ޚަބަރު / މުހައްމަދު ސައީދު (އިކޮނޮމިކް މިނިސްޓަރު)

މުސާރައިގެ ގޮތުގައި ބިދޭސީން އަހަރަކު ހަ ބިލިއަން ރުފިޔާ ބޭރުކުރޭ: ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޖަލްސާއެއްގައިި ވާހަކަ ދައްކަވަނީ: ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުކުރީ ރައްޔިތުންގެ ފައިދާ އަށް ކަމަށް ވިދާޅުވި.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން މުސާރައިގެ ގޮތުގައި އަހަރަކު ހަ ބިލިއަން ރުފިޔާ ރާއްޖެ އިން ބޭރުކުރާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

ކާޑުގެ އަގުތައް ބޮޑުކުރަން ސަރުކާރުން ނިންމި ކުއްލި ނިންމުމާ ގިނަ ބަޔަކު ފާޑުކިޔަމުން އައި ނަމަވެސް އެ ނިންމުން ވަރަށް ބޮޑަށް ދިފާއުކުރައްވައި މިނިސްޓަރު މިރޭ ޓީވީއެމްގައި ވަނީ ވާހަކަ ދައްކަވައިފަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ އެ ނިންމެވުމަކީ، ސައީދު ސިފަކުރެއްވި ގޮތުގައި، އިގްތިސާދީ ކަންކަން ހަމައަކަށް އެޅުއްވުމަށް ކުރައްވާ ކަންކަމުގެ ތެރެއަށް ރައީސް ޔާމީން އިތުރުކުރެއްވި ފައިދާ ހުރި ނިންމެވުމެކެވެ.

ކާޑުގެ އަގުތައް ބަދަލު ގެންނަން ޖެހުނު ސަބަބުތައް ދައްކަވައި މިނިސްޓަރު ވިދާޅުވީ އެންމެ ފަހުގެ ބޯހިމެނުގެ ހިސާބުތަކުން ދައްކާ ގޮތުން ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރާ 124،000 ބިދޭސީން ރާއްޖޭގައި އެބަތިބި ކަމަށެވެ. ގަވާއިދާ ހިލާފަށް އުޅޭ މީހުންނާ އެކު އެ އަދަދު 150،00 އަރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި އަދަދާއެކު ރާއްޖެ އަށް އަހަރަކު 1.2 މިލިއަން ޓޫރިސްޓުން އަންނައިރު، ސައީދު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ރައްޔިތުންނަށް ދޫކުރާ ސަބްސިޑީގެ ބޮޑު ފައިދާއެއް ކުރަނީ ބިދޭސީ މަސައްކަތު މީހުންނާއި ޓޫރިސްޓުންނަށެވެ. އެގޮތުން ވޭތުވެދިޔަ 11 ވަރަކަށް އަހަރުގެ ތެރޭގައި ވެސް ސަބްސިޑީގެ 41 ޕަސެންޓް ހޭދަކޮށްފައި ވަނީ ބިދޭސީންނާއި ޓޫރިސްޓުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓުން މިހާބޮޑު ހަރަދެއް ބިދޭސީންނަށް ކުރުމަކީ އިންސާފެއްތޯ އޭނާ ސުވާލުކުރެއްވި އެވެ.

