މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

25 ޑިސެމްބަރ 2019 - 06:59

އަންނަ މަހުގެ 24 ގައި ރިލީޒްކުރާ ކަންގަނާ ރަނާވަތުގެ ފިލްމު "ޕަންގާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމަކީ ކައިވެނިކޮށްގެން ދަރިން ލިބުނަސް އެއީ އަންހެނުން ދެކޭ ހުވަފެންތައް ހަގީގަތަކަށް ހަދަން ކުރާ މަސައްކަތްތައް ހުއްޓައިލަން ނުޖެހޭކަން ދައްކުވައިދޭ ފިލްމެކެވެ. "ޕަންގާ" ގައި ކަންގަނާ ފެނިގެން ދާނީ އާއިލާއެއް ބަލަހައްޓަމުން ގައުމީ ފެންވަރުގައި ކަބައްޑީ ކުޅޭ އަންހެނެއްގެ ރޯލުންނެވެ.

އަޝްވިނީ އައްޔަރު ތިވާރީ ޑައިރެކްޓްކޮށްފައިވާ މި ސްޕޯޓްސް ޑްރާމާގެ ކާސްޓުންގެ ތެރޭގައި ޕަންޖާބީ އެކްޓަރު ޖައްސީ، ގިލް، ނީނާ ގުޕްތާ އަދި ރިޗާ ޗައްޑާ ހިމެނެ އެވެ.

"ޕަންގާ" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ އަޝްވިނީގެ ފިރިމީހާ އަދި "ޑަންގަލް" އާއި "ޗިޗޯރޭ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ނިތޭޝް ތިވާރީ އެވެ.

"ޖަވާނި ޖާނެމަން" އަވަސްކޮށްފި

ކުރިން މިދިޔަ މަހު ގެނެސްދޭން ތާވަލުކުރި ސައިފް އަލީ ޚާންގެ ފިލްމު "ޖަވާނި ޖާނެމަން" އަންނަ އަހަރުގެ ފެބްރުއަރީ އަށް ފަސްކުރުމަށް ފަހު، ފިލްމު ރިލީޒްކުރުން އަނެއްކާ ވެސް އަވަސްކޮށްފި އެވެ.

ފެބްރުއަރީ މަހުގެ 7 އަށް ތާވަލުކުރި ފިލްމުގެ ފަސްޓްލުކް ޕޯސްޓަރާ އެކު ބުނެފައި ވަނީ ބެލުންތެރިންނަށް އަންނަ މަހުގެ 31 ގައި ފިލްމު ގެނެސްދޭން ނިންމާފައިވާ ކަމަށެވެ. "ޖަވާނި ޖާނެމަން" އަކީ ހިތް ޒުވާން މި ޒަމާނުގެ ބައްޕައަކާއި އޭނާގެ އަންހެން ދަރިއެއްގެ ވާހަކަ ކިޔައިދޭ އާބަން ޑްރާމާއެކެވެ. ފިލްމުގައި ސައިފްގެ ދަރިފުޅުގެ ރޯލުން ފެނިގެން ދާނީ އަލަށް ތައާރަފުކުރާ އަލައިއާ ފަރްނީޗަރުވާލާ އެވެ. އޭނާ އަކީ ކުރީގެ ބަތަލާ ޕޫޖާ ބޭދީގެ ދަރިފުޅެވެ.

އިނގިރޭސިވިލާތުގައި ޝޫޓްކޮށްފައިވާ "ޖަވާނި ޖާނެމަން" ގެ ކާސްޓްގައި ތައްބޫ އާއި ޗަންކީ ޕާންޑޭގެ އިތުރުން ކުބްރާ ސައިތު ވެސް ހިމެނެ އެވެ. މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ މި އަހަރު ކުރީކޮޅު "ނޯޓްބުކް" ގެނެސްދިން ނިތިން ކައްކަރެވެ.

