ޕޮލިސް ކޮމިޝަނަރު ހަމީދު މިއަދުގެ ސެޝަންގައި ވާހަކަ ދައްކަވާއިރު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަޑުއައްސަވަނީ.---ފޮޓޯ: ރައީސް އޮފީސް
16 ޑިސެމްބަރ 2019 - 13:53
އަނިޔާވެރި އަމަލުތަކުގައި ހައްދުފަހަނާޅަފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ލީޑަޝިޕުން ވާގިވެރިވެ، ސީރިއާގައި ހުރި ދިވެއްސަކު އިސްވެ 2017 ގައި ރާއްޖޭގައި ވައިގެ މަގުން ބޮން ގޮއްވާލަން އުޅުނު ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކައުންސިލަރުންނާ އެކު، ކްރޮސްރޯޑްސްގައި ބާއްވާ މަހާސިންތާގައި ވާހަކަ ދައްކަވަމުން ހަމީދު ވިދާޅުުވީ އެ އައިއީޑީ ހެދީ އައިއެސްގެ އިރުޝާދާ އެކު މާލޭގައި ތިބި ދިވެހިންތަކެއް ކަމަށެވެ. އެކަން ފްލޮޕްކުރީ ދިވެހި ފުލުހުންނާއި ސިފައިންގެ އިތުރުން ނެޝެނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު ގުޅިގެންމަށް އޭނާ ވިދާޅުވި އެވެ.
ހަމީދު ވިދާޅުވީ އެ އޮޕަރޭޝަންގައި ދުނިޔޭގެ ވަރުގަދަ ފަސް ގައުމަކުން ވެސް ބައިވެރިވި ކަމަށެވެ.
"އެއީ، 2017 ގައި މުޅި ދުނިޔޭގައި ހިންގުނު އެންމެ ބޮޑު ކައުންޓަ ޓެރަރިޒަމް، އިންޓެލިޖެންސް އަދި އިންވެސްޓިގޭޝަންގެ އޮޕަރޭޝަން،" ހަމީދު ވިދާޅުވި އެވެ.
އެކަމަކު އޭގެ އިތުރު ތަފްސީލެއް ކޮމިޝަނަރު ނުދެއްވަ އެވެ.
މި ހާދިސާ ހިއްސާކޮށްދެއްވީ، ދީނީ ގޮތުން ހައްދުފަހަނާޅައި ދިއުމާއި ޓެރަރިޒަމް ހުއްޓުވުމުގައި އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ކުރީ ސަފުގައި ރާއްޖެ އޮތް ކަމުގެ ޔަގީންކަން، ކައުންސިލަރުންނަށް ދެއްވުމުގެ ގޮތުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރަން ކަމާގުޅޭ އިދާރާތަކުން އޮތީ ތައްޔާރަށެވެ. ޓެރަރިޒަމްގެ ގާނޫނަށް ދާދި ފަހުން ގެނައި އިސްލާހަކީ ވެސް އޭގެ ހެއްކެއް ކަމަށް ވިދާޅުވި އެވެ.
ކޮމިޝަނަރު ވިދާޅުވީ ދީނީ ގޮތުން އެ ފަތުރާ ހަރުކަށި ފިކުރުގައި ރާއްޖެ އޮތް ހާލަތާއި އޭގައި ބައިވެރިވުން އޮތް އަދަދުތައް ވެސް ކަމާބެހޭ ފަރާތްތަކަށް އެނގެ އެވެ. މިހާރު ކުރަމުން އަންނަ މަސައްކަތަކީ ގާނޫނީ އިމުގެ ތެރެއިން އެ ފަރާތްތަކަށް ފިޔަވަޅު އެޅުން ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެވު
17 December 2019
ރާޢްޖޭގައި ބޮން ހެދިނަމަ އެހެދި ބޮންތައް ކޮބައިތޯ؟ ބޮން ތަކަށް ވީ ކިހިނެއްތޯ؟ މިހިރީވެސް "ޙަމީދުސަރ" މެން ތިޔަޒާތު ވާހަކަ ދައްކަވާއިރު ޖަވާބުދެއްވަން ޖެހޭ ނޫނީ ހާމަކުރައްވަންޖެހޭކަންކަން. #ފީކަޅާވާހަކަ
އިބިރިހިންބެއްޔާ
17 December 2019
2017. އެހެންވިއްޔާ ރައީސު ޔާމީނުބެ ވެސް ރަގަޅުކަމެއް ކޮއްފިތާ.
