އަދުހަމް
23 ޑިސެމްބަރ 2019 - 14:14
ޓެކްސީ ޑްރައިވަރު، ގާސިމް ހަސަން މަރައިލި މައްސަލައިގައި ހައްޔަރު ކުރީ ވައްކަމާއި މަސްތުވާތަކެތީގެ ކުށުގެ ރިކޯޑު އޮންނަ މީހެއް ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ގާސިމް ހަސަން، 59، ގެ ކަރަށް ތޫނު އެއްޗަކުން ހަމަލަދީ މަރާލީ ހުޅުމާލެ ރީތިގަސް މަގާ ގުޅިފައި އޮންނަ ގޯޅިގަނޑެއްގެ ތެރޭގަ އެވެ. އެއީ އާންމުކޮށް ރޭގަނޑު ގަޑީގައި އަނދިރިކޮށް އޮންނަ ކޮންސްޓްރަކްޝަން ސައިޓުތައް ވެސް ގިނަ ސަރަހައްދެކެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރީ އަދުހަމް މުހައްމަދު، 21، އެވެ. ކްރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުގައި ބަހައްޓަން 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
ގާސިމް މަރާލަން ޖެހުނު ސީދާ ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. އަދި ގާސިމްގެ މަރާ ގުޅިގެން ފުލުހުން މިހާތަނަށް އައިއިރު، މާ ބޮޑު މައުލޫމާތެއް ވެސް ނުދެ އެވެ.
އެކަމަކު، މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ކިޔައިދެމުން ބުނީ އަދުހަމަކީ އައްޑޫ އަށް އުފަން މީހަކަސް، އޭނާގެ ހަޔާތުގެ ގިނަ ދުވަސްތައް ހޭދަކުރީ ޅ. ހިންނަވަރާއި މާލޭގައި ކަމަށެވެ. އަދުހަމްގެ އާއިލާއާ އެކު، އޭނާ ހިންނަވަރަށް ބަދަލުވީ މީގެ އަށް އަހަރެއްހާ ދުވަސް ކުރިން ކަމަށް ވެސް އޭނާ ބުންޏެވެ.
"އަޅުގަނޑަށް އެނގުނު ގޮތުގައި އަދުހަމް މަންމަ ކައިވެނި ކުރީ ހިންނަވަރު މީހަކާ. އެހެންވެ އަދުހަމާއި އޭނާގެ އާއިލާގެ ގިނަ ބަޔަކު ބަދަލުވީ ހިންނަވަރަށް،" އެމީހާ ކިޔައި ދިނެވެ.
އަދުހަމް ހިންނަވަރަށް ބަދަލުވިޔަސް، ދޭތެރެ ދޭތެރެއިން މާލެ ގޮސް އުޅޭ ކަމަށް އޭނާ ބުންޏެވެ. އަދި ހިންނަވަރުގައި އުޅުނު އިރު، އަދުހަމް ފެނި ވާހަކަ ވެސް ދެކެވިފައި ހުރި ކަމަށް އެމީހާ ބުންޏެވެ. އޭނާ ބުނި ގޮތުގައި އެއް ފަހަރެއްގައި މާލެ ދިޔަ ފަހުން އަދުހަމްގެ އެއްވެސް ހަބަރެއް ނުވެ އެވެ.
އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ގާސިމް ހަސަން، 59، --
އެނގިފައިވާ ގޮތުގައި މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ޑްރަގް ކޯޓަށް ހާޒިރުވުމަށް އަދުހަމަށް ޗިޓެއް ރައްދު ކުރި އެވެ. އެކަމަކު، އެ ޗިޓާ ގުޅިގެން އަދުހަމް ކޯޓަށް ހާޒިރުވި ކަމެއް ނޭނގެ އެވެ.
ރަށުގައި އޭނާ އުޅުނު ގޮތާ ބެހޭ ގޮތުން މައުލޫމާތު ދިން މީހާ ކިޔައިދިން ގޮތުގައި އަދުހަމަކީ އެ ރަށުގައި އުޅޭ މީހުންނާ މާ ބޮޑަށް ގުޅޭ މީހެއް ނޫނެވެ. އެގޮތުން އަދުހަމްގެ އާއިލާގެ މީހުންނާއި ހިންނަވަރު މީހުންނާ ވެސް އެހާ ބޮޑު ގުޅުމެއް ނޯންނަ ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.
"ހިންނަވަރަކީ ޑްރަގްގެ ވިޔަފާރި ފުދޭ ވަރަކަށް ބޮޑަށް އޮންނަ ރަށެއް. އަދުހަމް އާންމުކޮށް އުޅޭނީ ވެސް އެ ރަށުގައި އޮންނަ އެކަހަލަ ގޯސް ކަންކަން ކުރާ މީހުންނާ އެކީ،" އެ މީހާ ކިޔައިދިނެވެ.
