ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންތަކެއް. ހަރުކަށި ފިކުރު ދެނެގަންނާނެ ގޮތް އެންސީޓީސީން ވަނީ ވަރަށް ތަފްސީލްކޮށް ބުނެފައި.
22 ޑިސެމްބަރ 2019 - 17:32
ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެ ގޮތާއި އެ މީހުންގެ ސިފަތައް ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން މިއަދު ކަނޑައަޅައި އާންމު ކޮށްފި އެވެ.
ހަރުކަށި ފިކުރަކީ ކޮބައިކަން މާނަ ކޮށްދިނުމަށް އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ އެއީ، އެތަނެއްގެ ސަގާފަތާއި ޒަމާންވީ އާދަކާދަތަކާއި ހަމަތަކާއި އުސޫލުތަކުގެ މައްޗަށް ބިނާވެގެންވާ ސާފު ސީދާ މަގުން އެއްކިބާވެ، އޮންނަ ގާނޫނާއި ގަވައިދުތަކާއި އުސޫލުތަކުގެ އިންތަކުން ބޭރުވެ ތިބެ، އެ ބައެއްގެ ފިކުރަށް ތަބާވާ މީހުން ފިޔަވައި އެހެން މުސްލިމުންނަކީ މުސްލިމް ބައެއް ނޫން ކަމަށް ބުނެ އެގޮތަށް ދައްކަން އުޅުން ކަމަށެވެ.
ރައްޔިތުންގެ މުދަލުން ވައްކަން ކުރުމާއި ފޭރުން އެއީ ހުއްދަ ކަމެއް ކަމަށް ބުނެ އެކަމަށް ވަކާލާތު ކުރުމާއި މީސްތަކުންނަށް އިހާނެތިކޮށް ހިތައި އަނިޔާވެރިވެ މީހުންގެ ފުރާނަ އާއި މުދަލަށް ގެއްލުން ދިނުމަކީ ލާޒިމް ކަމެއް ކަން ދައްކުވައި އެކަންކަން ކުރުމަށް ހިތްވަރު ދިނުމަކީ ވެސް ހަރުކަށި ފިކުރު ކަމަށް ބަޔާނުގައިވެ އެވެ.
މިފަދަ ހިޔާލުތަކުގެ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ވެސް އެންސީޓީސީގެ ބަޔާނުގައިވެ އެވެ.
އެންސީޓީސީން ބުނި ގޮތުގައި ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަމަށް ބުނެ އެކަމަށް ވަކާލާތުކޮށް ދިވެހި ގައުމިއްޔަތަށް އިންކާރު ކުރާ މީހުންނަކީ ވެސް ހަރުކަށި ފިކުރުގެ މީހުންނެވެ.
ގާނޫނުއަސާސީ އަކީ ބާތިލް އެއްޗެއް ކަމަށް ބުނެ، އެކަން އެގޮތަށް ދެއްކުމަށް ވަކާލާތުކޮށް، ރާއްޖޭގެ ހުރިހާ ގާނޫނުތަކާއި ގަވައިދުތަކާއި ހިލާފުވެ ދިވެހި ސަގާފަތާއި ޒަމާންވީ އާދަކާދަތަކަށް އިންކާރުކޮށް ދިވެހި މުޖުތަމައުގެ އެއްބައިވަންތަކަން ގެއްލުވާލައި ބައިބައިކުރަން މަސައްކަތް ކުރާ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ވެސް އެންސީޓީސީން ވަނީ ކަނޑައަޅައިފަ އެވެ.
ހަރުކަށި ފިކުރު މާނަކުރުން: pic.twitter.com/JBGEi8HxVy
— National Counter Terrorism Centre - Maldives (@NCTCMaldives) December 22, 2019
ހަރުކަށި ފިކުރުގެ މީހުންގެ އަމަލުތަކުގެ ގޮތުގައި އެންސީޓީސީން ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި ދިދަ އާއި ދިވެހި ދައުލަތުގެ ނިޝާނާއި ގައުމީ ސަލާމް ބަލައިނުގަތުމާއި ސްކޫލްތަކުގެ ގައުމީ އަދި ތައުލީމީ މަންހަޖު ބަލައިނުގަތުމާއި ދަރިވަރުން ސްކޫލަށް ހާޒިރު ނުކުރުމާއި މި ފިކުރަށް މަގުފަހިވާ ގޮތަށް ވަކާލާތު ކުރުން ހިމެނެ އެވެ.
