ބުކިން ކެންސަލްވި ފަތުރުވެރިންނާ އެކު ފުލުހުން: އެ މީހުން ތިބޭނެ ރިސޯޓެއް ވަނީ ހަމަޖައްސައި ދީފައި -- ފޮޓޯ/ޕޮލިސް
21 ޑިސެމްބަރ 2019 - 19:19
ރާއްޖެ އައި ޓޫރިސްޓުންތަކެއްގެ ހޮޓެލް ބުކިން ކެންސަލްވުމުން ފުލުހުންގެ އެހީތެރިކަމާ އެކު، އެ މީހުންނަށް ރިސޯޓެއްގައި ތިބެވޭނެ އިންތިޒާމް ހަމަޖައްސައި ދީފި އެވެ.
ފުލުހުން ބުނިގޮތުގައި މިއަދު ރާއްޖެ އައި ހަންގޭރީއަށް ނިސްބަތްވާ އާއިލާއެއްގެ ހޮޓެލް ބުކިން ކެންސަލްވީ ބުކިން ހެދުމަށް އެ މީހުން ފައިސާ ދެއްކި އޭޖެންޓްގެ ފަރާތުން ހޮޓަލަށް ފައިސާ ނުދައްކައި، އޮތުމުންނެވެ. ބުކިން ހެދުމަށް ދައްކަންޖެހޭ ފައިސާ މިދިޔަ ޖެނުއަރީ މަހު އޭޖެންޓަށް ދައްކައި، ބުކިން ހެދުނު ކަމުގެ ޔަގީންކަން އީމެއިލް މެދުވެރިކޮށް ލިބިފައި އޮތަސް އެ ފައިސާ އޭޖެންޓްގެ ފަރާތުން ހޮޓަލަށް ނުދައްކާ އޮތްކަން އެ މީހުންނަށް އެނގުނީ ޗުއްޓީއަށް ރާއްޖެ އައުމުން ކަމަށް ފުލުހުން ބުންޏެވެ.
އެކަން ޓޫރިސްޓް ޕޮލިސްގެ ސަމާލު ކަމަށް ގެނައުމުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާ އެކު، މާލެ އަތޮޅު ރިސޯޓަކުން އެ ފަތުރުވެރިންނަށް ތިބެވޭނެ އިންތިޒާމް ހަމަޖައްސައި ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި ހޮޓަލަށް ފައިސާ ނުދައްކާ އޮތް މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އަދި ރާއްޖޭގެ ނަން ހުތުރުވާ ގޮތަށް އެފަދަ އަމަލުތައް ނުކުރަން ވެސް ފުލުހުން އެދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުސާހު
21 February 2020
ފުރަތަމަ ފަހަރެއް ނޫން މީ. ތިކަމަށް ސީރިއަސް ފިޔަވަޅު އަޅަން ޖެހޭ
ދޮންބޭބެގެ ކޮއްކޮ
22 December 2019
މިފަދަ ޢަމަލުތަކަކީ، ރާއްޖޭގެ އިޤްތިޞާދަށް ލިބޭނެ ވަރަށް ބޮޑު ހީނަރު ކަމެއް. އެހެންވީމާ މިފަދަ އެޖެންޓުން އަށް މަދުވެގެން 15 އަހަރުގެ ޖަލުހުކުމެއް އަންނަ ގޮތަށް ގާނޫނު ބަދަލު ކުރަން ޖެހޭ
ސީދާ
24 December 2019
އެއަމަލަކީ ޓެރަރިސްޓް އަމަލެއް،
މިރި
22 December 2019
އެފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުއްވެރި ކުރަން އެމީހަކު އެބަޔަކު ހޯދާފަހައްގު އަދަބުދޭންވީ މީޑިއާގަ ނަންވެސްހާމަ ކުރަންވީ ލާރި ބޭނުމަސް ކޮއްފަ ނުކުރާނެ ކަންތައް ވެސް ހުންނާނެ މާދަންއަންނެ ކަންހަދާނެތޭތީ މައްސަލަަކީ
ބިލްބޯޑު
22 December 2019
ތި އެޖެންޓަށް ހައްގު އަދަބުދީ. ތިޔައީ ހަމަ ވައްކަން ކުރުން.
ގުޑުގުޑާ
22 December 2019
ޓުވަރިސްޓު ޕޮލިސް ތައާރިފުކުރުމު ހަޅޭލެވި އެއްޑީ ބައިގަޑު މިހާރު އަގަމަތީގައިޓޭޕުއެޅުނީތަ
ހުތާނި
22 December 2019
ކާކުތަ ހަޅޭއްލެވީ.
ލުބްލާ
22 December 2019
ފުލުވުން އެހީވިކަން ރަނގަޅު. ތެންކްޔޫ. އެކަމަކު ޓޫރިސްޓުންނަށް ލަނޑުދިން ފަރާތް ވީހާއަވަހަކަށް ހޯދައި ފިޔަވަލޫ އެޅުން މުހިންމު. މިކަމުގަ އަވަސް ފިޔަފަޅުތަކެއް އަޅާތޯ ބަލަން މިތިބީ.
މައިކް
22 December 2019
ސާބަހޭ ފުލުހުން. ތީ އަހަރެމެން އެއްމެ ބޭނުންވާ ކަންތަ. ރާއްޖޭއަށް އައްނައެއްވެސް ޓޫރިސްޓަކަށް ދެރެގޮތެއްވިޔަދީގެން ނުވާނެ. މިއީ ދުނިޔޭގެ ސުވަރުގެ އެއްގޮތަށް ބާއްވަން ބޭނުންވާ ތަނެއް.
އަކްމެޑް
22 December 2019
މިކަހަލަ އެޖެންޓުންގެ މައްސަލަބަލާ ހަތުކަށި ފިޔަވަޅު އަޅަންޖެހޭ
ޖަނަރޭޓަރު
22 December 2019
މިކަހަލަ ހީލަތްތެރި އޭޖެންޓްގެ ލައިސަންސް ބާޠިލް ކުރަންޖެހޭ ފަތުރުވެރިންގެ އިތުރު ޢާއިލާއަކަށް މިފަދަ ދެރަ ނިކަމެތި ކެހިވެރިކަމެއް ލިބުނަދީގެން ނުވާނެ
ރަބަރު
22 December 2019
ތިކަން ކުރާ ބަޔަކު އެބަތިބި. މަގޭއަތަށް ތީގެ ކޭހެއްއެރި. ބޭރުއެޖެންޓް އަތުން ފައިސާ ނަގާފަ ރިސޯޓަށް ފައިސާ ނުދީ. އެޖެންޓް ރާއްޖެ އައިސް ޕޮލިހަށް މައްސަލަ ހުށަހެޅި. މިކަހަލަ އެޖެންސީތައް އުފައްދާގެންތިބޭ މީހުނަށް އިބްރަތްތެރި އަދަބު ދޭންޖެހޭ. އެފަދަ ބަޔަކަށް އެއްވެސް ބާވަތެއްގެ ވިޔަފާއެއް ވިޔަދީގެންނުވާނެ. ގޮނޑުތައް ސާފުކުރަން ގޮނޑަށް ފޮނުވާ. މަރުގެ އަދަބު ކަނޑައަޅާ.