަށާގޮތަށް ހަމަޖައްސާފައި އޮތް ނަމަވެސް ތައްޔާރީތައް ނުނިމޭތީ މިހާރު ވަނީ ފަސްކޮށްފައި. --ފޮޓޯ/މިހާރު
15 ޑިސެމްބަރ 2019 - 10:45
އައްޑޫގައި ހަދާފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ ޚިދުމަތް ފެށުން ފަސްކޮށްފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫގައި ބޭއްވި ސާކް ސަމިޓަށް ހެދި އައްޑޫގެ ކޮންވެންޝަން ސެންޓަރު، ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވާ އިރު ކުރިން ނިންމާފައި އޮތީ ރަސްމީކޮށް ނުހުޅުވި ނަމަވެސް މިއަދު ޚިދުމަތް ފެށުމަށެވެ.
ހެލްތު މިނިސްޓްރީގެ އެގްޒެކެޓިވް ކޮމިއުނިކޭޝަން ޑިރެކްޓަރު ހައްވާ ވަޖުދާ ގާސިމް މިއަދު ވިދާޅުވީ، ޚިދުމަތް ނުފެށުނީ ބައެއް ތައްޔާރީތައް ނުނިމިގެން ކަމަށެވެ. ޚިދުމަތް ފަށާނެ ސީދާ ތާރީޚެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.
"ޚިދުމަތް ފަށަން ބޭނުންވާ ވަރަށް ތައްޔާރު ނުވެވުނީ،" ވަޖުދާ ވިދާޅުވި އެވެ.
މާލެ އާއި ހުޅުމާލެ ފިޔަވައި އެހެން ރަށެއްގައި ގާއިމްކުރާ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލުގައި ބޮޑު އޮޕަރޭޝަން ތިއޭޓާ ކޮމްޕްލެކްސް އާއި އިމަޖެންސީ ތިއޭޓަރެއްގެ އިތުރުން ހޮސްޕިޓަލެއްގައި ހިމެނޭ ޒަމާނީ ސިއްހީ ހުރިހާ ވަސީލަތެއް ވަނީ ގާއިމްކޮށްފަ އެވެ.
އޭގެ ތެރޭގައި ކާޑިއޮލޮޖީ ޑިޕާޓްމަންޓަކާއި ރޭޑިއޮލޮޖީ އާއި ޑަޔަލިސިސް ޔުނިޓަކާއި އެންޑޯސްކޯޕީ އާއި ސައިކޭޓްރިކް ޑިޕާޓްމަންޓެއް އަދި ސައިކޭޓްރިކް މީހުންނަށް ޚާއްސަ ވޯޑެއް ވަނީ ހަދައިފަ އެވެ. މީގެ އިތުރުން، ކުޑަކުދިންނަށް ޚާއްސަ އެންއައިސީޔޫ އަކާއި އައިސޮލޭޝަން ހަތަރު ވޯޑާއި މޯޗަރީއެއް ވެސް ވަނީ އައްޑޫ އާ ހޮސްޕިޓަލްގައި ހަދާފަ އެވެ. ސްޕީޗް ތެރަޕީ އާއި ދަތުގެ ސާޖަރީ އާއި ލޮލަށް ލޭޒާގެ ފަރުވާ ދިނުމުގެ ޚިދުމަތް ވެސް، ހިތަދޫގައި މީހުން އަލަށް އާބާދުވާ ސަރަހައްދުގައި ހުރި ހޮސްޕިޓަލުން ލިބޭނެ އެވެ.
އާ ހޮސްޕިޓަލް ބޭނުން ކުރަން ފެށުމާ އެކު، މިހާރު ހިދުމަތް ދެމުން އަންނަ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ލިބޭނެ އެވެ. އޭގެ ތެރޭގައި ޖާގައިގެ ދަތިކަމާއި އިމާރާތް ބާވުމާއި ވަސީލަތްތަކުގެ މައްސަލަ ހިމެނެ އެވެ.
އައްޑޫގައި 100 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރުމަކީ މިދިޔަ ހަތަރު ވެރިކަމުގައި ވެސް އެ ސިޓީގެ މީހުން އެންމެ ބޮޑަށް އިންތިޒާރު ކުރި އެއް މަޝްރޫއެވެ. އެކަމަށް ވަރަށް ކުރިން ބޭރުގެ ފަރާތްތަކުން ފައިސާ ހަމަޖައްސައިދީފައި ވިޔަސް ހޮސްޕިޓަލްގެ އުންމީދު ހަގީގަތަކަށް ހެދީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަން މިދިޔަ އަހަރު ނިމުނުއިރު ވަނީ އައްޑޫ ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ހެދުމުގެ މަސައްކަތުގެ ބޮޑު ބައި ނިންމައި އެ ތަނަށް ބޭނުންވާ ސާމާނާ ގުޅޭ ކަންކަން ވެސް ފުރިހަމަ ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިނގިރޭސި އަހުމަދު
15 December 2019
އައްޑޫ އަކީ ނިސްބަތުން އެންމެ ގިނަ ތައުލީމީ މީހުން ނިސްބަތްވާ އެއް ސަރަހައްދު. އެކަމަކު ކުރިއަށް ނުދެވިގެން އުޅެނީ ކޮންމެ މީހަކު ވެސް އަމިއްލަ އެދުން އިސްކޮށްފާ ތިމާ އަށް ކިތަންމެ ނާގާބިލުކަން އަމިއްލަ ނަފްސަށް އެނގޭއިރުވެސް އެހެންމީހަކު ތިމާއަށް ނުކުރެވޭކަމެއް ކޮށްގެން ނުވާނެ ކަމަށް ގަބޫލުކުރާތީ. އަދި ގުޅިގެން ކަންކުރަން ނޭގުމާއި އެއްގަކަށް ނޭރުން.
