އަނިޔާވެރި ގޮތަކަށް މަރާލި ގާސިމް ހަސަން، 59، --
23 ޑިސެމްބަރ 2019 - 10:35
ޓެކްސީ ޑްރައިވަރު، ގާސިމް ހަސަން މަރައިލި މައްސަލާގައި ހައްޔަރު ކުރި މީހާގެ މައުލޫމާތު އާންމުވެއްޖެ އެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ޒުވާނެއް ކަމަށް ވެ އެވެ.
މި މަހުގެ ހަތަރު ވަަނަ ދުވަހުގެ ރޭ ގާސިމަށް ހަމަލާ ދިނީ ހުޅުމާލޭ ރީތިގަސް މަގާ ގުޅިފައި އޮންނަ ގޯޅިގަނޑެއްގަ އެވެ. އެއީ ވަރަށް އަނދިރި އަދި އާންމުކޮށް މީހުން ގޮސް އުޅޭ ހިސާބެއް ވެސް ނޫނެވެ. އެކަމަކު، އެއީ ކޮންސްޓްރަކްޝަން ސައިޓުތައް ގިނަ ސަރަހައްދެކެވެ.
ސޯޝަލް މީޑިއާގައި ރޭ އާންމު ކޮށްފައިވާ، ކްރިމިނަލް ކޯޓުގެ އަމުރުން އެނގޭ ގޮތުގައި ގާސިމަށް ހަމަލާދިން މައްސަލައިގައި ހައްޔަރު ކުރީ އަދުހަމް މުހައްމަދު، 21، އެވެ. އޭނާގެ ދާއިމީ އެޑްރެސް ކަމަށް އަމުރުގައި އޮތީ ޅ. ހިންނަވަރު ބޮޑުހިޔާގެ އެވެ. އެކަމަކު، ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުން އެއީ އައްޑޫ ޒުވާނެކެވެ. އަދުހަމް، މާލޭގައި އުޅެނީ މ. ޖަވާހިރުގޭގަައި ކަމަށް އަމުރުގައި ވެ އެވެ. ލީކުވެގެން އުޅޭ ލިޔުމާ ބެހޭ ގޮތުން ކަމާ ބެހޭ ފަރާތުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
އޭނާގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ތުހުމަތެވެ.
ގާސިމް މަރާލި ކަމަށް އެއްބަސްވެފައިވާ އަދުހަމް 15 ދުވަހަށް ބަންދުކުރި ސަބަބެއްގެ ގޮތުގައި ވަނީ ގާސިމަށް ވަޅިން ހަމަލަ ދިން ކަން ބަންދާ މެދު ގޮތެއް ނިންމި މަޖިލިހުގައި އިއުތިރާފްވެ ކަން ހިނގި ގޮތް ކިޔައިދީފައިވާތީ ކަމަށެވެ. އަދި ލިބުނު އަނިޔާތަކަށް ގާސިމް މަރުވެފައިވާ އިރު، ކަމުގެ ބާވަތުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތާއި އަމާން ކަމަށް ބުރޫ އަރާނެ ކަމަށް ކޯޓު އަމުރުގައިވެ އެވެ.
ކޯޓު އަމުރުގައިވާ ގޮތުން ބަންދާ މެދުގައި ގޮތެއް ނިންމަން ބޭއްވި ޝަރީއަތުގެ މަޖިލިހުގައި އަދުހަމް ވަނީ ގާސިމް މަރާލި ކަމަށް އެއްބަސްވެ، އިއުތިރާފްގެ ބަޔާނުގައި ސޮއި ވެސްކޮށްފަ އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރިން ވިދާޅުވި ގޮތުގައި ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލުމުގެ ތުހުމަތުގައި ހައްޔަރުކުރި އަދުހަމް ކުށަށް އިއުތިރާފްވެފައިވާ އިރު، އޭނާ އެ އަމަލު ހިންގި އިރު ލައިގެން ހުރި އަންނައުނު ވެސް ފުލުހުން މިހާރު ހޯދައިފައިވާ ކަމަށެވެ.
