ޖަލު ރާވަން ކާށިދުއަށް ގެންގޮސްފައިވާ ތަކެތި އަޅާފައިވާ ކޮންޓޭނަރުތައް ވަލުތެރޭގައި --ފޮޓޯ: އަލީ ސުލްތާން
31 ޑިސެމްބަރ 2019 - 10:04
ރާއްޖޭގެ ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދަން ކުރީ ސަރުކާރުން 16.6 މިލިޔަން ރުފިޔާ ހޭދަކޮށްގެން ގެނައި ރާވާ ޖަލުގެ ސާމާނު ހިމެނޭ އަށް ކޮންޓޭނަރު، ކާށިދޫ ވަލުތެރޭގައި ހުރި ކަން "މިހާރު"އަށް އެނގިއްޖެ އެވެ.
ޖަލު ފުރި، ބައެއް ކުށްވެރިންނާ ހަވާލުވާން ކަރެކްޝަނަލް ސާވިސްއަށް މި ފަހުން ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިވެފަ އެވެ. އެ ދަނޑިވަޅުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވަނީ ޕްރީފެބް ޖަލެއް ގެންނަން 16.6 މިލިއަން ރުފިޔާ އަށް ޗައިނާގެ ކުންފުންޏަކާ އޭރުގެ ސަރުކާރުން، ޖޫން 21، 2016 ގައި ހަވާލުކުރި ކަމަށެވެ. އަދި އޭނާ މަގާމުން ވަކިވެވަޑައިގެންނެވި ފަހުން، އެ "ޖަލު" ރާއްޖެ ގެނައި ކަމަށާއި ކާށިދޫގައި ޖަލު ރާވަން ބަޔަކާ ވެސް ހަވާލުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ކަރެކްޝަނަލް ސާވިސް އާއި ހޯމް މިނިސްޓްރީން މައުލޫމާތު ލިބޭތޯ އެތައް މަސައްކަތެއް ކުރިއިރު ވެސް އެ ޖަލާ ބެހޭ ގޮތުން ވާހަކަ ދައްކާފައެއް ނުވެ އެވެ. ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު އިއްޔެ ވިދާޅުވީ "ކާށިދޫ ޖަލާ ބެހޭ މައުލޫމާތު ހާމަކުރާނީ އަންނަ އަހަރު" ކަމަށެވެ.
އެކަމަކު އުމަރު ވިދާޅުވީ ރަނގަޅު ވާހަކައެއްކަން، ކާށިދޫން ލިބުނު މައުލޫމާތުތަކުން އެނގެ އެވެ. ރާވާ ޖަލުގެ ސާމާނު ލާފައި ހުރި އަށް ކޮންޓޭނަރު ކާށިދޫގެ ވަލުތެރޭގައި ބަހައްޓާފައި ހަމައެކަނި ހުރީކީ ނޫނެވެ. އެ ބަލަހައްޓާނެ ބަޔަކު ނެތުމުން، ކޮންޓޭނަރުތަކުގެ ދޮރުތައް ހަލާކުކޮށް، ބަައެއް ސާމާނު ވަގަށް ވެސް މިހާރު ގެންގޮސްފައިވާ ކަމަށް، ކާށިދޫގެ ބައެއް މީހުން ބުނެ އެވެ.
އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން ކާށިދޫ ކައުންސިލްގެ ރައީސް އަލީ ސުލްތާން ވިދާޅުވީ ކޮންޓޭނަރުތައް އެހެން ހުންނަތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށެވެ.
"ބައެއް މުދާ ވަގަށް ގެންގޮސްފައިވާ ކަމަށް ބެލެވޭ،" އޭނާ ވެސް ވިދާޅުވި އެވެ.