"ކާޑުގެ ތިން ބާވަތުން ޓޫރިސްޓުންނަށް އެބަދެވޭ 17 ޕަސެންޓް. ބޭރުގެ ބިދޭސީ މަސައްކަތު މީހުންނަށް އެބަދެވޭ 24 ޕަސެންޓް. އެއްކަލަ އެއް ކަހަލަ 5.73 ލާރީގެ ދެބައިކުޅަ އެއްބައި މިދަނީ އެއްކަލަ ފަތުރުވެރިންނަށް، ބިދޭސީންނަށް،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުން ރައްޔިތުންނަށް ކަންކަން އޮޅުވައެއް ނުލާނެ އެވެ. އަދި މަގުބޫލުކަން ހޯއްދެވުމުގެ ނިޔަތުގައި ރައްޔިތުންނަށް ފައިދާވާ ކަންކަން ނުކުރައްވައި އަމިއްލަފުޅަށް މޮޅު ގޮތްތައް ހޯއްދަވަން ރައީސް ޔާމީން ބޭނުންފުޅު ނުވާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ކާޑުގެ އަގުބޮޑުކުރަން އެމްޑީޕީން ވެސް އަޑުއުފުލި ކަމަށް ސައީދު ވިދާޅުވި އެވެ. އެކަމަކު އެކަން ވެސް ނުކޮށް، އިގްތިސާދު ވަޅުޖައްސައި އެމްޑީޕީގެ ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި ފުނި ޖެއްސި ދަރަނި ދައްކައި ހަލާސްކުރީ ވެސް، މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ސަރުކާރުންނެެވެ.

ސައީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި ސަބްސިޑީ ދޭ އުސޫލު ބަދަލުކުރުމަށް ދުނިޔޭގެ މާލީ އިދާރާތަކުން ތަކުރާރުކޮށް އަންގާފައިވާއިރު، އެގޮތަށް އަމަލުނުކުރުމުން، ތަރައްގީގެ އެތައް ކަމަކަށް ހުރަސްއެޅެ އެވެ. ބަނދަރުތަކާއި ސްކޫލްތަކާއި ބޯފެނާއި ނަރުދަމާ ފަދަ އެތައް މަޝްރޫއެއް ކުރިއަށް ނުގެންދެވޭ ކަމަށް ވެސް ވިދާޅވި އެވެ.

ސަރުކާރުން ކާޑަށް ދޭ ސަބްސިޑީ ކުއްލިއަކަށް ކަނޑާލައި ހަމައެކަނި ފަގީރުންނަށް ދޭ އެއްޗެއްގެ ގޮތުގައި ހަމަޖެއްސުމާ އެކު ކާޑުގެ ބާވަތްތަކުގެ އަގު ވަނީ ބޮޑުވެފަ އެވެ. މާލޭގައި ކުރިން 3.98ރ. އަށް ލިބުނު ހަނޑޫ ކިލޯއެއް މިހާރު ގަންނަން ލިބޭނީ 7.96ރ. އަށެވެ. ކުރިން ހަތަރު ރުފިޔާ އަށް ވިއްކި ހަކުރު ކިލޯގެ އަގު ދެ ގުނަވެ އަށް ރުފިޔާ އަށް ވަނީ އަރައިފަ އެވެ. ފުށް ކިލޯއެއްގެ އަގު ވަނީ 2.96ރ. އިން 5.96ރ. އަށް ބޮޑުވެފަ އެވެ. މި އަގުތަކަށް ވުރެ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުވާނެ އެވެ. ސަރުކާރުގެ އާ ކޮންޓްރޯލް އަގު އެކޮނޮމިކް މިނިސްޓްރީން ހުކުރުދުވަހު ވަނީ އާންމުކޮށްފަ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި، ކާޑުގެ އަގުތަކަށް ބަދަލު ގެނައީ ރާއްޖެ އަށް ބޭރުގެ ފަރާތްތަކުން މާލީ އެހީ ހޯދަން އުނދަގޫވެފައި ވާތީ އެވެ. އެކަމަކު ހަރަދު ކުޑަކުރަން މާލީ އިދާރާތަކުން ލަފާ ދޭ އެހެން ކަންކަން ހުރި ގޮތަށް ބަހައްޓާފައި ކާޑުގެ އަގު ބޮޑުކުރުމަކީ ރައްޔިތުންނަށް ނިކަމެތިކަން ލިބޭނެ ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ. ހަރަދުކުޑަކުރުމަށް، ޓެކްސް އަށް ބަރޯސާ ނުވާ ގައުމަކަށް ހެދުމާއި މުއްސަނދިންގެ އަތުން އިންކަމް ޓެކްސް ނެގުމާއި ސަރުކާރުގެ ހަރަދު ކުޑަކުރުމާއި ބޭކާރު ވަޒީފާތައް މަދުކުރުމާއި މުވައްޒަފުންގެ އަދަދު މަދުކޮށް، ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ ފަރަގު ކުޑަކުރުން ވެސް މާލީ އިދާރާތަކުން އަބަދުވެސް ލަފާދެ އެވެ.

