ރިޕޯޓް

ސްކޫލް ބޮޑު ޗުއްޓީގެ ބޭނުން ނުހިފި ބޭކާރު!

ސްކޫލްތަކުގެ ބޮޑު ޗުއްޓީ އަހަރު މެދު ތެރެއަށް ބަދަލުކުރި ފުރަތަމަ އަހަރުގެ ތަޖުރިބާ ވެސް ރަނގަޅެއް ނޫނެވެ. މިދިޔަ އަހަރުގެ ޖޫން 24 ގައި ހުރިހާ ސްކޫލެއް ބަންދުކޮށް، ޖެހިގެން އައި އޮގަސްޓް 10 ގައި ދިރާސީ އާ އަހަރަށް ސްކޫލްތައް ހުޅުވުމާ ދޭތެރޭ ގިނަ ދުވަސްތައް ދިޔައީ ވިއްސާރަކޮށެވެ. އެހެންވެ، ދަރިން ގޮވައިގެން ކައިރި ރަށްރަށާއި ބޭސްފަރުވާއަށް މާލެއަށް ދަތުރުކުރުމުގައި ގޮންޖެހުންތައް ހުރުމުން ގިނަ ބެލެނިވެރިން އަދި ޓީޗަރުން ކަންބޮޑުވުން ފާޅުކުރި އެވެ.

މި އަހަރު ވެސް އެ ގޮތެވެ؛

މިދިޔަ މަހުގެ 30 ގައި ސްކޫލްތައް ބަންދުވިތާ ގާތްގަނޑަކަށް މި ވީ ދެ ހަފުތާގެ ބޮޑު ބައެއް ދިޔައީ ވިއްސާރަވެ، ކަނޑު ގަދަކޮށެވެ. އެ ސަބަބުތަކާ ހެދި ދަތުރު ނުކުރެވި ރަށު ބަންދުގައި ތިބި މީހުން ވެސް މަދެއް ނޫނެވެ.

އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ މަހުގެ ހަތް ވަނަ ދުވަހު ފަށާނެ އެވެ.

އެ ކަންބޮޑުވުންތައް އެންމެ ގިނައިން ފެންނަ އެއް ތަނަކީ ފޭސްބުކާއި ޓްވިޓާ އެވެ.

ސްކޫލް ބޮޑު ބަންދާއި އީދާ ދިމާކޮށް ބަޔަކު ރަށަކަށް ދިއުމަށް ބޯޓެއްގައި މަޑުކޮށްލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އަލީ މުސްތަފާ ނަމަކަށް ކިޔާ ބެލެނިވެރިޔަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ "މި އުޅެނީ ހަމައެކަނި ދަރިން ގޮވައިގެން މަޖާ ނުކުރެވިގެން ނޫން" ކަމަށާއި ބޭސްފަރުވާ އަށް މާލެއާ ހަމައަށް ވެސް ދަތުރުކުރަން އުނދަގޫވެގެން ކަމަށެވެ. ކިތަންމެ ގިނަ ބައެއްގެ ތާއީދާ އެކު ބޮޑު ޗުއްޓީ ބަދަލުކުރިޔަސް ޖޫން/ޖުލައި އަށް ބޮޑު ޗުއްޓީ ރަނގަޅު ނޫން ކަމަށް އޭނާ ބުންޏެވެ.

"ވެރިންނަށް ރައްޔިތު މީހާގެ ހާލު އިނގޭނީ، ބަލާނީ ހަމައެކަނި އިންތިހާބަށް،" މި މަހުގެ 10 ވަނަ ދުވަހު މުސްތަފާ ކުރި ޕޯސްޓުގައި ބުންޏެވެ.

އެ ޕޯސްޓަށް ކޮމެންޓްކުރި ގިނަ ބަޔަކު ވެސް ވަނީ، ވިއްސާރަ ދުވަސްވަރާ ސްކޫލް ޗުއްޓީ ބަދަލުކުރުމުގެ ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ.

