އުމަރު: އިދިކޮޅު އޮތީ ކޮޅު ބެދިފައިވާ މަގެއްގައި ކަމަށާއި އެހެން ވިސްނުމެއް ނެރެން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ/މިހާރު
27 ޑިސެމްބަރ 2019 - 16:30
އިދިކޮޅު ކޯލިޝަން މިހާރު އޮތީ ކޮޅު ބެދިފައި އޮތް މަގެއްގައި ކަމަށާއި ހާލަތު ބަދަލު ކުރަން އެހެން ވިސްނުމެއް ނެރެންޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މި ސަރުކާރުގައި އިންސާފު ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވަނީ ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން އުމަރު އޭނާ ފޭސްބުކްގައި ލިޔުއްވާފައިވަނީ އިދިކޮޅު ކޯލިޝަން އޮތީ ކޮޅު ބެދިފައި އޮތް މަގަކަށް ވަދެވިފައިވާ ކަމަށާއި ކުރިއަށް ދެވޭނެ ގޮތެއް އަދި ފަހަތަށް ނިކުމެވޭނެ ގޮތެއް ވެސް ނެތް ކަމަށެވެ. އެކަމަށް އެމްޑީޕީން އުފާ ކުރާނެ ކަމަށާއި އެ ހާލަތު ބަދަލު ކުރެވޭނީ އެހެން ވިސްނުމެއް ނެރެގެން ކަމަށް ވެސް އުމަރު ލިޔުއްވާފައިވެ އެވެ.
ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާ ކަމަށް ނިންމައި، އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ވަނީ މިދިޔަ މަހު ހުކުމްކޮށްފަ އެވެ. އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފަށް ވަނީ ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާންބެ
30 December 2019
އުމަރުވެސް ވަނީ ވަޒީރުކަމުގަހުރިއިރު އަމިއްލަފައިދާޔަށް މަސައްކަތް ކޮއްފަ. ޓެގުއެޅުވީ ބިޑުކުރުމެއްނެތި އަމިއްލަކުންފުނި އެލާމްސް ޕލޑ އިން ކޮމާންޑްސެންޓަރު ހަދައިގެން. މީނަގެ މައްސަލަތައް ބަލާލަނިކޮށް އަދި މިނިވަންފަންސާހުގެ ބައިވަރު ކޮރަޕްށަން ފެންނާނެ.
ސޮހަލު
29 December 2019
ތިއުޅެނީ ހަރުގަނޑު ބަހައްޓަން! ކުރީގަތިބި ފަނޑިޔާރުން ތިބިނަމަ ކޮޅުނުބެދުނީސް ނިކަންރަނގަޅުވާނެ! ތިވެރިން މިހާހިސާބަށް ކަންކުރާގޮތް. މިއީވަރަށްވާހަކަ! ދެން ބޮޅެއް. ދެން ދާނީ ފައިވާނުންފޫ!
އޮމަރު
30 December 2019
ސަބްމެރިންމަތީ ހަރުގަނޑެއް ބަހައްޓާފަ ހުދު ވަލަކުން ސަބްމެރިން ވެސްޓްޕާކް ޕީޕީ އޮފީހަށް އެހެލީމަ ރަނގަޅުވާނެ. މަހީހީ.
ގިރިޑި ސަންބޯލް
28 December 2019
ސަމާލު ކަމެއް ބޭނުންވީ ތަ؟
ނައުބެ
28 December 2019
އަދިވެސް ވެރިކަމުގެ ހިޔާލުގަ ދޯ. ހަހަހަހަ
ސަމީރުަަަރައީސް
28 December 2019
އުމަރުކޮޅުބެދުނީ ވާދަކުރިމީހާގެ ފައިބުޑައްވެއްޓި ވަޒީރުކަންހޯދާ ވާދަކުރިމީހާގެ ހިމާޔަތުގަ ދުވަންފެށިހިސާބުން
ބާޒު
28 December 2019
މިނިކާ ބާޒާއި ހަރުގަނޑުބާޒާއި ހުދުވަލުބާޒާއި މައިބަދަބާޒަކީ އެބުނާ ބާޒުބާއެވެ.
ނަސީދު
28 December 2019
މިނިވަންކަން ހަމަނެތް ވަޅިހިފައިގެން މަގުމަތީގައި ޕާޓޭން ބަލިކަށި މީހުންބަލާފައި ފޭރެންފެށީމާ ދެން ނުކިޔާނެ މިނިވަންކަމެކޭ
ޢަބްދުﷲނާފިޒް
29 December 2019
ވަޅިހިފައިގެން މަގުމަތީގައި ޕާޓޭން ބަލިކަށި މީހުންބަލާފައި ފޭރި، މިނިވަންކަން ގެއްލުނުކަން ރޭކާލީ އަދިކިރިޔާތޯ، ރާއްޖޭގަ އަލަށް ހިނގަންފެށި ކަންކަން ދެއްތޮ، މިހުރިހާ ދުވަހު ވަރަށް މިނިވަންކަންމަތީގަ.
ފަލަވާ
28 December 2019
ޢުމަރުގެ ކޮސްކަމާއިއެވެ! ކޮޅުބެދިފައިވާ މަގުގައި ޢުމަރަށް އިހުސާސްނުކުރެވޭކަމާއިމެދު ހިތާމަކުރަން! ތިޔައީ ހައްތަހާވެސް ކޮޅުބެދިފައިވާ މަގަށްވަދެވިފަތިބިމީހުން! ފަލަސުރުޚީހޯދަންވެސް ގޮވާތަންމިފެންނަނީ ކޮސް! އަމައްޔާތް!
މޮޔަސޭޓް
28 December 2019
ވަރަށް އަގު ހެޔޮކޮށް ހަރުގަޑު ވިއްކަން.
ސްސްސް!
28 December 2019
ޔާމިނައްވެސް އިބޫއައް ވެސް ޖެހޭނެ އެއްހާލު ބަލަންތިބޭތި އެމްޑީޕީ ނޮހޮވިއްޖެއިއްޔާ ކޮންމެވެސް އެއްޗަކުން އަނދަގޮނޑި އޭ ކިޔާފަ ގާނޫނު ބަދަލު ކޮއްގެން ނަމަވެސް ޖަލަށްލާނެ ދެންހޯދާނީ ހިިމާޔަތް އޭރުން ހުރިހާ ކޮޅެއް ހުޅުވެނެ