ލައިފްސްޓައިލް / ބްލަޑް ޕްރެޝާ

ގިނަ ވަގުތު މަސައްކަތްކުރާ ނަމަ ލޭމައްޗަށް ދާނެ

މީހަކު އޮފީހެއްގައި މަސައްކަތްކުރަނީ.

24 ޑިސެމްބަރ 2019 - 07:23

އޮފީސްތަކުގައި މަސައްކަތްކުރާ މީހުން ކަނޑައަޅާފައި އޮންނަ ގަޑިއަށް ވުރެ އިތުރަށް މަސައްކަތްކުރާ ނަމަ ލޭގެ ޕްރެޝަރު މަތިވެ (ހައިޕަޓެންޝަން) ސިއްހީ ބޮޑެތި މައްސަލަތަކާ ކުރިމަތިވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ހައިޕަޓެންޝަން ޖާނަލްގައި ޝާއިއުކޮށްފައިވާ ކެނެޑާގެ ލަވާލް ޔުނިވަސިޓީގެ ރިސާޗަރުންގެ ޓީމަކުން ހަދާފައިވާ ދިރާސާގައި ބުނީ ލޭގެ ޕްރެޝަރު ގަވައިދުން ޓެސްޓްކުރުމަކީ ވެސް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. މި ދިރާސާ ހަދާފައި ވަނީ ކެނެޑާގައި އިންޝުއަރެންސްގެ ހިދުމަތް ދޭ ތިން ކުންފުންޏެއްގައި މަސައްކަތްކުރާ 3،500 އެއްހާ މުވައްޒަފުންގެ ސިއްހީ ހާލަތު އެނަލައިޒްކޮށްގެންނެވެ.

އެގޮތުން ދިރާސާގައި ބުނީ ބޮޑު އާބާދީއަކަށް އިންޝުރެންސްގެ ހިދުމަތް ދިނުގައި މަސައްކަތްކުރުމަކީ ގިނަ ވަގުތު މަސައްކަތުގައި މުވައްޒަފުން ހޭދަކުރަން ޖެހޭ ކަމެއް ކަމަށާއި އޭގެ ސަބުން ލޭގެ ޕްރެޝަރު މަތިވާކަން މުވައްޒަފުންގެ ސިއްހީ ރެކޯޑްތަކުން ހާމަކޮށްދޭ ކަމަށެވެ. އަދި ދެ ޖިންސްގެ މީހުންނަށް މިކަން ކުރިމަތިވާ މިންވަރު ދެ ޖިންސްގެ މީހުންގެ އުމުރާއި ތައުލީމީ ފެންވަރާއި، އަދާކުރާ މަގާމާއި ދުންފަތު އިސްތިއުމާކުރުމާއި ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) ގެ އިތުރުން ސިއްހީ ގޮތުން ހުންނަ އެކި ކަހަލަ ކަންކަމާ ގުޅޭ ކަމަށް ވެސް ބުންޏެވެ.

ދިރާސާގައި ބުނިގޮތުގައި ހަފުތާ އަކު 49 ގަޑިއިރު ނުވަތަ އެއަށް ވުރެ އިތުރަށް މަސައްކަތްކުރާ މީހުންނަށް މާސްކްޑް ހައިޕަޓެންޝަން ކުރިމަތިވުމުގެ ފުރުސަތު 77 ޕަސެންޓަށް އަރާ އިރު، އެފަދަ މީހުންނަށް ސަސްޓެއިންޑް ހައިޕަޓެންޝަން ކުރިމަތިވުމުގެ ފުރުސަތު 66 ޕަސަންޓަށް އިތުރުކޮށްދޭ ކަމަށެވެ. އަދި ހަފުތާ އަކު 41-48 ގަޑިއިރަށް މަސައްކަތްކުރާ މީހުންނަށް މާސްކްޑް ހައިޕަޓެންޝަން ކުރިމަތިވުމުގެ ފުރުސަތު 54 ޕަސަންޓަށް އިތުރުކޮށްދޭ އިރު، ސަސްޓެއިންޑް ހައިޕަޓެންޝަނަށް ހުށަހެޅުމުގެ ފުރުސަތު 42 ޕަސަންޓަށް އިތުރުކޮށްދެ އެވެ.

"މީގެ ނަތީޖާ އަކީ ހިތުގެ އެކި ކަހަލަ މައްސަލަތަކަށް ވެސް މަގުފަހިވުން. މާސްކްޑް އާއި ސަސްޓެއިންޑް ހައިޕަޓެންޝަނަކީ ވެސް ހިތުގެ މައްސަލަތަކަށް ހުޅުވޭ ދޮރެއް،" ލަވާލް ޔުނިވަސިޓީގެ ސޯޝަލް އެންޑް ޕްރިވެންޓިވް ޑިޕާޓްމަންޓްގެ ޕީއެޗްޑީ އެސިސްޓަންޓް ޕްރޮފެސަރު ޒޭވިއާ ޓްރޫޑެލް ވިދާޅުވި އެވެ.

ބަޔަކު އޮފީހެއްގައި މަސައްކަތްކުރަނީ.

އޭނާ ވިދާޅުވި ގޮތުގައި މަސައްކަތުގެ ބުރަބޮޑުވުމާ އެކު ވެސް، ކަންކަން ނިންމުމުގެ އިހުތިޔާރު މުވައްޒަފުންނަށް ނެތުމަކީ ވެސް ލޭގެ ޕްރެޝަރު މަތިވާން ދިމާވާ ކަމެކެވެ. އެހެންވެ ލޭގެ ޕްރެޝަރު ގިނަގިނައިން ޓެސްޓްކުރެވޭ ކަހަލަ އިންތިޒާމުތަކެއް ގެންގުޅުން މުހިއްމު ކަމަށް ވެސް ވިދާޅުވި އެވެ.

"މިސާލަކަށް އަމިއްލަ އަށް ޓެސްޓްކުރެވޭ ކަހަލަ ޑިވައިސްއެއް ގެންގުޅުން. މީހަކަށް ބަރޯސާވުމުގެ ބަދަލުގައި ލޭގެ ޕްރެޝަރު ޗެކްކޮށްލެވޭ ވެއަރަބަލް ޑިވައިސްއެއް ގެންގުޅުމަކީ މިހާރު މާ އުނދަގޫ ކަމަކަށް ނުވާނެ،" ޓްރޫޑެލް ވިދާޅުވި އެވެ. "ހަމައެއާ އެކު ޑޮކްޓަރުންގެ ލަފަ އާއި އިރުޝާދު ހޯދުން ވެސް މުހިއްމު."

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454