ހުދާ އަބްދުލް ސަމަދު ނަމަކަށް ކިޔާ މީހަކު ބުނީ ބޮޑު ޗުއްޓީ ދުވަސްވަރު ބަދަލުކުރުމަކީ ރަށްރަށުގައި ދިރިއުޅޭ ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުންނަށް ދިން ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ. އޭނާ ބުނީ ޗުއްޓީ ނިމޭއިރު ވެސް ތިބެން ޖެހެނީ ކަނޑު ދަތުރުކޮށްފައި ބޭސްފަރުވާ އަށް މާލެ ނާދެވި ކަމަށެވެ.

އޭނާގެ ކޮމެންޓަށް ޖަވާބު ދިން މީހަކަށް ދިން ރައްދެއްގައި ހުދާ ބުނީ ޖޫން/ޖުލައި އަކީ ވިއްސާރަވެ އެންމެ ކަނޑުގަދަ ދުވަސްވަރު ކަން މި ރާއްޖޭގައި އުޅޭ މީހަކަށް ވެއްޖިއްޔާ އިނގޭނެ ކަމަށެވެ.

"ޗުއްޓީ ހަމަ ބޭކާރު. ދަރިންކޮޅު ޑޮކްޓަރަަށް ދައްކަން ވެސް [މާލެ] ނުދެވިފައި. ކޮންމެ ރަށަކަށް ސްޕެޝަލިސްޓް ޑޮކްޓަރުން ފޮނުވާފައި ތިބި ނަމަ މި ޝަކުވާއެއް ނޯންނާނެ،" އައިޝަތު އަޒްރާގެ ނަމުގައި ފޭސްބުކްގެ ޕޯސްޓަކަށް ކޮމެންޓްކުރި މީހަކު ބުންޏެވެ.

ސްކޫލު ޗުއްޓީ ޖޫން/ ޖުލައި އަށް ބަދަލު ކުރުމަށް މި ސަރުކާރުން އޭރު ދެއްކި އެއް ހުއްޖަތަކީ ޓޫރިޒަމް ސީޒަނަށް ވާތީ، ރިސޯޓްތަކުގައި މަސައްކަތް ކުރާ މީހުންނަށް ދަރިން ކައިރި އަށް ނުދެވުމެވެ. އެކަމަކު ރާއްޖޭގެ ޓޫރިޒަމް މިހާރު އޮތް ގޮތުން ސީޒަނެއް، އޮފް ސީޒަނެއް މިހާރަކު ނޯވެ އެވެ. އަދި، ކަނޑުގަދަ ދުވަސްވަރެއްގައި، ރިސޯޓްތަކުގައި އުޅޭ މީހުން ރަށަށް ގޮސް ދަރިންނާ އެކު ވަގުތު ހޭދަކުރާނީ ވަކި ކިހިނެއްތޯ އާންމުން ސުވާލުކުރެ އެވެ.

ޓްވިޓާގައި ކަންބޮޑުވުން ފާޅުކުރި މީހަކު ކުރި އެއް ސުވާލަކީ ދަރިވަރުންގެ ޗުއްޓީއަކީ ރިސޯޓް މުވައްޒަފުންގެ ހައްގެއްތޯ އެވެ.

"ޖޫން ޖުލައި ބޮޑު ވިއްސާރަ އަށް ސްކޫލް ބޮޑު ޗުއްޓީ ދިނުން މީ ސްކޫލް ކުދިންނަށް ދެވޭ އަނިޔާއެއް. ބޭސްފަރުވާ އަށް ނުދެވި ރަށު ގޮނޑުދޮށަށް ކުޅެލަން ނުދެވި ޕިކްނިކު ނުދެވި ރަށު ބަންދުގައި،" އެ ޓްވީޓުގައި ބުންޏެވެ.

ސޯޝަލް މީޑިއާގައި އެތައް ބައެއްގެ ޝަކުވާތައް އޮއްސާލިއިރު، ޗުއްޓީ އަށް ގެނައި ބަދަލާ މެދު ހިތްހަމަޖެހިގެން ވާހަކަދެއްކިތަން ފެނުނީ ވަރަށް މަދު ބައެކެވެ.

