ފުށިދިއްގަރު ފަރަށް ބާޖެއް އަރާފައި: އެ ފަޅު ވިއްކާލަން ޓޫރިޒަމް މިނިސްޓްރީން ވަނީ އިއުލާންކޮށްފައި.
01 ނޮވެމްބަރ 2016 - 12:32
ފުލުހުންގެ ބޭނުންތަކަށް ދީފައި އޮންނަ ކ. ފޭދޫފިނޮޅާއި ކުރިން ބޭރު ބަޔަކަށް ވިއްކި ފުށިދިއްގަރުފަޅު އަލުން ވިއްކާލަން ޓޫރިޒަމް މިނިސްޓްރީން އިއްޔެ އިއުލާންކޮށްފި އެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ވަނީ ފޭދޫފިނޮޅުގެ އިތުރުން 10 ރަށެއް އަދި ހުވަފެންފުށި ރިސޯޓްކައިރީގައި އޮންނަ ބޮޑު ފަޅެއް ވެސް ބިޑަށް ނުލައި، ރިސޯޓް ހަދަން ވިއްކަން ނިންމާފައިވާ ކަމަށެވެ.
ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ޓޫރިޒަމް ގާނޫނަށް ރައްޔިތުންގެ މަޖިލިހުން މިދިޔަ ޖުލައި ގެނައި އިސްލާހުގެ ދަށުން ފުރަތަމަ ފަހަރަށް ވިއްކާލަން އިއުލާންކުރި 11 ރަށުގެ ތެރޭގައި ހިމެނޭ 4.1 ހެކްޓަރުގެ ފޭދޫފިނޮޅު ވިއްކާލަނީ 3،060،000 ޑޮލަރު (47.1 މިލިއަން ރުފިޔާ) އަށެވެ.
މާލެ ކައިރީގައި އޮންނަ 1،475 ހެކްޓަރުގެ ފުށިދިއްގަރުފަޅު ވިއްކާލަން ނިންމީ 72.6 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) އަށެވެ.
މި ފަހަރު ހުޅުވާލި ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އަގެއްގައި ވިއްކާލަނީ ބ. ފަރެހާއި ހދ. މުއިރީ އެވެ. އެ ދެ ރަށް ވިއްކާލަން އިއުލާންކޮށްފައި ވަނީ ކޮންމެ ރަށެއް 6.7 މިލިއަން ޑޮލަރު (103.3 މިލިއަން ރުފިޔާ) އަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ އިއުލާންގައިވާ ގޮތުން މާލެ އަތޮޅުން ވިއްކާ ދެ ފަޅުގެ ތެރޭގައި ދެން ހިމެނެނީ ހުވަފެންފުށި ރިސޯޓް ކައިރީގައި އޮންނަ 151 ހެކްޓަރުގެ ފަޅެކެވެ. އެ ފަޅު ވިއްކާލަނީ 52.7 މިލިއަން ޑޮލަރު (812.6 މިލިއަން ރުފިޔާ) އަށެވެ.
ފުށިދިއްގަރު
ފުށިދިއްގަރު ފަޅު ސްޕެޝަލް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީކުރަން ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފެއްދުމުގެ ބޭނުމުގައި، ދިވެހި ސަރުކާރާއި ސިންގަޕޫރުގެ ޕްރައިމް ކެޕިޓަލްއާ އެކު 2013 ގައި ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ހަދާފައިވެ އެވެ. އަދި އެ ފަޅުގެ އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދެއްކުމުން ނޫނީ އެ ފަޅު ކުއްޔަށް ނުދޭން އޭސީސީ އިން ޓޫރިޒަމް މިނިސްޓްރީ އަށް މިދިޔަ މާޗް މަހު އަންގާފައިވެ އެވެ.
ފުށިދިއްގަރުފަޅު ވިއްކާލަން ސަރުކާރުން ނިންމީ ކުރިން ހަދާފައި އޮތް އެއްބަސްވުން އުވާލުމަށް ފަހު ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނޭނގެ އެވެ.
ޓޫރިޒަމް މިނިސްޓްރީން މިފަހަރު އިއުލާންކުރި 11 ފަޅުރަށާއި ދެ ފަޅު ވިއްކާލައިގެން 2.8 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެ އެވެ.
