ވެލިގަނޑު ރިޒޯޓުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ: އެ މަސައްކަތުގެ ސަބަބުން ސަރަހައްދުގެ ފަރުތަކަށް ގެއްލުންވާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައި ވަނިކޮށް އީޕީއޭއިން ވަނީ މަސައްކަތް މަޑުޖައްސާލަން އަންގާފައި --
18 އޯގަސްޓް 2021 - 00:14
އއ. އަތޮޅު މަޑިވަރު ފަޅުގައި ކްރައުން ކޮމްޕެނީން ހިންގާ ވެލިގަނޑު އައިލެންޑް ރިސޯޓުގެ ބައެއްގެ ގޮތުގައި، ހިއްކައިގެން ހަަދާފައިވާ ވެލިފިނޮޅު ކިޔާ ރަށް ބޮޑު ކުރަން ފަޅު ހިއްކާ މަޝްރޫއު މަޑުޖައްސައިލަން އީޕީއޭ އިން އަންގައިފި އެވެ.
ވެލިގަނޑު ރިސޯޓުން ފަޅު ފުންކުރަން ކުރިން ކޮނުނު އިރު، ނެގި ވެލި އަޅައިގެން އުފެއްދި ވެލިފިނޮޅު އިތުރު ދެ ހެކްޓަރަށް ހިއްކައި ބޮޑުކޮށް، ތޮށިލާން ނިންމީ ރިސޯޓުގެ ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށާއި އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުން އުޅޭނެ ތަންތަން އިމާރާތް ކުރުމަށެވެ.
އީއައިއޭ ހަދައި އީޕީއޭ އިން ހުއްދަ ނަގައިގެން އެ މަސައްކަތް ކުރުމުގެ ތެރޭގައި އެ ސަރަހައްދުގެ ފަރުތަކަށާއި ހިމާޔަތް ކޮށްފައިވާ މަޑިވަރު ފަޅަށް ގެއްލުން ވާތީ ރަސްދޫގެ ކައުންސިލާއި އެ ރަށުގައި ޓޫރިޒަމްގެ ވިޔަފާރި ކުރާ ފަރާތްތަކާއި އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކަމާ ދެކޮޅަށް މިދިޔަ ދެ ތިން ދުވަހު އެ ރަށުގެ ބައެއް މީހުން މުޒާހަރާ ވެސް ކުރި އެވެ.
ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އީޕީއޭ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ހިއްކުމުގެ މަސައްކަތުގެ ސަބަބުން ވެލިގަނޑު ރިސޯޓުގެ ފަޅުން ވެއްޔާއި ކިސަޑު ދަތުރުކޮށް، ކައިރީގައިވާ ފަރުތަކަށް އެކަމުގެ ނޭދެވޭ އަސަރުތަކެއް ކުރާ ކަމުގެ ޝަކުވާތަކެއް ލިބިފައި ވާތީ، އޭގެ އަސަރު ކުޑަކުރުމަށް، މަޝްރޫއުގެ ބައެއް މަސައްކަތްތައް ވަގުތީ ގޮތުން މަޑުޖައްސައިލަން އަންގާފައިވާ ކަމަށެވެ.
ވެއްޔާއި ކިސަޑު ހިމެނޭ ސެޑިމެންޓް ޕްލޫމްތައް ކައިރި ފަރުތަކަށް ދަތުރުކުރުމުން ފެން ކިލަނބުވެ، ފަރުތަކާއި މުރަކަތައް މަރުވާން ދިމާވެ އެވެ. އަދި މަސްތައް ފަދަ ދިރުންތައް މަދުވެ ކަނޑު އަޑީގެ ރީތިކަން ގެއްލި ދެ އެވެ.
ވެލިފިނޮޅު ހިއްކުމަށް ވެލި ނަގާނެ ސަރަހައްދާއި ވަގުތީ ބެޑް ހަދާނެ ތަން ދައްކުވައިދޭ ކުރެހުމެއް -- ފޮޓޯ: އީއައިއޭ
ވެލިފިނޮޅު ހިއްކަން ވެލި ނަގަން ނިންމާފައި ވަނީ ހިމާޔަތް ކޮށްފައިވާ މަޑިވަރު ސަރަހައްދުގެ ދެކުނުން ފަޅުގެ ބަޔަކުންނެވެ. ފަޅު ހިއްކަން ވަގުތީ ފާލަމެއްހެން ދިގު ވެލި ބެޑެއް ހިއްކައިގެން، އެތަނަށް މެޝިނަރީ ގެންގޮސް ކޮންނަން ފެށެމުން މިހާރު ވެސް ފަރުތަކާއި ދިރުންތަކަށް ގެއްލުން ވެފައިވާ ކަމަށް ގެސްޓް ހައުސް އަދި ޑައިވިން ވިޔަފާރިތައް ކުރާ ފަރާތްތަކުން ބުނެ އެވެ. ހިއްކަން ވެލި ނަގައި އެ ސަރަހައްދުގައި އޮންނަ ފިނޮޅެއް ނައްތައިލި ކަމުގެ ތުހުމަތު ވެސް ކުރެ އެވެ.