ހަމީދު ސަހާ، މީގެ ދެ ތިން ދުވަސްކުރިން ފޭސްބުކްގައި ޖެހި ސްޓޭޓަސްގައި ބުނީ ދަރިން ލިބުނު ފަހުން ޓޫރިޒަމް ދާއިރާގައި ފާއިތުވި 14 އަހަރުން އެއް ފަހަރު ވެސް ނުލިބޭ ވަރަށް ދަރިން ކައިރީގައި ވަގުތު ހޭދަކުރަން ލިބުނު ހަމައެކަނި ފަހަރަކީ މިއީ ކަމަށެވެ.

"އެހެން ކޮންމެ އަހަރަކު ކުދިންނަށް ޗުއްޓީ ވާއިރު އަޅުގަނޑު ހުންނަން ޖެހެނީ ރިސޯޓުގަ އެވެ. ލިބެނީ އެންމެ ގިނަ ވެގެން ވެސް ހަ ވަރަކަށް ދުވަހެވެ. ސަބަބަކީ މަސައްކަތްކުރާ ޑިޕާޓްމަންޓްގައި ތިބޭ އެންމެން ދަރިންގެ ކަންކަމުގައި ފޮނުވަން ޖެހޭތީ އެންމެންނަށް ފުރުސަތު ދެވޭނެ ހަމައެކަނި ބަހާލައިގެން އެންމެންނަށް ލީވް ލިބޭނެ ގޮތް ހެދުން ކަމުގައި ވާތީ އެވެ،" ހަމީދު ބުންޏެވެ.

ފޭސްބުކްގައި 78،000 އަށްވުރެ ގިނަ މީހުން ލައިކް ދީފައިވާ އަދި މޯލްޑިވިއަން ސިސްޓަމް ނަމަކަށް ކިޔާ ޕޭޖް އަދި 112،825 މީހުން ފޮލޯކުރާ ދަ ލޮޖިކަލް މޯލްޑިވިއަން ޕޭޖުން ވެސް އާއްމުންގެ ހިޔާލު ހޯދަން ނެގި ވޯޓުން އެނގުނީ ސްކޫލްގެ ބޮޑު ޗުއްޓީ ދުވަސްވަރު ރަނގަޅު ނޫން ކަމަށެވެ. އެގޮތުން، މޯލްޑިވިއަން ސިސްޓަމްގެ ޕޯސްޓަށް 1،400 އަށްވުރެ ގިނަ މީހުން ވޯޓު ދިންއިރު، އޭގެ ތެރެއިން 1،200 އަށްވުރެ ގިނަ މީހުން ބުނީ ބޮޑު ޗުއްޓީގެ ބަދަލު ކަމުނުދާ ކަމަށެވެ.

އެކަން ކަމުދާ ކަމަށް ބުނީ 161 މީހުންނެވެ.

ދަ ލޮޖިކަލް މޯލްޑިވިއަންގެ ޕޯސްޓަށް 403 މީހުން ވޯޓު ދިނެވެ. އޭގެ ތެރެއިން 339 މީހުންނަށް ޖޫން/ޖުލައިގައި ބޮޑު ޗުއްޓީ ބާއްވަން ކަމުނުދާއިރު 63 މީހުންނަށް އެކަން ކަމުދެ އެވެ.

މިއަދުގެ މީޑިއާ ބްރީފިންގައި (ކ-ވ) ޑެޕިއުޓީ މިނިސްޓަރު އިހުސާން، މިނިސްޓަރު އައިޝަތު އަލީ އަދި ޑެޕިއުޓީ މިނިސްޓަރު މުޖާޙިދު

