އީސްޓް އޭޕްރަންގައި ޕާކު ކުރި ފުރަތަމަ ޖެޓް-- ފޮޓޯ: އެމްއޭސީއެލް
22 ޑިސެމްބަރ 2019 - 16:04
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހަދާފައިވާ ރަންވޭއާ ޖެހިގެން އިރަށް އޮންނަ އާ އޭޕްރަން، ވަގުތީ ގޮތުން ޖެޓްތައް ޕާކްކުރަން ރޭ ހުޅުވާލައިފި އެވެ.
ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖައްސާ ޖެޓްތައް މި ދުވަސްވަރު ވަނީ ގިނަވެފަ އެވެ. އޭގެ ސަބަބުން ހުޅަނގު ފަރާތު އޭޕްރަންތައް ފުރުމުން، އިރުމަތީ ފަރާތު އޭޕްރަން،، ވަގުތީ ގޮތުން ހުޅުވާލީ، ތޮއްޖެހުމުން ދުރުވަން ކަމަށް، އެމްއޭސީއެލުން ބުންޏެވެ.
The 55,000 sqm east apron's first parked jet @VelanaAirport . The remote apron is unofficially open for jet parking to cater for the increasing number of jets at the season. pic.twitter.com/F5PAkJUi9u
— MACL (@MACLmedia) December 21, 2019
އެމްއޭސީއެލުން ކުރި ޓްވީޓު--
ވީއައިއޭގައި ހަދާފައިވާ އެންމެ ޒަމާނީ ރަންވޭ ބޭނުންކުރާކަށް އަދި ނުފަށަ އެވެ. އެހެންކަމުން އެ ރަންވޭއާ ޖެހިގެން އޮންނަ 50،000 އަކަމީޓަރުގެ އޭޕްރަން ވެސް ރެޔާ ހަމައަށް އޮތީ ހުސްކޮށް ބާއްވައިފަ އެވެ.
އެމްއޭސީއެލުން ބުނި ގޮތުގައި އާ ރަންވޭ ބޭނުންކުރަން ފެށޭނީ އަންނަ އަހަރުގެ މެދުތެރޭގަ އެވެ. އެއީ އެ ރަންވޭއާ ޖެހިގެން މިހާރު ހުރި ޓީއެމްއޭގެ ޓާމިނަލް އެތަނުން ނަގާ، ރަންވޭއަށް ބޭނުންވާ ހުސް ޖާގަ ހެދުމަށް ފަހު އެވެ.
ޓީއެމްއޭގެ ޓާމިނަލް ނެގެން އޮތީ، އެމްއޭސީއެލުން 55 މިލިއަން ޑޮލަރު ހޭދަކޮށްގެން މިހާރު ހަދަމުން އަންނަ ހަތަރު ބުރީގެ އާ ސީ ޕްލޭން ޓާމިނަލް ހުޅުވުމުންނެވެ. އެމްއޭސީއެލުން ބުނާ ގޮތުގައި އާ ޓާމިނަލް ބޭނުންކުރަން ފަށާނީ އަންނަ އަހަރުގެ މޭ މަހު އެވެ.
އަމިއްލަ ޖެޓްތަކުގައި ރާއްޖެ އަންނަނީ ދުނިޔޭގެ ފެންވަރުގެ މުއްސަނދިންނެވެ. އޭގެ ތެރޭގައި ވިޔަފާރިވެރިންނާއިި އެކި ކުޅިވަރުގެ ތަރިންނާއި ފިލްމީ ތަރިން ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލީ ރާޖާ
23 December 2019
ޝުކުރިއްޔާ ތަރައްގީގެ ދެ ބާނީން ކަމަށްވާ ރައީސް ނާސިރުއާ ރައީސް ޔާމީން. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ހުރިހާ މަސައްކަތެއްގެ ދެ ބާނީން.