މީގެ އިތުރުން ބައިނަލްއަގްވާމީ ސިއްހީ މިންގަނޑުތަކުން ކުދިން މަހްރޫމް ކުރުވުމާއި ރާއްޖޭގެ އަންނަން އޮތް ޖީލަށް ނުރައްކާވާ ފަދަ ފަނާކުރުވަނިވި ވިސްނުން ކުރިއަރުވައި ފެތުރުމާއި އިންސާނީ ހައްގުތަކަށް ބެލުމެއް ނެތި އަންހެނުންނާއި ކުޑަކުދިން ނިކަމެތިކޮށް ކައިވެނި ކުރުވި ކަމަށް ބުނެ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ހަރުކަށި ފިކުރުގެ މީހުންގެ އަމަލުތަކެއް ކަމަށް ވެސް އެންސީޓީސީގެ ބަޔާނުގައިވެ އެވެ.
ހަރުކަށި ފިކުރު ދެނެގަންނާނެ ގޮތް އެންސީޓީސީން ކަނޑައެޅި އިރު، ޓެރަރިޒަމްގެ ގާނޫނަށް ދާދި ފަހުން ގެނައި ބޮޑެތި ބަދަލުތަކާ އެކުގައި ޓެރަރިޒަމްގެ ކުށްތައް ވަރަށް ތަފްސީލްކޮށް ވަނީ ހިމަނައިފަ އެވެ. އަދި ޓެރަރިޒަމްގެ ކުށްތައް ތަހުގީގު ކުރުމުގައި ފުލުހުންނާއި ސިފައިންނަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ޓެރަރިޒަމް ގާނޫނު ދާދި ފަހުން ވަނީ ބަދަލުކޮށްފަ އެވެ.
އެ ބަދަލާ އެކު، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ހައްދުފަހަނައެޅުމާ ދެކޮޅަށް ފުލުހުންނާއި ސިފައިން ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަރުގަދަ އޮޕަރޭޝަންތަކެއް ފަށައިފަ އެވެ. އެގޮތުން ރ. މަޑުއްވަރީގައި ސަލާމަތީ ބާރުތަކުން މިހާރު ވެސް ދަނީ ހަރުކަށި ފިކުރު ފަތުރާ މީހުން ދިރިއުޅޭ ގެތައް ބަލައި ފާސް ކުރަމުންނެވެ. އަދި އެފަދަ ފިކުރުތައް ފަތުރާ ބައެއް މީހުން ހައްޔަރު ކުރަން ވަނީ ފަށައިފަ އެވެ.
ޓެރަރިޒަމްގެ ގާނޫނުގައިވާ ގޮތުން ޓެރަރިޒަމްގެ ކުށްތަކަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުއްތޮންބެ
23 December 2019
އަޅުގަނޑައްހީވަނީ ހަރުކަށިފިކުރު ދެނެގަންނެ އާލާތެއް ހަދަން ޕުރޮފެސަރު އުގައިލު ވަރައްމޮޅުވާނެހެން.
ކޮއްކޮބޭ
23 December 2019
ލާދީނީ ފިކުުރުވެސް ކަނޑައެޅޭނެ ގޮތްތަކެއް އޮންނަން ޖެހޭނެ. ދީނަށް ފުރައްސާރަކުރާ މީހުން ދަނެގަނެ އެމީހުނަށްވެސް ހައްގު އަދަބު ދެވޭނެ ގާނޫނެއް މިހާރުން މިހާރަށް ކަނޑައަޅަން ގޮވާލަން. 429
ހަސަނު
23 December 2019
މި ގައުމަކީ މުސްލިމް ގައުމެއް. މިތާ ހިނގާނީ އިސްލާމް ދީން.. މި ގައުމުގާ ދީނުގެ ކަންކަން ގެންގުޅެންޖެހޭ މިންވަރު ކަނޑައަޅާނީ ވަލިއުލް އަމްރު.. ހައްދަކީ ކޮބައިކަމާ، ހައްދުން ބޭރުވެވެނީ ކިހާ ހިސާބަކުން ކަން ކަނޑައަޅާނީ ވަލިއުލް އަމްރު.. ވަލިއުލް އަމްރު އެވަނީ އެކަން ކޮށްފަ.. ދެން އޮތީ ހުރިހާ އެންމެން އެ ކަންކަން ތަންފީޒުކޮށް ދެމެހެއްޓުން.. ހައްދުން ބޭރަކު އެކަކަށްވެސް ހުރެވިގެން ނުވާނެ...
އެމެރިކަން
23 December 2019
ރާއްޖެ އެމެރިކާއަށް މިވަނީ އުޅޭއުޅުމުން. ދެފުއްކެހެރި. ނަމުން އިސްލާމުން. އިސްލާމްދީނަށް އުޅޭމީހުންނަކީ ޒަމާނަށް ނުފެތޭބައެއްކަމަށްބަލަނީ. ނަމާދުކުރިޔަސް ބަލަނީ މާބޮޑަށް ދީނަށްއުޅޭމީހަކަށް. ދުވަހަކު ނަމާދެއްނުކުރިޔަސް އޮޑްކަމަކަށްނުވޭ.
