މެލޭޝިއާގައި ޑިޕްލޮމެޓިކް ބޯޑު ޖަހައިގެން ދުއްވާ ކާރެއް. ރާއްޖޭގެ ކުރީގެ ޑިޕްލޮމޭޓުން
24 ޑިސެމްބަރ 2019 - 15:55
މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ކުރިން ވަޒީފާ އަދާކުރެއްވި ބޭފުޅުންތަކެއް ޑިޕްލޮމެޓިކް ބޯޑު ޖަހައިގެން ކާރު ދުއްވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު "މިހާރު"އަށް ވިދާޅުވީ އެމްބަސީގައި ކުރިން އުޅުއްވި ތިން ބޭފުޅަކު މަގާމުން ވަކިވިފަހުން ވެސް ޑިޕްލޮމެޓިކް ޕްލޭޓާ އެކުގައި ކާރު ދުއްވާ ކަމަށެވެ. އެކަމަކު، މަގާމުން ވަކިވެފައިވާތީ، އެއީ އެ ބޭފުޅުންނަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްބަސީގެ ވަޒީފާ އިން ވަކިވުމާ އެކު ޑިޕްލޮމެޓިކް ޕާސްޕޯޓާއި ކާރުގެ ބޯޑު ފަދަ އެއްވެސް އިނާޔަތެއްގެ ބޭނުމެއް ނުކުރެއްވޭނެ އެވެ. ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި ގޮތުގައި، އުސޫލުގައި އޮންނަނީ އެގޮތަށް އަމަލުކުރަން ކަން، ޑިޕްލޮމެޓިކް ބޯޑާ އެކު ކާރު ދުއްވާ ބޭފުޅުންނަށް ދިވެހި އެމްބަސީން ވަނީ ހަނދާންކޮށް ދީފަ އެވެ.
ޑިޕްލޮމެޓިކް ބޯޑުގައި ދުއްވާ ކާރުތަކުން މެލޭޝިއާގެ ސަރުކާރަށް ޓެކްސް ދައްކާކަށް ނުޖެހޭނެ އެވެ.
މި މައްސަލަ ސޯޝަލްމީޑިއާގައި ވެސް ފެންމަތިކޮށް، ފާޑުކިއުން ވަނީ އަމާޒުކޮށްފަ އެވެ.
ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މުހައްމަދު މިއުވާން ވިދާޅުވީ ޑިޕްލޮމެޓިކް ބޯޑު ދޫކުރަނީ އެމްބަސީތަކުގައި ވަޒީފާ އަދާކުރައްވާ ބޭފުޅުންނަށް އެކަނި ކަމަށެވެ. ވަޒީފާގައި ނޫޅޭ ބަޔަކަށް، މިނިސްޓްރީ އަށް އެނގިގެން އެ ބޯޑު ބޭނުން ނުކުރެއްވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޣުމްރީ
28 December 2019
މިއީ އަހަރުމެންގެ ނޫކަށި ދިވެހި ކަނޑުގެ ފިކުރުގެ ޢަމަލެއް
އައްބާސް އާދިލް
24 December 2019
ތިޔަހެން ތިކަން ވެގެން ނުވާނެ. އަދި ތިޔަހެން ތިކަން ކުރާބަޔަކު ހައްޔަރުކޮށް މައްސަލަ ބަލަން ޖެހޭނެ.
ނަސްރު45
24 December 2019
ކޮބާތޯ އެމްބަސީގެ ޒިންމާ؟ ވިސާމް ޖެހޭނެ ތިކަމުގެ ފުރިހަމަ ޒިންމާ ނަންގަވަން، ސޯސަލްމީޑިޔާގަ ތިވާހަކަ ޖެހީމައެއްނޫން ބަލަންޖެހޭނީކީ. އެނާ އާއި ތަނުގެ މުވައްޒަފުންގެ ޒިންމާ ނުނެގޭ ވަރު ތި ފެންނަނީ. ދެން ކިހިނެއް ރައްޔެތެއްގެ ހާލު ބަލާލެވޭނީ.