އޮނަރަބްލް އަފީފު ދީދީ
23 December 2019
މާލޭކުދިން ވަރަށް އުފާވާނެ. މީގެކުރިން ތިޖެޓްތައް ޕާކްކޮށްލަން އައްޑޫ ގަމަށްދާތީ އެކަން އޮތީ ވަރަށްބޮޑު މައްސަލައަކަށްވެފައި. # އެހެންވެ ގަން ތަރައްޤީކުރުމަށް ފައިސާ ނެތަސް ލޯނުނުނެގުނަސް ގަމުގައި ޕާކްކުރަންދިއުން ހުއްޓުވަމަށް 3 ބިލިޔަން ޑޮލަރުގެ ދަރަނިނަގާ ވަގުތުން ވަގުތަށް މާލޭ އެއަރޕޯޓް ބޮޑުކުރި. # އެކުއެކީގައި "އެއްބައެއްގެ ގޮތުގައި ތިބެގެން" ގޭންއެއަރޕޯޓް ތަރައްޤީ ކުރުވުމަކީ ނާދިރުކަމެއް. އައްޑޫމީހުން އެހެންގޮތެއް ހޯދާންޖެހޭ.
މަގޫދަޑިސަރުކާރު
23 December 2019
އަދިވެސް ވިސްނުން ތިހުރީ ގައުމު ބައިބައިކުރަން. ވަގު އިގިރޭސިންގެ ޒަމާން ހިގައްޖެ!!
އަލީ ރާޖާ
23 December 2019
މަގޫދަނޑި ސަރުކާރެއް ހަދަންވީނު އަނެއްކާ. ޕަކާސް.
ކަންދަހާރު
23 December 2019
މަގޫދަޑިސަރުކާރު އަދި އަލީ ރާޖާއަށް : ޤައުމު ބައިބައިކުރަން އުލޭމީހުން ތިޔަރަށް ގަނޑުގެ ބިންވެރިންނަށް ފަހިވާގޮތަށް މުޅިދައުލަތުގެ ޙަޒާނާ ތަޅާ ހުސްކުރަމުން ތިގެންދަނީ. އަހަރުމެން އައްޑޫ މީހުން މިގޮވާލަނީ ތުރާކުނުން އައްޑުއަށް އަދުލުވެރިކަމާއި އެކު ބަޖޭޓް ޙިއްސާކުރުމަށް. އަލީ ރާޖާ ތިޔަބުނާ މަގޫދަނޑި ސަރުކާރޭ ތިކިޔާ މީހުންގެ ސަބަބުންދޯ ކަލޭމެނަށް ދުނިޔެއަށް ލޯހުޅުވުނީ. އެހެން ނޫންނަމަ އަދިވެސް ތިބޭނީ ރަދުންގެ ފައި ބުޑަށް ދެކަކޫމައްޗަށް ތިރިވެފަ.
ކާންބެ
22 December 2019
ޖެޓްތަކަށް ހުޅުވާލި އިރު ރަންވޭ ޑޮމެސްޓިކު އަދި އިންޓަނޭޝަނަލް ބޮދެތިފުލައިޓުތަކަށް ބަންދުކޮއްފަ. ފޮޅާސާފުކުރާށޯލަ. ބޯހަލާކު.
ކުޅުދުށްފުށި ގޯތި އަހުމަދު
22 December 2019
ޝުކުރިއްޔާ ރައީސް ޔާމީން
އަށްގޮދާ
22 December 2019
ޝުކުރިއްޔާ ރ.ޔާ މީން
ރެއްކަބޭ
22 December 2019
ތިޔަ އެއަރޕޯރޓް ތަރައްގީކުރުމަށް އަހަރުމެން ކުޑައިރުއްސުރެ ކުވޭތުން ނާއި ގަތަރު އަދި ޔޫއޭއީންވެސް އެތަކެއް މިލިއަންޑޮލަރުން އެހީވޭ. އެކަމަކު ތިޔަ އެއަރޕޯރޓެއް ތަރައްގީކޮށެއް ނުނިމުނު. ރައްޔިތުން އަތުން އެއަރޕޯޓަށް ތަރައްގީކުރުމަށް ދައްކާ ޓެކްސް ފައިސާ .ބަދަލުގައި ތިސީޕްލޭން ޓާމިނަލުން ކުއްޔަށްދީގެން އެމީހުން އަތުން އެއަރޕޯޓަށް ފައިސާނަގާބަލަ.
ޝޮކްތެރަޕީ
22 December 2019
އިއަރޕޯޓު އިންޑިޔާއަ ދިންނަމަ ހުރިހާފައިދާއެއް އިންޑިޔާއަ. އެމްޑީޕީގެ ޖީބު ބޮޑުވާނީ. ދިވެހިން އަޅުވެތިކަމުގަ.