18 ޖެނުއަރީ 2020 - 19:29
ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި އަލުން ފެތުރެން ފެށި ފަހުން ހަތަރު ވަނަ މީހަކަށް ހިމަ ބިހި ޖެހިފައިވާކަން މިއަދު ކުރި ޓެސްޓްތަކުން އެނގިއްޖެ އެވެ.
ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަން ހެލްތު މިނިސްޓްރީން އިއުލާނު ކުރީ މިދިޔަ ހޯމަ ދުވަހު އެވެ. ހިމަބިހި ޖެހުނު މީހުން އުޅުނު ސަރަހައްދާއި އެ މީހުންނާ ގުޅުން އޮންނަ މީހުން ޓެސްޓްކުރަން އެ ހިސާބުން ފެށި އެވެ. މިދިޔަ އަންގާރަ ދުވަހާ ހަމަ އަށް ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ތިން މީހެކެވެ.
މިފަހަރު ހިމަބިހި ޖެހުނީ ކޮން އުމުރެއްގެ މީހަކަށް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ މިއަދު ހިމަބިއްސަށް ޓެސްޓްކުރި އަށް މީހުންގެ ތެރެއިން އެކަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ ބައްޔަށް އިއްޔެ ވެސް 11 މީހކު ޓެސްޓްކުރި އެވެ. އެކަމަކު އިއްޔެ ޓެސްޓްކުރި އެއްވެސް މީހަކަށް އެބަލި ޖެހިފައެއް ނުވެ އެވެ.
ރާއްޖޭގައި ހިމަބިހި އަލުން ފެތުރެން ފެށުމުން އެ ބަލިން ދިފާއުވާ ވެކްސިން ޖެހުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެންމެ ބޮޑަށް އިސްކަންދީގެން ވެކްސިން ދޭނީ އުމުރުން 25 އަހަރުން ދަށުގެ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަ ނުކޮށް ތިބި މީހުންނަށެވެ.
ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި ދެލައްކަ މީހުންނަށް ދެވޭ ވަރަށް ވެކްސިން ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ގެންނަ ވެކްސިން ޝިޕްމަންޓް ދިހަވަރަކަށް ދުވަހުގެ ތެރޭގައި ރާއްޖެއަށް ގެނެވޭ ވަރު ވާނެ ކަމަށް ހެލްތު މިނސްޓްރީން މިދިޔަ ހަފްތާގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަތުރުވެރިޔާ
19 January 2020
ޙުޅުމާލޭގައި ފާހަގަކުރެވުނު ހިސާބުތަކުގައި އެދުވަސްވަރ އެންމެ ގިނަވާނީ ބޮންދުން... މިމީހުންގެ ތެރޭގައި ފެތުރޭތޯ ބަލަންޖެހޭ ... މިމީހުންނަކީ އެއްވެސް އަައިޑެންޓިފިކޭޝަނެއް އޮންނަ ބަޢެއްނޫން
ފާތުމަ
19 January 2020
މީގައި އޮތީ ދެގޮތެކެވެ. ހިމަބިހިޖެހިލާފައި ދެހަފްތާއެއް ދުވަހުން ރަގަޅުވުމެވެ. ނޫނިއްޔާ އެކަމުން ސަލާމަތްވުމަށް ދެވޭ ވެކްސިން ޅަފަތުގައި ދީގެން ކޮންމެ ހާހަކުން ކުއްޖަކުގެ ނިސްބަތުން މުޅި އުމުރު އޯޓިޒަމުގައި ހޭދަކޮށްލުމެވެ. ޗޮއިސް އިޒް ޔޮއަރސް!
ޒެޑްސް
19 January 2020
މަށަށް ދެރައީ މިހާރުން ކޮމެންޓް ފިލްޓާރ ކުރާއިރު ވެކްސިންއާ މިހައި ދެކޮޅު ކޮމެންޓުތައް ދޫކޮށްލާތީ!
ހައްޖަ
19 January 2020
ޖަޕާނުގައި އެމްއެމްއާރ ވެކްސިން ހުއްޓާލާ އަދި ދިނުން މަނަލީ ކީއްވެތޯއެވެ? އެތަނުގެ މީހުން މިގައުމުގައިވެސް ގިނައިން އުޅެއެވެ.
ޒެޑްސް
19 January 2020
ހުއްޓާލީ އެމްއެމްއާރު.. ޖަޕާނުގެ މުއައްސަސާތަކުން މި ބަލިތަކަށް ވަކިން ތައްޔާރުކޮށްފައިވާ ވެކްސިން ދިނުމަށް ބާރުއަޅާ. އެމްއެމްއާރުގެ ސަބަބުން ބައެއް ނޭދެވޭ ކަންތައްތަކެއް ފާހަގަވެގެން ގޮސްފައިވާކަމަށް ޖަޕާނުގެ ސިއްހީ އިދާރާއިން ހާމަކުރޭ. އެހެނެއްކަމަކު ހިމަބިއްސަށް ވެކްސިން ނުދޭށެކޭ އެއްވެސް އިރަކު ނުބުނޭ.
އޮނަރަބްލް އަފީފު ދީދީ
18 January 2020
މިދައުލަތުގެ ޤައުމީ ސަލާމަތަށް ނުރައްކާވާދަރަޖައަށް އިމިޤްރޭޝަން ޤާނޫނާއިހިލާފް ބިދޭސިން ރާއްޖޭގައިއުޅޭއިރު އެކަން ހުއްޓުވަން ދައުލަތުގެ އެއްވެސް ގުނަވަނެއް ހިންގާން ތިބިމީހުނަށް ކަމެއް ނުކުރެވިގެން އުޅެނީ ސަރުކާރުގެ ބާރުގަދަ ފަރާތަކުން މިކަން ހިންގާތީތޯ؟! # މިދެންނެވި ގިނަ ބިދޭސިންނަކީ ސިއްޙީގޮތުން އެއްވެސް ކަހަލަ ސްކްރީން ކުރުމެއްނެތި އައިސް އަހަރުމެންގެ ރައްޔިތުނާއި މަސްހުނި ދިރިއުޅުމެއް އުޅޭބައެއް. ފުރަތަމަކަމަކަށް މިކަން ހުއްޓުވާ.