ޕާކިސްތާނުން ޖާސޫސް ކުރަން ފޮނުވާފައިވާ ކަމަށް ބެލެވޭ ކޮތަރުތައް އިންޑިއާ ސިފައިން މީގެ ކުރިން ވެސް ވަނީ ހިފާފައި.
04 އޮކްޓޯބަރ 2016 - 11:38
ސްރީނަގަރު (އޮކްޓޯބަރު 4) - އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށް އިންޒާރުދީފައިވާ ނޯޓެއް ހަރުކޮށްފައިވާ ކޮތަރެއް އިންޑިއާ ސިފައިން ހިފާ ހައްޔަރުކޮށްފި އެވެ.
މި ކޮތަރު ހިފައިފައި ވަނީ ކަޝްމީރުގައި ޕާކިސްތާނުގެ ސަރަހައްދީ ރޮނގާ ކައިރިން އުތުރުގެ ޕަންޖާބު ސްޓޭޓުގެ ޕަތަންކޮޓް އިންނެވެ. ޕަތަންކޮޓްގައި ހަނގުރާމަވެރިން ވަނީ ޖެނުއަރީ މަހު އިންޑިއާ ސިފައިންގެ މަރުކަޒަކަށް ހަމަލާދީފަ އެވެ.
ޕަތަންކޮޓުގެ ފުލުހުންގެ ވެރިޔާ ރާކޭޝް ކުމާރު އޭއެފްޕީ އަށް ފޯނުން ވިދާޅުވީ ބޯޑަރު ބަލަހައްޓާ ސިފައިން (ބީއެސްއެފް) އަށް ކޮތަރު ފެނުމާ އެކު މިހާރު ވަނީ އެ ކޮތަރު ބަންދުކޮށްފައި ކަމަށެވެ.
"މޯދީ، އަހަރެމެންނަކީ 1971 ގައި އުޅުނު ފަދަ މީހުންނެއް ނޫން. އަހަރެމެންގެ ކޮންމެ ކުޑަ ކުއްޖަކު ވެސް މިހާރު މި ތިބީ އިންޑިއާއާ ހަނގުރާމަ ކުރަން ތައްޔާރަށް،" ކޮތަރުގައި ހަރުކޮށްފައިވާ އުރުދޫ ބަހުން ލިޔެފައިވާ ލިޔުމުގައިވެ އެވެ.
އިންޑިއާ އާއި ޕާކިސްތާނުން 1971 ވަނަ އަހަރު ވަނީ ދެ ގައުމުގެ އެންމެ ފަހުގެ ހަނގުރާމަ ކޮށްފަ އެވެ.
ކުމާރު ވިދާޅުވީ ކޮތަރުގައި ހަރުކޮށްފައިވާ ލިޔުމުގައި ސޮއިކޮށްފައި ވަނީ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ލަޝްކަރީ ތައިބާ އިން ކަމަށް ބެލެވޭ ކަމަށާއި އެހެންވެ އެ މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ ވާދަވެރިކަމުގައި ކޮތަރުފަދަ ތަކެތި ބޭނުންކޮށްގެން އިންޒާރުދިން މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ވެސް ވަނީ އިންޒާރުގެ މެސެޖެއް ލިޔެފައިވާ ކޮތަރެއް އިންޑިއާ އިން ހިފައިފަ އެވެ. މީގެ އިތުރުން މޯދީ އަށް އިންޒާރުދީ މެސެޖެއް ލިޔެފައިވާ ދެ ފުއްޕާހަން ޕަންޖާބުން ވަނީ ފެނިފަ އެވެ. ޕާކިސްތާނުން ޖާސޫސް ކުރަން ފޮނުވާފައިވާ ކަމަށް ބެލެވޭ ކޮތަރެއް އިންޑިއާ ސިފައިން މިދިޔަ އަހަރު ވަނީ ހިފައިފަ އެވެ. އަދި އެ ކޮތަރުގައި ކެމެރާއެއް ނުވަތަ ޓްރާންސްމިޓަރެއް ހަރުކޮށްފައިވޭތޯ ބެލުމަށް ވަނީ ކޮތަރުގެ އެކްސްރޭ ވެސް ނަގައިފަ އެވެ.
އިންޑިއާ ސިފައިން 2013 ވަނަ އަހަރު ހިފި ދޫންޏެއްގައި ވަނީ ކުޑަ ކެމެރާއެއް ހަރުކޮށްފަ އެވެ. އަދި 2010 ވަނަ އަހަރު ވަނީ ޖާސޫސް ކުރަން ފޮނުވާފައިވާ ކަމަށް ބެލެވޭ ކޮތަރެއް އިންޑިއާ ސިފައިން ހިފައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސަ
05 October 2016
ޑާޓީ ޕޮލިޓިކްސް!!!!
މުލަކު. މުހައްމަދު.
