ދަ ކިޗެން ރެސްޓޯރެންޓް: ތަފާތު ތަނެއް -- ފޮޓޯ: ނިޝާން އަލީ/ މިހާރު
11 ޖެނުއަރީ 2020 - 16:14
ދަ ކިޗެން އިން ބޮޑު ޑިސްކައުންޓަކާ އެކު "އޯލް ޑޭ އެކްސްޕްރެސް" ގެ ނަމުގައި މާދަމާ އިން ފެށިގެން ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
މި ޕްރޮމޯޝަނުގައި އެ ރެސްޓޯރެންޓުން މީހަކަށް ތިން ކޯސް މީލްއެއް އެންމެ 99ރ. އަށް ލިބޭނެ އެވެ. މީގެ ތެރޭގައި "ސޫޕް އޮފް ދަ ޑޭ" އާއި "މެއިން ޑިޝް" ގެ އިތުރުން "ޑެޒާޓް އޮފް ދަ ޑޭ" ހިމެނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ މާދަމާ ހެނދުނު 11:00 އިން ފެށިގެންނެވެ.
ދަ ކިޗެން އިން ތަފާތު އެކި ކުޒީންތައް ލިބެން ހުންނާނެ-- ފޮޓޯ: ދަ ކިޗެން
ދަ ކިޗެން އިން ވަނީ އެ ރެސްޓޯރެންޓުގައި ޕާޓީ ބާއްވާ އަދި ކޭޓަރިންގެ ހިދުމަތް ހޯދާ ފަރާތްތަކަށް ވެސް ހާއްސަ ޕްރޮމޯޝަނެއް ފަށައިފަ އެވެ. އެގޮތުން އެ ރެސްޓޯރެންޓުގައި ޕާޓީ ބާއްވާ މީހުންނަށް ކޯކޯ ޝީކް ސެލޫންގެ ވެޑިން ޕެކޭޖުން ހާއްސަ ޑިސްކައުންޓެއް ލިބޭނެ އެވެ. އަދި އަމިއްލައަށް މެނޫ ކަސްޓަމައިޒް ވެސް ކުރެވޭނެ އެވެ.
ކޮކޯ ޝީކް އާއި ދަ ކިޗެން އަކީ އެއް ކުންފުންޏެއްގެ ދަށުން ހިންގާ ދެ ތަނެވެ.
ދަ ކިޗެންގައި ދުނިޔޭގެ އެކި ހިސާބުތަކުގެ ކެއުންތައް ލިބެން ހުރެ އެވެ.
އެ ރެސްޓޯރެންޓުން މިހާރު ވަނީ ޑެލިވަރީގެ ހިދުމަތް ވެސް ފަށައިފަ އެވެ.
ދަ ކިޗެން އިން ބުނި ގޮތުގައި އެހެން ރެސްޓޯރެންޓުތަކާ އަޅާބަލާއިރު އެތަނުގެ ރަހަ ތަފާތުވާނެ އެވެ. އަދި ހިފަހައްޓަމުން އަންނަ ކޮލިޓީއާ އެހެން ބަޔަކަށް ވާދަނުކުރެވޭނެ ކަމުގެ ޔަގީންކަން ވެސް ދެ އެވެ.