50 ކޮމެންޓް, 73 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 1%
icon angry icon angry 77%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަފާތެރި

26 November 2016

ބުނާއަޑުއިވޭ ފިހާރަ ރެސްޓޯރަންޓް ގަ ސޭޓުންނަކައް ބިދޭސީންނެތް ނުބޭތިއްބޭނޭ މިހާރުހީވަނިއެހެންފަދަކަމެންހެން އޭގެމީހަކުނޫނީނުހުރޭ

The name is already taken The name is available. Register?

ޢައްޔޫބް

14 October 2016

މާލޭ މީހުން ގެ ކުއްޔަށް ދީފައި ރާއްޖެއިން ބޭރުކުރާ ފައިސާ މުއަށްވުރެ ވަލު ކުޑައެއް ނުވާނެ

The name is already taken The name is available. Register?

ފިކުރީީ

07 October 2016

ސައީދު ބޭކާރު ވާހަކަ ނުދައްކާ

The name is already taken The name is available. Register?

ސަލީމް

03 October 2016

ސައީދުއަށް ގަވާއިދާ ޙިލާފަށް އުޅޭ ބިދޭސީން އުޅޭތަނެއް ނޭނގުނުމީހަކަށް ، ކާޑުގެ ނުއަގުގައި ވިއްކާމީހުން ކިހިނެއް ހޯދޭނީ، ތިބުނާ ޤަވާއިދާ ޙިލާފަށް އުޅޭ ބިދޭސީންވެސް ދިރިއުޅެމުންގެންދަނީ މިޤައުމުގެ ކޮންމެވެސް މީހުން ދިރިއުޅޭ )ސަރުކާރުގެ މުއައްސަސާހުރި( ރަށްތަކުގައޭ، ކީއްވެގެންތޯ މަކިފާނުގެ ސަރުކާރަށް އެމީހުން ހޯދައި މިޤައުމުން ބޭރުނުކުރެވިގެން ތިއުޅެނީ.

The name is already taken The name is available. Register?

ހައްގު

03 October 2016

އަޅުގަނޑުމެންގެ މައްސަލައަކީ ކުރާކަން ސަސްޓެއިނަބަލް ގޮތަކަށް ނުކުރާތީ. ސައީދު މެންނަށް އިގޭނެ ކަންތައްކުރަން އޮންނަ ގޮތް ދޫކޮއްލާފަ އަވަސް އަރުވައިގެން ކޮންމެވެސް ކަމެއްގެ ބޭނުމުގައި ނުވަތަ ހާސިލުކުރުމަށް ކުރީމަ އޭގެ ގެއްލުން ސީދާ ކުރަނީ ރައްޔަތުންނައްކަން އަދި ނުސީދާކޮށް ކުރަނީ ސަރުކާރަށްކަން. ހަގީގަތުގައި މިގައުމަށް ބޭނުންވަނީ އިހްލާސްތެރި ދަރިންތަކެއް ގައުމު ހިންގުމަށް. ހައިރާންވާ ކަމަކީ 400000 މީހުންގެ އާބާދީއެއް އޮއްތަނެއްގައި ލާރި ވަންނާނޭ އެތައް ގޮތެއް ހުއްޓާ މަމެންގެ ރާއްޖެ އިގްތިސާދީ ގޮތުން މިހާދައްވުން. ހަމަބުނާނީ އިހްލާސްތެރިކަން ނެތީއޭ.. ހެއްދެވިފަރާތަށް ބިރުވެތިވެ މަރުވާ ދުވަހުން މިހާރު އެއްކުރި ލާރި ހިފައިގެން ނުދެވޭނެކަން އިހްސާސްކޮށް ތިމާގެ ބޮލުގައި އެޅިފައި އޮތް ޒިންމާ އަމިއްލަ އެދުންވެރިކަމެއް ނެތި ކުރުން. ހަމަ ގައިމުވެސް އަޅުގަނޑު ކުރާނީ އެގޮތަށް. ވައްސަލާމް

The name is already taken The name is available. Register?

