މިއަހަރުގެ ކިޔެވުން ނިންމައި އިސްކަންދަރު ސްކޫލުގެ ދަރިވަރުން ރިޕޯޓު ފޮތާއެކު: އަހަރީ ޗުއްޓީއަށް ބަދަލު ގެންނަން ވަނީ ނިންމާފައި .-- ފޮޓޯ: ހުސެން ވަހީދު /މިހާރު
26 ޑިސެމްބަރ 2019 - 15:31
އަންނަ އަހަރުން ފެށިގެން ސްކޫލުތަކުގެ އަހަރީ ބޮޑު ޗުއްޓީ ދެ ބަޔަކަށް ބަހާލައި ބޮޑު ބަދަލެއް ގެންނަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސްކޫލުތައް ޗުއްޓީ އަށް ބަންދުކުރާ ނޮވެމްބަރު އަދި ޑިސެމްބަރު މަހަކީ ޓޫރިޒަމް ދާއިރާގެ އެންމެ ބާރު ބޮޑު ދުވަސްވަރަށްވާތީ، އެ ދާއިރާގައި މަސައްކަތްކުރާ ބެލެނިވެރިންނަށް އާއިލާއާ އެކު ޗުއްޓީ ހޭދަކުރަން ގިނަ ފަހަރަށް ދަތިތަކާ ކުރިމަތިވާ ކަމަށެވެ.
އެހެންވެ ކޮންމެ ކުއްޖަކު ވެސް އާއިލާ މެމްބަރުންނާ އެކު ބޮޑު ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް، ޗުއްޓީ މިހާރު ރާވާފައިވާ ގޮތަށް ބަދަލު ގެންނަން ނިންމީ ކަމަށް ބުންޏެވެ.
އެ ބަދަލުގެ ސަބަބުން، އަހަރީ ޗުއްޓީގެ ފުރަތަމަ ބައި މެއި 31، 2020 އިން ފެށިގެން ޖޫން، 11، 2020 އަށް އަދި ޗުއްޓީގެ ދެ ވަނަ ބައި ޑިސެމްބަރު 6، 2020 އިން ފެށިގެން ޖެނުއަރީ 7، 2021 އަށް ދިނުމަށް ވަނީ ހަމަޖައްސައިފަ އެވެ.
"އަހަރީ ޗުއްޓީ އަށް ގެނެވުނު މި ބަދަލާ އެކު އެހެން ސިނާއަތްތަކާއި އޮފީސްތަކަށް ވެސް މުވައްޒަފުންނަށް އަހަރީ ޗުއްޓީ ދިނުމުގައި މިހާރު ދިމާވާ ދަތިތަކަށް ލުޔެއް ލިބޭނެ ކަމުގައި މިނިސްޓްރީން ދެކެމެވެ،" އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
މިހާރު އޮންނަ ގޮތުން ދެ ވަނަ ޓާމުގެ ރިޕޯޓު ފޮތާ އެކު ނޮވެމްބަރު މަހު ސްކޫލުތައް ބަންދުކުރުމަށް ފަހު އަލުން ކިޔެވުން ފަށަނީ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އޭގެ އިތުރުން އަހަރުގެ ތެރޭގައި އެއް ހަފުތާގެ ދެ މިޑްޓާމް ބަންދާއި އެއް ޓާމް ބަންދު ލިބެ އެވެ. އެއީ މާޗު މަހު ލިބޭ މިޑް ޓާމް ބަންދާއި ޖޫން މަހު ލިބޭ ފުރަތަމަ ޓާމްގެ ބަންދުގެ އިތުރުން އޮގަސްޓް-ސެޕްޓެމްބަރުގައި ލިބޭ ދެ ވަނަ ޓާމުގެ މިޑް ޓާމް ބަންދެވެ.
