ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު: ފުށިދިއްގަރު ފަޅުގެ މައްސަލާގައި ދައުލަތާ ދެކޮޅަށް އާބިޓްރޭޝަނަށް މައްސަލަ ވަނީ ހުށަހަޅާފައި -- ފޮޓޯ/މިހާރު
23 ޑިސެމްބަރ 2019 - 13:16
ފުށިދިއްގަރު ފަޅު ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ މައްސަލަ، ދައުލަތާ ދެކޮޅަށް ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހަޅާފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނެފި އެވެ.
ފުށިދިއްގަރު ފަޅު ތަރައްގީ ކުރަން ޕްރައިމް ކެޕިޓަލްއާ އެކު ސަރުކާރުން ޖޮއިންޓް ވެންޗާ އެއްބަސްވުމެއްގައި ސޮއިކުރީ ޖެނުއަރީ، 2013 ގައި، ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގަ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން އެއްބަސްވުމާ ޚިލާފްވި ކަމަށް ބުނެ ސިންގަޕޫރުގެ އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅިކަން ޕްރައިމް ކެޕިޓަލްސް އިން ސަރުކާރަށް އަންގާފައިވާ ކަމަށެވެ. މައްސަލަ ހުށައެޅީ އެ ފަޅުގައި 27 ރަށެއް ހިއްކައި، ތަރައްގީކުރަން ސަރުކާރާ އެކު ސޮއިކުރި ޖޮއިންޓް ވެންޗާ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏާ ފަޅު ހަވާލުކޮށްފައި ނުވާތީ އެވެ.
އެ ބަޔާނުގައިވާ ގޮތުން އެ މައްސަލާގައި ގެއްލުމުގެ ބަދަލާއި އާބިޓްރޭޝަން ޚަރަދު ދައުލަތުގެ ކިބައިން ނަގައިދޭން އެދިފައިވެ އެވެ. އެކަމަކު މައްސަލައިގެ މައުލޫމާތު ސިއްރުކުރުމަކީ އާބިޓްރޭޝަންގެ އުސޫލުތައް އޮންނަ ގޮތުން ސަރުކާރުގެ މައްޗަށް ލާޒިމް ކަމެއް ކަމަށް، އޭޖީ އޮފީހުން ބުނެ އެވެ. ސިއްރު މައުލުމާތު ހާމަކޮށްފި ނަމަ ސަރުކާރާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބާރު އާބިޓްރޭޝަނަށް ލިބޭނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
މާލޭގެ ދެ ކުނުން އަދި ކ. ގުޅީގެ އުތުރުން އޮންނަ 1،475 ހެކްޓަރުގެ ބޮޑު ފަޅުގައި، ސްޕެޝަލް އެކޮނޮމިކް ޒޯނެއްގެ ބާރު ލިބިގެން ޓޫރިޒަމް ތަރައްގީކުރަން ސިންގަޕޫރުގެ ޕްރައިމް ކެޕިޓަލާ އެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް ހަދަން ވަހީދުގެ ސަރުކާރުގައި އެއްބަސްވުމެއް ހެދި އެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މާޗު 2016 ގައި، އޭސީސީން ޓޫރިޒަމް މިނިސްޓްރީއަށް އެންގީ، އެކިއުޒިޝަން ކޯސްޓްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ލިބުމުގެ ކުރިން އެއްބަސްވުން ޖޮއިންޓް ވެންޗާ ކުންފުނި ނުއުފައްދާށެވެ.
އޭގެ ފަހުން މުއާމަލާތްތައް އޮތީ ހުއްޓިފަ އެވެ. އެކަމަކު އެއްބަސްވުން އުވާލިކަން އެއްވެސް ސަރުކާރަކުން ނުބުނެ އެވެ. އޮކްޓޯބަރު 30، 2016 ގައި ސަރުކާރުން އިއުލާންކުރީ ފުށިދިއްގަރުފަޅު، 72 މިލިއަން ޑޮލަރަށް ވިއްކާލާށެވެ.