ގާސިމް، 59، އަށް ހަމަލާ ދިން ހަތިޔާރު ހޯދާފައިވާ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ. ހަތިޔާރު ހޯދީ ގާސިމްގެ ހަށިގަނޑު ފެނުނު ސަރަހައްދާ 300 ވަރަކަށް މީޓަރު ދުރުން ގަސްތަކުގެ ތެރެއިންނެވެ. އަދި ކުށުގެ ވެށިން، ތުހުމަތުކުރެވޭ މީހުންގެ ޑީއެންއޭ އާއި ފިންގަޕްރިންޓް ވެސް ފެނިފައިވާ ކަމަށް ސީޕީ ހަމީދު ކުރިން ވިދާޅުވެފައި ވެ އެވެ.
ގާސިމްގެ ކަރަށް، ތޫނު އެއްޗަކުން ހަމަލާ ދިނުމުން ހުޅުމާލޭ ރީތިގަސް މަގަށް ވެއްޓިފައި އޮއްވައި ފެނިގެން ފުލުހުންނަށް ރިޕޯޓްކުރި އިރު، އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށްވެ އެވެ.
ގާސިމްގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި އޭނާގެ ޓެކްސީ ވެސް އޮތެވެ.
ގާސިމަށް ހަމަލާ ދިން ހިސާބަކީ ގަސް ގިނަ އަދި ރޭގަނޑު ވަރަށް އަނދިރިކޮށް އޮންނަ ތަނެކެވެ. ފްލެޓްތަކެއް އިމާރާތްކުރާ އެ ސަރަހައްދުގައި މީހުން އުޅެނީ ވެސް ވަރަށް މަދުންނެވެ. އެ މަގާ ގުޅިފައިވާ ގޯޅިއެއްގައި ހުންނަ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ހާފްވޭ ހައުސް ކައިރީގައި ސެޕްޓެމްބަރު 29، 2017 ގައި މީހަކަށް ހަމަލާދީ މަރާލި އެވެ. އެ ހަމަލާ ދިނީ ވެސް ރޭގަނޑު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަންބުއްދި
23 December 2019
ވަޅިން ހަމަލަ ދިން ކަން ބަންދާ މެދު ގޮތެއް ނިންމި މަޖިލިހުގައި އިއުތިރާފްވެ ކަން ހިނގި ގޮތް ކިޔައިދީފައި އަދި ފިންގަޕްރިންޓާ ހަމަލަގިންއިރު ލައިގެން ހުރިހެދުމާ ހުރިހާއެއްޗެއް ސާބިތުކުރެވިފަވާނަމަ އޭނާއެކަންކުރި ސަބަުވެސް މިޙާރުއޮންނާނީ އެނގިފަ.ދެންކޮން އިތރުބަންދަކަށް ފޮނުވަންވީ.މިހަކުމެރިކަމަށް ހުކުމް އިއްވަބަލަ.ފުލުހުންގެ ކިބައިގަ ސާބިތުހެކިހުރިނަމަ ނުޖެހޭ ކުށަށް އިއުތިރާފްވިތޯބަލާކަށް
ސަރުކާނު
23 December 2019
އާއެކޭ އާއެކޭ އާޚިރުގައި ތީނާ ވާނީ ހަރުކަށި ފިކުރުހެމީހަކަށޭ. އޭނާއަށް މިފަހުން ހަރުކަށި ފިކުރުގެ ޤާތިލޭ ކިޔާ ނަންހަރުކުރުމީ މިބައިމީހުން ކޮށްފާނެކަމެކޭވެސް ބުނެވިދާނޭ. ނަމަވެސް ޕާޓީތަކުން ތެޅިފޮޅޭގޮތަކުން ކުށުން ބަރިއްޔަވުމަކީވެސް ނުވެ ނުދާނޭ ކަމެކޭ ބުނުމަކީ ދޮގަކަށް ނުވާނޭ. އެހެންކަމުން އަހަރުމެނަށް އޮތީ މިތަން ދެކެން ތިބުމޭ.