05 October 2016
ޒަބީބު! އިގެރޭސީން އިނޑިއާ ޕާކިސްތާން ކޮންމެ މަގޮސަދެއްގައި ހެދިކަމުގައި ވިއަސް، ތިޔަބުނާ ބޮޑުބާރަށް އިންޑިއާ ވާން ޒަބީހު އެދުނު ކަމުގައި ވިއަސް އަދި އިންއާވެސް ޒަބީހު ފަދައިން ތިޔަ ހުވަފެން ދެކުނު ކަމުގާ ވިއަސް މުސްލިމުން ގެރި ކަތިލީމާ ބަދަލުގަ އިންސާނުން ކަތިލާ ނާތަހޮޒީބު ސަގާފަތެއް ގެންގުޅޭ ބަޔަކަށް، ތިޔަފަދަ ބާރެއް ﷲ ނުދެއްވާނެތީ ނޫންތޯ ހިންދީން ފަދަ، މުސްލިމުންގެ ޢަދުއްވުން މެދުވެރިވެ އެތަނުން ބާރުގަދަ ޕާކިސްތާނެއް އުފެދުނީ .ވީމާ ޒަބީބު/އިންޑިއާ ގެ އުއްމީދު ﷲގެ އިރާދަ ފުޅާ މިންވަރު ފުޅުން ވަނީ ނެތިކުރައްވާފަ. ޒަބީބު/ސަލްމާން ރުޝްދީގެ އެދުން މާން ﷲ ދުވަހަކުވެސް އިންޑިއާއަށް އިޖާބަ ނުކުރައަވާށި އާމީން.
ިސިސީ
04 October 2016
އައިސިސް އަށް ހަގުރާމަ ސަޕްލައި ކޮށްދެނީ އިންޑިޔާއިން
ައަލީ
04 October 2016
މިހާރު ޕާކިސްތާނު މީހަކު ފޮޑިއެއް ޖެހިޔަސް އިންޑިއާ އަށް ހީވަނީ އެމީހުންނާއި ދިމާލަށް ޖެހި ފޮޑިއެކޭ އެއީ. އިންޑިއާގެ ހިންދީން އުޅެނީ ކަޝްމީރުގައި އެމީހުން މުސްލިމުންނާއި ދެކޮޅަށް ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަށް ފޮރުވަން ޕާކިސްތާން ބަހަނާ އަކަށް ހަދައިގެން.
ޒަބީބު
04 October 2016
ޕާކިސްތާނު މީހުނަކީ މުސްލިމުންނެވެ. އެހެންކަމުން އަހަރުމެން ހަމްދަރްދީވަނީ ޕާކިސްތާނަށެވެ. އެކަމަކު މިއީ ހަނގުރާމަކުރަންޖެހޭ ވަގުތެއްނޫނެވެ. ދެގައުމުންވެސް ޖެހެނީ މައިތިރިވާށެވެ. ވޭތުވެދިޔަ 40 އަކަށްއަހަރު ތެރޭ ކޮށްފައިވާ ހަނގުރާމަތަކަށް ބަލާށެވެ. ދުނިޔޭގެ ސުޕަރ ޕަވަރކަމަށް ދަޢުވާކުރާ ގައުމުތަކަށްވެސް އެދެވޭ ކާމިޔާބެއްލިބިފައިނެތެވެ. ދެގައުމުވެސް ފުނޑުފުނޑުވާނީއެވެ. އިޤްތިޞާދު ވެއްޓޭނީއެވެ. އިނގިރޭސިން ތިތަން ދެބަޔަށްހެދި މަގުސަދު އިތުރަށް ހާސިލުވާނީއެވެ. ތިދެގައުމު އެއްކޮށް އަދި ބަންގްލަދޭޝް އެއްކޮށް އޮތްނަމަ ތިއީ މި އޭޝިއާގެ އެންމެބާރުގަދަ މީހުނަށްވީހެވެ. ބައިބައި ކުރުމުން ދެގައުމުންވެސް ދިފާއީކަންތައްތަކަށް އެހާބޮޑަށް ހޭދައެބަކުރެއެވެ. ދެގައުމު އެއްކޮށް އޮތްނަމަ މިއީ ހަގީގަތުގައި ފަގީރުކަން ނައްތާލަން ކުރެވޭނެ ހޭދައެވެ. އަދި މުސްލިމުންގެ ބާރުވެސް ގަދަވާނެއެވެ. ބަސްބުނުމުގައި މުސްލިމުންގެ ދައުރު ބޮޑުވާނެއެވެ.
ކަމަނަދައިތަ
04 October 2016
ތިޔަ ކޮތަރުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ ކުރަންވާނެއެވެ.
އަބްދުލް ބާރީ
04 October 2016
މުޅިން ޑްރާމާ، ނުކުޅެވޭނެ ފާކިސްތާނަކާ އިންޑިޔާ މީހުން މޮޔަވެގެން ތިއުޅެނީ
ނީމް
04 October 2016
މިވެސް ރާއްޖޭގައި ކުރި ކަމެއްނަމަ ވަރަށް ޖޯކު ޖެހީސް. އިންޑިޔާވީމަ އޯކޭ. ތި ނޫހުގެ ކުދިންވެސް ވަރަށް ޖޯކު ޖަހާފަ އެއްޗެތި ލިޔުނީސް