ކުރުކުރު
23 December 2019
އެހެންވީމަ މިހާރު މައިމީހާ ދަރިދެކެ ލޯބިވާވަރަށްވުރެ މާލޭގަ އުޅޭ ގުރޫޕުތައް ދަރިދެކެ ލޯބިވާލެއް ބޮޑުކަމަށްތާ މިވީ. މައިމީހާ ބަނޑުއަޅައި ވިހޭދަރި ކުރަންޖެހޭ ކަންކަންވެސް މާލޭގަތިބޭ ބަޔަކު އަންގަނީ. މައިކަލް ފަރަޑޭވެސް ސްކޫލަށްނުދޭ، ދެން އެހެންވީމަ ރާއްޖެއަކުން ފަރަޑޭކަހަލަ މީހަކު ނުއުފެދޭނެތާ.
ހަސަނު
23 December 2019
ކޮން ފަރަޑޭކޭ ކިޔާކަށް.. ކުޑަ ކުދިންނަށް ތައުލީމު ދިނުމަކީ މި މުޖުތަމއުގާ ލާޒިމު ކަމެއް.. އެކަން ނުކުރާ މައިން ބަފައިން އެ ކުރަނީ ކުށެއް އެ ދެވެނީ ދަރިފުލަށް އަނިޔާއެއް.... ކިޔަވައި ނުދިނުމަކީ މައިވަންތަ ލޯބި ނެތުން.. އަނިޔާވެރި މައިން ބަފައިން ކިބައިން ދަރިން ސަލަމަތް ކުރުމަކީ މުޖުތަމައުގެ މަސްއޫލިއްޔަތެއް...
ޙހހހ
23 December 2019
ދީނީ ހޭލުންތެރިކަން އިތުރުކޮށްދިނިއްޔާ ކީއްތަވާނީ. މިކަންކަން ދިމާވަނީ ނޭގޭތީ ދީނުގަހުރި ރަގަޅު ގޮތް. އިސްލާމްދީނަކީ އަމާންކަމުގެދީން.
ގގގގ
23 December 2019
ދީނީ ހޭލުންތެރިކަން އަމިއްލައަށްވެސް ކުރެވޭތޯ ބެލިއްޔާ ކީއްވާނީ؟ ސްކޫލްތަކުގަ ކިޔަވަދޭ އެއްޗެހި ރަގަޅަށް ކިޔަވާނަމަ ތިޔަ ބުނާހާ ދީނީ ގޮތުން ގަމާރެއްނުވާނެ. ބައެއް މައިންބަފައިން އަޅައެއްނުލާ ކުދިން އިސްލާމާ ގުރުއާނާ އެއްޗެހި ރަގަޅަށް ކިޔަވާތޯ ބަލާކަށް. އެ މާއްދާތަކުން ފާސްނުވާ ކުދިންގެ ބެލެނިވެރިން ނުބައިކުރަނީ ސްކޫލް.
87854
23 December 2019
ހައްޤުން މަހްރޫމް ކުރުމަކީ ދިވެހިންގެ ވެރިން ނުރުހޭ ކަމެއްނޫން. އަމުދުން އެކަމަށް ހިތްވަރުދޭ ތާއީދުކުރާކަމެއް. ބައިނަލްއަޤްވާމީ ގާނޫނުތަކުންވެސް ބައެއްގެ ރައްވެހިކަން ނިގުޅައިގަތުމަކީ ކުށެއް. އިންޑިޔާއިން މުސްލިންގެ ރައްވެހިކަން ނިގުޅައިގަތުމަށް ހިންގާ ލާއިންސާނީ އަމަލުތަކަށް ހިތްވަރުދޭ ސަރުކާރެއް މިތާނގައި މިއޮތީ. މިގައުމުގައި އެކިފިކުރޭ މިކިޔަނީ އެންމެ ބޭނުމަކު. ބައިވައްވުން އުފައްދާ ފިތުނައަށް މަގުފަހިކުރުން.
ސަލީމް
23 December 2019
"ލާދީނީ" އަކީ ހަރުކަށި ފިކުރު މޫހުން އެ ނޫން މީހުނަށް ކިޔާ ނަން.. އާންމު ކޮސް ލާދީނީ މިކިޔަނީ ހަރުކަށި ފިކުރާ އެއްބަސް ނުވާ މީހުންނަށް... ލާދީނީ މީހަު މީހަކު މަރާން ނުގޮވާ، މީހުންގެ މުދާ ވަގަށް ނަގާ ފޭރޭކަށް ނޮގޮވާ، މީހަކަށް ގެއްލުމެއް ދޭކަށްނުގޮވާ، އެކަހަލަ ކަމެއްވެސް ނުކުރޭ... ހަރުކަށީ ފިކުރުގެ ވާގަކަ ދެކެވޭ ކޮންމެ ތަނަކަށް ލާދީނީ ވާހަކަ މިގެންނަނީ މައްސަލައިގެ ހަގީގަތް އޮޅުވާލަން...