ކްރިމިނަލް ކޯޓުގެ އަމުރުން އެނގޭ ގޮތުގައި ގާސިމަށް ހަމަލާދިން ކަމަށް އެއްބަސްވި އަދުހަމްގެ ދާއިމީ އެޑްރެސް ކަމަށް އޮތީ ޅ. ހިންނަވަރު ބޮޑުހިޔާގެ އެވެ. އަދުހަމް، މާލޭގައި އުޅެނީ މ. ޖަވާހިރުގޭގަައި ކަމަށް އަމުރުގައި ވެ އެވެ. އޭނާގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ތުހުމަތެވެ. އަދުހަމް ވަނީ ގާސިމް މަރާލި ގޮތް ތަހުގީގަށް ކިޔައިދީފަ އެވެ. އަދުހަމް ވަނީ ގާސިމް މަރާލި ކަމަށް އެއްބަސްވެ، އިއުތިރާފްގެ ބަޔާނުގައި ސޮއި ވެސްކޮށްފަ އެވެ.
އަދުހަމް ކުށަށް އިއުތިރާފްވެފައިވާ އިރު، އޭނާ އެ އަމަލު ހިންގި އިރު ލައިގެން ހުރި އަންނައުނާއި ގާސިމަށް ހަމަލަ ދިން ހަތިޔާރު ފުލުހުން ވަނީ ހޯދައިފަ އެވެ. އަދި ކުށުގެ ވެށިން، ތުހުމަތުކުރެވޭ މީހުންގެ ޑީއެންއޭ އާއި ފިންގަޕްރިންޓް ވެސް ފެނިފައިވާ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ.
ގާސިމްގެ ކަރަށް، ތޫނު އެއްޗަކުން ހަމަލާ ދިނުމުން ހުޅުމާލޭ ރީތިގަސް މަގަށް ވެއްޓިފައި އޮއްވައި ފެނިގެން ފުލުހުންނަށް ރިޕޯޓްކުރި އިރު، އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށްވެ އެވެ. އޭނާ ވެއްޓިފައި އޮތް ތަނުގައި ލޭގެ ބޮޑު ކޯރެއް ހެދިފައި އޮތް އިރު، އޭނާގެ ޓެކްސީ ވެސް ކައިރީގައި އޮތެވެ.
ގާސިމަށް ހަމަލާ ދިން ހިސާބަކީ ގަސް ގިނަ އަދި ރޭގަނޑު ވަރަށް އަނދިރިކޮށް އޮންނަ ތަނެކެވެ. ފްލެޓްތަކެއް އިމާރާތްކުރާ އެ ސަރަހައްދުގައި މީހުން އުޅެނީ ވެސް ވަރަށް މަދުންނެވެ. އެ މަގާ ގުޅިފައިވާ ގޯޅިއެއްގައި ހުންނަ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ހާފްވޭ ހައުސް ކައިރީގައި ސެޕްޓެމްބަރު 29، 2017 ގައި މީހަކަށް ހަމަލާދީ މަރާލި އެވެ. އެ ހަމަލާ ދިނީ ވެސް ރޭގަނޑު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢާދަނުބެ
24 December 2019
ޢެންމެބޮޑު މައްސަލަ ބާއްވާފަ އަބދުވެސް ސިޔާސީމީހުން މަންފާ ހޯދަން ދީނާ ކުޅުމާ ރައަިތުން ގުނބޯހެއްދުމުގަ މިގައުމުގަ ދިމާވެފަ އޮތް އެންމެ ބޯޑުމަށްސަލަޔަކި ރާބުއިމާ މަސްތުވާ ހިކި އެތްޗެހި ބޭނުންކޮށް ޒުވާނުން ހަމަ ބުއްދިން ނެއްޓި ޖަނަވާރު ސިނކުޑިޔަށްބަދަލުވުން މި ގައުމުގެ ބޮޑެތި މީހުން މަސްތުވާއެތްޗިއްސަށް ހިއްވަރު ލިބޭގޮތަށް ވާހަކަ ދައްކާއިރުވެސް ރައީތުންތިބެނީ އަތްޖަހަން
ނުރައްކާ
24 December 2019
ﷲ ގަންދީބުނަން، އަޅުގަނޑުގެ 40 އަހަރުގެ ދުނިޔެވީ ތަޖުރިބާގައި އެނގިގެންދިޔައީ،ފުރިހަމަ ތަޢުލީމަކާއި ތަރުބިއްޔަތެއް ނުދެވި ހުންނަ ކޮންމެ ކުއްޖަކީ އިޞްލާޙުވުމަށް ފުރުޞަތު ކުޑަ މުޖުތަމަޢުތަކުގައި، އެހެން މީހުން އެފަރާތްތަކުގެ ކިބައިން ރައްކާތެރިވާންޖެހޭ އަދި މުޖުތަމަޢުގައި ސަލާމަތީ ޚަރަދުތައް އިތުވަމުންދާ އެންމެ މުހިންމު މައްސަލަކަމުގައި. ކުދިންނާއި ރައްޔިތުން ތަރުބިއްޔަތު ކުރުމުގައި ސަރުކާރުގެ ޒިންމާއާއި،ޤާނޫނުކިޔައިދިނުމާއި،ބަޖެޓުން އަޅާލުންބޮޑު.
