ޚަބަރު / ހައްދުފަހަނައެޅުން

މަޑުއްވަރީގެ އޮޕަރޭޝަން އަދިވެސް ކުރިއަށް

ރ. މަޑުއްވަރީގައި ފުލުހުން ހަރަކާތްތެރިވަނީ. --- ފޮޓޯ: މަޑުއްވަރީ އޮންލައިން

ހަރުކަށި ފިކުރާ ދެކޮޅަށް ރ. މަޑުއްވަރީގައި މިދިޔަ ބުދަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ އޮޕަރޭޝަން އަދިވެސް ކުރިއަށް ގެންދާ ކަމަށް ފުލުހުން މިއަދު ބުނެ އެވެ.

ހަރުކަށި ފިކުރުގެ ސަބަބުން ހާލުގައި ޖެހިފައިވާ އަންހެނުންނާއި ކުޑަކުދިންނަށް އެހީތެރިވުމަށާއި އެ ފިކުރު ނައްތާލަން އެ ރަށުގައި ކުރިއަށް ގެންދާ އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ގުޅިގެން "އެ ތަހުގީގު އަދިވެސް ކުރިއަށް ދާ" ކަމަށެވެ.

އެކަމަކު މިހާތަނަށް ހާމަކުރި މައުލޫމާތުތައް ފިޔަވައި އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

Maduvvarin fiykandaigen dhaa varuge vaahaka thakeh!

Maduvvarin fiykandaigen dhaa varuge vaahaka thakeh!

The most trusted news source in the Maldives

Mihaaru

މަޑުއްވަރީގައި ހަރުކަށުކަން އޮތް މިންވަރު

ފުލުހުންނާއި ސިފައިންގެ އިތުރުން ޖެންޑާ މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގައި އެރަށުގެ ހަތް ގެއަކާއި ދޯންޏެއް ބަލައި ފާސްކޮށް ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ބައެއް ކުދިންން ހިމާޔަތަށް ވެސް ސަރުކާރުން، މި އޮޕަރޭޝަންގެ ތެރޭގައި އަންނަނީ ފިޔަވަޅު އަޅަމުންނެވެ. އޭގެ ތެރޭގައި ވެކްސިން ދޭން ދެކޮޅުހެދި އެ ރަށު ދެމަފިރިއެއްގެ އަތުން ކުއްޖާ ވަކިކޮށް، ކުއްޖާގެ ބޮޑުދައިތައަކާ ހަވާލުކުރުން ހިމެނެ އެވެ.

ފުލުހުން ބުނީ އެގޮތަށް އަމަލްކުރީ ކުޑަކުދިންނަށް ކިޔަވައިދިނުމާއި ވެކްސިން ދޭން އެ އާއިލާއިން އިންކާރު ކުރާތީ ފުލުހުންގެ ހާޒިރުގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް ގަބޫލުނުކުރުމުން ކަމަށެވެ.

އެކަމަކު މަޑުއްވަރީގެ އެހެން އާއިލާއަކަށް ނަސޭހަތް ދިނުމުން އެ އާއިލާގެ ތިން ކުއްޖަކަށް ވެކްސިން ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

Vaccine dheyn ebbas nuvaathee Maduvvaree dhemafirieh ge dharifulhu athulaifi

Vaccine dheyn ebbas nuvaathee Maduvvaree dhemafirieh ge dharifulhu athulaifi

The most trusted news source in the Maldives

Mihaaru

ވެކްސިން ނުދޭތީ ކުޑަ ކުއްޖަކު ބޮޑުދައިތައާ ހަވާލު ކުރުން--

މަޑުއްވަރީގައި ދީނީ ހަރުކަށި ފިކުރު އުފެދި، ރަށުގެ އެހެން މީހުންނާ ވަކިން ކަހަލަ ގޮތަކަށް އުޅުމުގެ އާދަ ރަށުގައި އުފެދެން ފެށީ 2000ގެ އަހަރުތަކުގެ ކުރީކޮޅު ކަމަށް ބައެއް މީހުން ބުނެ އެވެ. އެ މީހުންގެ ފިކުރަށް ތާއީދު ނުކުރާ މީހުންނަކީ މުސްލިމުން ނޫން ކަމަށް ދެކެ އެވެ.

ކައިވެނީގެ ނަމުގައި ކުޑަކުދިން ފިރިހެނުންނާ ހަވާލުކޮށް، ދެމަފިރިކަމުގެ ގުޅުމަށް ފުރުސަތު ހުޅުވާލުމަކީ ވެސް އެ މީހުންގެ ތެރޭގައި އޮންނަ ކަމެކެވެ. އެވެ.