ޓޫރިޒަމް މިނިސްޓްރީން މިދިޔަ އޯގަސްޓްމަހު ކުރި އިއުލާންގައިވާ ގޮތުން އެންމެ އަގުބޮޑުކޮށް ފަޅު ވިއްކަނީ މާލެ އަތޮޅުންނެވެ. މާލެ އަތޮޅުން ފަޅެއް ވިއްކަނީ ހެކްޓަރެއް 500،000 ޑޮލަރަށެވެ. އަދި އެންމެ ބޮޑު އަގުގައި ފަޅު ރަށްތައް ވިއްކަނީ ވެސް މާލެ އަތޮޅުންނެވެ. އެގޮތުން މާލެ އަތޮޅުން ރަށެއް ވިއްކަނީ 10 ހެކްޓަރުގެ ރަށެއް 6.6 މިލިއަން ޑޮލަރަށެވެ. އެ އިއުލާނުގައިވާ ގޮތުން މާލެ އަތޮޅުން 15 ހެކްޓަރުގެ ފަޅެއް ގަނެވޭނީ 20 މިލިއަން ޑޮލަރު (319.57 މިލިއަން ރުފިޔާ) އަށެވެ. އޭގެ އިތުރުން 25 ހެކްޓަރުގެ ފަޅެއް 30.8 މިލިއަން ޑޮލަރަށް، 35 ހެކްޓަރުގެ ފަޅެއް 41 މިލިއަން ޑޮލަރަށް އަދި 50 ހެކްޓަރުގެ ފަޅެއް 51.2 މިލިއަން ޑޮލަރަށް ވިއްކާނެ އެވެ.
1. ހއ. ވަނގާރު: (އުލިގަމު ކައިރީގައި އޮންނަ ރަށެއް) 2.8 މިލިއަން ޑޮލަރަށް
2. ހއ. ގާމަތިކުޅުދޫ: (މުޅަދޫ ކައިރީގައި އޮންނަ ރަށެއް) 1.6 މިލިއަން ޑޮލަރަށް
3. ހދ. ދިއްޕަރުފުށި: އެއް މިލިއަން ޑޮލަރަށް
4. ހދ. މުއިރީ: 6.7 މިލިއަން ޑޮލަރަށް
5. ނ. ލޯފަރު: 4.4 މިލިއަން ޑޮލަރަށް
6. ބ. ބޮޑުފިނޮޅު: 4.1 މިލިއަން ޑޮލަރަށް
7. ބ. އިންނަފުށި: 2.1 މިލިއަން ޑޮލަރަށް
8. ބ. ފަރެސް: 6.7 މިލިއަން ޑޮލަރަށް
9. ކ. ފޭދޫފިނޮޅު: 3 މިލިއަން ޑޮލަރަށް
10. ސ. އިސްމެހެލާހެރަ (ކެޑަވާހެރައާ އެކު): އެއް މިލިއަން ޑޮލަރަށް
11. ސ. ސަވާހެލި (ފޭދޫ ކައިރީގައި އޮންނަ ރަށެއް): 1.3 މިލިއަން ޑޮލަރަށް
ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާންގައި ބުނެފައި ވަނީ ލިސްޓްގައިވާ ރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޮސްޓްގެ އަދަދާއި ބިމުގެ ބޮޑު މިނަކީ އަންދާޒާކުރެވޭ އަދަދުތަކެއް ކަމަށެވެ. އަދި އެ ތަންތަނުގެ އިކުއިޒިޝަން ކޮސްޓް ކަށަވަރުކުރެވޭނީ މިނިސްޓްރީން ގަބޫލުކުރާ ފެންވަރުގެ ސާވޭއެއް ހަދައި އެތަނެއް ބޮޑުމިނާ ގުޅޭ ގޮތުން އެކުލަވާލާ ރިޕޯޓަކުން ކަށަވަރުކުރެވޭ ބޮޑުމިނުގެ މައްޗަށް ބިނާކޮށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލިބެއްޔާ އެކުވެރިސުވައިދީބް
02 November 2017
އަސްތާ ޤައުމުގެ މައިދޮރާށި ވިއްކާލިކަމަށް ގޮވަމުން ޤައުމަށް އިޚްލާސްތެރި ވަފާތެރިކަމަށް ހެދިގެން އޭރު އުޅުނު ބޭކަލުން މިއަދު ކޮބައިތޯ؟ ޤައުމުގެ ހާލަތާ މެދު ދެރަވެ ހިތާމަކޮށް ރޮވޭ! މިފަސްގަނޑު، މިވަތަން، މިޤައުމު ތެދުވެރިކަމާ އަމާނާތްތެރިކަމާ އެކީ އަންނަން އޮތް ޖީލަށް ވާސިލު ކޮށްދިނުމަކީ މި ޖީލުގެ ޒިއްމާއެއް، މަސަޢޫލިއްޔަތެއް ވާޖިބެކެވެ. ޢެއްމެންގެ ވެސް ޤައުމު - އެއްމެންގެ ވެސް ހައްޤު
ޙަސަން
01 November 2017
ދެން އަތް ޖަހާ... އަމާގެ ފައްޓަރު ބައިވެސް ވިއްކާނެ ...
