އޮޅުވެލި ރިސޯޓް: އެ ރިސޯޓު އީއައިއޭއާ ހިލާފުވުމުން ވަނީ ޖޫރިމަނާ ކޮށްފައި-- ފޮޓޯ: އޮލުވެޅި ބީޗް އެންޑް ސްޕާ
12 ޖެނުއަރީ 2020 - 14:16
ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ރިސޯޓުގެ މަސައްކަތް ކުރުމުގެ ސަބަބުން އޮޅުވެލި ބީޗް އެންޑް ސްޕާ 313,250ރ. އިން ޖޫރިމަނާ ކޮށްފި އެވެ.
އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އޮޅުވެލި ރިސޯޓު ބޮޑު ކުރުމާ ގުޅޭ ގޮތުން، ފާސްކޮށްފައިވާ އެންވަޔަރުމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓާއި ޓުއަރިޒަމް މިނިސްޓްރީން ބަލައިގެންފައިވާ ކޮންސެޕްޓާ ހިލާފަށް އެ ރިސޯޓުން ބައެއްގައި މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. އެހެންވެ، އޮޅުވެލި ރިސޯޓު ޖޫރިމަނާ ކުރީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ކަމަށް އީޕީއޭ އިން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދުގެ ސަން ސިޔާމް ރިސޯޓްސް އިން ކ. އަތޮޅުގައި ހިންގާ މި ރިސޯޓުގެ ޖޫރިމަނާ ފައިސާ 30 ދުވަސް ތެރޭގައި އީޕީއޭ އަށް ދައްކަންޖެހޭ ކަމަށް އެ އިދާރާ އިން ބުންޏެވެ.
އެ ރިސޯޓު ބޮޑު ކުރުމަށް އީއައިއޭ ހެދި ނަމަވެސް އެ ރިޕޯޓުގައި ބަޔާން ކޮށްފައިވާ ކަންތައްތަކާ ހިލާފަށް މޫދު ކޮޓަރިތަކެއް ވަނީ ހަދައިފަ އެވެ. އީއައިއޭ ރިޕޯޓު ހެދި ޕްރޮޖެކްޓަށް އެއްވެސް ބަދަލެއް ގެންނަ ނަމަ އެކަން އީޕީއޭ އަށް އަންގައި އަލުން އީއައިއޭ ހަދަން ޖެހޭނެ އެވެ.
އޮޅުވެލި ރިސޯޓު ބޮޑުކޮށް، އެ ފަޅުން އިތުރު ރަށެއް ހިއްކައި "ޑްރީމް އައިލެންޑް" ގެ ނަމުގައި އާ ކޮޓަރިތަކެއް ވަނީ ތަރައްގީ ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާބިރު
13 January 2020
އެންމެ ކައިރިން ބަލާލަމާ؛ އިންޑިއާގައި ތިމާވެށީގެ ގާނޫނުތަކާ ޚިލާފަށް ހެދީމާ އެ ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސްތައް ތަޅާލުން އެއްވެސް ކަމަކަށް ނުވި. މި ކުޑަކުޑަ ރާއްޖެއަށް ނުކެރުނު އެވަރު ކަމެއް ކޮށްލާކަށް؟
ދޮން މަނިކު
13 January 2020
އެންމެ 3 ލައްކަ ރުފިޔާ ؟ ނިކަން މީރާ ކައިރިން ޖުރިމާނާ ކުރަން ދަސްކޮށްބަލަ. އެއިރުން އިނދެޖެހޭނީ...
ޙާމް
13 January 2020
ޢިންޑިޔާގަ އެއޮއް ތިމާވެޓީ ގާނޫނާ ހިލާފަޢް އަޅާފައިވާ އަގޮބޮޑު ތިން އުސް އިމާރަތް ސަރުކާރުން ގޮއްވާލާ ބިމާހަމަކުރީ ކޯޓު އަމުރާ އެއްގޮތައް. ޜާއްޖޭގަ ވެސް އެގޮތައް ހެދެންޖެހޭ. ތިކޮޓަރިތައް ނަގާ.
