ޚަބަރު / ރ. މަޑުއްވަރި

ހަ ގެއެއް ފާސްކޮށް ތިން މީހަކު ހައްޔަރުކޮށްފިން: ޕޮލިސް

މަޑުއްވަރީގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ. --ފޮޓޯ:މަޑުއްވަރީ އޮންލައިން

އިސްލާމްދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ފިކުރު ފަތުރައި އަނިޔާވެރިކަން އިސްކުރަމުންދާ މައްސަލައިގައި ފުލުހުންނާއި ސިފައިން ރ. މަޑުއްވަރީގައި މިހާރު ހިންގަމުން އަންނަ އޮޕަރޭޝަންގައި މިހާތަނަށް ހަ ގެއެއް ބަލައި ފާސްކޮށް، ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި އެންމެ ފަހުން ހައްޔަރު ކުރީ 29 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭގެ ކުރިން ހައްޔަރު ކުރީ 34 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެކެވެ. މި ތިން ދިވެހިންނަކީ މަޑުއްވަރީގައި ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް އުޅޭ ބައެއް ކަމަށްވެ އެވެ.

ސަލާމަތީ ބާރުތަކުން ހިންގަމުން އަންނަ އޮޕަރޭޝަނާ ބެހޭ ގޮތުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރަމުން ދަނީ ވަރަށް ފުޅާ ދާއިރާއެއްގައި ކަމަށެވެ. ހަރުކަށި ފިކުރުގެ މީހުން ސިފަ ކުރާ ގޮތުން މި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަމަށް ވެސް ބަޝީރު ވިދާޅުވި އެވެ. އެމީހުންގެ ހަރުކަށި ފިކުރު ގަބޫލު ނުކުރާ މީހުންގެ މުދަލާއި ނަފްސާއި ފުރާނައަކީ ގެއްލުން ދެވިދާނެ އެއްޗެއްގެ ގޮތުގައި ގަބޫލު ކުރަމުންދާ ކަމަށް ބަޝީރު ވިދާޅުވި އެވެ.

"އެމީހުން ގަބޫލު ކުރާ ގޮތުގައި ޝަރުއީ ކައިވެންޏަކާއި ޝަރުއީ އަދި ގާނޫނީ އިމުގެ ބޭރުން އުމުރުން 18 އަހަރު ނުވާ ކުދިން އަނބިންގެ ގޮތުގައި ގެންގުޅުމާއި އެމީހުންނާ އެކީގައި ޖިންސީ ގުޅުން ހިންގުމަކީ ހުއްދަ ކަމެއް. ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭން ޖެހޭ ހައްގުތައް މަހްރޫމްކޮށްގެން ގެންގުޅުމަކީ އެމީހުންގެ ތެރޭގައި ހިނގަމުންދާ ކަންތައްތަކެއް،" ބަޝީރު ވިދާޅުވި އެވެ.

ކުޑަކުދިންނަށް ލިބިދޭން ޖެހޭ އަސާސީ ހައްގުތަކުގެ ތެރެއިން ވެކްސިން ދިނުމާއި ކިޔެވުމުގެ ހައްގުން އެ ކުދިން މަހްރޫމްކޮށްފައިވާ ކަމަށް ވެސް ބަޝީރު ވިދާޅުވި އެވެ.

ބަޝީރު ވިދާޅުވި ގޮތުގައި ފުލުހުންނާއި ސިފައިން އޮޕަރޭޝަން ހިންގަނީ މިފަދަ ނުބައި ކަންކަން މުޖުތަމައުގެ ތެރޭގައި ފެތުރުން ހުއްޓުވައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށެވެ.

މި އޮޕަރޭޝަން ހިންގާ އިރު، ސިފައިންނާއި ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ވެސް ބަޝީރު ވިދާޅުވި އެވެ.