އީޕީއޭގެ ބަޔާނުގައި ބުނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއެކު މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ހިއްކުމުގެ މަޝްރޫއުގެ ސްޓޭކް ހޯލްޑާ ކޮންސަލްޓޭޝަނަށް މަޝްވަރާ ކުރީ ހަމައެކަނި އީޕީއޭ އާއި ވެލިގަނޑު ރިސޯޓުގެ މުވައްޒަފުންނާއި ފިޝަރީޒް މިނިސްޓްރީ އަދި މެރިން ރިސާޗް ސެންޓަރުގެ ބޭފުޅުންނާ އެވެ. ރަސްދޫގެ ކައުންސިލާއި އއ. އަތޮޅު ކައުންސިލާއި ސަރަހައްދުގެ ވެއްޓަށް ބަރޯސާ ވެފައިވާ ޓޫރިޒަމްގެ ވިޔަފާރި ކުރާ ފަރާތްތަކުގެ ބަހެއް ނުހޯދަ އެވެ.
Mi falhaa mi faru ge dhirunthah hama ehkani muhihmuvany #Rasdhoo rahyithunakah noon, Mulhi tourism sina athah ves muhihmu 🐟 🐋#SaveRasdhooAtoll #SaveMaduvaruReef #SaveEnvironment
— Aneil Anni (@AnilAnnii) August 17, 2021
❗️STOP 🛑 #Veligandu Project Now❗️@anuahsa @evattey @waddey_ @Mausoom_Maus @SabraNoordeen pic.twitter.com/4RESeb9M3W
ރަސްދޫ ކައުންސިލުގެ ނައިބު ރައީސް އަބްދުﷲ އަނިލް "މިހާރު" އަށް ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ގެއްލުން ބޮޑީ ތިމާވެށި ހަލާކުވުމުގެ އިތުރުން އެ ސަރަހައްދުގެ ޑައިވިން ޕޮއިންޓުތައް ހަލާކުވެ ސަރަހައްދުގެ އިގްތިސާދަށް ވެސް ނޭދެވޭ އަސަރު ކުރާނެތީ އެވެ.
ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ފުޅާވެފައިވާ ރަސްދު އަށް ދާ ގިނަ ޓޫރިސްޓުންނަކީ އެ ރަށާ ކައިރީގައި ހުންނަ ޑައިވިން ޕޮއިންޓުތައް ބަލާލަން ދާ މީހުންނެވެ. އެ ތަންތަނުގެ ރީތިކަން އަބަދަށް ގެއްލިއްޖެ ނަމަ ރަސްދޫގެ ޓޫރިޒަމްގެ އިތުރުން ކައިރީގައި ހުރި އެހެން ރަށްރަށުގެ ޓޫރިޒަމާއި އެ ސަރަހައްދަށް ދަތުރުކުރާ ސަފާރީތަކަށް ވެސް ގެއްލުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވެލިފިނޮޅު ހިއްކަން ވެލި ކޮންނަން ހަދާފައިވާ ވަގުތީ ވެލި ބެޑް --
އަނިލް ފާހަގަ ކުރެއްވީ މީގެ ކުރިން ރަސްދޫގެ މީހުން ގޯތި ޒީނަތްތެރި ކުރުން ފަދަ ކަންކަމަށް މަޑިވަރު ފިނޮޅާ ދުރުން ވެލި ނެގުމުން، ވެލިގަނޑާއި މަޑިވަރާ ދޭތެރޭގެ އެއްވެސް ސަރަހައްދަކުން ވެލި ނެގުން މަނާ ކަމަށް އީޕީއޭއިން އެންގި އެންގުމެވެ. ނަމަވެސް، މިފަދަ ގެއްލުންދެނިވި މަޝްރޫއެއް ހިންގަން ރިސޯޓުން އެދުމުން އެކަމަށް ހުއްދަ ދިނުމަކީ އިންސާފުވެރި އަދި ހަމަޖެހޭ ވެސް ކަމެއް ނޫން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
