ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ
02 ޖެނުއަރީ 2020 - 10:15
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އަލަށް ނަގާ މީހުން ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން، ނުވަތަ ފުލުހުން ދޭ ތަމްރީނެއް ހަދަން ޖެހޭ ގޮތަށް ގަވައިދު ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.
ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިިނިސްޓަރު އައިޝަތު ނަހުލާ ރޭ ވިދާޅުވީ ލައިސަންސް ނަގަން އެޕްލައި ކުރެވޭނީ ތަމްރީނު ހެދުމަށް ފަހުގައި ކަމަށާއި އެގޮތަށް ނިންމީ ދަތުރުފަތުރަށް މީހުން އަހުލުވެރިކޮށް، އެކްސިޑެންޓްތައް މަދުކުރުުގެ މަގުސަދުގައި ކަމަށެވެ.
"އެގަމުގައި ދުއްވާ އުޅަނދުގެ ލައިސަންސް ނަގާ އިރު، އަލަށް ލައިސަންސް ނަގާ ފަރާތްތެއް ވެއްޖެއްޔާ، މި ދެންނެވީ ރައްްކާތެރިވުމުގެ ގޮތުން، ކަންތައްތައް ހަރުދަނާކުރުމުގެ ގޮތުން އަޅުގަނޑުމެން މިހާރު ކަނޑައަޅާފައި ވާނީ (ޓްރާންސްޕޯޓް) މިނިސްޓްރީން ނޫނީ، މިނިސްޓްރީން ކަނޑައަޅާ ފަރާތެއް، ނޫނީ ޕޮލިހުން އެ ހިންގާ ތަމްރީނަކަށް ފަހު ލައިސަންސް އަށް އެޕްލައިކުރެވޭ ގޮތަށް،" ނަހުލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ ތަމްރީނެއް ހަދަން ޖެހުމަކީ ރައްކާތެރިކަމާ މެދުު ވިސްނަން، މީހުންނަށް މަޖުބޫރުވާނެ ކަމެއް ކަމަށާއި އެއީ މުހިއްމު މަސައްކަތެއް ކަމަށެވެ.
އެއްގަމު ދަތުރުފަތުރާ ގުޅޭ ގޮތުން މި އަހަރު ކުރަން ނިންމާފައިވާ މަސައްކަތްތަކާ ބެހޭ ގޮތުން ނަހުލާ ވިދާޅުވީ މަގުމަތީގެ އާ ސައިންބޯޑްތައް ވެސް މި އަހަރު ތައާރަފްކުރާނެ ކަމަށެވެ. ބޯޑްތައް ތައާރަފްކުރުމުގެ ބޭނުމަކީ އޭނާ ވިދާޅުވި ގޮތުގައި މަގުމަތީގެ ރައްކާތެރިކަން އަދި ހާއްްސަކޮށް ބްރިޖާއި ލިންކްރޯޑް ސަރަހައްދުގެ ރައްކާތެރިކަން އިތުރުކުރުން ކަމަށެވެ.
މެޝިނަރީ އަށް ރީޑް ކުރެވޭ ފަދަ، އަދި ފަސޭހަ އިން ހަނދާން ބެހެއްޓޭ ފަދަ ސިފަތަކާ އެކު އާ ނަމްބަރު ޕްލޭޓެއް ވެސް މި އަހަރު ތައާރަފްކުރަން ނިންމާފައިވާ ކަަމަށާއި އެކަން ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ.