ބަޝީރު ވިދާޅުވީ އޮޕަރޭޝަންގައި، ހެކީގެ ގޮތުގައި ބެލެވޭ އިލެކްޓްރޯނިކް ގިނަ އާލާތްތަކެއް ހޯދާފައިވާ ކަމަށެވެ. އަދި ސައްހަ ނޫން ކައިވެނީގެ ސެޓްފިކެޓެއް ވެސް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަކިން ޖަމާއަތް ހަދައިގެން މަޑުއްވަރީގައި ނަމާދުކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ. ބޭރު ރަށްރަށުގެ މީހުން ގެނެސް އެ މީހުން ގަބޫލުކުރާ ދީނީ މިންގަނޑުތައް އުނގަންނައި ދިނުން ވެސް ފުޅާ ދައިރާއެއްގައި ކުރިއަށް ގެންދިޔަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސީރިއާ ހަނގުރާމަ އަށް ވެސް ބައެއް މީހުން ދިޔަ އެވެ. އަނެއް ބަޔަކު އެއާޕޯޓުން ހުއްޓުވާފައި ވެސް ވެ އެވެ.

32 ކޮމެންޓް, 278 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 2%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފފފފ

19 December 2019

ބޮޑަށް ގަބޫލުކުރެވެނީ މިއީ ލާދީނީ ޖަމާއަތުގެ އެދުމަށް އެމީހުންގެ ޕްލޭން އިންޕްލިމެންޓޭޝަންގައި ހިމެނޭ އިސްލާމް ދީނަށް ނަފްރަތު އުފެއްދުމުގެ ބޮޅެއްކަމަށް.

The name is already taken The name is available. Register?

އެމްސީ

19 December 2019

ހައްޔަރު ކުރޭ. މީގަ ކޮމެންޓު މިކުރާ ހަރުކަށި މީހުންވެސް ހައްޔަރުކުރޭ. ހަރުކަށި މީހުންގެ ދިފާއުގަ ނުކުންނަމީހުންވެސް ހައްޔަރުކުރޭ. ފިލާ އެބަތިބޭ ވަރަށް ގިނަމީހުން. ހަމަ މިގޮތަށް ދީނަށް ފުރަށްސާރަކުރާ މީހުންނާ ސަޕޯޓުކުރާމީހުންވެސް. ޝުކުރިއްޔާ.

The name is already taken The name is available. Register?

ޢަލިމަނިކުފާނު

19 December 2019

ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އާދޭހާއެކު ދަންނަވަން. ދީނީގޮތުން ހައްދު ފަހަނައަޅައި ގޮސްފައިވާ މީހުންނާއި، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙުކުމްފުޅުތަކަށް ޙަޖޫޖަހައި، ކީރިތި ނަބިއްޔާގެ ސުންނަތަށް ގޮންޖަހައި، އިސްލާމްދީނަށް ފުރައްސާރަކުރާ މީސްމީހުން ހޯދައި ހިފައި ހައްޔަރުކޮށް، އިސްލާމީ ޝަރީޢަތުގައި ދެވެން އޮންނަ އެންމެ ބޮޑު އަދަބެއް ދީގެން ވެސް، މިޤައުމާ ރައްޔިތުން ނުރައްކަލުން ސަލާމަތް ކޮށްދެއްވާ.

The name is already taken The name is available. Register?