ވެލިގަނޑު ރިސޯޓު ކައިރީގައި އޮންނަ މަޑިވަރު ފަޅު ސަރަހައްދު ސަރުކާރުން ހިމާޔަތް ކުރީ އޮކްޓޯބަރު 7، 2018 ގަ އެވެ. ހެމާހެޑް ޝާކް، އެންމަޑި، މާހުޅުނބު ލަނޑާ، އަދި ވެލާ ކަހަނބު ފެންނަ މި ސަރަހައްދަކީ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ ގެ ދަށުން 2016 ވަނަ އަހަރު ތިމާވެށީގެ ގޮތުން ހާއްސަ ސަރަހައްދެއްގެ ގޮތުގައި ވެސް ކަނޑައަޅާފައިވާ ތަނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
18 August 2021
ވެލިގަނޑު ރިސޯޓް ހިންގާތާ ވިއްސަކަށް އަހަރު ވެދާނެ. މިހާރު ތިޔަބުނާ ރަށެއް ހިއްކަން އުޅެނީ ގެސްޓުން ޕިކްނިކްދާން ހަދާ ތަނެއްގެގޮތުގައި ބޭނުންކުރަންކަމަށް ވިސްނޭ. އަދި އެސަރަހައްދަށް ވެރިވެގަނެ މުސްތަގުބަލުގައި އިތުރު ރޫމް އެޅުން ކަމަށް ވެދާނެ. ބިން ހިއްކުމަކީ މިހާރު ލާޗާރުބިޗާރު އުސޫލުން ކުރާ ކަމެއް. މީހުން އުޅޭ ރަށެއްގައި އެނޫންގޮތެއް ނެއް ހާލަތުގައި ބިން ހިއްކިޔަސް މިކަމަކީ ކުރަންވާވަރުގެ ކަމެއްނޫން. ތިމާވެއްޓަށް ގެއްލުންބޮޑު.
ޥައިކަރަދޫ
18 August 2021
ޜާކަނިމަސް ކެވިފަ ކަލޯ ދެން ހިއްކާ ބަލަ!
މުހައްމަދު
18 August 2021
ކޮމެންޓޭތަރުންނަށް އޯކޭ ކްރައުން ކޮންޕެނީ, އެކަމު ޤާސިމްގެ ކަމެއްނަމަ ނޫސްތަކުންވެސް ފަލީހަތްކުރާނީ މީހާ.
ހަސަނު
18 August 2021
އެ ރިސޯޓު ބަންދު ކުރީމާ އެ ރަށް ހިއްކާކަށް ނުޖެހޭނެ... އެއޮއް ރީތި ތަން އެ ހަލާކު ކޮށްލަނީ އެންމެ މީހެއްގެ މާލީ މަންފާއަށް...
ރަސް އަލީ
18 August 2021
ތިމާވެއްޓަށް ގެއްލުންވަނީ ވެލި ފިނޮޅު ހިއްކާގެން އެކަނި ތަ؟ ކަބާ ކޮރަސް ރޯޑް، އިތާފުށި، ފަރި އައިލެންޑް؟ އަދި ކޮބާ މާފުއްޓަށް އިތުރިކޮށް ހިއްކި ތަން؟ އަދި ކ.ގުރައިދޫ އަށްވެސް؟ އެއީ ހުސްވެސް ޓުއަރިސްޓް ވިޔަފާރި ކުރާ ތަން ތަން! އަދި ވެލިގަނޑުން ހިއްކަމުން އެދާ ސަރަހައްދަކީ ވެލި ފިނޮޅު ސަރަހައްދު، އަދި މަޑިވަރު ފިނޮޅު އެއީ ވަކި ސަރަހައްދެއް. ޗާޓު ބަލާލުމުން އެކަން ސާފު ވާނެ. ތިމާވެއްޓަށް ގެއްލުން ނުވާގޮތައް ރާއްޖޭގެ އެއްވެސް ފަރެއް ހިއްކޭނެބާ؟ ދެން؟
ށަ ވިޔަނި
18 August 2021
ޢަނިލް ކަލޯ ވާން ކޮއްފަ ބަހައްޓާ!