ކަސްޓަމަރުންނަށް ހާއްސަކޮށްގެން ދަ ކިޗަން އިން ދޭތެރެދޭތެރެއިން ތަފާތު ޕްރޮމޯޝަންތައް ކުރިއަށް ގެންދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހާ
13 January 2020
ޑެލިވަރީ ޚިދުމަތް ފެށި އިރު ނަމްބަރ ވެސް ޖަހާލިނަމަދޯ
ދަ ގްރޭޓް ކިޗެން
12 January 2020
މިތަނަށް މިއައީ މެންދުރު 1:30 ގައި. މިހާރު ގަޑިން 2:40 އެވީ. ޢަދި ކާއެއްޗެއް ނާދޭ. އަހާލީމަ ޥެއިޓަރުވެސް އަވަހަށް ބޮލުން ކަޓުވާފަ ނައްޓާލީ. މިވަރުން ތަން ނުހިންގަންވީނުން
އިހްލާސް
12 January 2020
މާލޭގެ ހޮޓާ ކެފޭ ރެސްޓޯރަންޓް ތަކުން އެކުމަކީ ދެންވާ ގޮތެއް ނެތިގެން ނޫނީ ކުރަންވާ ވަރު ކަމެއްނޫން، ސާފްތާހިރުކަން އެހާކުޑަ، ކިތަންމެ ރީތިކޮށް ތަންހަދާފަަވެސް ބަދިގޭގައި އުޅެނީ ގައިބޮލުންތާހިރު ނުވާ ބިދޭސީން، މަވާ ސަލާމް.
ާކެއުން
12 January 2020
އަހަރެން އުޅޭ ގޭ ކައިރި ހޮޓަލުން -/20 ރުފިޔާއަށް ކެވޭ، 5 ރޮށި، 1 ރިހަ، ،ސައި ދެން ފެންފުޅިއެއް. މަށަށް އޯކޭ މިވަރު...
މުރުމުރު ކާނާ
12 January 2020
ސާބަހޭ ދަރިޔާ. ތިހިރީ ދުނިޔޭގަ އުޅެން ދަސްވެފަ. ދަރުމަހުރި. ލިބޭ އެއްޗަކަށް ޝުކުރު ކުރުމާއެކީ ވާނެ، އަބަދުވެސް އެޔަށްވުރެ ރަނގަޅު މިންވަރު ކުރައްވާތޯ ދުޢާކޮށްފަ ޙަލާލުގޮތުގައި އާމްދަނީ ހޯދަން.
ޢައްޓަމަސް
12 January 2020
ކޮންތާކުން އެވަރައް ލާރިހޯދާނީ މާލޭ އާއި ރާއްޖެތެރޭ އެތައް ބަޔަކު އެއުޅެނީ ބަލިތަކައް ބޭސްފަރުވަމުކުރެވި ގެން ފޭސްބުކުން ފެންނަ ފޮޓޯތަކުން ހިތްފަޅައިގެންދާ ވަރުވޭ އެކަމަކު މާލޭ އަގު ބޮޑު ރެސްޓޯރެންޓްތައް އެއޮންނަނީ ފުރިބާރުވެފަ ދެމީހެއްގެ ކެއުމައް އިރަކު ފައްސަތޭކަ ހަސަތޭކަ ރުފިޔާ އެންމެންވެސް އެކަމަކު ދައްކަނީ އިސްޓކާ ޖަހާވާހަކަ ތަކެކެތި އަގުބޮޑުވެ ކުލި އަތް ނުފޯރާ ފަށައްގޮސް ދިރިއުޅެވެން ނެތްކަމައް ކީއްކުރާނީ ދިވެހިންގެ ހާލަތު ގިނަމީހް ދަރާފަ
ކައްޓެޅި
12 January 2020
އެއްކަލަ "ރައްޔިތުން" ހަނާވާ ގުރޫޕް އޮތަ؟ މީހަކު ހޭބައްޔެއް ނުވާނެތަ އަޅެ ފަހެ! ހޮޓަލުން ކައިބަލަ އެއްޗެއް ރޯފިލުވާލާނެހާ މުރާލިކަމެއް ނެތިއްޔާ. އައިފޯނާ ހަންޏާބުސާ ސައިކަލަކީ އަސާސީ މުދާތަ؟ އެތަނުގެ މުވައްޒަފުންނަކީ އަޅުންތަ؟ އެއީ ގުދުރަތީގޮތުން ކަރަންޓާ ފެނާ ކާބޯތަކެތި އުފެދޭ ތަނަކީތަ؟