‫ޗިލީސޯރސް

19 December 2019

ދީންނުކިޔަވާތިބެ ދީނީބޮޑެތި ޝޭހުންނައްވެގެންއުޅޭ ވަރައްބޮޑެތި ކުއްވެރިންނާ މުޖުރިމުން ރާއްޖޭގަ އެބައުޅޭ އަދި މިމީހުންނަކީ އެއްވެސް ސަރުކާރެއް ގަބޫލުކުރާބައެއްނޫން އަދި އެމީހުންނޫން ދެންތިބި މީހުންނަކީ އިސްލާމުންނޫންކަމުގާދެކި ވަކިޖަމާއަތް ހަދައިގެން އެހެންމީހުންނާ ވަކިވެގެންއުޅޭ. ޢަދި މިބައިމީހުން ބުނާގޮތުން ސަރުކާރުން އަޅާފަހުންނަ މިސްކިއްތަކުގާ ނަމާދުކުރުން ސައްހައެއްނޫން އަދި ކައިވެނިކުރަން ވަކިއުމުރެއް ވަކިތަނެއްނޯވެ ދަރިންސުކޫލައް ފޮނުވުމާ ވެކުސިންޖެހުމެއްނޯވެ. މިބައިމީހުން ބޭރުގައުމުތަކައް ޖިހާދައްދަނީވެސް ރާއްޖޭގާ އިސްލާމްދީނައް ނޫޅެވޭތިއްޔޯ ކީކޭދެންކިޔާނީ ލަދުންބޯހަލާކު.

The name is already taken The name is available. Register?

ރަންބުއްދި

19 December 2019

މިގައުމަށް ދިމާވެގެން މިއުޅޭމައްސަލައަކީ އިސްލާމީ އާދަކާދަ އަށް އައި ބަދަލެއް.%100 މުސްލިމުންނޭ ބުނާއިރު މިސްކިތައް ނަމާދައް ނުދިޔައަސް އޮކޯ.ބަޔަކު 5 ނަމާދު ނާޅާނަމާދު ކުރާތީ އެއްބަޔަކު ކަންބޮޑުވަނީ.އެއްބަޔަކު ދީނަށް އުޅެވޭތޯބަލާއިރު އަނެއްބަޔކު މިތިބެނީ އަބަދުވެސް ސްމާޓްފޯނުގަ ޗެޓްކުރަން.އިސްލާމީތަހުޒީބު ފެތުރެމުންދާތީ ކަންބޮޑުވަނީ.ނަމަވެސް ދީނާ ހިލާފު ކަމެއްހިންގާނަމަ ތަހުގީގުކޮށް އަދާލަތުގެ ކުރިމައްޗަޢް ގެންދަންޖެހޭ.އިންސާފު ގާިމްކުރޭ

The name is already taken The name is available. Register?

ޙާމިދޫ

20 December 2019

ފަރުޟު 5 ނަމާދު ކޮށްކޮށް ތިއްބާ ދިމާއަށް ތީ ކާފަރެކޭ ބުނީމާ ކަލެއަށް އޯކޭ ވިއަސް މަށަކަށް ނުވޭ. ޢެއީ އިސްާމްދީން އޮޅުވާލައިގެން އުޅެބައެއް. ޙައްގުބަސް ބުނޭ!

The name is already taken The name is available. Register?

މުސްލިމް

19 December 2019

ބަލަގަ އެމްޑީއެން މީހުން ހިފާ ހައްޔަރު ނުކުރެވިގެން އުޅެނީ ކީއްވެ؟ ސީޕީ ހިމެނޭތީތާ؟؟ ހާދަ ގަޓެއް ނެތޭ ދޯ.

The name is already taken The name is available. Register?

ރަންބުއްދި

19 December 2019

ތިޔަހައްޔަރުކުރާ ބައެގެ މައްސަލަ ދެފުއްފެންނަ ގޮތަކަށް ތަހުގީގުކޮށް އެމީހުން ގެ މައްސަލަ ކޯޓުތަކަށް ހުށަހަޅާ އެމީހުންގެ ކުއް ސަރުކާރުން ސާބިތުކޮށްދޭންޖެހޭނެ.ތިއީ ވަރަށްބޮޑު ގައުމީމައްސަލައެއް.ރަށުކައުންސިލަށް އެބަޔަކު އެގޭއިރު ކޮންމެހެން ޖެހޭތޯ ބޮޑުފައުޖެއްގެ ފުލުހުން އެނމެ ދެތިންމީހުން ހައްޔަރުކުރަން ކުޑަރަށަކަށް އަރަން.ޢެމީހުން އަތުގަ ބަރުހަތިޔާރުހުރިތޯ.އެމިހުން ކުރަނީ ކޮށްކުށެއްތޯ ފުރަތަމަ ތަހުގީގެއް ކޮށް ސާބިތުވިތޯ؟

The name is already taken The name is available. Register?