ޢަންމި
18 August 2021
ވެލިފިނޮޅުވެސް ހެދީ. ޟިހާރު ހިމާޔަތް ކޮށްފަ އޮތް ފަޅުން އަނެއްކާ އެކުޅި އެކުޅެނީ މީ ސީދާ ބޮޑު ޖަރީމާއެއް. ސަރުކާރުން އޮތީ ކުރައުން ދަށުވެފަ
ހަސަންކާރި
18 August 2021
އާޗާ... ރަސްދޫ މީހުން މިހާރު ހާދަ ތިމާވެއްޓޭ؟ ރަސްދޫ ބަނދަރު 2 ފަހަރު މަތިން ހެދިއިރު އަހަރެމެން ރޮއި އާދޭސްކުރިން ހެމާހެޑް ޕޮއިންޓަށް އަސަރު ކުރާތީ. އޭރު އަހަރެމެން ވަރުގެ ނުބައި ބަޔަކު ނެތް. "ތަރައްޤީއަށް އަށް ހުރަސް" އަޅަނީއޭ ކިޔާ ހަމަލާދޭހިސާބުގައި ތިބީ. މިހާރު 3 ކިލޯމީޓަރު ދިރިގައި ކަމެއް ކޮއްލިއަސް ތިމާވެށި ފަނާވަނީ... ގަދަ ކަލޭމެން.
ޚަކީމް
18 August 2021
ޙާދަ ރުޅިއެކޭ ދޯ ރަސްދޫ މީހުންދެކެ ތިޔާ އަންނަނީ. ޝަލާމް ބްރޯ!
ވއިބުރޭ
18 August 2021
ތިމާވެށި ދެކެތިހާލޯބިވާނަމަ ރަށުތޭރޭގެ އެތައްމިތަނަށް އުކާފައޮންނަ ދަޅުފުޅިނަގާ ސާފުކޮށްބަލަ. އަދި ނުވިތާކަށް މަޑިވަރު ފިނޮޅަށް ދަތުރު އައިސް އެތަން ކުނިގޮނޑަކަށް ހަދާފަ، ވެލާ ޕޮއިންޓް ހިމާޔަތޭކިޔާފަ ވެލާ ހިފައިގެން ކައިފަ، ޓުއަރިޒަމޭ ކިޔައިގެން އަނގަ ފުޅާ ކުރާއިރު ބޮޑު ދޯންޔަކަށް ސައުންޑްސިސްޓަމާ ލޭޒާބީމް އަރުވައިގެން އައިސް ވޯޓަރވިލާތައް ކުރީމަތީ ފަތުރުވެރިންނިދިޔަނުދީ އަޑުގަދަކޮށް ލަވަޖަހާ ލޭޒަރ ބީމް އަޅުވާ ނުހެދިސް. ވަރަށް ގޮތްކުޑަ ބައެއްތީ!
ޞަރީ
18 August 2021
ޙިއްކުން ހަމަ ހުއްޓަން ޖެހޭނީ ބްރޯ.
ާަމާއިނގޭ
18 August 2021
ބުރޯ! އަދި ހަދާވަރު ކުޑަ އެންނު، ކޮންމެ ރެއަކުވެސް ގޮސް ޑިސްކޯ ޖައްސަންވީ ވޯޓާ ވިލާތައް ކައިރީ.
ޞަލީމް
18 August 2021
ޟ މޮޅު ވާހަކަ ނުދައްކާ މަހުޖަނުން އެކަނިތަ މިގައުމުގަ އުޅެނީ. ...
ޙުރާ އިއްބެ
18 August 2021
ތެޅިލަން ހަމަޖެހޭނީ. ރަސްދު އަތޮޅަށް ބަސްކިޔާނީ އެތަނުގެ މީހުން. އޭދަފުށި މީހުން ނުޖެހޭ މިތަން ހިއްކާކަށް. ޢަދި ބުނަން. މަޑިވަރަށްވެސް ރަސްދޫ މީހުން ކުންޔެއް ނާޅާނެ. ޢތަނަށް އެހެން ތަންތަނުން މީހުން އަންނަކަން ކަލޯ ނޭނގެނީތަ؟ ޙަމަ ހުއްޓުވާން ޖެހެނީ
މާމގިގިލީ އިބޫ
18 August 2021
ރަސްދޫ ޒުވާނުން އަދި މުޅި ރައްޔިތުންނަށް ސެލިއުޓްކުރަން...މަހުޖަނުން ބޭނުންހާކަމެއް ކޮންމެތާކު ނުވާނެކަން ދައްކުވައިދީފި....
ޓައިބެ
18 August 2021
ޢަނިލް މެން މިކަން ހުއްޓު ވައިފި ދޯ ބްރޯ.