ކޮވިޑު-19 ގެ ސަބަބުން ސްކޫލުތައް ބަންދުކޮށް ދިގުލައިގެން ދިއުމާއި ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އާއިލާއާ އެކު ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދިނުމަށް ސްކޫލް ބޮޑު ޗުއްޓީ ފެށޭ ދުވަސްވަރު ބަދަލުކުރަން މީގެ ކުރިން ވެސް މަޝްވަރާ ކުރި އެވެ. އެކަމަކު، ތައުލީމް ދާއިރާ އަށް އެ ބޮޑު ބަދަލު ގެންނަން އެޑިއުކޭޝަން މިނިސްޓްރީ އަށް އެންމެ ރަނގަޅު ފުރުސަތަކަށް ބަލިމަޑުކަމާ ގުޅިގެން ސްކޫލްތައް ބަންދުކުރި 2020 ވަނަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ކުރިން ވިދާޅުވީ އެކަޑެމިކް ކަލަންޑަރު ބަދަލުކުރުމުގެ ކުރިން މެޓް އޮފީހާ އެކު ފާއިތުވި ފަސް އަހަރުގެ މޫސުން ދިރާސާކުރި ކަމަށެވެ. މާޒީއަށް ބެލުމުން، ޖޫން/ޖުލައި މަހަކީ ރާއްޖެ އަށް ވިއްސާރަ ދުވަސްވަރެއް ކަމަށް ބުނެވެން ނެތް ކަމަށް އޭރު އޭނާ ވިދާޅުވި އެވެ.

83 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 16%
icon angry icon angry 64%
icon wow icon wow 4%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮރެންޖްބެރީ.

22 July 2022

ރާއްޖޭގައި ބަލަންވީ ރާއްޖޭގެ މޫސުމާ ގުޅޭގޮތުން ބަންދުގެނެއުން. ޖޫންގަ ޔޫރަޕަށް ސަމަރ އައިސް ޑިސެމްބަރގަ ޔޫރަޕްގަ ވިންޓަރ އޮވެފަ ބަންދުވިޔަސް، މިރާއްޖެއަކާ އެގޮތެއް ނުގުޅޭ. އަހަރެންނަށް ފެންނަނީ އެކި ސްކޫލްތައް އެކި ދުވަސްވަރަށް ބަންދުކުރުން. އޭރުން ދަތުރުކުރުމާ ޑަކްޓަރަށް ދެއްކުމާ އެހެނިހެން ކަންކަމުގައިވެސް ބާރުބޮޑުނުވާނެ. ބަލިމަޑުކަމުންވެސް ރައްކާތެރިވެވޭނެ. ޓެކްސީހޯދަންވެސް...

The name is already taken The name is available. Register?

ށަމާ

21 July 2022

ސަމަރ ބުރެކައް ސުކޫލު ބަންދު ކުރާ އިރު ރާއްޖެ 100% ސަމަރ، މި ބުރޫކު ކަޑަ،

The name is already taken The name is available. Register?

ވެހޭމޫސުމް

21 July 2022

މިހާރު ވިއްސާރަނުވާ ޗުއްޓީއެއް އަންނަހެނެއް ހިއެއްނުވޭ. ޗުއްޓީއާ ދިމާކޮށް ވިއްސާރަ ވާހަކަ އަބަދު ދައްކާހެން ހީވަނީ. ދުނިޔޭގެ އެތައް ގައުމެއްގަވެސް އެބަކިޔާ އެތައް މަހަކުން ވެހޭ ވާރޭ އެއް ދުވަހުން ނޫނީ އެއް ހަފްތާއިން މިހާރު އެއްފަހަރާ ވެހެއޭ. އެހެންވީމަ މޫސުމަކީ މިހާރު އެހާ ބޮޑަށް ކިޔަން އެނގޭނެ އެއްޗެއް ނޫންހެން ހީވަނީ. މިދިޔަ ނޮވެމްބަރު/ޑިސްމެބަރުގަވެސް ފުދޭވަރެއްގެ ސްކޫލް ޗުއްޓީއެއް ލިބުނުހެން ހީވަނީ.

The name is already taken The name is available. Register?

ނަންް

21 July 2022

ލިއާއިރުވެސް މިހާރު ދިރާސީ އަހަރު ލިއަންޖެހެނީ 2022-2023 އަށް. އެއަށްވުރެ ފަސޭހަ ކޮންމެ އަހަރެއް ވަކިން އޮތިއްޔާ އެހެން ލިއެލަން. މިހާރު 2 އަހަރުގެ ނަންލައިގެން އެއް ދިރާސީއަހަރޭ މިކިޔެނީ.