އެ ފަޅު އެ އަގުގައި ވިއްކިފައެއް ނުވެ އެވެ. އަދި މިދިއަ ރިޔާސީ އިންތިހާބުގެ ކުރިން ސަރުކާރުން އިއުލާާންކުރީ ފުށިދިއްގަރުފަޅު ހިއްކައިގެން މާލޭ ސަރަހައްދުގައި އިތުރު ބޯހިޔާވަހިކަމަށް ހުޅުވާލާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނޮމޮށޭގުރާ
24 December 2019
ދިވެހީން މޮޔަހައްދައިގެން ދިވެހީން އަތުންނަގާ ޓެކްސް ފައިސާ ތިމާމެން ބޭނުން ފަރާތްތަކަކަށް ދޭން ސިއްރޭ އަނެކައްޗެކޭ ކިޔައިގެން ވެސް ދެވޭތޯ ބަލާ! ދިވެހީންނަށް އެނެގެން ޖެހޭ. ގުދާރު ބިންދައިގެން ހޯދާ ފައިސާއިން ސަރުކާރުން ބޭނުންހާ ގޮތަކަށް ކަންކުރާއިރު އެ ފައިސާ ވަންނަނީ ކޮންތާކަށް ކިހިނެއް ކީއްވެ ކަން؟
ތާރޭ
24 December 2019
މިހާރު މިހާތަނަށް މިބައިގަނޑުވަނީ ބިލިޔަކަށްވުރެ ބޮޑުއެއްޗެއް ކަޓުވާލާފަ އެތިބެނީ އިންގޭކަމަށްވެސް ނުހަދާ ހަމަހަމައަށް ބައިނޭޅިއްޖެއްޔާ މައްސަލަނިކުތުން ވަރަށް ގާތް
މަންނާނު
24 December 2019
ރާވައިގެން ހިންގާ ބޮޑު ޖަރީމާއެއްތީ ބޮޑު އޮޅުވާލުމެއްތީ ތިއަށް ކިޔަނީ ބައިތުލްމާލް ދޮވެސާފްކުރުން
މުލޭ
24 December 2019
ގެއްލުމުގެ ބަދަލަށް ދޭންޖެހޭނީ ތިކަމަށް އެއްވެސް ޚަރަދެއް ކޮށްފައި ހުރިނަމަ އެ ޚަރަދެއް އެކަނި. އެނޫން ގެއްލުމެއް ނުވާނެ. ބަދަލު ދިނުމަކީ ރޭވިގެން ކުރާ ކަމެއްކަމަށް މީހުން ގަބޫލުކުރަން ފަށައިފި. މިއީ ޙައްލު ބޭނުންވާ ކަމެއް.
ދާދޭ
24 December 2019
މަށަށް ބޮޑަށް ވައްތަރީ ކުރިއަށް އޮތް އިންތިޚާބުތަކަށް ހޯދަން ބޭނުންވާ ފައިސާ ލިބިދާނޭ މޮޅުގޮތަކަށް މިކަންކަން ވާނޭކަމަށް.
ސަލަފް
23 December 2019
ތި ބަންޑާރަ ނައިބް ބަދަލު ކުރަން ފެނޭ. ވީ އެއްމެ އަވަހަކަށް މީ ވަރަށްވާހަކަ.
ިުޮިކުމާރު
23 December 2019
މިއޮތީވާ ގައުމެއް, ނިކަމެތީ ކުރާ ފޯނުކޯލުންވެސް ޖީއެސްޓީ ނަގާގެން ސައިކުގަ އިސްޓިކާ ޖަހާގެން ލިބޭ ލާރިގަނޑު މިފަދަ ކޮންމެވެސް ޖަރީމާ އަކަށް ގޮސް ހުސްވަނީ, ސިއްރު ހިފަހައްޓާޝޯ ފަޅާއަރާފާނެތީ ކިހާދެރަކަމެއް.
ފޫހި
23 December 2019
މިއޭޖީއަކީ ދައިލަތަށް ފައިދާއެއްވާ ގޮތަށް ކަމެއްކުރަން އެނގޭ މީހެއްނޫން.
ަސަހަރޯ
24 December 2019
ކޮން ދައުލަތެއްތަ؟ ކޮންމެ މީހަކު ވެސް އެމީހަކު އަމިއްލަ ފައިދާއަށް ކުރާ ކަމެއް ކުރަނީ. ސަރުކާރެއް ނުހިންގިގެން ވަކި ބަޔަކަށް ނޫނީ ސަރުކާރުގެ މަގާމެއް ނުދެވޭ! މި މީހާ މީގެ ކުރީން ދެކޮޅަށް ވަކާލާތުކު ކުރިކަންކަން އެއަށްވުރެ ބޮޑު މަގާމުގައި އެއްކޮޅަށް ކުރާތީ އެނގޭ 500 ޕަސެންޓް އިތުބާރު މިއީ ޒީރޯޓޮލަރެންސް ކިހިނެއް ދޭ އެއްޗެއްކަން.
ސޭކުބެ
23 December 2019
ފުށިދިއްގަރު ފަޅާ އެބޫދޫފިނޮޅު ފަޅަކީ އެއަރޕޯޓަކާއެކު މީހުން އާބާދުކުރަން އެންމެ ރަގަޅު އެއް ސަރަހައްދު. އެތަނުގަ އެއްވެސް ދަތިކަމެއްނެތި ދިވެހިންނަށް ދިރިއުޅެވޭނެ ޖާގަ އެބައޮތް. އެއީ ޓޫރިޒަމަށް ދޫކޮއްލުމަށްވުރެ އާބާދުވާން މާ ރަގަޅު ދެސަރަހައްދު.
އަހްމަދު
23 December 2019
ތިޔައީ މިސަރުާރުންރާވައިގެން ހިންގާޖަރީމާއަކާ ވައްތަރީ
އެކަން
24 December 2019
އެކަން އޮތީ ވަހީދު ދައުރުގަ ފައްޓާ ޔާމީން ދައުރުގަ ކަރުގަ ހިފާފަ. އަދިވެސް މި ސަރުކާރު