ލައިފްސްޓައިލް

ފާހާނާތަށި މަތީގައި ހޭދަކުރާ ވަގުތު ދަށްކުރަން އާ ގޮތެއް

އޮފީސްތަކުގައި ވަޒީފާ އަދާކުރާ މީހުން ފާހާނާ އަށް ވަންނަ ގޮތަށް ނުނިކުމެ އެތައް ވަގުތެއް ހޭދަކުރާތީ މިކަމަށް ހައްލެއް ހޯދުުމުގެ ގޮތުން އިނގިރޭސިވިލާތުގައި ތަފާތު ގޮތަކަށް ފާހާނާތަށި ތައްޔާރުކޮށް ބޭނުންކުރަން ފަށައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބްރިޓިޝް ޓޮއިލެޓް އެސޯސިއޭޝަން (ބީޓީއޭ) ގެ ވެސް ހިއްސާއާ އެކު ތައޔާރުކޮށްފައިވާ އާ ފާހާނާ ތައްޓަކީ "ސްޓެންޑާޑް ޓޮއިލެޓް" އެވެ. މި ވައްތަރުގެ ތަށީގެ ދެ މޮޑެލެއް ހުންނާނެ އެވެ. އެއީ ފާރުގައި ހަރުކުރާ ވައްތަރުގެ ތައްޓާއި އާންމުކޮށް ބިންމަތީގައި ހަރުކުރާ ވައްތަރެވެ. އަދި މި މޮޑެލްތަކުގެ ކުރިމަތި އިންނާނީ ތިރިއަށެވެ. މާނައަކީ ތަށިމަތީގައި އިށީނދެގެން އިންނަ އިރު މީހާ އަށް އިނދެވޭނީ 13 ޑިގްރީ އެންގަލަށެވެ. އޭގެ ނަތީޖާ އަކީ ތަށިމަތީގައި ފަސް މިނިޓަށް ވުރެ އިތުރަށް އިށީނދެގެން އިންނަން އުނދަގޫވުމެވެ.

މިފަދަ ގޮތަކަށް ފާހާނާ ތަށި ބައްޓަން ކުރަން ޖެހުނު މައިގަނޑު އެއް ސަބަބަކީ ފާހާނާ އަށް ވަދެ، ގިނަ ބަޔަކު މިހާރު ފޯނާ ކުޅެން ތަށިމަތީގައި އެތައް އިރެއްވަންދެން ތިބޭތީ އެވެ. މި މައްސަލަ ވެފައި ވަނީ ދުވަހުން ދުވަހަށް މަސައްކަތްތައް ނިންމަން ޖެހޭ އޮފީސްތަކަށް ބޮޑު ބުރައަކަށެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން މިފަދަ މައްސަލަތަކާ ހެދި އިނގިރޭސިވިލާތުގެ އިގުތިސާދަށް އަހަރަކު 4 ބިލިއަން ޕައުންޑް (500 މިލިއަން ޑޮލަރު) ގެ ގެއްލުމެއްވެ އެވެ.

އެހެންވެ މުވައްޒަފުން ފާހާނާތަކުގައި ހޭދަކުރާ ވަގުތު މަދުކުރުމަށް ބާރު އެޅުމުގެ ގޮތުން ތައްޔާރުކުރި އާ ފާހާނާތަށި ވެގެން ދާނީ ކުރިއަށް އޮތް ތަނުގައި ގިނަ އޮފީސްތަކުގައި ބޭނުންކުރާނެ އެއްޗަކަށެވެ.

"ސްޓެންޑާޑް ޓޮއިލެޓް" ފަރުމާކުރީ ކޮންސަލްޓިން އިންޖިނިއަރެއް ކަމަށްވާ މަހާބީރް ގިލް އެވެ.

އޭނާ ބުނިގޮތުގައި އާންމުކޮށް ފާހާނާތަށި ހުންނަނީ ލެވެލްކޮށް ކަމަށްވާތީ އާދައިގެ ގޮނޑިއެއްގައި އިށީނދެގެން އިނުމެކޭ ފާހާނާ ތައްޓެއްގެ މަތީގައި ހުރުމެކޭ މާ ބޮޑު ތަފާތެެއް ނެތެވެ. އެހެންވެ ގިނަ ބަޔަކު ތަށިމަތީގައި ހަމަޖެހިލައިގެން ތިބެނީ ކަމަށް ބުންޏެވެ.