ޖަލުގެ ސާމާނު ލާފައި ހުރި ކޮންޓޭނަރެއް: ދައުލަތުން 16 މިލިއަން ރުފިޔާ ހޭދަކުރިޔަސް އަޅާލާނެ ބަޔަކު ނެތް --ފޮޓޯ: އަލީ ސުލްތާން
ކާށިދޫގައި އެ ޖަލު ހަދަން ހަމަޖައްސާފައި އޮތީ މީހުން އުޅޭ ސަރަހައްދާ ދުރުގަ އެވެ. އެކަމަކު އެގޮތަށް މުދާ ކޮންޓޭނަރުތައް ދޫކޮށްލުމުން، ބައެއް މީހުން އެއިން އެއްޗެހި ވަގަށް ނެގުން މިހާރު ވެސް ދަނީ ކުރިއަށެވެ. އެކަން ހުއްޓުވާނެ ފަރާތެއް ނެތެވެ.
ސުލްތާން ވިދާޅުވި ގޮތުގައި އެ ރަށަށް ކޮންޓޭނާތައް ގެންދިޔަ ފުރަތަމަ ދުވަސްކޮޅު ބައެއް އެއްޗެހި ނަގައި، ބޭރުގައި ބެހެއްޓި އެވެ. އެ ސާމާނުތައް ރައްކާތެރިކުރަން ސަތަރި އަޅައި ހިޔާ ވެސް ކުރިއަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު މިހާރު ހުރީ ހާމައަށް،" ސުލްތާން ވިދާޅުވި އެވެ.
ކާށިދޫގައި ޖަލު ރާވަން އޮތް ސަރަހައްދު: މި ޖަލާ ބެހޭ ގޮތުން ހޯމް މިނިސްޓްރީން ވެސް އެއްވެސް ވާހަކައެއް ނުދެއްކި -- ފޮޓޯ: އަލީ ސުލްތާން
އޭނާ ވިދާޅުވީ ރާވާ ޖަލުގެ ސާމާނު ގެއްލެމުންދާކަން ކަރެކްޝަނަލް ސާވިސް އަށާއި ހޯމް މިނިސްޓްރީއަށް ވެސް ކައުންސިލުން އެންގި ކަމަށެވެ. އަދި ޖަލު ރޭވެންދެން އެ ސާމާނު ރަނގަޅަށް ބެލެހެއްޓޭނެ ގޮތް ހެދުމަށްޓަކައި މީހުން ދިރިއުޅޭ ހިސާބަށް ބަދަލުކޮށްދޭން، ކާށިދޫގައި ތިބޭ ފުލުހުން ވެސް އެދުނުކަން "މިހާރު"އަށް ވަނީ އެނގިފަ އެވެ. އެކަމަކު މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
އުމަރު ވިދާޅުވެފައިވާ ގޮތުގައި ކުރީ ސަރުކާރުން ނިންމާފައި އޮތީ ކާށިދޫގެ އިތުރުން ހދ. ނޭކުރެންދޫގައި ވެސް ރާވާ ޖަލެއް ހަދާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރީލާ
06 January 2020
ދުވަސްކޮޅަކުން އިވޭނެ ބަދަލުދިންވާހަކަ މިލިޔަނުން މިލިޔަނުން.
ނަޖުދާ
01 January 2020
"ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު އިއްޔެ ވިދާޅުވީ "ކާށިދޫ ޖަލާ ބެހޭ މައުލޫމާތު ހާމަކުރާނީ އަންނަ އަހަރު" ކަމަށެވެ." ކެކެކެކެކެ
ފިލި
01 January 2020
ތިޔަކަހަލަ ކަންތައް ހައްތަހާވެސް.. މާވަށުގަ ރާވާ ސްކޫލެއް އަޅަންފެށިތާ 3 އަހަރު ފުރުނީ. 4ވަނަ ކުންފުނިހެން ހީވަނީ މަސައްކަތް ފެށި. އަޑުއެހިން ނަރުދަ މާ މަސައްކަތް ކުރާ މީހުން ތައްވެސް މުސާރަ ނުދޭތީ ރަށުން ފައިބައިފިއޭ. 1 އަހަރު ދުވަހަށް ހަވާލުވާ މަސައްކަތް 5 އަހަރުންވެސްނުވޭ. ގައި މު ބައި އެޅިފަ އޮންނާތީތާ ފިޔަވަޅެއް ނޭޅޭނީ...