މޮހޮނާ
01 November 2017
11 ރަށް 2 ފަޅު .. 2 ބިލިއަން ރުފިއާ ނޮޓް ވޯތް.. އެވެސް ރާއްޖޭގެ އެންމެ ޑިމާންޑް ބޮޑު އޭރިއާ ތަކުން. ކ ހދ ބ ސ އަތޮޅު ..
ފާށަނާކޮއި
12 March 2017
ފޭދޫފިނޮޅަކީ ތަޢުލީމީ ފަންޑުން ޚަރަދު ކޮށްގެން ތަރައްޤީކޮށްފައިވާ ރަށެއް. ތައުލީމީ ފަންޑަކީ އަމީން ދީދީގެ ދުވަސްވަރުން ފެށިގެން އުފައްދާފައިވާ ވަޤުގު ފަންޑެއް. ޝަރުޢީ ގޮތުން އެ ފަންޑަށް ބަދަލު ނުދެވި އެ ތަށް ވިއްކިދާނެ ކަމަކަށް ނުދެކެން
ދިވެހި ރައްޔިތެއް
03 November 2016
ވިއްކާލާ ވިއްކާލާ މުޅި ގައުމު ވިއްކާލާ. މި ދިވެހި ފަސްގަނޑުގަ ކަލޭ ނެތް ދުވަހެއްގަ ކަލޭ ގައުމަށް ޣައްދާރު ވި ވާހަކަ މަދަރުސާ ތަކުގަވެސް ކިޔަވާ ދެވޭނެ
ސަހަރޯ
02 November 2016
އެއްގޮތަކައްވެސް ވިއްކައިގެން ނުވާނެ، ކުއްޔައް ދީ .މިނޫންގޮތަކައް މިކަން ކޮއްފިނަ ރައްޔަތުންނަށް ގެއްލުން، އަންނަށް އޮތް ދިވެހި ޖީލްތަކައް ގެއްލުން ވާނެ، ނުވެސް ގަންނާތި ނުވެސް ވިއްކާތި
ދިގުދޫ
02 November 2016
މަގޭ 10 އަހަރުގެ ދަރިފުޅަށްވެސް އެނގޭނެ މަގޭ ހަރުމުދާ ހުސްވަންދެން ވިއްކައިގެން ލާރިހޯދަން. އެ ސޮރަށްވެސް ނޭންގޭނީ އެ ހުސްވުމުން ދެން ހަދާނެގޮތެއް. ވަރަށް ސަލާމް. ފޭދޫފިނޮޅު ނުވިއްކަބަލަ. އެ އެންމެން މޫދަށްދާން އޮންނަ ރަށަކަށް ހަދާބަލަ.
އިގްތިސާދު
02 November 2016
މާހިރުން ވެރިކަމައް އައީމަ ރީތި ވިޔަފާރި މިހިރަ ކުރަނީ
މޮއިސް
02 November 2016
މިތާކައިރިން މިހާރުނެތް އާއިލާއާއިއެކު ގުޅުންބަދަހިކޮށްލަން ދަތުރެއް ގޮސްލާނެ ރަށެއް...
ބިޑަކާއި ނުލައި ކޮރަޕްޝަން މެކުހަށް
01 November 2016
މިވެސް ހަމަ އަދީބު މިކަން މިކުރަނީ ދެއްތޯ؟