ފޮނިޓާއްޕު ހަސަނު
24 December 2019
އަޅެ ފަހެ އެބައެއްގެ ނަން ހާމަ ކޮށްބަލަ.
ދޮންބެ
24 December 2019
ތިޔަ އެމްބަސީގަ އުޅޭތަ ފޮރިން މިނިސްޓްރީގެ ބޭރުގެ އެމްބަސީތަކުގައި މަސައްކަތްކުރުމަށް މިނިސްޓްރީގެ ސްޓާފުން ފުނުވުމުގެ އުސޫލާ ޚިލާފަށް ގޮސްއުޅޭ އަޝީރު ކިޔާ މީހެއް؟؟؟ މިނިސްޓްރީގައި އެ މަޤާމަށް އެދި އެދި ތިބި އެތަކެއް މުވައްޒަފުންގެ ހައްޤު ކޮބާ؟؟؟ ލަދެވެސް ކުޑައޭ ދޯ!!
ހަސަނު
24 December 2019
ތިޔަ އެމްބަސީ ފުރިގެން ބަންޑުންވާ ވާހަކައެއް މައުލޫމާތު ހިއްސާކުރި މީހަކު ނުބުނޭތަ؟ މިހާރުވެސް 18 ދިވެހި ސިޔާސީ މުވައްޒަފުން އުޅޭ! ކުރިޔަށްވެސް އަންނަން އޮތީ!!! ތިބޭނެ ތަނެއްނެތިގެން ދަންފަޅި ބަހައިގެން ވޯކު ސްޓޭޝަން ޝެއަރ ކުރާ ކަމަކީ ހަގީގަތް! ތާހިރެއްނު؟؟؟ މީކުރީގެ ސަރުކާރުގައި ތިބި 8 ދިވެހިން ގިނަވެގެން ފަޔަށް ހިނިއަރައިގެން އުޅުނު މީހުންގެ ހާލު! ހެހެހެހެ
ޖޫން ޖަމާލު
24 December 2019
މިނިސްޓްރީ ހުއްދަ ދީގެން ބޭނުންކުރަނީ ފަޅާ އެރީ މަ ނޫންކަ މައް ހެދުން އެއީ މިސަރުކާރު ގެ މުނާފިގު ކަން
މަދަބޯޑު
24 December 2019
ޑިޕްލޮމެޓިކް ބޯޑުޖަހައިގެން ދުއްވާއިރު ވަކި އަރާމުކަމެއް ހުންނަނީތަ.
އިބިރިހިންބެއްޔާ
24 December 2019
ބޭނުންނެތް އެމްބެސީތައް ބަންދުކޮއް ކޮސިއުލޭތަރުން ބައިތިއްބާ. އޭރުން އިތުރު ޖަލުހަދާނެ ފައިސާ ސަލާމަތްކުރެވޭނެ. އަޅެ ނޫސްވެރިޔަކު ސުވާލުކުރައްވަ ބައްލަވާ ތިޔަ މެލޭޝިޔާގެ އެމްބެސީގައި ކިތައް މުވައްޒިފުން އެބަތިބިތޯއާއި އަހަރަކު މުހުތާދެއްގައި ތިތަނަށް ގުޅަނީ ކިތައް ދިވެހިން/ ނުވަތަ މީހުންތޯ. ނަންވާނީ އެމް.އެމް.ޕީ.އާރު.ސީ އާއި ޔާމީނު.
ބެއްޔަ
24 December 2019
އެމްއެމްޕީއާރުސީ އާއި ޔާމީނު ނަންވަނީ ބިލިއަނުން ދައުލަތުގެ ފައިސާ ކާލީމާދޯ؟
ޙަސީން
24 December 2019
ކާޕެޓު ކަޓުވާލުން އޯކޭ،،،