ހިތަދޫގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓުގައި ގެއްލުން ލިބުނު ސައިކަލް. -- ފޮޓޯ: ފުލުހުން
18 ޑިސެމްބަރ 2019 - 19:32
ސ. ހިތަދޫގައި މިއަދު ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.
ފުލުހުން މިރޭ ބުނީ ހިތަދޫގެ ގާޒީމަގުގައި ހިނގި އެކްސިޑެންޓުގައި 64 އަހަރުގެ ފިރިހެނެއްގެ ފައި ބިނދުމުގެ އިތުރުން ނިތްކުރި މަށައިގެން ގޮސްފައިވާ ކަމަށެވެ. އޭނާ އަށް އަންނަނީ ފަރުވާދެމުންނެވެ.
މި އެކްސިޑެންޓް ހިނގީ 64 އަހަރުގެ މީހާ އެ ރަށުގެ ގާޒީ މަގުގެ ދެކުނުން އުތުރަށް ސައިކަލް އަނބުރާލަން އުޅެނިކޮށް، އަނެއް ކޮޅުން ދުއްވާފައި ދިޔަ 25 އަހަރުގެ ޒުވާނެއްގެ ސައިކަލުގައި ޖެހުމުން ކަމަށް ފުލުހުން ބުންޏެވެ. އޭނާ އަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެއް ނެތް މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެކްސިޑެންޓުގައި ދެ ސައިކަލަށް ވެސް އެކި ވަރުގެ ގެއްލުން ލިބުނެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަބަރު
19 December 2019
ކޮސްގޮވާ ކޮސްނުގޮވާ. އިންޖީނުލީ އެއްޗެހި މަނާކުރަންވީ އައްޑޫގައެއް ނޫނެވެ. މާލޭގައެވެ. މާލޭގައި މީހުނަށް ދިރިއުޅެން ދަތިވާވަރަށް ތި އިންޖީނުލީތަކެތި ގިނަވެއްޖެ. އާންމު އުދަގުލަކަށް ވެއްޖެ.
ނުދެމޭރަބަރު
19 December 2019
އިންޖީނުލީ ހުރިހާ އެއްޗެއް މަނަލެއް ނުކުރެވޭނެދޯ.. އެ ތަކެތި މަދުކުރުން އޮންނާނީ.
ބުރެކެޓު
18 December 2019
މިދުވަސްކޮޅު ޝޭހަކަށް މިފަދަކަމެއް ކުރިމަތިވީމަ އެއީ އިއްތިފާގެއްތޯ ނުވަތަ ޑާކް ސްޓޭޓްގެ އަތެއް މިކަމުގައިވޭތޯ ބަލަންޖެހޭ.
ކޮސްގޮވާ
18 December 2019
ތިއައްޑޫ ގައި އިންޖީނުލީ ތަކެތި މަނާކުރަންފެނޭ.
ޢަބްދު
18 December 2019
އެހެމް، އައްޑޫގައި އެކަނި ނޫނޭ އެކްސިޑެންޓް ވަނީ، ހާދަ އެންޓިއޭ ދޯ
ހުސެއިނުގެ އަބުދު
19 December 2019
ކަމަކާ ކަޑަވަނީތަ؟؟؟ ލޮލް
ފާނަބަސަންދު
19 December 2019
ކޮސްގޮވާ ބުރޯ ނަފްސާނީ މީހަކު ހުރޭ އައިޖީއެމްއެޗުގަ.