ފފފފފ

19 December 2019

2019 ވަނަ އަހަރުގެ ކުރީކޮޅު ސްކޫލެއްގައި ކިޔަވާ ދެކުދިން ކައިވެނިނުކަށް ދަރިއަކު ލިބިގެން އެކަން އެފްބީގައިވެސް ސެލެބްރޭޓް ކުރި. އެމައްސަލަ ބެލިތަ؟ އެކަމަކު އިސްލާމް އެދޭތެރެއަށް ފެއްތޭނެތީ "ދީން" ނައްތާލުމަށް ފޫގަޅައިގެން ތިބި ލާދީނީ ބައިގަނޑުން މަޑުއްވަރީގައި މިކަން މިބަލަނީ.. ކުޑަކުދިންނަށް ސަލާމަތް މާހައުލެއް އޮތުން މުހިންމު. ނަމަވެސް އިސްލާމް އައުމުން ސަރުކާރުން އަމަލުކުރަނީ ރައްޔިތުންގެ ހިތްތަކުގައި އިސްލާމްދީނަށް ނަފްރަތު އުފެދޭނެގޮތަށް.

The name is already taken The name is available. Register?

މަސްކާނާ

19 December 2019

ހައްޔަރު ކުރޭ! މާ ލަސް ވެސް ވެއްޖެ. 13 އަހަރުގެ ކުދިން ދާން ވީ ކިޔަވަން ސުކޫލަށް، ކަލޭމެންގެ ވަހުށީކަން ފިލުވާކަށް ނޫން!!

The name is already taken The name is available. Register?

96989

19 December 2019

ސްކޫލުގައި ކިޔަވާ 3 ކުދިން ބަނޑުބޮޑުވި ޚަބަރާ ދަރިފުޅު މަރާލި ޚަބަރު ނޫސްތަކުގެ ސުރުހީތަކުގައި އުޅެފައިވޭ. އެކަންކަން މިލިޓަރީ ފޯސްގޮސް ބެލިތަ؟ އެއީވެސް ދަރިންނަށް އިހްމާލުވުން. އެކަން ނުބެލުމުން ބުނެވޭނެ ނުބައި އަމަލެއްވީމަ ހިތްވަރު ދެނީއޭ. އެކަމަކު މީސްތަކުންގެ ހިތްތަކުގައި އިސްލާމްދީނަށް ބިރުވެރިކަން އުފެއްދުމަށް "ދީން" ހިމެނޭނަމަ މިފެށުނީ 2 ވަަނަ ބޮޑު ހަނގުރާމައިގެ މަންޒަރެއް. ސަރުކާރުން މިކުޅޭގޭމަކުޅެނީ ހާދަހާ ނުބައި ގޭމެކޭ.

The name is already taken The name is available. Register?

އަސްނީމް އަލީ

19 December 2019

ގަދަ! އަސާސް ކޮންމެ ގޮތަކައް އޮތަސް، މިހާރަކު ކަނޑި ހޫރުވަމަކުން ހޭބުއްދި ފިލާ “ބަދުރު” ހަނގުރާމަ އެއް ނުކުރެވޭނެ. މިހާރު ކޮންމެ ދީނަކައް އުޅުނަކަސް ރަހްމަތް ތެރިކަން ބާއްވާ އެކުގައި އުޅެން ދަސްކުރަންވީ. ފޭސްބުކްއިންސްޓަ އަދި ގުޅުން ބަދަހި ކުރާ ހުރިހާ ގޮތަކުން ގުޅުން ރަގަޅު ކުރަންވީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454