ލައިފްސްޓައިލް / ކެންސަރު

މޫނުގައި ޖަހާ ފުށުން ރަހިމުގެ ކެންސަރު ޖެހޭތަ؟

މީހަކު އަތަށް ފުށް އަޅަނީ.

މޫނުގައި ޖަހާ ފުށް އަންހެނުންގެ ޖިންސީ ގުނަވަން ހިމެނޭ ސަރަހައްދުގައި ބޭނުން ކުރުމަކީ ރަހިމުގެ ކެންސަރަށް މަގުފަހިވާ ކަމެއް ނޫން ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އާ ދިރާސާއަކުން މިކަން ހާމަވެފައި ވަނީ މަޝްހޫރު ޖޯންސަން އެންޑް ޖޯންސަންގެ ފުށް، އަންހެނުން ޖިންސީ ގުނަވަން ހިމެނޭ ސަރަހައްދުގައި ބޭނުންކޮށްގެން އެކި ކަހަލަ ސިއްހީ ގެއްލުންތައް ކުރިމަތިވެފައިވާ ކަމަށް ކަމަށް ބުނެ ކުރި ދައުވާތަކަކާ ގުޅިގެން އެ ކުންފުނިން ބަދަލެއްގެ ގޮތުން 4.96 ބިލިއަން ޑޮލަރު ދޭން ކޯޓަކުން ދާދި ފަހުން އަމުރުކޮށްފައި ވަނިކޮށެވެ.

ޖޯންސަން އެންޑް ޖޯންސަނަށް 22 އަންހެނަކާއި އެ މީހުންގެ އާއިލާތަކުން ދައުވާކޮށްފައިވާ އިރު އެ ބްރޭންޑްގެ ފުށުން ރަހިމުގެ ކެންސަރު ޖެހިގެން ހަ މީހަކު މަރުވެފައިވާ ކަމަށްވެ އެވެ.

ނަމަވެސް ޖޯންސަން އެންޑް ޖޯންސަން އިން ބުނެފައި ވަނީ އެ ކުންފުނީގެ ފުށުގައި ސިއްހަތަށް ގެއްލުން ހުރި އެއްވެސް މާއްދާއެއް ނުހުންނާނެކަން ކަށަވަރުވާ ކަމަށާއި ކެންސަރަށް މަގުފަހިވާ ކަމަށް ބުނާ މާއްދާތަކެއް ވެސް ފުށުގައި އެކުލެވޭ ކަމަށް ބުނާ ވާހަކައިގައި އެއްވެސް ބުރަދަނެއް ނެތް ކަމަށެވެ.

ޖަމާ ޖާނަލްގައި ޝާއިއުކޮށްފައިވާ ހެލްތު ކެނެޑާގެ ދިރާސާގައި ބުނީ އަންހެނުން ޖިންސީ ގުނަވަން ހިމެނޭ ސަރަހައްދުގައި މޫނުގައި ޖަހާ ފުށް ބޭނުންކުރުމާ ރަހިމުގެ ކެންސަރާ ގުޅުމެއް ނެތް ކަމަށެވެ. މި ދިރާސާ ހަދާފައި ވަނީ ފުށް ބޭނުންކުރާ 252,745 މީހުންގެ ސިއްހީ މައުލޫމާތު އެނަލައިޒްކޮށްގެންނެވެ. އެގޮތުން ފުށް ބޭނުންކުރާ މީހުން ތިން ގިންތިއެއްގައި ބަލާފައިވެ އެވެ. އެގޮތުން މައުލޫމާތު އެއްކުރި މީހުންގެ 57.38 ޕަސެންޓް މީހުންނަކީ އާންމުކޮށް އެ ހިސާބުގައި އާންމުކޮށް ފުށް ޖެހި މީހުންނެވެ. ދިހަ ޕަސަންޓް މީހުންނަކީ ބައެއް ފަހަރު ފުށް ބޭނުންކުރި މީހުންނެވެ. ބާވީސް ޕަސެންޓް މީހުންނަކީ ދޭތެރެ ދޭތެރެއިން ފުށް ބޭނުންކުރި މީހުންނެވެ.

މި މީހުންގެ ރެކޯޑްތަކަށް ބެލި އިރު، 11 އަހަރުގެ މުއްދަތަކަށް ފުށް ބޭނުންކުރި މީހުންގެ ތެރެއިން 2,168 މީހުންނަށް ރަހިމުގެ ކެންސަރު ޖެހިފައިވެ އެވެ. އެކަމަކު އެކަމާ ފުށާ އެއްވެސް ގުޅުމެއް އޮތް ކަމަކަށް ނުދައްކާ ކަމަށް ދިރާސާގައި ބުންޏެވެ. ސަބަބަކީ ފުށް ބޭނުންކުރި މީހުންގެ ބޮޑު އަދަދަކަށް ރަހިމުގެ ކެންސަރު ޖެހިފައިނުވުމެވެ.

ނަމަވެސް މި ނަތީޖާއާ ދޭތެރޭ ބައެއް ސައިންސްވެރިން ވަނީ ސުވާލު އުފައްދައިފަ އެވެ. އޭގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތުގެ ދި އޯޕެން ޔުނިވަސިޓީގެ ޕްރޮފެސަރު ކެވިން މެކޯންވޭ ވިދާޅުވީ ދިރާސާގައި އެއްކުރި މައުލޫމާތުގެ އަލީގައި ނިސްބަތުން މަދު އަދަދެއްގެ ބަޔަކަށް ރަހިމުގެ ކެންސަރު ޖެހުމަކީ އެކަމާ ފުށާ ގުޅުމެއް ނެތް ކަމަށް ބެލޭ ވަރުގެ ހެއްކެއް ނޫން ކަމަށެވެ.

މިކަމާ ބެހޭ ގޮތުން އަންހެނުންގެ ޑޮކްޓަރު އަދި ލިޔުންތެރިޔާ ޖެނިފާ ގަންޓާ ވިދާޅުވީ ބައެއް އަންހެނުން ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައި ފުށް ޖަހަނީ ތެތްކަން ކަނޑުވައިލުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެއީ އިންފެކްޝަނެއް އުފެދިދާނެތީ ކަމަށް ވެސް ވިދާޅުވި އެވެ.

"އެކަމަކު އެކްސްޓާނަލް މޮއިސްޗާ އަކީ މާ ބޮޑު މައްސަލައެއް ނޫން. އެކަމަކު އެކަން މައްސަލައަކަށް ވެދާނެ އާދަޔާހިލާފަށް ތެތްވާ ނަމަ. އަދި އޭގެ ސަބަބުން ސްކިން ބްރޭކްޑައުންވާނެ. އެކަމަކު އަހަރެން ދޭނެ ލަފަ އަކީ ފުށް ބޭނުންނުކުރުން،" ޖެނިފާ ވިދާޅުވި އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454