ވަތުބަތާނަ
17 December 2019
ތިއީ ޓްރަމްޕްގާތުން ފޮނިކަނ ޑައި ބޮ ޑާބަސް ބުނަން ދިސްކޮއްގެންއުޅޭ ބައެއް
17 December 2019
ސިޔާސީ ގޮތުން ބާރުވެެރިވާން ވެގެން ޕްރޮޕެގެންޑާ ވާހަކަތަށް ހަދަހަދާއިގެން ދަށްކާނެކަމެއް ނެތް..... މި ސަރުކާރު އާއި ފަހުން ތައްޔިތުންނަށް ކޮށްދިނީ ކޮންކަމެއް.... މަސްތުވާތަކެތި ގެންގުޅޭ ޕާޓޭން މުޅި މަގުގަ.... ޕާޓޭން މީހުންނަށް އަނިޔާދީ މީހުންމަރަނީ.... ސަރުކާރުން ޕާޓޭން ދޫކޮށްލާފަ ޕްރޮޕެގެންޑާ ހިންގުމުގަ.... ވޯޓް ދިނީ މިހެން ވާނެކަމަކަށް ނޫން
ހަލޯ
17 December 2019
"ރާއްޖޭގައި ބޮން ހަދައިގެން ވައިގެ މަގުން ގޮއްވާލަން ރޭވި"، ތިކަހަލަ ވާހަކަ އަޑުއަހަން ރަށު ހޮޅު އަށްޓަށްދާ ކޮންމެ ފަހަރަކު. ތިޔަވާހަކަ ހަމަ ނުޖެހޭ ވަރަށް ގިނަ ސަބަބު އެބަހުރި. 1. ވަިގެ މަގުން އެއްޗެއް ގޮއްވާލުމަކީ އެންމެ ރިސްކް ހައި، އެކަން ކުރަން އުޅޭމީޙާ އަތުލައި ގަންނާނެކަން 95% އައި ގާތަށް ޔަގީންވާ ގޮތެއް. ތިކަން ކުރަން ވިސްނަނީ އެމްސީ ހަމީދު ކަހަލަ މޮޔައިންނެއް ނޫން!
އެޑަމް
17 December 2019
އަޖާބު ހައިރާން ވާކަހަލަ ވާހަކައެއް ސީޕީމިދައްކަވަޏީ ރާއްޖޭގަމީހުން މަރަން ފަސްނުޖެހޭ 1400 މީހުން ތިބިކަމައްއަންދާޒާކުރުމެއްނެތި ކަށަވަރު އަދަދެއް ބުނަންއެގޭއިރު އެބައެއްގެ ރަށާ ވަޒަނާ މައިން.ބަފައިންނާ އަބިދަރިންވެސް ޕޮލިހައް އެގި ސާބިތުވެގެންނޫނީ ކަޑައެޅިގެން އަދަދު ބުނަންއެގުނީކިހިނެއްތޯއެވެ. އަދިމިހާލަތުގާ އެފަދަބަޔަކާމެދުފިޔަވަޅު ނާޅާ އަދި އެފަދަނުރައްކާތެރިއެހާބޮޑުކުރައުޑެއްގެކިބައިން ރައްޔިތުންސަލާމަތްކުރަންއެޅީކޮންފިޔަވަޅެއްތޯ???
ފާރަގެމަ.
17 December 2019
ފުރަނަ ރިސޯޓް ކައިރީ އޮންނަ ކ.ގާގަނޑު ގަ 4 ވަރަކަށް ޒުވާނުން ފަޅޯއޮނު ގުޑުގުޑާގަ 1978 ގެ ފަހުކޮޅު ފެށި ޑްރަގް ބުއިން މުޅި ގައުމަށް ބޮޑު ވަބާއެއްގެ ގޮތުގަ ފެތުރިގެންދިޔައީވެސް ކަމާބެހޭ ފަރާތްތަކުގެ އިހުމާލުން. ތިޔަކަންވެސް މިދަނީ ހަމަ އެމަގުން.
އިސް
17 December 2019
2017 ގަ ކާކު ވެރިކަމުގަ ހުރީ...!
ރަބަރު
17 December 2019
ކޮމެންޓްތައް ކިޔާލުމުން ވިސްނެނީ ދިވެހިންނަކީ ވަރަށް ވިޔާނުދާ ބައެއްކަމެވެ. ގަބޫލުކުރިއަސް ނުކުރިއަސް ދީނޭކިޔައިގެން މިގައުމު ހަލާކުކުރަންއުޅޭ ބަޔަކު އެބަތިބި. މިއީ ނަޖްދުކަރައިން ނުކުމެ އުޅޭ ބައިގަނޑެއް. ފައިސާގެ ދަހިވެތިކަމުގަ އަނގައިން ނުބުނެ ތިބެނީ.
ކަކުނިބޯ
17 December 2019
ނާހަމަތެދެއް ބޮންގޮއްވަންއުޅުނީ ދޯ އެކުދިން 2017ގަ އެހެންވިއްޔާ ޔާމިނުގެ އިންޓެލިޖަންސް ފައްކާ އެމީހުން ޑައިވކިށްގެން ކަނޑުން ސިމްވެސް ނެގިއޭރު އެއްވެސްގޮތަކަށް އެކްޓިވްނޫން ނުކޮށްއޮތް...ގެއްލޭ މީހުންނަ މަރލާމީހާނުހޯދެނީ އެކުދިންނަށް...ދެން މިހާރުއެކަމަކު ތިޔަ ކަރާ ފަޅާލީ ކީއްވެ ރަމަލޯންމަހަށްނުބާއްވާ އަދި ޅަކަރަލެއް ތިޔަފެޅީ ކޮންމެއަކަސް ފިންގަރޕްރިންޓްވެސްލިބިއްޖެނު ވާރޭވެހިހަފުސްވިފަހުން އެތަން ބަންދުކޮށްގެން ބޯހަލާކު...ހާދަމޮޅޭ ހާދަމޮޅޭ ވާވާ