ފުލުހުންގެ މައި އިދާރާ: ވޭތުވެދިޔަ ފަސް އަހަރު އެންމެ ގިނައިން ވައްކަމުގެ މައްސަލަތައް ރިޕޯޓްކުރީ މިއަހަރު ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ -- ފޮޓޯ/މިހާރު
30 ޑިސެމްބަރ 2019 - 12:31
މިދިޔަ ފަސް އަހަރުގެ ތަފާސްހިސާބަށް ބަލާއިރު ވައްކަމުގެ އަމަލު އެންމެ ގިނައީ މި އަހަރު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން އާންމުކުރި މި އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ވައްކަމުގެ 4،500 އަށް ވުރެ ގިނަ މައްސަލަ ހުށަހެޅިއިރު މިއީ މިދިޔަ އަހަރުގެ އެފަދަ މައްސަލަތަކަށް ވުރެ 1،200 މައްސަލަ އިތުރު އަދަދެކެވެ. އެންމެ ފަހުން ވައްކަމުގެ މައްސަލަތައް އެންމެ ބޮޑަށް އިތުރުވި 2015 ވަނަ އަހަރު ވެސް ހުށަހެޅީ 4،000 މައްސަލަ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
ވައްކަމުގެ މައްސަލަތައް ފިޔަވައި ދެން އެންމެ ގިނައީ ޓްރެފިކް އެކްސިޑެންޓުތަކެވެ. އޭގެ 2،300 އަށް ވުރެ ގިނަ މައްސަލަ ހުށަހެޅިއިރު، މިއީ ވެސް މިދިޔަ އަހަރަށް ވުރެ އިތުރު އަދަދެކެވެ. މިދިޔަ އަހަރު ހުށަހެޅީ ޓްރެފިކާ ގުޅޭ 2،000 މައްސަލަ އެވެ.
ތިން ވަނައަށް އެންމެ ގިނައިން ހުށަހެޅީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެކަމަކު، މަސްތުވާތަކެއްޗާ ގުޅޭ ގޮތުން މިދިޔަ އަހަރަށް ވުރެ މި އަހަރު ހުށަހެޅި މައްސަލަތައް މަދު ކަމަށް ހިސާބުތަކުން ދައްކަ އެވެ. އެފަދަ 2،200 އަށް ވުރެ ގިނަ މައްސަލަ މިދިޔަ އަހަރު ހުށަހެޅިއިރު، މި އަހަރުގެ އަދަދަކީ 2،100 އެވެ. އަދި މާރާމާރީ އާއި ފޭރުމުގެ މައްސަލަތައް ވެސް މިދިޔަ އަހަރަށް ވުރެ މަދު ކަމަށް ހިސާބުތަކުން ދައްކަ އެވެ.
މީގެ އިތުރުން ގެވެށި އަނިޔާގެ މައްސަލަތަކާއި ޚިޔާނާތުގެ މައްސަލަތައް ހުށަހެޅި އަދަދު ވެސް މިދިޔަ އަހަރަށް ވުރެ މި އަހަރު މަދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދަ
31 December 2019
ވައްކަން ކުރުން ބޮޑުން ކުޑައަށް ތަރުތީބު ވިމާ ދެން ވަންކަން ގިނަވާނީ. ވައްކަމުގެ ރެކޯޑެއް މުގުރާލެވުމަކީ އެއްގޮތަކުން ބަލާއިރު ދެރަކަމެކޭ ނުބުނެވޭނެ.
ތުއްތޮންބެ
30 December 2019
މަރުހަބާ ޖަޒީރާ ރާއްޖެ މަރުހަބާ ރައީސް އިބުރާހިމް މުހައްމަދު ސޯލިހް.
އަލިފް ހ
30 December 2019
ތިވާނީ ދިޔަ ސަރުކާރުގެ ކަމަކަށް!
ބޭބެ
30 December 2019
ކޮންމެ ދުވަހަކު އޭޑީކޭ ގާތުހުންނަ އިބްރާހިމް މިސްކިތުން ފައިވާން ވަގަށްނަގާ،
މަސްތުރާ
30 December 2019
33 ބިލިޔަން ރުފިޔާގެ ބަޖެޓް ހެދި ގޮތްވެސް ނޭނގޭ. ޔާމިން ވައްކަން ކުރިއޭ ކީ އިރު ، އިންތިހާ އަށް ތަރައްޤީ މުޅި ރާއްޖޭގަ. ދައުލަތުގެ ހަޒާނާ ވީ ބޮޑުތަނުން އިތުރު. މީ ހަގީގަތް.
މިނިވަނާ
30 December 2019
އެހެންނު ވާނީ ސަރުކާރު އައިސް ގައިދީންތައް މިނިވަންކޮށްފި.
ޖަޒީރު
30 December 2019
ވައްކަން ގިނަވާނެތާ ހުރިހާ ކަމެއް ހުއްދަކޮށްފި! ދިވެހިން ބޭނުންވާ މިނިވަންކަން ލިބިއްޖެ. #ޖަޒީރާރާއްޖެ
ިއިބްރާ
30 December 2019
ވަގުންގެ ސަރުކާރުގައި ވައްކަން ގިނަވޭ
ބޭބެ
30 December 2019
2ބިލިނަން ވަގު ބަދަލު
އަރާހަމަކުރީ
30 December 2019
ކުރިން ދައުލަތުން ވައްކަން ކުރާތީ ކަންބޮޑުވީ. މިހާރު ދައުލަތުން ބަދަލުގެ ގޮތުގައި ރީތިކޮށް ވައްކަން އަދި އާއްމުންގެ މުދާ ވައްކަންކުރުން އިތުރުވީމަ ވަން ޕްލަސް ވަން ވެއްޖެބާ؟
ގައްޔޫމު
30 December 2019
އަސްލު ވައްކަން އެންމެ ގިނައިން ފަޅާއަރުވާފައި ވަނީ މި ސަރުކާރުގައި، އެޔީ ކުރި އެރުމަކީ. ދެން މިދިޔަ ސަރުކާރުން ގުޅިގެން ވައްކަން.