ހުސޭނުބެގެ އާދަން
23 December 2019
އަދި އިތުރު ކުރަންޖެހޭ. ނަ މާދަށް ސަފުހަދާއިރު ފަޔަށްއެރު މާއި އިގިލިން ބުރުއެޅުވުންވެސް
89568
23 December 2019
އެއީ ހަރުކަށި ފިކުރެއްނޫން. އިސްލާމްދީނުގައި، 21 މަޒްހަބައް ދުނިޔޭގެ މުސްލިމުން ތަބާވޭ. އެކި މަޒްހަބްތަކުގައި ތަފާތު. ސަފުހަދާއިރު އެކަކު އަނެކަކުގެ ފައިގައި ފައިޖައްސަން އޮންނަ މަޒްހަބެއްވެސް އޮވޭ. ދިވެހިރާއްޖޭގައި ގިނައީ ޝާފިޢި މަޒްހަބް ކަމަށްވާތީ ދިވެހިން އެހެން މަޒްހަބްތަށް އެހާބޮޑަކަށް ނުދަނޭ. މިގައުމުައި އިސްލާމީ ވެރިކަމެއް އޮތްނަމަ ބައިބައިކޮށް ދިވެހި ރައްޔިތުން ފަޟީހަތްކޮށް ފިތުނަ އުފެއްދުމުގެ ބަދަލުގައި އެވެއެރ ކޮށްދޭނީ.
ހަސަނު
23 December 2019
ހަރުކަށި ފިކުރޭ ބުނާ އިރަށް ލާދީނީ ވާހަކަ މި ދައްކަނީ ހަރުކަށި ފިކުރުގެ މީހުން.. މީހަކު ކިތަންމެ ލާދީނީވިއަށް އެކަމުން އަނެކާއަށް ނޫނީ މުޖުތަމައަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތް އިތު ލާދީނީ ފިކުރު ހަރުކަށި ފިކުރާ އެއްހަމަ ކުރަނީ ކަމުގެ ސީރިއަސްކަން ގެއްލުވާލާ ހަގީގަތް އޮޅުވާލަން..
އަޑަފި
23 December 2019
ތިޔަބޭފުޅާގެ ވިސްނުން ތިޔަހެން ހުއްޓަސް މުސްލިމު މުޖުތަމައެއްގެ ތެރޭގަ ލާދީނީ ފިކުރުގެ މީހުން ކުރާކަންކަމުގެ ސަބަބުން އުފެދޭ ފިތުނައަކީ މާ ނުރައްކާތެރި ކަމެއް. ޔަހޫދީން، ހިންދޫން، ބުޑިސްޑުން، ކްރިސްޓިއަނުން، މުސްލިމުންނަށް އަނިޔާވެރިވެ މުސްލިމުން މަރަމުންދާ ކަން ހަމަ ނޭގެނީތަ.
އެފީ
23 December 2019
ލާދީނީ ފިކުރުން ލިބޭ ގެއްލުމެއް ނެތެއޭ ހީވުން އެވެސް ބޮޑު މައްސަލައެއް. ލާދީނީ ފިކުރު ގިނަވި ވަރަކަށް މީހުން ދީނީ ކަންކަމާ ދުރުވުން އިތުރުވާނެ. އެކަމާމެދު ކަމެއްނުކޮށް ތިބޭނަމަ އެމީހުންގެ 'އޯގާތެރި' ކަމުގެ ސަބަބުން އެއީ މާ ރަގަޅު ބައެއްކަމުގައި ބެލިގެންދާނެ. ދީނާ އަޅުވާ އެމީހުންގެ ކަންކަން ނުބަލަން ހިތްވަރުލިބޭނެ. އެމީހުންނަށް ދީން ބުރައަކަށްވެގެން ދީނުގެ ކަންކަން ނުކޮށް އުޅޭއުޅުން އެންމެންނަށްވެސް ރަގަޅުވާންފަށާފާނެ.
ހަސަނު
23 December 2019
ހަރުކަށި ފިކުރު ގާނޫނަކުން މަނާ ކުރާންޖެހޭ.. ހަރުކަށި ފިކުރަށް އުޅުމާ އެ ފިކުރު ފެތުރުމަށް އެއްވެސް ކަމެއް ކުރުން މަނާކޮށް އަދަބު ކަނޑައަޅަންޖެހޭ...