ނޯކީރީ މީހާ

03 October 2016

ބީދޭސީންގެ ފޫކޮޅުން ކީތަންމެވަަރަކަށް ހަންނެގީޔަސް ސަރުކާރުގެ ދޯހަޅީ ބޭކާރު ޚަރަދުތަކާއީ ނާގާބީލު ވޭރީން މަގާމުތަކައް ލުން ހުއްޓުވައީގެން ނޫނީ އީގުތީސޯދީ ކަންކަން ހައްލެއް ކުރެވޭކަށެއް ނެތް..

The name is already taken The name is available. Register?

ރާއްޖެތެރެމީހާ

03 October 2016

އިއްޒަތްތެރި ވަޒީރު އަށް ދަންނަވަން. އަޅުގަނޑަކީ މިސަރުކާރަށް ވަރަށް ތާޢީދުކުރާމީހެއް. ނަމަވެސް އިއްޔެ ތިޔަނިންމެވި ނިންމެވުމުގެ ސަބަުން، އަޅުގަނޑާ އަޅުގަނޑުގެ އާއިލާ އާއި އަޅުގަނޑުގެ ބަސް އަހާ އެއްވެސް މީހަކަށްދެން މި ސަރުކާރަކަށް ތާޢީދު ނުކުރެވޭނެވާހަކަ ހިތާމައާއިއެކު ދަންނަވަން. ވަޒީރޫ.. ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުލޭ ކިތައް ބިދޭސީން އެބައުޅޭތޯ؟ އެއީ އަޅުގަނޑުމެން ރައްޔިތުންގެ ޒިންމާއެއްތޯ؟. ދެން ފަތުރުވެރިންގެ ވާހަކަ، ރިސޯރޓް އޯނަރުން އަތުން އިންކަމްޓެކްސް ނުނަގަނީ ކީއްވެތޯ؟ އަދި ދަނަނަވަން. އަޅުގަނޑަށް މުސާރައިގެ ގޮތުގައި 18000 ވަރުލިބޭ. އެކަމު މުސާރަނަގައިގެން އަންނަގޮތަށްއައިސް މިދެނީ ލޯމަރާލާފަ ގޭ ކުއްޔަށް. އެހެންވިޔަސް އަޅުގަނޑަށް ބޮދު މުސާރަ ލިބޭތީ ނިކަމެއްޗަކަށްނުވޭ. ސަބްސިޑީ ހައްޤެއްނުވޭ. ދެނ ކޮނތާކު މިޖެހުނީ. ވ ސަލާމް

The name is already taken The name is available. Register?

