ބެލެނިވެރިޔަކު ސްކޫލް ދަރިވަރެއްގެ ރިޕޯޓްފޮތް ބަލަނީ.--- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
24 ޖުލައި 2025 - 09:46
ދަރިވަރުންނަށް ރިޕޯޓު ފޮތް ދީ، ސްކޫލްތަކުގެ ފުރަތަމަ ޓާމު ޗުއްޓީ މިއަދު ފަށައިފި އެވެ.
އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ސްކޫލްތަކުގެ ކިޔެވުން ދެން ފެށޭނީ އަންނަ އޮގަސްޓު މަހުގެ 10 ގަ އެވެ. އެހެންކަމުން ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއް ލިބޭނެ އެވެ.
ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް، ރާއްޖޭގެ ސްކޫލުތަކުގައި 84،000 އަށް ވުރެ ގިނަ ކުދިން މި އަހަރު ކިޔަވަމުން ދެ އެވެ. އެ ކުދިންނަށް ކިޔަވައިދިނުމުގައި ދިވެހި 6،516 ޓީޗަރުންނާއި 1،843 ބިދޭސީ ޓީޗަރުން މަސައްކަތް ކުރެ އެވެ.
ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރޭގައި ފަށާ ގޮތަށް މިދިޔަ ސަރުކާރުން ނިންމި ނިންމުން މި ސަރުކާރުން ބަދަލުކޮށް ޖެނުއަރީ މަހު ކިޔެވުން ފަށާގޮތަށް މިހާރު ވަނީ ނިންމައިފަ އެވެ.
މި އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ނިމި ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން އަންނަ އަހަރުގެ ޖެނުއަރީ 22އާ ހަމައަށެވެ.
އެހެންވެ، އަންނަ އަހަރު ޖެނުއަރީގައި ފަށާ ދިރާސީ އަހަރުގެ ކިޔެވުމާ އެކު ޑިސެމްބަރުގައި ބޮޑު ޗުއްޓީ ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަލީމާ
24 July 2025
އޯކޭ!!! މައިންބަފައިންނޭ! ދެން އަވަހަށް އެކުދީންނަށް ސްމާޓް ފޯނެެއްދީ! އޭރުން މުޅި ދުވަހު ސޯޝަލް މީޑިޔާގަ ފޯނުގަ ތިބޭނެތާ! އޮފީސް އޮފީހުގެ ވެރިންނޭ! ތިބޭފުޅުން ދަރިންގެންގުޅޭ މައިންބަފައިން އޮފުހީގު މުޅި ދުވަހު ރޭނގަޑު ގެންގުޅޭތި! ގެއަށް ދިޔައަސް ވައިބަރ އަދި ވަޓްސެޕް އޮފީސް ގުރޫޕް ހަދާ، އޮފީސް މުޅި ދުވަހު ރޭގަނޑު ހިންގާތި! ރައީސް! ދަރިންނަށް ތައުލީމު އަދި ކުޅިވަރަށް ހަރަދު ނުކޮށް ހަވައަށް މިނިއަނުން ހަރަދުކޮށް ލާތި!
އައިޝްނާ
24 July 2025
ކުދީން ޑިޕްރެޝަން އަދި އަހްލާގީ ގޮތުން ނިކަމެތިވަނީ މައިންފައިން އެކުދީންނާއި އެކު މާނަވީ ވަގުތު ހޭދަ ނުކޮށް އެކުދީންނަށޯ ކިޔާފަ އޮފީހުގަ އުޅެފަ، ގޭގަ ފޯނުގަ އުޅެފަ، އެކުދީންގެ އެކުވެރިއަކަށް ވަނީ ފޯނު، ޕްލޭސްޓޭޝަން! ދެން ދެމަ ފިރިން ވަރިވަނީ ދަރި 17 ފުރޭއިރަށް! ހަޔާތެއް ވިސްނުމެއް ވެރިންގެ އަދި މައިންބަފައިންގެ މިއަދު ނެތް! މާދިއްޔާތަށް ގެއްލިފަ