ޕޮގުބަ
01 January 2020
މިސަރުގެ ވަގުން 2023 އަހަރު ލާން އޮތްޖަލު ކެއްތެރިވޭ އަބަދަކު އެއްބަޔަކަށް އުފާވެރިކަމެއް ނޯންނާނެ.
ސުންބުލި
31 December 2019
ދެން ބުނާނީ ކުރީގެ ސަރުކާރުގެ މިސްޓޭކްއެކޭ. ބައިދަވޭ 19 ނުނިމޭނޭ ނުވެސްނިންމޭނެއުތަ؟!؟
މޫސުމް
31 December 2019
ޖާބިރަށް ވިއްކާލާ....އޭނާ އަރަބިންނަށް ހަލާލު ޓުއަރިޒަމް ކޮޓަރިކޮޅެއް ތިސާމާނުން ހަދާލަފާނެ...
ސިއްކަމަނިކު
31 December 2019
ކޮންމެ ބަޔަކު ކުރިޔަސް ވަރަށް ވިޔާ ނުދާކޮށް ކުރިކަމެއް. ހާދަ ލާރިއެކޭ މިއޮތް ތަދުއްކަށި ދުވަސްކޮޅުވެސް އުކާލާފަ އޮތީ. ކީއްކުރާ ކަމިޝަންތަކެއް ބާ އޭ ހަމަ ހިތައްއަރަނީ.
ގޮއިދޫހަސަނު
31 December 2019
ތިކަން ތަޙުޤީޤުކޮށްފިނަމަ ބަސްޓުވާނީ ނަޝީދުބާވައެވެ؟ ނޫނީކާކުބާވައެވެ؟ ތަޙުޤީޤުކޮށް ބަސްޓުކޮށްދެއްވަބައްލަވަ!
އެއްކަލަ މީހާ ދޯ
31 December 2019
ރައްޔިތުންގެ މުދަލަށް މި ފަދައިން ގެއްލުންވެ އެތައް މިލިޔަން ރުފިޔާ ނެތިގެން ދާއިރުވެސް މިކަންކަން ބަލައި ހުއްޓުވަން މަތިކޮށްފައިވާ ބޭބޭފުޅުން އެތިއްބެވީ ކޮފީމޭޒުދަށުގަ. މިވާހަކަ ދައްކަން އެނގުނު ވަޒީރެއް ރައީސެއް ކައުންސިލަރެއް ނެތް! މިހާރު ނޫހަށް އަށްސަރިބަހާއި ސާބަސް!!!
ޝޮކްތެރަޕީ
31 December 2019
ސަރުކާރު އުޅެނީ ސެލްފީނެގުމުގަ. ސެލްފީނަގާނަގާ ވަރުބަލި ވެގެން ޗުއްޓީޔައް ލަންކާޔައް ގޮސްސި.
ބަންޕަރު
31 December 2019
ވަރަށްވެސް ޒާތީ! އަދި ހެއްވާ!
ނެޑް
31 December 2019
ޝޮކްތެރަޕީ އަށް އިނގޭތަ 2 އަހަރު ކުރީން މި އެއްޗެހި ގެނެސް ވަލުތެރެޔަށް ދޫކޮއްލިއިރު ވެރިކަމުގައި ތިބީ ކޮން ބަޔެއްކަން؟
މަޖިލިސް
31 December 2019
ދެން ޓުވީޓަކުން ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކޮއްލި
ލުތުފީ
01 January 2020
ކަޓުނަގާ ނިމިފައޮންނާނީ. ދެންވަރިހަމަތާ ކޮންމެގޮތެއްވިޔަސް. "ރާވާ" ވަރަށް ގިނަ އެއްޗެހި ޔާމީން ސަރުކާރުން ގެނައި.