މާލެ: 31 ޑިސެމްބަރު 2017، އާ އަހަރު ފާހަގަކުރަން އަލިމަސްކާނިވަލުގައި ބޭއްވި މިއުޒިކް ޝޯގެ ތެެރެއިން: އެ ޝޯގައި ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރާހަތު ފާތިހް އަލީ އާއި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ މިކާ ސިންގް ވަނީ ފޯރިގަދަ ލަވަތަކުން މުޅި އޯޑިއަންސް ކައްކުވާލައިފައި. --. ފޮޓޯ: ނިޝާން އަލީ/ މިހާރު
28 ޑިސެމްބަރ 2019 - 20:33
އާ އަހަރު ފާހަގަކުރުމުގެ ކައުންޓް ޑައުން ޝޯ މި ފަހަރު ބާއްވަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.
މިއީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެރިކަމަށް އައި ފަހުން އާ އަހަރު ފާހަގަކުރުމަށް ބާއްވާ ފުރަތަމަ ޝޯ އެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ކަމަށް ވާއިރު، 2019 ގެ ފެށުން ފާހަގަކުރަން ޝޯ އެއް ނުބާއްވަ އެވެ.
ޓޫރިޒަމް މިނިސްޓްރީން އިންތިޒާމުކުރާ، މި ފަހަރުގެ އާ އަހަރުގެ ޝޯ ގައި ރާއްޖޭގެ ފާހަގަކޮށްލެވޭ ފަންނާނުން ބައިވެރިވާނެ ކަމަށް އެ މިނިސްޓްރީން މިއަދު ބުންޏެވެ. އޭގެ ތެރޭގައި ޝަލަބީ އިބްރާހިމް އާއި ޒާރާ މުޖްތަބާ އާއި މުހައްމަދު ޝިއުޒް އާއި ބޮޑުބެރު ބޭންޑެއް ކަމުގައިވާ "ނާބަ" ބޭންޑުގެ ހުށަހެޅުންތައް ފެންނާނެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބާއްވާ ހަރަކާތްތަކުގައި މިިދިޔަ އަހަރެއްހާ ދުވަހު ވެސް އެހީތެރިކަން ހޯދީ ދިވެހި ފަންނާނުންގެ ފަރާތުންނެވެ.
ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ރަށްތައް މި މަހުގެ 17 ވަނަ ދުވަހު އިއުލާން ކުރި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ، އެމިނިސްޓްރީން ބާއްވާ ހަރަކާތްތަކުގައި އަބަދުވެސް، ދިވެހި ފަންނާނުންނަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ފަންނާނުންނަށް އޮތް ފުރުސަތުތައް އިތުރު ކުރުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
Welcoming 2020: An MoT event on 31st December 2019 at 2030hrs.
— Ministry of Tourism (@MoTmv) December 28, 2019
Live at Carnival stage with laser and lights.#visitmaldives#welcoming2020 pic.twitter.com/NI7R98NN0n
އާ އަހަރު ފާހަގަކުރުމަށް ޓޫރިޒަމް މިނިސްޓްރީން ބާއްވާ ހާއްސަ ޝޯ ފެށޭނީ އަންނަ އަންގާރަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި 8:30 ގަ އެވެ.
އާ އަހަރު ފާހަގަކުރުގެ ހަރަކާތްތައް ސަރުކާރުން ކުރިއަށްގެންދާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހަވާގެ ކުޅިވަރުތަކާ އެކު ކޮންމެ އަހަރެއްގެ އާ އަހަރު ފާހަގަކުރުމަށް ހާއްސަ ޝޯތަކެއް ބާއްވާފައިވެ އެވެ. މި ހަރަކާތްތައް އޭރު ކުރިއަށް ގެންގޮސްފައި ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) ގުޅިގެންނެވެ. އެ ޝޯތަކަށް ރާއްޖޭން ބޭރުގެ ފަންނާނުން ގެނެސްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްތާ
29 December 2019
މުނިފޫހިފިލުވުމުގެ ގޮތުންވެސް އެ ސަރުކާރާ އެއްގޮތްވެފަ އަނެއްކާ މިއޮތީ. ކުރީގަ ގޯސްވެގެން އުޅުނު އަދި މިކަހަލަ ކިތައް ކަންތައް މިގައުމުގައި ފެންނާނެ؟ މިކަހަލަ ކަންކަމާ ޔާމީނަށް އެއްޗެހި ކިޔާފަ މިމީހުންނަށް ވޯޓްދިން ކުދިންނަށް ވަރަށް ސަލާމް.