ބޮޑު ޗުއްޓީ ދެބަޔަކަށް ބަހާލި ނަމަވެސް މިހާރު އޮންނަ ގޮތަށް މިޑް ޓާމް ބްރޭކްތައް ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް ވިދާޅުވި އެވެ. ދެ ވަނަ ޓާމަށް ފަހު ސްކޫލްތަކުގެ ރިޕޯޓް ފޮތް ދޭނީ ޑިސެމްބަރު 3 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި މޫސަ
28 December 2019
މިކަމުގެ ސަބަބުން ޒަމާނުއްސުރެ ދިވެން ޗުއްޓީހޭދަކުކުރަމުންއައި އުފާވެރިގޮތްގެއްލި މާޔޫސްވުންނޫންކަމެއްނުވާނެ އަޅެމިސަރުކާރަށް ހަމައެއްވެސް ކަމެއްރައްޔިތުން ބޭނުންވާގޮތަށް ކުރަންނޭގެނީބާ ނުވަތަ ކުރަން ބޭނުން ނުވަނީބާ؟
ޛިމ މް
27 December 2019
ޑރ ހަސަން ހަ މީދާ މަޝްވަރާ ކޮށްލިނަ މަ
ްއެދުރުބެ
27 December 2019
މިކަމުގެ ސަބަބުން ޓީޗަރުން ސެކްޓަރ އާއި ދުރަށް ދާނެކަން ޔަޤީން. މިއީ ރަގަޅު ބަދަލެއް ނޫން. އަދި ގްރޭޑް 10 އަށް ދެވޭ ސަމާލުކަންވެސް ކުޑަވާނެ
އަލި އަލި
27 December 2019
މިކަމަކީ ވައުދެއް ފުއްދާން ކުރި ކަމެއް. މިކަމުގެ ސަބަބުން ރަނގަޅުތަކެއް ވާނެކަމަށް ނުބެލެވޭ.
ފައްލޯ
27 December 2019
ތަންބްސް ޑައުން.
އާދަނުބެ
27 December 2019
މިފަހަރު އޮތް ގޮތުން ހަގީގަތުގަ ފުރަތަމަ ބަންދު ރާވަފަ އޮތީ ފިތުރު އީދަށް ލިބާ 1 ހަފްތާއަށް ފަހު އެ ބަންދު ދިނުން. މިވީގޮތުން މިފަހަރު 21 ދުވަސް ނުވަތަ 3 ހަފްތާ ބަންދަށް ލިބޭނެ. މިވާހަކަލިޔުމުގައި ނެތުމުން ގިނަ ބަޔަކު ކޮމެންޓު ކޮށްފަ އޮތީ އެ މައުލޫމަތާ ނުލައި. އެއްބަސް ވިޔަސް ނުވިޔަސް ރަންގަޅު އަމުލޫމާތު ނޫސް ތަކުގައި ލިޔުމުން ޕަބްލިކް އޮޕިނިއަން ތައް ބިނާވާނީ ރަންގަޅު މައުލޫމާތުގް މައްޗަށް.
އަބުޅޮ
27 December 2019
.މިފަހަރު މިވާގޮތުން 31 މޭ އިން 11 ޖޫން (14ދަވަސް) ފުރަތަމަ ޓާމް ބަންދަށް ލިބޭނެ ކަމަށް އޮތަސް އޭގެ ކުރީ ހަފްތާޔަކީ އީދުކަމުންނާ އަދި ހުކުރު ހޮނިހިރު ލައިގެން އެ ބަންދުގެ މުއްދަކަީ 24 މޭ އިން 13 ޖޫން (21 ދުވަސް) ނުވަތަ 3 ހަފްތާ. އކަށީގެންވާ ވަރެއް ނަމަވެސް ބޮޑު ޗުއްޓީ އޮތް ގޮތަށް ދިނުމަށްވެސް ގޮވާލަން.
ބާލައާދަނު
27 December 2019
މމިނިސްޓަރު ހިނދުކޮޅުގަ ހުރެގެން ދެއްތޯ މި އެއްޗެއް ހާވާފަ މި އޮތީ. ބަލަ މީގެ ކުރިންވެސް ސެމެސްޓަރ ބްރޭކަށް ތިޔަހާދުވަސް ލިބެޔޭ. އަހަރެމެން މީ މޮޔައިންނަށް ހަދަނީތަ؟ ކުރާނެ ކަމެއް ނެތިއްޔާ އިސްތިއުފާ ދީފަ ގޭގަ އޮވެބަ!
އަޑަފި
27 December 2019
ޔުނިވަސިޓީ ތަކާ ކޮލެޖު ތަކުގެ ޗުއްޓީ ތައްވެސް ތައުލީމީ ކަލަންޑަރާ އެއްގޮތައް ޗުއްޓީ ހަމަޖެއްސުމައް ގޮވާލަން
ވވބބވގޖގ
27 December 2019
ޑިސެމްބަރު 6، 2020 އިން ފެށިގެން ޖެނުއަރީ 7، 2021 އަށް ދިނުމަށް ވަނީ.. މިނިސްޓްރީ ނޫސް ބަޔާނުގައި އޮތީ މިހެން. އެކަމަކު މިނިސްޓްރީން ޕަބްލިސްކުރި 2020 އެކަޑަމިކް ކަލަންޑާގަެި އޮތީ 03 ޖެނުއަރީ 2021 ކަމަށް. ޒިންމާދާރުކަން