ދަގަޑޭ
13 January 2020
ވަކިބަޔަކުވީ މަ ޖޫރި މަނާކުރަނީ. ބަލާބަލަ ސަންއައިލެންޑު ހެސްކިޔާފަ ވެލިނަގަނީ. ހުއްދަނުނަގާ ތަންތަން އި މާރާތް ކުރަނީ ކޮބާ ސަރުކާރު ނިދާފަތަ މިތިބެނޫ؟ ސްޓަރފް ބުލޮކުގަ ގެސްޓުންގެންގުޅޭ. ވިލާ ކެންޕަސްގަ ގެސްޓުންް ގެންގުޅޭ ފެންނަ މީހެއްނެތް ދާނެ އޮފީހެއްނެތް، ސާވިސްޗަރޖް 200 ޑޮލަރު މިދެނީ %85 ބޭރު މީހުން އުޅޭ ބޯހަލާކު، ހަރު މަސްކޮއްފަ 8ދުވަސް އޮފްޑޭ އަށްދެވޭގޮތަށް ހަދާފި،
އިސްމާލި
13 January 2020
އެންމެ ތިން ލައްކަ ރުފިޔާއަކީ ތި އެޅި ކޮޓަރި ތައް ވިއްކައިގެން ހަފްތާއެއް ތެރޭގައި ހޯދާލެވޭނެހާ މަދު ފައިސާ ކޮޅެއް. ޖޫރިމަނާއާއި އެކީ އެ ކޮޓަރިތައް ނުނަގާނަމަ ތިއީ ހަމަ ހިލޭ ޖެހުމެއް.
ހަސަނު
13 January 2020
ގަވައިދާ ހިލާފަށް ތަން ތަން ހަދާ ރިސޯޓުގެ ސައިސް ބޮޑުކޮށް ކޮޓަރި ގިނަ ކޮށްލީމާ އޭގެ ފައިދާ އަހަރަކު އެތަށް މިލިއަން ޑޮލަރެއް ޖެހޭ.. ގާނޫނާ ހިލާފް ވުމުން ބަދަލު ދޭން ޖެހެނީ ލިބުނު ފައިދާގެ ކުޑަ ބައިކުޅަބައެއް.. މީ ރަނގަޅު ގޮތެއްނޫން...
އަހް
13 January 2020
ލާރިއެކަންޏެއް ނޫން ނަގާނީ.ކޮޓަރިތައްވެސް ނަގަންޖެހޭނެ. އަދި މިކަހަލަ މައްސަލަތައް އަންނަ ރިޒޯޓުތަކަށް ބަންދުކުރަންޖެހޭ ހާލަތުގައި އެކަންވެސް ކުރަންޖެހޭނެ.
ބީވަާ
13 January 2020
މަދު ކުރި ވަރު. ޢަދި ބުނަން. މީހުންއުޅޭ ރައްތަކުގަ އެބަ ކުނި އުކާ ގޮނޑު ދޮށަށް، މިސާލަކަށް ދ.މީދޫ. ދާލު މީދޫ މީހުން ކުނި އުކާނީ ގޮނޑު ދޮށަށް. މިކަން ކައުންސިލަށް ވެސް އިނގޭނެ.
ރޫޅާލާ
13 January 2020
ކޮޓަރިތައް ނަގަން ޖެހޭނީ! ނޫނީ ދެން ރައްޔިތުން ދަތުރުދާން ފަށާނީ ތިތަނަށް
ހިތަދޫ ހުސެން
12 January 2020
މީހުން ގޮނބޯ ހެއްދުން. އަސްލު މިވީ ގޮތަކީ އިމްޕެކްޓް އެސެސްމެންޓް ބައިޕާސް ކުރި އޭގެ އަގަކީ 313،000ރފ. ޖުރިމަނާ ކުރިކަމައް ވާނީ ފައިސާ އެކަންޔެއް ނޫން ގަވާއިދާ ހިލާފަ އެޅި ކޮޓަރިތައްވެސް ރޫޅާ ނަގަން އެނގީމަ. މިހާރު 300،000ރފ އެމީހުން ދިނީމަ ތިމާވެއްޓަށް ލިބުނު ގެއްލުން ނުވާ ކަމަކަށް ވީތަ!! ކީކޭ ބުނާނީ ދެން