މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

"މަލަންގް" ގެ ޕޯސްޓަރެއް.

އަންނަ މަހު ރިލީޒްކުރާ ޑައިރެކްޓަރު މޯހިތު ސޫރީގެ އާ ފިލްމު "މަލަންގް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ގޯއާގައި މަންޒަރުތައް ނަގާފައިވާ މި ރޮމޭންޓިކް ތުރިލާގެ ކާސްޓުންނަކީ އަދިތިޔާ ރޯއި ކަޕޫރާއި ޑިޝާ ޕަޓްނީ އާއި ކުނާލް ކޭމޫގެ އިތުރުން އަނިލް ކަޕޫރެވެ. "މަލަންގް" ގެ ޓްރެއިލާ އިން މި ފިލްމަކީ ވަރަށް ޝައުގުވެރި ފިލްމަކަށް ވާނެ ކަމަށް ބެލެވެ އެވެ. ހާއްސަކޮށް ޑާކް ފިލްމުތަކަށް ލޯބިކުރާ މީހުންނަށް ފިލްމު ވަރަށް ކަމުދާނެ ކަމަށް ގަބޫލުކުރެވެ އެވެ.

އަނެއްކޮޅުން މޯހިތުގެ ކޮންމެ ފިލްމަކީ އަބަދުވެސް ވަރަށް ރީތި ލަވަތަކެއް ހިމެނޭ ފިލްމުތަކަކަށްވާތީ "މަލަންގް" ވެސް އަކީ ހަމަ މިކަހަލަ ފިލްމަކަށްވާނެ ކަމުގެ އުންމީދު ބޮޑެވެ. އޭނާގެ "އާޝިގީ 2" ގެ ލަވަތަކުގެ ޖާދޫގައި ޖެހުނު މީހުން އަދިވެސް ހަމަ އެގޮތުގައި ތިބި އިރު، އާ ފިލްމުގެ މިއުޒިކް ހަދާފައިވާ ފަންނާނުންގެ ތެރޭގައި "އާޝިގީ 2" އަށް ލަވަ ހަދައި، ކިޔާފައިވާ ފަންނާނުން ހިމެނެ އެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒާއި ލަވް ރަންޖަންގެ ލަވް ފިލްމްސް ގުޅިގެން ގެނެސްދޭ "މަލަންގް" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 7 ގަ އެވެ.

"ސޫރަޖް ޕޭ މަންގަލް ބާރީ" ގެ ޝޫޓިން ފަށައިފި

ދާދި ފަހުން އިއުލާންކުރި ކޮމެޑީ ފިލްމު "ސޫރަޖް ޕޭ މަންގަލް ބާރީ" ގެ ޝޫޓިން ފަށައިފި އެވެ.

ޒީ ސްޓޫޑިއޯސް އިން ހަދާ މި ފިލްމުގެ ކާސްޓުންނަކީ ފާތިމާ ސަނާ ޝެއިހާއި ދިލްޖީތު ދޮސަންޖްގެ އިތުރުން މަނޯޖް ޕަޖްބާއީ އެވެ. އަބީޝެކް ޝަރުމާ ޑައިރެކްޓްކުރާ މި ފިލްމުގެ ޝޫޓިން ފެށި ނަމަވެސް މާ ބޮޑު ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ.

އެގޮތުން ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނެ އިރެއް ވެސް އަދި އިއުލާނެއްނުކުރެ އެވެ.

ނޭހާ ކައިވެނިކޮށްފި

ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 12 ގައި ވާދަކުރި ބަތަލާ ނޭހާ ޕެންޑްސޭ ކައިވެނިކޮށްފި އެވެ.

މުމްބާއީގައި ދެ ފަރާތުގެ އާއިލާގެ މީހުންނާއި ގާތް މީހުންނާ އެކު ބޭއްވި ހަފުލާގައި ނޭހާ ކައިވެނިކުރީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއްވެފައިވާ ޝަރުދުލް ސިންގް ބަޔާސްއާ އެވެ.