"ސޫރަޖް ޕޭ މަންގަލް ބާރީ" ގެ ޝޫޓިން އަންނަ މަހު

މިދިޔަ ސެޕްޓެމްބަރު މަހު ރިލީޒްކުރި ސޯނަމް ކަޕޫރްގެ ފިލްމު "ދަ ޒޯޔާ ފެކްޓާ" ގެ ޑައިރެކްޓަރު އަބީޝެކް ޝަރުމާގެ އާ ފިލްމު "ސޫރަޖް ޕޭ މަންގަލް ބާރީ" ގެ ކާސްޓުން އިއުލާންކޮށް، ފިލްމުގެ ޝޫޓިން އަންނަ މަހުގެ 6 ގައި ފަށަން ނިންމައިފި އެވެ.

ޒީ ސްޓޫޑިއޯސް އިން ޕްރޮޑިއުސްކުރާ ފިލްމުގެ ކާސްޓުންނަކީ ފާތިމާ ސަނާ ޝެއިހާ އާއި ޕަންޖާބީ އެކްޓަރު ދިލްޖީތު ދޮސަންޖްގެ އިތުރުން މަނޯޖް ބަޖްޕާއީ އެވެ.

"ސޫރަޖް ޕޭ މަންގަލް ބާރީ" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.

"ދަބަންގް 3" އިން 9 މިނިޓް އުނިކޮށްފި

މި މަހުގެ 20 ގައި ރިލީޒްކުރި ސަލްމާން ޚާންގެ "ދަބަންގް 3" ގެ ދިގު ވާހަކަ ކްރިޓިކުން ވެސް ފާހަގަކޮށްފައި ވަނިކޮށް ފިލްމުން ނުވަ މިނިޓާއި 40 ސިކުންތު އުނިކޮށްފި އެވެ.

މީޑިއާތަކުން ބުނީ ޕްރަބޫދޭވާ ޑައިރެކްޓްކުރި ފިލްމުން އުނިކުރީ ސަލްމާނާއި އަލަށް ތައާރަފުކުރި ބަތަލާ ސައި މަންޖްރޭކަރް ފެނިގެންދާ ލަވަ "އާވާރާ" އެއްކޮށާއި ސަލްމާނާއި ސޮނާކްޝީ ސިންހާ ފެނިގެންދާ ލަވަ "ނައިނާ ލަޅޭ" ގެ ބައެއް މަންޒަރުތަކެވެ. "ދަބަންގް 3" ގެ އަސްލު ދިގުމިނަމީ 159 މިނިޓެވެ.

ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، އިންޑިއާ އިން އެކަނި ފިލްމަށް ލިބުނު އާމްދަނީ ހޯމަ ދުވަހާ ހަމަައަށް ވަނީ 91.85 ކްރޯޑް ރުޕީސް (13 މިލިއަން ޑޮލަރު) އަށް އަރައިފަ އެވެ. ފިލްމު ރިލީޒްކުރި ދުވަހު އެކަނި އިންޑިއާ އިން 24.50 ކްރޯޑް ރުޕީސް (3 މިލިއަން ޑޮލަރު) ލިބުނެވެ.

މި އަހަރު ރިލީޒްކުރި ސަލްމާންގެ ފުރަތަމަ ފިލްމު "ބާރަތު" އަކީ ރިލީޒްކުރި ދުވަހު އެކަނި 42.30 ކްރޯޑް ރުޕީސް (6 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

"ދަބަންގް 3" ވެގެން ގޮސްފައި ވަނީ 2015 ގެ ފަހުން ރިލީޒްކުރި ސަލްމާންގެ ފިލްމުތަކުގެ ތެރެއިން ރިލީޒްކުރި ދުވަހު އެންމެ ދަށްކޮށް އާމްދަނީ ލިބުނު ދެވަނަ ފިލްމަށެވެ. ރިލީޒްކުރި ދުވަހު އެންމެ ދަށްކޮށް އާމްދަނީ ލިބުނު ފިލްމަކީ 2017 ގެ "ޓިއުބްލައިޓް" އެވެ. އެ ފިލްމަށް ލިބުނީ 21.15 ކްރޯޑް ރުޕީސް (2 މިލިއަން ޑޮލަރު) އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454