ސިފައިން އޮޕަރޭޝަނެއްގައި: މުޅި ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާ ކަމަށް ސިފައިން ބުނޭ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
24 ޑިސެމްބަރ 2019 - 19:02
ރާއްޖޭގެ ހުރިހާ ސަރަހައްދުތަކުގައި ސަލާމަތީ ކަންކަން ވަރުގަދަކޮށް، "ޔެލޯ އެލާޓް 2" ނެރެފައިވާ ކަމަށް ސިފައިން މިރޭ ބުނެފި އެވެ.
މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިރޭ 7:00 އިން ފެށިގެން އެލާޓް ސްޓޭޓަސް މައްޗަށް ޖައްސައި "ޔެލޯ 2" އަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. މި އެލާޓް ނެރެނީ، ގައުމުގެ ސުލްހަމަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާ ފަދަ ކަމަކާ ކުރިމަތިވާނެ ކަމަކަށް ބެލެވުމުން ނުވަތަ އެފަދަ މައުލޫމާތެއް ލިބުމުންނެވެ.
މި އެލާޓާ އެކު ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރިވާނެ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ. ސަލާމަތީ ގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި ޗެކްކުރުން ހިމެނެ އެވެ.
"މި ކަމަކީ ގައުމުގެ މަސްލަހަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ކަމެއް ކަމަށްވުމާ އެކު ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ލިބޭނެ ކަމަށް ޔަގީން ކުރަމެވެ،" ބަޔާނުގައިވެ އެވެ.
ރާއްޖޭގައި ސަލާމަތީ ފިޔަވަޅުތައް މި ވަރުގަދަކުރި އިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރަމުން އަންނަ ކްރިސްމަސްއާ ދިމާކޮށް، އެކި ގައުމުތަކުގައި އިސްލާމިކް ސްޓޭޓް (އައިއެސް) އިން ހަމަލާތަކެއް ދީފާނެ ކަމުގެ ބިރު އޮތް ކަމަށް ބައިނަލްއަގުވާމީ ތަހުގީގީ އިދާރާތަކާ ހަވާލާދީ ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. އެ ހަމަލާގެ ފަހަތުގައި އޮތީ، އައިއެސްގެ ލީޑަރު ބަޣްދާދީގެ މަރުގެ ބަދަލު ހިފުން ކަމަށް ވެސް ލިއެފައިވެ އެވެ.
ހައްދުފަހަނާޅާފައިވާ ފިކުރާ ދެކޮޅަށް ދިވެހި ސަރުކާރުގެ މުއައްސަސާތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މުޅި ރާއްޖޭގައި އެ ފިކުރުގެ ނުރައްކާ އޮތް މިންވަރާއި މީހުން މަރަން ފަސް ނުޖެހޭ ދަރަޖައަށް ހައްދުފަހަނާޅާފައިވާ 1400 އެއްހާ ދިވެހިން ތިބި ކަން ސަލާމަތީ ޚިދުމަތްތަކުން މީގެ ހަފުތާއެއްހާ ދުވަސްކުރިން ވަނީ ހާމަކޮށްފަ އެވެ.
މި ފިކުރުގެ ނުރައްކާ ކުޑަކުރަން، މިދިޔަ ހަފުތާގައި ސަލާމަތީ ޚިދުމަތްތަކުން ވަނީ ރ. މަޑުއްވަރީގައި އޮޕަރޭޝަނެއް ހިންގައި ތިން މީހަކު ހައްޔަރުކޮށްފަ އެވެ.
ގައުމުގެ އަމާންކަމާއި ރައްކާތެރިކަން ގާއިމްކުރަން ސިފައިން ކުރާ މަސައްކަތުގައި ރައްޔިތުން ދޭ އެއްބާރުލުމަށް ބަޔާނުގައި ސިފައިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްތަފާ
26 December 2019
ސަރުކާރުން އެޅުއްވި ވަރަށް ރަނގަޅު ފިޔަވަޅެއް، އަބަދުވެސް ތިކަން އޮންނަން އެބަޖެހޭ.
ސެކިއުރިޓީ ގާޑް
25 December 2019
ްޤައުމުގެ އިސް ސަފުގައި ތިބޭ ވެރިން ކްރިސްމަސް ފާހަގަ ކުރަން ޗުއްޓީއަށް ދާއިރު ގައުމު އެލާޓަށް އައިސް އެމީހިން ޗުއްޓީއިން އަންނަދެން ސިފައިން ގައުމު ބަލަހައްޓަން ޖެހޭނ ނޫންތޯ??
ތުއްތޮންބެ
25 December 2019
ކޮބާތޯ މައްސަލައަކީ އަނެއްކާ އިސްތިއުފާދެއްވި ރައީސް އެވިދާޅުވާ އަނދިރި ދައުލަތުގެބާރު ގަދަވަނީތޯ؟
ހަސަން އަހީދު
25 December 2019
ބަލާ ވެރިކަމެއްގަ ހުރިހާކަމެއް ވެސް ދިމާވާނެ ، އިންޑިޔާ މީހުން ނާ ގައުމުހަވާލުކުރުމުގެ މަލަމަތި ތަޯ ؟ މަލަމަތި ތޯ؟
އައުވާނުން
25 December 2019
ކުރީގައި ކުއްލި ނުރައްކާވެސް އިއުލާނުކުރި އަދި ހިފާ ހައްޔަރު ކުރަނީ ސަޔާސީމީހުން ! ސްޕްރީމްކޯޓްގެ ފަނޑިޔާރުން !
އަލީ ރަސްގެފާން
25 December 2019
ވެރިކަން ކުރަން ނޭގެންޏާ ޔާމިނާ ވެރިކަން ހަވާލުކުރޭ. ރައިތުން ބޭނުންވަނީ އެގޮތް މިހާރު.
ހައިރާން
25 December 2019
ތިބުނަނީ ވަގަކާ ރާއްޖެ ހަވާލު ކުރާށޭތަ؟
އެމްޑީޕީމީހާ
25 December 2019
އަޅުގަނޑު ހިތައް އަރާ ރައިސް ޔާމިން ވެރިކަމުގަ ބެހެއްޓުނު ނަމައޭ. މިގޮތަކަ ޤައުމު ފަސާދަ ވިޔަނުދޭނެ ޔަގީންކަން ދިވެހިންނަ އޮވޭ.
ްއަދުރޭ
24 December 2019
މިކަހަލަރޭރެޔަށް ހަރުކައްޓޭމެން ތިބެނީ ބަލަބަލާ ތަނެއް ގޮށްވާލެވޭތޯ!!
ޢާދަނުބެ
24 December 2019
މީހުންއަތުން ފޭރެން އުޅޭ ޕާޓޭމެން މީހުން މެރީމަ އޭ ހަރުކަށި އަމަލަކަށްނުވޭ
އަހަމަދު
24 December 2019
އިންޑިޔާގެ އާމީ ބޭސްއެއް ހަދަން ބޭނުންވެއްޖޭ ބުނުން ކަހަލަ ކަމެއެއް ތިއީ...