ޙިންނަވަރިއަން
23 December 2019
އެއީ އައްޑޫ ސޮރެއް. އެސޮރު މަންމަ ހިިންނަވަރު މީހަކާ އިނީ އެސޮރަށް ގާތްގަނޑަކަށް 09 ނުވަތަ 10 އަހަރުގައި. އެސޮރާއި އެސޮރު އާއިލާ އެއްކޮއް ހިންނަވަރަށް ބަދަލުވީ އެސޮރު މަންމަ މި ބުނާ ހިންނަވަރު ބޮޑުފެންވަޅުގޭ މީހާ އާ އިން ފަހުން
ޑޮންޑޮން މަތި
23 December 2019
އޭނާގެ ދާއިމީ އެޑްރެސް ކަމަށް އަމުރުގައި އޮތީ ޅ. ހިންނަވަރު ބޮޑުހިޔާގެ އެވެ. އެކަމަކު، ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުން އެއީ އައްޑޫ ޒުވާނެކެވެ. އަދުހަމް، މާލޭގައި އުޅެނީ މ. ޖަވާހިރުގޭގަައި ކަމަށް އަމުރުގައި ވެ އެވެ.*** "ތިޔަވާނީ ފަލުހުން ގަދަކަމުން އެއްބަސްކުރުބިކަމަކަށް. ދެން ދޫކޮށްލާ.
އަހޫ
23 December 2019
ހުޅުމާލޭގަ އަލިތަނެއް އޮވޭތަ؟
އިހުސާނާ
23 December 2019
އަދިވެސް ޤާސިމުގެ ފޮޓޯ ތަ ތި ޖަހަނީ؟ ކޮބާތަ ޤާސިމުގެ ޤާތިލުގެ ފޮޓޯ؟ އޭރުންނު އެނގޭނީ ރައްކާތެރިކަމުގެ ފިޔަވަޅުވެސް މީހުންނަށް އަޅަން!
ތުއްތޮންބެ
23 December 2019
ރަށުތެރޭ ކިޔާތީ އަޑުއެހިން އެއީ އެމް.ޑީ.ޕީ ސޮރެކޭ!
ކަކުނިބޯ
23 December 2019
އާއެކެވެ އިންސާނެއްގެ ސިފައިގަޔޯހުރީ އެހެން ކިޔާއަޑެއް ނާހަންތަ އަދި ދެކޮޑު ދޭތެރއިން ބޯފަލާފައޭ
އިންޓެލިޖެންސް
23 December 2019
މިސޮރުގެ ވަނަވަރާއި ފޮޓޯ ފުލުހުންނަށް ހާމަ ނުކުރެވިގެން މިއުޅެނީ ކޮންކަހަލަ ނުފޫޒެއް އޮވެގެންބާ
ޖަމަލު
23 December 2019
މޮޅު ކަމަކީ އިސްލާމީ ޝަރީއަތް ނޫން އެހެން ހުރިހާ ގޮތެއް މިހާރު ދެން ޓްރައި ކުރެވިއްޖެ. ވީމޮޅެއް ނެތް
ކިޔު5
23 December 2019
މަރުގެ މައްސަލަތަކުގައި ރާއްޖޭގައި ބަލަނީ އިސްލާމީ ޝަރީއަތަށް. ޝަރީއަތަކީ ކޮން އެއްޗެއްކަން އެނގިގެންބާ އަހަރެމެން ޝަރީއަތޭ މިކިޔަނީ!!؟
ހޫން
23 December 2019
މަރުގެ ހުކުމް އޮންނަ ތަންތާ މީހުން މެރުން މަދުވީމަ ތޯއްޗެއް. ދުނިޔޭގަ އެފަދަކަންތަށް އެންމެ މަދީ ނިސްބަތުން ބަލާއިރު ޖަޕާނު ހިސާބު ތަކުގަ. ދެން އެމީހުން އުޅޭ ގޮތަށް އުޅެން ވީނު.
ސައި
23 December 2019
ފުލުހުން ބުނާނެ މާދަ މާ ނިއުސްކޮންފަރެސްދޭނަ މޭ ގާސި މުގެ މަރާބެހޭގޮތުން ނަ މަވެސް ރައްޔިތުންނައް އަދިވެސް މި މަރުގެ ހަގީގަތް ހާ މައެއް ނުކޮއްދޭ