އޯރިއޯ އިން ނެރުނު އާ ދެ ފްލެވާގެ ބިސްކޯދު.
16 ޖެނުއަރީ 2020 - 06:23
ގިނަ ބައެއްގެ މެދުގައި މަގުބޫލު އޯރިއޯ ބިސްކޯދުގެ އާ ދެ ރަހައެއް ނެރެފި އެވެ.
އާ އަހަރާ ދިމާކޮށް ނެރެފައިވާ އާ ދެ ރަހަ އަކީ ކެރަމަލް ކޮކަނަޓް އޯރިއޯސް އާއި ޗޮކްލެޓް މާޝްމެލޯ އޯރިއޯސް އެވެ. މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އޯރިއޯގެ ދެ ރަހައެއް ނެރެން ނިންމާފައިވާ އިއުލާންކުރުމަށް މި މަހުގެ ކުރީކޮޅު ނެރުނު އާ ރަހަތަކުގެ ބިސްކޯދު މި ވަގުތު ވިއްކަމުން އަންނަނީ އެމެރިކާގަ އެވެ.
┏━━┓┏━━┓┏━━┓┏━━┓
— OREO Cookie (@Oreo) January 3, 2020
┗━┓┃┃┏┓┃┗━┓┃┃┏┓┃
┏━┛┃┃┃┃┃┏━┛┃┃┃┃┃
✨New Year, New Flavors✨
┃┏━┛┃┃┃┃┃┏━┛┃┃┃┃
┃┗━┓┃┗┛┃┃┗━┓┃┗┛┃
┗━━┛┗━━┛┗━━┛┗━━┛ pic.twitter.com/QsYvfSNERc
ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަގުބޫލު ބިސްކޯދެއްގެ ގޮތުގައި ފާހަގަކުރެވޭ އެމެރިކާގެ އޯރިއޯގެ ތަފާތު އެކި ރަހަތަކެއް ކުރިން ވެސް ނެރެފައިވެ އެވެ. އޭގެ ތެރޭގައި ޕެޕަމިންޓް ބާކް، ވައިޓް ފަޖް، އެޕަލް ޕައި، އެސް މޯސް އަދި ޗޮކްލެޓް ކްރީމްގެ އިތުރުން ވެސް ގިނަ ރަހަތަކެއް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އާއިޒް
16 January 2020
އޮންލީ އޯރިއޯ.ޓީވީއެމް ކާޓޫނު ގަޑީގައި ވަރަށް އިޝްތިހާރުކުރި އެއްްޗެއް. 2000 ގެ ކުރީކޮޅު