"އެކަމަކު މި އާ ފަރުމާ އިން އެކަމަށް ހުރަސް އަޅާނެ. މީގެ މަތީގައި އެންމެ ގިނަވެގެން ފަސް މިނިސްޓަށް ވުރެ ގިނަ އިންނަން އުނދަގޫ ވާނެ. ނަތީޖާ އަކީ އަވަސްކޮށްލައިގެން ތެދުވަން މަޖުބޫރުވުން،" މަހާބީރު ބުންޏެވެ. "އެކަމަކު މި ތަށި މަތީގައި އިށީނދެގެން އިނުމަކުން ހެމަރޮއިޑާއި މަސްކިއުލޯސްކެެޓަލް ޑިސްއޯޑާއެއް ކުރިމައްޗެއް ނުވާނެ."

އޭނާ ބުނިގޮތުގައި "ސްޓެންޑާޑް ޓޮއިލެޓް" އިނގިރޭސިވިލާތުގެ އެކި ކައުންސިލްތަކަށާއި މޮޓޯވޭ ސާވިސް ސްޓޭޝަން ފަދަ ތަންތަނަށް ވެސް ފޯރުކޮށް ދޭން މަސައްކަތްކުރާނެ އެވެ. މީގެ އަގު އުޅެނީ 150 ޕައުންޑް (196.32 ޑޮލަރު) އާއި 500 ޕައުންޑް (654 ޑޮލަރު) އާ ދެމެދުގަ އެވެ.

"ސްޓެންޑާޓް ޓޮއިލެޓް" ގެ ބޭނުމަކީ މަސައްކަތު ގަޑީގައި ފާހާނާގައި ހޭދަކުރާ ވަގުތު ދަށްކުރުން ކަމަށް ވިޔަސް، މި އުފެއްދުމަށް ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔައިފަ އެވެ. އެގޮތުން އިނގިރޭސިވިލާތުގެ ކްރޯންސް އެންޑް ކޮލިޓިސްގެ ކެމްޕޭން މެނޭޖަރު އެންޑީ މެކްގިނިސް އެ އުފެއްދުން ސިފަކޮށްފައި ވަނީ "ޓޮއިލެޓް ޝޭމިން" ގެ ގޮތުގަ އެވެ.

"މިސާލަކަށް ބޮޑުކަމުދިއުމުގައި ދަތިތަކެއް ހުންނަ މީހުންނަށް މި ތަށީގެ ސަބަބުން ޖެހޭނީ އިތުރު ތުރާތަކެއް. އަދި ތަށިމަަތީގައި އެފަދަ މީހުން އިންނަން ޖެހޭ ވަގުތު އިތުރުވާނެ،" އޭނާ ބުންޏެވެ. "އެހެންވެ މިއީ ސިއްހީ ގޮތުން ވެސް ދެވޭ އަނިޔާއަކަށް ނޫނީ ނުވާނެ."

އިނގިރޭސިވިލާތުގެ ހެލްތު އެންޑް ސޭފްޓީ ސޮފްޓްވެއާ ޓެކް ކުންފުނި ޕްރޮޓެކްޓިން.ކޯ.ޔޫކޭ އިން މިދިޔަ ޖުލައި މަހު ވަނީ އެ ގައުމުގެ އަށް ސިޓީއެއްގައި މީހުން ފާހާނާގައި ވަގުތު ހޭދަކުރާ މިންވަރާ ބެހޭ ގޮތުން ސާވޭއެއް ހަދައިފަ އެވެ. އެއިން ދައްކާ ގޮތުގައި ލަންޑަނުގައި އެވްރެޖްކޮށް މީހަކު 28 މިނިޓް ފާހާނާގައި ހޭދަކުރާ އިރު، ލީޑްސްގައި 14 މިނިޓް ހޭދަކުރެ އެވެ. އަދި ބާމިންހަމްގައި އެވްރެޖްކޮށް މީހުން ހަތަރު މިނިޓް ފާހާނާގައި ހޭދަކުރެ އެވެ.

2 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަކުރުބޭ

20 December 2019

ހަތަރު ބިލިއަން ޕައުނޑް = ފަސްސަތޭކަ މިލިއަން ޑޮލަރ ކޮންކަހަލަ ޑޮލަރެއް/ކޮންކަހަލަ ޕައުންޑެއް

The name is already taken The name is available. Register?

ގެދާނޯމޮސް

20 December 2019

މިކަތި މިން މައްޗަށް އިނުމުން ބޮޑުކަމުދާ ނިޒާމަށް ފައިދާ ކުރާނެއެވެ. މިބައްޓަމުން ރަނގަޅަށް ގޮހޮރު ސާފުކޮށް ނުދޭނެ ކަމަށް ބެލެވެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454