17 ކޮމެންޓް, 107 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 4%
icon angry icon angry 79%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީ ރާޖާ

22 December 2019

މިއީކީ އިއްޔެ މިއަދުގެ ހާލަތެއް ނޫން. ސިޔާސީ ޑްރާމާއެއް. ހިމަންދޫ "މުޖާހިދުން" ކެރަފާ ނަޝީދުގެ ވެރިކަމުގަ ދޫކޮށްފަ ޑޮޓުންނަށް ދަރުސް ދެވޭ ގޮތަށް ހަދާފަ މިއަދު މިހިނގާ ކަންތައްތަކަކީ އިންޑިއާ ސިފައިން ދާއިމަށް މިގައުމުގަ ބައިތިއްބަން ޖައްސާ ޗައްކަރު.

The name is already taken The name is available. Register?

އަލީ ރާޖާ

22 December 2019

ޕޮލިޓިކަލް ޑްރާމާއެއް. ހައްޔަރުކުރާ މީހުންގެ ތެރޭން ގޮށްރީނދޫ ޕާޓީއަށް ނިސްބަތްވާ ކޮހުން ދޫކުރަމުން ދަނީ.

The name is already taken The name is available. Register?

ސުއޫދު

22 December 2019

ކޮންމެސް އާ ވާހަކައެއް ދެން ލިޔަންވީނު؟ ތިމީހުން ޕޯޓްރޭ ކުރާހާ ބޮޑު މައްސަލައެއް ނޫން ތިއީ. 1400 މީހުންނޭ ބުނި. އެކަމް އެންމެ ހާޑް ކޯ ރަށުގަވެސް 3 މީހުން. އަދި ވެކްސިން ނުދީ ހުރީ އެންމެ 4 ކުދިން.

The name is already taken The name is available. Register?

ނޫސް

22 December 2019

ނުކެރުނުދޯ

The name is already taken The name is available. Register?

މުނިމާމަ

21 December 2019

ލޮލާ ލޯ ދިމާކޮއްގެން، ރާއްޖެ މިއޮއް އަޅުވެތިކަމެއްގެ ތެރެއައް ދީލާލަނީ، ތިސަކަރާތް ނުޖަހާ މި ގައުމު ސަލާމަތް ކުރުން މުހިންމު

The name is already taken The name is available. Register?

ބޮޓޮމް ލައިން

21 December 2019

މިހާތަނައް ދިވެހިން ދެކޭނެ އެމްމެ ބޮޑު "ދެބޯގެރި" މިހަަރު ތިޔަ ފެނިވަޑައިގަންނަވަނީ.

The name is already taken The name is available. Register?

ގާގާ

21 December 2019

މިފަަހަރު ގަނީމާ މުދާ އަހަރުމެނައް ލިބޭނެތަ

The name is already taken The name is available. Register?

ވަތަން އިސްކުރަންޖެހޭ

21 December 2019

މީހުން ހައްޔަރު ކޮއްފަ ފުލުހުންނަކަ ސާބިތެއް ނުކޮއްދެވޭ އެމީހުން ހަރުކަށީ ކީއްކޮއްގެންކަމެ.

The name is already taken The name is available. Register?

ސުލައމާން

21 December 2019

ވޯޓު ހޯދަން ތިޔަކަށް ވުރެ ރަނގަޅުކަމެއްނެތް ކުރާކަށް. އިންކަމް ޓެކްސްގެ ވާހަކަ ދެއްކީ މާ ގެއްލޭނީ ވޯޓު. ތަރައްގީ އަށް ވުރެ ވެސް ތީ މާ ބޮޑަށް ރައްޔިތުން އެދޭ ކމެކޯ.

The name is already taken The name is available. Register?

އެމްޑީޕީމީހާ

21 December 2019

އަޅުގަނޑު އަކީ އެމްޑީޕީގެ ސަޕޯޓަރެ. މިކަހަލަ ފީކަޅާ ކަންތައް ކުރަންޏާ ދިވެހިން މަޑަކުން ނުތިބޭނެ. މިހާރުން މިހާރަ ފުލުހުން މަޑުއްވަރީން ފައިބަންޖެހޭ.

The name is already taken The name is available. Register?

ޝާޑު

21 December 2019

ކުޑަކުދިންނަށްކުރާ ޖިންސީ އަނިޔާ ހަމައަކަށްނާޅުވައި ރަށުންފައިބައިގެންނުވާނެ.

The name is already taken The name is available. Register?

ބައޯކަލޯ

22 December 2019

އެމްޑީޕީ މީހާ ވަރަށް ފޭކެއްނު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454