"އޭގެ ސަބަބުން އަޅުގަނޑުމެންނަށް މި ދެންނެވީ ޓްރެކްކުރެވުން ނުވަތަ، ސައިކަލެއް އެއްޗެއް ގެއްލުނަސް ހޯދަން ވެސް ފަސޭހަވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާނީޒް
04 January 2020
އެވެއާރނެސް ޕްރިގްރާމާއި ބެހޭގޮތުން ޓްރެފިކް ޕޮލިހުންނަށް ގުޅުނު އަދަދެއް ނޭނގޭ. ކޮންމެ ފަހަރަކު ގުޅާނަމޭ ކިޔާފަ ނަންނޯޓް ކޮއްލަނީ. މިހާރު 5މަސްވަނީ މިޔެއް ހަދަން އުޅޭތާ
ގާސިންބެ
04 January 2020
މީ ޖަޒީރާ ވެރިކަމެ ދެބް ލައިސަންސު ދޭނެކަމެްްނެތް ނާށި ގަނޑު ހިފައިގެން ސަލާމް ޖަހަން ދަސް ކުރީ މާ އެވެވުނީ މުސްތަގުބަލަށް ތައްޔާރަށް
ދެލޯސުލައިމާނު
03 January 2020
ލައިސަންސް ނަގައިގެން ދުއްވާ ކުށްވެސް ކުރޭ އެކަމަކު ލައިސަންސް ނެތި ބަންގާލުން ދުއްވުމާ އެމީހުނ ގަވައިދާޚިލާފަށް އުޅެގެން މިކުރާހާ ކުށްތަކަށް ވަޒީރުންގެ ލޯމެެރިފަ
ބުނި
03 January 2020
ކަނޑު މަތިން މާނުރައްކާ ތެރި ޙާދިސާ ތައް ހިގާ މިކަން ކަން ބަލާ ފިޔަވަޅު އަޅާނެ އެއްވެސް މުއައްސަސާއެއް ނެތީތޯ؟
ނޫސަންގު
03 January 2020
ޓްރެފިކް ފުލުހުންނަށްވެސް މިޒަމާނުގެ މަގުތަކުގައި ދުއްވާކަަށް ނޭގޭ. ދުއްވާއިރު ރައްކާތެރިވާން ޖެހޭ އެންމެ ބޭސިކްސް ވެސް ނޭގޭ. ހެކި ފެންނާނެ މަގުމަތިން. ތިހުރިހާ މަސައްކަތެއްކުރާއިރު މަގުމަތީގައި އެއްޗެހި ދުއްވާގޮތަށް ބަދަލެއް ނާންނަ އެއްސަބަބަކީ އެއީ.
ބޮލުރޮދި
03 January 2020
ކަމަނާ ކޮން އިރަކުންތަ ހުޅުމާލޭގައި ހަދާފައި ހުރި ޕާކިންޒޯނުތައް އާންމުނަށް ހުޅުވާލާނީ، ކާރުތަކުން ހުޅުމާލޭގެ މަގުތައް ފުރިއްޖޭ. ރައްޔިތުންގެ ލާރީގައި ހަދާފައި ހުރި މުދަލަށް ގެއްލުން ނުދީ އިހުމާލުނުވޭ އެތަންތަން ކާރުޕާކިން ޒޯނުތައް އާންމުންނަށް އަވަހަށް ހުޅުވާލާ
މަސްވެރިޔާ
03 January 2020
ކަންކަން ރަގަޅެއް ނުކުރެވޭނެ. ކަސްޓަމްސް އަށާއިީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓަށް މަކަރާއި ހީލަތްހަދާ ރާއްޖެ އެތެރެކޮއް ރަށްމެދުގައި ގެންގުޅޭ ކާރުތަކުގެ ވެރިފަރާތަށް ރުޅިބަހެއްވަރު ބުނެލަންވެސް ނުކުޅެދޭ ސަރުކާރެއް.
ތަރާދު
03 January 2020
މަގުމަތީ ޓްރެފިކްބެލެހެއްޓުމުގެ ޤާބިލްކަން މިރާއްޖެއިން ނުފެނޭ.ވަރަށްވާހަކަ.
ލޮލްލް
03 January 2020
އެއްވެސް ވާހަކަ އެއް ނޫން! ތިމާ މެން ހިތުހުރި ވައްތަރަކަށް މަގުމަތީ އުޅެފަ ދެން އެކަން ބަލަހައްޓަން ތިބޭ މަދު ބަޔަކު ކުއްވެރި ކުރިޔަސް ތީ އެއްވެސް ވާހަކައެއްނޫން!
އަބުޅޯގެ
03 January 2020
މިހާރު އެއްކަލަ ނޯޓިސްދިން ކަންތައްއޮތީ ކިހުއްތަ؟! އެމީހުން ވަޒީފާއިން ވަކިކޮށްފިތަ؟!
ދަންނަ ނުދަންނަ
03 January 2020
މިރާއްޖޭގައި މިކަންކަން މިހެން މިވަނީ ސެޓުފިކެޓާއި ލައިސަންސް ނެތިގެނެއް ނޫން. މިކަންކަން މިހެން މިވަނީ ތަންފީޒުކުރަން ތިބޭ މީހުންގެ ފަރުވާކުޑަކަމާހެދި ގާނޫނު ތަންފީޒު ނުކުރެވިގެން. ހެލްމެޓް ނާޅައި ބްރިޖަށް ނޭރޭނެއޭ ބުނީމާ އެންމެން މިތިބީ ހެލްމެޓް އަޅައިގެން. އެގޮތަށް ބާރަށް ދުއްވާ މީހާ ހޯދައި ހައްޔަރުކޮށް 3 މަސްދުވަހަށް ޖަލަށް ލާން ފެށީމާ ހައްލު ފެންނަން ފަށާނެ. އެހެންނޫނީ ކަނޑުގައި ރޮނގު އެޅުމާ ތިޔަކަމާ އެއްފަދަ ވާނެ.