ސޯބެ
15 December 2019
އެހެންވީމާ މި ބުނަނީ މިފަހަރު ކައުންސިލް އިންތިހާބުގައި ވޯޓުން ބަލިކޮށް މިފަދަ މީހުން ބޭރުކުރާށޭ.. ނިޒާރު ހޮވާށޭ!
ހާމަ333
15 December 2019
އާދަނާ ކަލޭނޭގޭ ވާހަކަ ނުދައްކާހުރެބަލަ...އައްޑޫއަކީ މިރާއްޖޭގެ އާބާދީގެ 25 އިންސައްތަ ނިސްބަތްވާތަން...ވީމަ ކަންކަމަށް ޑިމާންޑްކުރާނެ...އަދި ކޮށްދޭންވެސް ޖެހޭނެ...ޝުކުރުވެގެން ތިބޭތާ 16 އަހަރު...އެވަރު މަދު? 16 އަހަރުފަހުން މިއަދުވެސް ވާނުވާގަ...
ކަމާލް
15 December 2019
މިސަރުކާރުން އައްޑޫ މީހުންގެ ލޮލުގެ އަދުންއަޅުވަނީ. އަދިވެސް ވޯޓް ގިނަގިނައިން ދޭތި! ހުރިހާކަމެއް ވެސް ރަގަޅުވާނެ.
ހާމަ333
15 December 2019
އިބޫ ކަލެއަށް އައްޑޫމީހުން ވޯޓުދިނީމާ ދިން ހަދިޔާއެއްތަ ތިއީ? އައްޑޫމީހުން ވާނުވާގައި.....ތައްޔާރު ނުވެވުނީ ކިހިނެތްވެގެން? ކާކުގެ އިހުމާލުން? ރައްޔިތުންނަށް މިކަންކަން ސާފުކޮށްދޭންޖެހޭ...ކެތްކުރެވޭނީ ވަރަކަށް...16 އަހަރު ވެއްޖެ ތި ހޮސްޕިޓަލަކަށް އިންތިޒާރުކުރާތާ....
ޝިނައްޓޭ
15 December 2019
ވެމްކޯ ހިންގަން ހުންނަ މީހާ ހޮސްޕިޓަލް ހުޅުވަން ވީމާ ވާނެގޮތް މިހިރަ ފެންނަނީ.
ނިއްޓު
15 December 2019
ޔާންޓޭ ހުރިނަމަ ޔަގީން މިހާރު ހުންނާނީ ހުޅުވާފަ ހިދުމަތް ދޭން ފަށާފަ.
ބޭބެ
15 December 2019
އެހެންމީހުން ހަދާފައި ހުރިތަންތަނ
ޒަމީރު
15 December 2019
އައްޑޫ މީހުންނަށް ރަނގަޅު އެއްކަމެއްވެސް އެބައޮތްތަ އަޅެފަހެ؟ މި ރާއްޖޭގައި އަތޮޅުތެރޭގައި ހުޅުވާ އެންމެ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލަށް އެ އަތޮޅު ހޮސްޕިޓަލްވީމަވެސް ހަމަ ޝަކުވާ ބޮނޑި ހިފައިގެން. ހާދަ ނެގަޓިވް މީހުން އުޅޭ އަތޮޅެކޭ ހަމަ ހުވާ މި ބުނީ
ބޯކިރުބަނބުކެޔޮބޯ
15 December 2019
އައްޑޫ މީހުންނަކީ ގަމާރު މީހުން އުޅޭ ތަނެއް. ކިހާ ގަމާރުވީމަ އަމިއްލަ އަތޮޅުގައި ހުޅު ޖަހާނީ ނަޝީދުގެ އޯޑަރަށް؟ އެހެރަ ހިތަދޫ އަސްލަމެއްވެސް މަޖިލީހުގެ ރައީސެއް ހޮވަން އުޅުނުއިރު ހަމަ ނަޝީދުގެ އޯޑަރެއް އެ ހުރިހާ ހަޑިއެއްް އަމިއްލަ ނަފްސަށް ބުރުވީ. ބަދަލުގައި ލިބުނީ ކޯޗެެއް؟ ޕާޓީ ނައިބު ރައީސްކަންވެސް ނުލިބުނު. ދެންވެސް އިބޫ ސަރުކާރާ ގުޅިގެން އުޅެބަލަ، އޭރުން އަތޮޅު ތަރައްގީވަމުންދާނެ
ރައްޒާން
15 December 2019
އެވަރަށް ނިންމާފަ ދިޔައިމަވެސް މިއުޅެނިީ މިމީހުންނަށް މިކަން ނުވެގެން، މަވާ ސަލާން