އިހުސާނާ
24 December 2019
ޤާސިމް މަރާލި ސަބަބަކީ ކޮބާ ބާވެއޭ ހަމަ މި ހިތަށް އަރަނީ! އެ އިއުތިރާފު ބަޔާނުގަވެސް އޮންނާނެ އެއްނު ގައިމު ޤާސިމް މަރާލަން ޖެހުނީ ކީއްވެގެން ކަން ބުނެފަ! ފައިސާގެ މައްސަލަ އެއްގަ ބާ، ނޫނީ ފައިސާ ފޭރިގަންނަން އުޅުމުން ގަދަހެދީމަ ބާ، ނޫނީ ކަނޑައަޅާފަ އޮންނަ އަގަށް ވުރެ ބޮޑު އަގެއް ޓެކްސީ ފެޔަރ އަށް ނަގަން އުޅުނީމަ ބާ، މީ ހަމަ ހިތާ ހިތާ ކުރެވޭ ސުވާލުތަކެެއް ވީމަ ހަމަ އަހާލީ!
ލުބްލާ
24 December 2019
މިލިޔުމުގެ އެކި ދިމަދިމާލުގަ މީނަ އަކީ އައްޑޫއަށް އުފަން، ހިންނަވަރުގައި އުޅޭ، މާލޭގައި އުޅޭ، ހިންނަވަރުގައި އެޑްރެސް އޮންނަ.. އޭނާގެ މަންމާ ހިންނަވަރު މީހަކާ އިނދެގެން ހިޖުރަކުރިއޭ.. މިއީތަ މުހިންމު ވާހަކައަކީ؟؟ އޭނަ އެސޯސިއޭޓް ވަނީ ކޮން ރަށަކާތޯ ނުވަތަ އެޑްރެސް އޮންނަނީ ކޮންތާކުތޯ އެއް ނޫން މުހިންމީ. އޭނަގެ މަންމަ މީހަކާ އިންވާހަކަ މިމަރާ ގުޅުމެއް ނެތް ކަންނޭނގެ. ޕްލީސް ފޯކަސް އޮން ދަ ކްރައިމް.
ސިތޫ
24 December 2019
ކޮންހާ ފޯރިއެއް؟ އޭނާއަކީ ކޮން ޕާޓީއަކަށް ނިސްބަތްވާ މީހެއްކަން ވެސް ހިމަނަންޖެހޭ! ނޫސްވެރިޔާއަށް އެނގޭނީ ހިމަނަންޖެހޭ ވާހަކަ. ތިއިން ދިމައަކާ ގުޅުމެއް ހުރީތަ ަނެއްކަ؟
ކަރީޕައުޑަރ
24 December 2019
ގާސިމް މަރާލި އަދުހަމަކީ ކުށުގެ ރިކޯޑު އޮންނަ މީހެއް މިސުރުޙީ ކިޔާލީމާ ހިތައް އަރަނީ ހަމަ މިމީހުން ދޫކޮއްލާފައި އެތިބެނީ ކުށުގެ ވޯލްޑް ރިކޯޑް ހަދާ ރަންމެޑަލްހޯދަންތޯއޭ މިކަމުންވެސް ގައުމައް ރަންމެޑަލްއެއް ހޯދަންތޯއޭ
މަސް.
23 December 2019
ރަދީފް ގެ ނަމުގަ ކޮމެންޓު ކުރި ފަރާތަ ދަންނަވަން ބޭނުމީ މަހަށް ދިޔުމަކީ ހަޑި ކަމަކީ ތޯއޭ.
ކަޅުމީހަ
24 December 2019
ހަޑި ނުވާތީތާ އެބުނީ މަހަށް ދާށޭ
ާއަހު
23 December 2019
މިމީހުން ގޭގަ ބައިތިއްބާފަ އިސްލާމްދީނައް އުޅޭމީހުން ހައްޔަރުކޮއް ޖަލައްލާފަ މަދުއްވަރީ ގެތަކާއި ވަޅުތަކާއި ފަޅުތައް ފާސްކުތުމުގަ އުޅުން އެދެން ޝުކުރިއްޔާ
ދެެން
24 December 2019
ކަމާ ނުގުޅޭ ވާހަކަ ދައްކާ ދެބޯގެރި ދުއްވަނީތަ. އޭނަ އެހެރީ ހައްޔަރުގަ
ކޮރަލް
23 December 2019
މީހުންމަރާ ގޭންގް ތައްވެސް އެއީ ހަރުކަށި ފިކުރުގެ ބައެކެވެ. ރާއްޖޭގަ އެންމެ ގިނައިން މީހުން މަރަނީ ގޭންގް ތަކުންނެވެ. އެކަންވެސް ހުއްޓުވަން ޖެހެ އެވެ.
ދޮންމީހަ
23 December 2019
ވަރަށް ހިތާމަ.
ސައި
23 December 2019
ކުށުގެ ރިކޯޑުއޮންނަ މީހުން މުޖުތަޢުއަށް ދޫކުރާ މމ މީހުންނަށްވެސް ފިޔަވަޅުއަޅަންވީ އެހެންނޫނީ މިކަ މަށްހައްލެއް ނުލިބޭނެ