އައްދޯ
29 December 2019
ފޫހި ޝޯއެއްތީ.
faathuma
29 December 2019
ޝޯނުބާއްވަ މަސްތުގެހާލުގަ ހޭބަލިވެގެން މީހުންމަރާ، ކަތިލަމުން، ފޭރެމުންދުވާ ޕާޓޭތައް ހައްޔަރުކޮއް ކަސްތަޅުއަޅުވަބަލަ. ކިހާބޮޑު ވަޞާއެއްތަ! މިވީ މަހެއްހާދުވަސްތެރޭގަވެސް ނޭގެ ކިތައްތަންކަމެއް ލުޓޫވާލި، ކިތައްމީހުންކަމެއް ކޯށާލި. ފުލުހުންވަނީ މިކަމަށް ނުޚޫލޭދިފަ.
އިބްރާހީމް ހާއިލް
29 December 2019
ޔާމީނު ހުރިއިރު ވެސް އޮތީ އޮރިޔާމުން ހުރި އިންޑިޔާ އަންހެނެއް ތި ސްޓޭޖްގައި ނަށާފަ .. އާއަހަތު ފާހަގަކުރަން.. އާ އަހަރު ޤުރުއާނުގެ ބަރަކާތުން .. ދުޢާއިން ފަށާބަލަ.. ކޮން ޝޯއެއް .. ޝޯ ނުބާއަވައިފިއްޔާ އާ އާއަހަރު ނާންނާނެތަ؟
އެލެކަްސ
29 December 2019
ކައުންޓްޑައުންއޭ. ގުނަން ނޭންގެނީތަ? ޔިޔަ ޝޯ ތެރޭގައި ހޭބަލިނުވެއްޖެއްޔާ ރަނގަޅު.
ޣ9ސް
29 December 2019
ސައޫދީގައި މަރަށްމަރުހިފާ ވައްކަންކުރުމުންއަތްކަނޑާ ދެން ކީއްވެ ރާއްޖޭގައި ނުކުރަނީ
ާއަރަބް ސްޕްރިންގް2
29 December 2019
އެހެންތަ. ތިދައްކަނީ މާކުރީގެ ވާހަކަ. މިހާރު ސައުދީ އެދަނީ ނުހަނު ބާރު ސްޕީޑުގައި ބަދަލުވަމުން. އިހަކަށް ދުވަހުވެސް ދުނިޔޭގެ ފެންވަރުގެ މިޔުޒިކް ފެސްޓިވަލް އެއް ސައުދީގެ ރިޔާދުގައި ބޭއްވި. އެމެރިކާ އަދި އެހެން ޤައުމުތަކުގެ މަޝްހޫރު ފަންނާނުން ބައިވެރިވި. ޤަބޫލުކުރަން ބޭނުން ނުވިޔަސް ދުނިޔެ ދަނީ ބަދަލުވަމުން. ތިއުޅެވެނީ އަދި މާ ފަހަތުގަ.
ރުމާލު10
29 December 2019
ސަލަބީ ކަޑަ.
ހަސަނު
29 December 2019
ވަރަށް ރަނގަޅު....
ސަކީނާ
28 December 2019
ޒުވާނުން މިހާސްކަމުން ނިކުމެލައި ގުޅުން ރަނގަޅުވާނެ އެއްބައިވަންތަވާނެ ރަނގަޅު އިވެންޓުތައް ޖައްސަބަލަ ގިނަގިނައިން. ޒުވާނުން ޅަދަރިންނާ އިނދެގެން ޖިހާދަށް ދާންބޮލަށް ޗިޕުޖެހުމަށް ފުރުސަތުނުދޭތި
ސަމްސު
28 December 2019
އަލީ ވަހީދެކޭ އަދީބެކޭ މަށަކަށް ނެތް މާބޮޑު ތަފާތެއް. ދެން ޕުރިއަންކާ ނާންނަތަންކޮޅު.