ޕްރިންސް ހެރީ.
16 ޖެނުއަރީ 2020 - 06:25
އަމިއްލަ މަސައްކަތްޕުޅުން ދިރިއުޅުއްވުން ބިނާކުރައްވަން ނިންމަވައި ޝާހީ ޒިންމާތަކުން އެކަހެރިވެވަޑައިގެންފައިވާ ޕްރިންސް ހެރީ އަށް އެމެރިކާގެ މަޝްހޫރު ފާސްޓްފުޑް ޗެއިން، ބާގަ ކިންގުން ވަޒީފާއެއް ހުށަހަޅައިފި އެވެ.
ހެރީގެ އަނބިކަނބަލުން މޭގަން މާކަލްގެ އުފަން ގައުމުގެ ކުންފުނިން ހެރީ އަށް ހުށަަހަޅާފައި ވަނީ ޕާޓް-ޓައިމް ވަޒީފާއެއްގެ ފުރުސަތެވެ. ސީދާ ކޮން މަގާމެއްކަން ހާމަނުކޮށް، ބާގާ ކިންގްގެ "ސަމާސާ" ޓްވީޓްގައި ބުނީ އެ އާއިލާ އިން ޕާޓް-ޓައިމް މަގާމެއް ހުށަހަޅާ ކަމަށެވެ.
@ harry, this royal family offers part-time positions
— Burger King (@BurgerKing) January 13, 2020
ބާގަ ކިންގްގެ ޓްވީޓާ ގުޅިގެން ވަރަށް ގިނަ މީހުން އެކި ހިޔާލުތައް ފާޅުކޮށްފައިވެ އެވެ. އެގޮތުން ބައެއް މީހުން ވަނީ އެ ކުންފުނީގެ އެ ހުށަހެޅުމަކީ ވަރަށް މޮޅު ހިޔާލެއް ކަމަށް ބުނެފަ އެވެ. އަދި ބައެއް މީހުން ވަނީ ބާގަ ކިންގްގައި ހެރީ ވަޒީފާ އަދާކުރައްވާ ނަމަ އޭނާ އަށް ކިޔާނެ ނަމަކާ ބެހޭ ގޮތުން ވެސް ޖޯކް ޖަހައިފަ އެވެ. އެގޮތުން އޭނާ އަށް ކިޔަން ވާނީ ބާގަ ބޯއިގެ ބަދަލުގައި ބާގާ ޕްރިންސްތޯ އަހާފައިވެ އެވެ.
Shouldn't you be Burger Prince instead of Burger Boy?
— 🎇Aaron Rollins🎆 (@aaronrrollins) January 13, 2020
އެެހެން މީހަކު ކުރި ޓްވީޓެއްގައި ބުނީ ވަޒީފާގެ ފުރުސަތު ބާގަ ކިންގުން ހެރީ އަށް ދިނަސް އެކަމަށް އޭނާ އެއްބަސްވެވަޑައިގަންނަވަން ޖެހޭނީ ޝާހީ އާއިލާގެ ހުއްދަ އޮވެގެން ކަމަށެވެ. އަދި ބައެއް މީހުން ވަނީ ޓްވިޓާގައި ހެރީ ބާގާ ހިފައިގެން ހުންނަވާ ފޮޓޯތަކެއް ހަދައިގެން ބާގާ ކިންގުން ދިން ހުށަހެޅުމަށް ޖޯކް ޖަހައިފަ އެވެ.
whopper or big king? pic.twitter.com/uPFToe38Ry
— Cüneyt (@polliceversoo) January 14, 2020
އެހެން މީހަކު ކުރި ޓްވީޓެއްގައި ބުނީ ބާގަ ކިންގްގެ ޓްވީޓަކީ މި ފަހުން ޓްވިޓާ އިން ފެނުނު އެންމެ ފައްކާ ޓްވީޓް ކަމަށެވެ.
You win the Internet today. 😂
— Kylo-Ben (@00Reject) January 13, 2020
އަމިއްލަފައިމައްޗަށް ތެދުވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ހެރީގެ ދެކަނބަލުން ޝާހީ އާއިލާއާ ފެއަށްޖެހިވަޑައިގަތުމަށް ފަހު ވިދާޅުވީ އެ ބޭފުޅުންގެ ދިރިއުޅުއްވުން ދެން ބައްޓަންކުރައްވާނެ ގޮތަކާ ބެހޭ މައުލޫމާތު ފަހުން ހިއްސާކުރައްވާނެ ކަމަށެވެ.
މިފަދަ ނިންމެވުމަށް ކުއްލި ގޮތަކަށް ނިންމެވި އިރު ރިޕޯޓްތައް ބުނާ ގޮތުން ހެރީ އާއި މޭގަން އަށް ނިސްބަތްވާ ދަ ޑޫކް އެންޑް ޑަޗެސް އޮފް ސަސިކްސްގެ ނަމުގައި ދެ ބޭފުޅުން މިދިޔަ ޖޫން މަހުގެ ތެރޭގައި ވަނީ ވިޔަފާރިއެއް ފަށަން ނިންމަވައި އެ ނަން ވިޔަފާރީގެ ނަމެއްގެ ގޮތުގައި ވެސް ރަޖިސްޓްރީކުރައްވައިފަ އެވެ. އަދި އޭގެ ދަށުން ވަރަށް ގިނަ އުފެއްދުންތަކެއް ނެރޭނެ ކަމަށްވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުރަބޯ
17 January 2020
ހެރީމެން އަތުގައި ބޯކޮށް ލާރި އޮންނާނެނު؟ ވިޔަފާރިއެއް ފެށީމާ އެވީނު.....؟؟؟
ބުރޯ
17 January 2020
މާލެއަށް އާދޭ, ވެމްކޯވެސް ބޭނުން
ހުސެންކޮއި
16 January 2020
ބާގާ ކިންގަށްވެސް ވަޒީފާ ހުށައަޅަން އެނގެނީ ސާހީންނަށް. އެވެސް ޖޮބްލެސް ނޫނީ ހޯމްލެސް މީހަކަށް ހުށައެޅިނަމަ ސަޅި. ވީމާ ތިއީ ސްޓަންޓއް
ބުރޯޯ
16 January 2020
ބުރޯ އެއީ ޖޯކެކޭ