ބައެއް ހިންދީ ފިލްމުތަކާއި ތެލެގޫ، މަރާޓީ، ކަންނާޑާ އަދި މަލަޔާޅަމް ބަހުން ވެސް ފިލްމުތައް ކުޅެފައިވާ ނޭހާ އެންމެ ފަހުން ފެނިފައިވާ ހިންދީ ފިލްމަކީ ޑައިރެކްޓަރު އާނަންތު މަހާދޭވަން 2015 ގައި ގެނެސްދިން "ގޯރް ހަރީ ދާސްތާން" އެވެ. އޭނާ ސަޕޯޓިން ރޯލެއް ކުޅުނު ފިލްމުތަކުގެ ތެރޭގައި އަޖޭ ދޭވްގަން 2011 ގައި ކުޅުނު "ދިލް ތޯ ބައްޗާ ހޭ ޖީ" ވެސް ހިމެނެ އެވެ.

އުމުރުން 35 އަހަރުގެ ނޭހާ ވަނީ ގިނަ ސިލްސިލާތަކެއް ވެސް ކުޅެފަ އެވެ. އޭގެ ތެރޭގައި ކުރީގެ ލައިފް އޯކޭ ޗެނެލުން ގެނެސްދިން "މޭ އައި ކަމް މެޑަމް؟" އާއި "ހަޒްރަތޭ" ހިމެނެ އެވެ. ސޮނީގެ ޓީވީގެ ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" ގެ ބައެއް އެޕިސޯޑްތަކުން ވެސް ނޭހާ ފެނިފައިވެ އެވެ.

"ގުޑް ނިއުޒް" އިން "ޒުމްބާ"

މިދިޔަ މަހުން ފެށިގެން ސިނަމާތަކުގައި ދައްކަމުން އަންނަ ކާމިޔާބު ފިލްމުޖ "ގުޑް ނިއުޒް" ގެ ލަވަތަކުގެ ތެރެއިން ލަވައެއް އަނެއްކާ ވެސް އާންމުންނަށް ދައްކާލައިފި އެވެ.

މި ފަހަރު ޔޫޓިއުބަށް ދޫކޮށްލި ލަވައަކީ "ޒުމްބާ" ކިޔާ ލަވައެކެވެ. ކިއާރާ އަދުވާނީ އާއި ދިލްޖީތު ދޮސަންޖް ފެނިގެންދާ ލަަވައިގެ މިއުޒިކް ތަނިޝްގް ބަގްޗީ ހަދާފައިވާ އިރު، ލަވަކިޔާފައި ވަނީ ރޯމީ އެވެ.

މިދިޔަ މަހުގެ 27 ގައި ރިލީޒްކުރި "ގުޑް ނިއުޒް" އަށް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، މި ފިލްމު މިހާރު މިސްރާބު ޖަހާފައި ވަނީ 200 ކްރޯޑް ރުޕީސް (28 މިލިއަން ޑޮލަރު) ގެ އާމްދަނީއަކާ ދިމާލަށެވެ.

އެގޮތުން އިންޑިއާ އިން ފިލްމަށް ލިބުނު އާމްދަނީ އާދީއްތަ ދުވަހާ ހަމައަށް ވަނީ 162.10 ކްރޯޑް ރުޕީސް (23 މިލިއަން ޑޮލަރު) އަށް އަރައިފަ އެވެ. އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުން ލިބުނު އާމްދަނީއާ އެކު ގުޑް ނިއުޒް" ގެ ޖުމްލަ އާމްދަނީ މިހާރު ވަނީ 238.84 ކްރޯޑް ރުޕީސް (33 މިލިއަން ޑޮލަރު) އަރައިފަ އެވެ.

ރާޖް މެހެތާ ޑައިރެކްޓްކުރި ފިލްމުގެ ތަރިންގެ ތެރޭގައި އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރް ވެސް ހިމެނެ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454