އެޕަލުން ސެޓެލައިޓް އުފައްދަނީ އެ ކުންފުނިން އުފައްދާ ޑިވައިސްތަކަށް އިންޓަނެޓްދޭނެ
24 ޑިސެމްބަރ 2019 - 07:21
މިއީ އެޕަލުން ވަރަށް ސިއްރު ސިއްރުން ހިންގާ ޕްރޮގްރާމެކެވެ. އެޕަލުން ސެޓެލައިޓް އުފައްދަނީ އެވެ. ބޭނުމެއް ކަމަށް ބުނަނީ، އެ ކުންފުނިން އުފައްދާ ޑިވައިސްތަކަށް އިންޓަނެޓް ދިނުމެވެ.
އައިފޯން އަދި އައިޕެޑް ފަދަ އެޕަލުން އުފައްދާ ޑިވައިސްތައް، ދުނިޔޭގެ ކޮންމެ ތަނެއްގައި ބޭނުންކުރި ނަމަވެސް، އެ ހިސާބަކަށް އިންޓަނެޓް ގެންގޮސްދިނުމަކީ އެޕަލުން ކުރަން ބޭނުން ކަމެކެވެ. މިކަން ހާސިލުކުރުމަށްޓަކައި، އަމިއްލަ އިންޓަނެޓް ނެޓްވޯކެއް ދުނިޔެ ވަށާލައި ގަތާލެވިދާނެ ގޮތް ކަރުދާހާ ހަމަ އަށް ގެނައުމަކީ އެޕަލް އަށް އެއްވެސް ކަމެއް ނޫނެވެ.
އެޕަލް އަށް މި މަސައްކަތް ކާމިޔާބުކުރެވިއްޖެ ނަމަ، އައިފޯން ފަދަ "ޑިޒައިން ބައި އެޕަލް" ޑިވައިސްތައް ގެންގުޅޭ މީހުން އުޅޭނީ ވަކި ދުނިޔެއެއްގަ އެވެ. މި ޑިވައިސްތަކަށް އިންޓަނެޓް ލިއްބައިދޭނީ ހަމަ ސީދާ އެޕަލުންނެވެ. އެ ޑިވައިސްއެއް ބޭނުންކުރާ ގައުމެއްގެ ނެޓްވޯކަކަށް ބަރޯސާކުރާކަށް ނުޖެހޭނެ އެވެ.
އަމިއްލަ ސެޓެލައިޓް ނެޓްވޯކެއް ގާއިމުކުރުމަކީ ޚިޔާލަށް ގެންނަ ފަސޭހަ ކެމެކެވެ. އެހެން ނަމަވެސް ބުރަ މަސައްކަތެކެވެ. އެޕަލް އަކީ މި ފަދަ ބުރަ މަސައްކަތްތައް ކާމިޔާބުކުރާ ކުންފުންޏެކެވެ.
ބްލޫމްބާގް ރިޕޯޓްކުރާ ގޮތުގައި، އެޕަލްގެ އިންޖިނޭރުން މިހާރު ކުރާ މަސައްކަތަކީ، އެންޓަނާ ޑިޒައިންކުރުމެވެ. އެޕަލުން ވަނީ ކުރި އަށް އޮތް ފަސް އަހަރު ތެރޭގައި މި މަސައްކަން ނިންމަން ހިފާފަ އެވެ. އެހެން ނަމަވެސް، އަދި ކުރި އަށް ދަނީ މިއީ އެޕަލް އަށް ކުރެވިދާނެ ކަމެއްތޯ ބެލުމަށް ކުރެވޭ މަސައްކަތްތައް ކަމަށް ވެ އެވެ.
އަމިއްލަ ސެޓެލައިޓް އުފައްދައި އިންޓަނެޓް ނެޓްވޯކެއް ހިންގުމަކީ އެޕަލް އަށް ކުރެވޭ ވަރުގެ މަސައްކަތެއް ނަމަ އަދި މާލީ ގޮތުން ކުންފުންޏަށް ތަނަވަސް މަސައްކަތެއް ކަމަށް ލަފާކުރެވޭ ނަމަ އެޕަލުން މިކަން ކުރި އަށް ގެންދާނެ ކަމަށް ބުނެ ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޭބަލިމިތުރު
24 December 2019
އެޕަލްއިން ކިތަން މެގިނަ ސެޓަލައިޓެއް ފޮނުވިއަސް ޔޫސާ ޑިވައިސްތަކައް ސަރވިސް ދިނު މައްޓަކާ އެބޭނުންކުރާ ގައުމުތަކުގަ އައިއެސްޕީ ރެޖިސްޓްރީ ކުރަންޖެހޭނެ. އަދި ވަކިވަކި އެންޓަނާތަކެއްޖަހައިގެން ޔޫސާއާހަމަޔައް ސަރވިސް ދޭންޖެހޭ.
ކުޱަޖި
24 December 2019
އެޕަލް ކުންފުނިން އުފައްދ؛ާާ ތެލުލި ބަނބުކެޔޮ ހުންނާނެ މާރުކޭޓްގަ
ތުއްތުނާ
24 December 2019
ނުރައްކާތެރި ކަމެއްކަމަށް ބެލެވޭ...... އޭރުން އެޕަލުން ބޭރުން އިރަކު ބޭނުންވާ ބަޔަކަށް ހިދުމަތް ކަނޑާލުމުގެ ބާރު ދެވެނީ...... އޭރުން ގައުމު ތަކުގެ ސަރުކާރަށް ވެސް ބިރެއް....