The name is already taken The name is available. Register?

އަބްޑޫޅް

21 July 2022

ޖުންޖުލާގަ ބަންދު ކުރީމަ ވާނެ ގޮތަ ވީ. ޑިސެންބަރުން މާރިޗަށް އަންނަ، އިރުވާމޫސުމަކީ ރާއްޖޭގަ މޫސުން އެންމެ ރަގަޅު ދުވަސްކޮޅު.

The name is already taken The name is available. Register?

އަލީ ފަރުމާ

21 July 2022

ރަގަޅު އެއްގޮތެއްވެސް ނޯންނާނެ.. އަބަދުވެސް ސަކުވާ... ދެމީހަކުބައްދަލްވިޔަސް ސަކުވާ... ކީކޭދެންބުނާނީ

The name is already taken The name is available. Register?

ޙަޤީގަތ

21 July 2022

ފާއިތުވި ފަސް އަހަރުގައި ޖޫން / ޖުލައި ވިއްސާރަ ނޫން ކަމަށް ވިދާޅުވި މީހަކު މޫސުމާއި ބެހޭ އިދާރާގައި އަދި ތައުލީމީ ވުޒާރާގައި ހުރިނަމަ އެމީހަކު އެހުރި މަގާމަކަށް ކުފޫ ހަމަ ނުވޭ. ސަބަބަކީ ކުރެވުނު/ކުރާ ކަމެއް ދިފާއު ކުރަންވެސް ލޯ މައްޗަށް ފެންނަން އޮތް ހަޤީގަތެއް އޮޅުވާލުން. ރާއްޖޭގެ ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާ އާއި ކޯސްޓްގާޑުގެ ރެކޯޑްސް ތަކުން ފެންނަން އެއޮތީ ކަނޑުމަތީ ހާދިސާތަކާއި ވާރޭ / ވިއްސާރަ އަދި އުދައިގެ ހާދިސާތައް އެންމެ ގިނަ ދުވަސްވަރު

The name is already taken The name is available. Register?

އިބުރާހީމް ފުޅުބޭގެ ހުއްޓީ

21 July 2022

ސަރުކަރު ހިންގަން އަރާ ވެރިކަންތަކުން ދެ ނުހުރުއްޕާން ޖެއްސުމަށް ނިމުމެއް ނެތެވެ. ދެން އަންނަ ބަޔަކު އަނެއްކާ އިހު ހުރިގޮތަށް ޗުއްތީ ހަދާނެއެވެ.

The name is already taken The name is available. Register?

އުސްމަނުބެ

21 July 2022

ރާއްޖޭގައި މިހާރު މަކެއް ކުރަން ނަންމާއިރު ދެކޮޅު ނުބަލާ އެވަގުތު ބާރައް ވާހަކަދައްކާބަޔަކު ހިއްހަމަޖައްސާ އުސޫލުން ހުރިހާ ނިންމުމެއް ނިނަމަންޔާ ވާނެގޮތްމީ. ދެން މާދަމާ އާސަރުކާރެއް އަތުވެއްޖެޔާ އަނެއްކާ ޑިސެންބަރައް ޗުއްޓީ ބަދަލުކުރަންވީ. ރައްޔިތުންނައް ވާނުވައެއް ނޭންގެ އެންމެފަހުން ހުރިހާ އުދަގުލެއް ކިޔަވާކުދިން ނާ އެމީހުންގެ މައިންބަފައިންނައް.

The name is already taken The name is available. Register?

ނައިރާ

21 July 2022

މާޒީއަށް ބެލުމުން، ޖޫން/ޖުލައި މަހަކީ ރާއްޖެ އަށް ވިއްސާރަ ދުވަސްވަރެއް ކަމަށް ބުނެވެން ނެތް ކަމަށް އޭރު އޭނާ ވިދާޅުވި އެވެ.. މޫސުން ކިޔަން އެނގޭތަ ކޮއްކޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454