އިބޫ

03 October 2016

ދަނަންވަންތޯ މިނިސޤޓަރ ސައީދޫ 1- ފަތުރު ވެރިްނ އެއަންނަނީ ރެއަކު 10-12ހާސްޑޮލަރ ގެ ވިލާ ކުއްޔަށް ހިފައިގެން ސަބްސިޑީ ކާޑު ކާކަށްނުން 2- ބިދޭސީ މަސައްކަތުމީހާ އެވްރެޖްކޮށް 200 ޑޯލަރ އެފޮނުވަނީ މަސައްކަތުގެ އުޖޫރައޭ.. އެމީހުން އެކަން ނުކުރާނަމަ، ރާއްޖެގެ އިންޑަސްޓްޜީ ތައް ހުއްޓޭނެ،، ތިޔަ ނަގާ ރެމިޓެނސް ޓެކްސް ވެސް އާޙިރުގައި ވަންނާނީ ހަމަ ރައްޔިތުމީހާ ގަނން މުދަލަށް، ގޭ ކުއްޔަށް، ގަންނަ އެޕާޓްމަންޓްއަށް 3- މިސަރުކަރުން ކުރީ ސަެުަރުގެ ދަރަނި ދެއްކިއްޔޭ ބުނާ އިރު މިސަރުކަރުން ކޮންރެވެނިޔު އެއްތޯ ވެއްދީ، މިސަރުކަރު ކޮޅާށް މިހުންނަނީ ރައީށް ނަޝީދު ގެންނެވި ޓެކްސް ނިޒާމާއި ހެދި. ރައީސް ނަޝީދުގެ ދައުރު ފެށި އިރު ދައުލަތުގެ އާންމދަނީ 7ބިިލިއަން ނާރާ، އެކަމު އަދު 24ބިލިއަން ގިރާ ކުރަނީ އެމަނިކުފަނުގެ ޓެކްސް ނިޒާމުގެ ތެރެއިން 4- މިސަރުކާރުން އެސްއީޒެޑް، އައިހެވަން ކިޔާކިޔާ ތިއްބާ ދައުރު މިނިމެނީ، އެނމެ ރިފޔާ ފޮއްޗެއްވެސް ދައުަތަށް ނުވަދެޔޭ، އެމްއެމްޕީއާރސީ އިން ވަން އެތިކޮޅުވެސް، ިސަރުކަރުގ ެކޮރަޕްޝަން އަށް ދިޔައީ

The name is already taken The name is available. Register?

ދާދިފަސް

03 October 2016

މި ސައީދުވެސް ލަދެއްނުގަނޭ ތިވާހަކަ ދައްކަން. އެމީހުން އަންނަނީ އަދި ގެންދަނީވެސް ތިމީހުންގެ ދޯދިޔާކަމުން. ރައްޔިތުންގެ ބޮލަށް ހުރިހާކަމެއް ކަނޑާލަނީ ކީއްވެ؟

The name is already taken The name is available. Register?

ފޫހި

03 October 2016

ސަޢީދޫ ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން މި ޤައުމުން ބޭރުނުކުރެވުމަކީ ސަރުކާރުގެ ފެއިލިއަރ އެކޭ. އެމީހުން ބޭރުނުކޮށް ނިކަމެތި ރައްޔިތުންނަށް ނިކަމެރިކަން ދިނުމަކީ ތިޔައީ ކިހާ ދަށުދަރަޖައިގެ ކަމެއް. ސަޢީދޫ. މި ޤައުމުގައި ފެހުމުގެ މަސައްކަތާއި ބޯކޮށުމާއި މޯބައިލް މަރާމާތުކުރުމާއި ގެސްޓް ހައުސް ވިޔަފާރީގައި ބިދޭސީނަށް ނޫޅެވޭގޮތް ހަދާބަލަ. މި ފަދަ ތަންތާގައި ކުޑަ ފައިސާކޮޅެއްގެ ދަހިވެތިކަމުގައި ދިވެހިންގެ ނަން ބޭނުންކޮށްގެން ތަން ހިންގަނީ ސީދާ ބިދޭސީން. އެއީ ސާފުސީދާ އެމީހުންގެ ވިޔަފާރި. ބަޔަކު އަމިއްލަ ޤައުމުގައި ނިކަމެތިވާނީ މިވަރަށް. ދުނިޔޭގެ އެއްވެސް ޤައުމެއްގައި ބަންގްލަދޭޝް މަސައްކަތުމީހުންނަށް މިގޮތަކަށް ބާރުވެރިވެގެން މިރާއްޖޭގައި ނޫނީ ނޫޅެވޭނެ. ލަންކާ ސަރުކާރުންވެސް މިހާރު އެވަނީ އޮންއެރައިވަލް ވިސާނުދޭންނިންމާފަ. އަދި ސޭޓުންގެ ގޮތުގައި ނޫޅެވޭނެގޮތަށް ތަންފީޒުކޮށްބަލަ. އޭރުންނޭ ތިޔަ ބުނާ ބީޓެކް ކިޔަވާ ދަރިވަރުންނަށް ވެސް ކުރާނެ މަސައްކަތެއް ލިބޭނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454