ދުނިޔެ / މެދު އިރުމަތި

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށަށް ހަދައި ސުލްހައިގެ ޕްލޭން ޓްރަމްޕް އާއްމުކުރައްވައިފި

ނަތަންޔާހޫގެ ހާޒިރުގައި ސުލްހައިގެ ޕްލޭން ޓްރަމްޕް މިރޭ އިއުލާން ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ވޮޝިންޓަން (ޖެނުއަރީ 29) - ފަލަސްތީނުން ތަކުރާރުކޮށް ދެކޮޅު ހަދަމުން ދަނިކޮށް، އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ކަނޑައަޅައި މެދުއިރުމަތީގެ ސުލްހައިގެ ޕްލޭން ރައީސް ޑޮނަލްޑް ޓްރަމްޕް މިރޭ އާއްމު ކުރައްވައިފި އެވެ.

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހާޒިރުގައި ވައިޓް ހައުސްގައި އާއްމުކުރި ޕްލޭނުގެ މައިގަނޑު ޕޮއިންޓަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ގުދުސް ކަނޑައެޅުމެވެ. ނަމަވެސް އެ ޕްލޭނުގައި ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ވެސް ހުށަހަޅުއްވައިފަ އެވެ. އެކަމަކު ފަލަސްތީނުން ވަނީ ޓްރަމްޕުގެ ޕްލޭނަށް ތަކުރާރުކޮށް ދެކޮޅު ހަދައިފަ އެވެ.

ފަލަސްތީނުން ބުނެފައި ވަނީ ޓްރަމްޕުގެ ސުލްހައިގެ ޕްލޭނުގައި ވަނީ އިޒްރޭލުގެ އިސްތިއުމާރާއި ފަލަސްތީނުގެ ބިންތައް ފޭރިގަތުން ރަނގަޅު ކަމެއްގެ ގޮތުގައި ބަލައިގެންފައި ކަމަށެވެ.

ސުލްހައިގެ ޕްލޭނުގެ ދެލި ކޮޕީ ތައްޔާރު ކުރުމުގައި އިސްކޮށް އުޅުއްވީ ޓްރަމްޕުގެ ދަނބިދަރިކަލުން ޖާރެޑް ކުޝްނާ އެވެ.

ނަތަންޔާހޫއާ އެކު ސުލްހައިގެ ޕްލޭން ޓްރަމްޕް އިއުލާން ކުރެއްވި ދެ ބޭފުޅުންގެ ވެސް ސިޔާސީ ކުރިމަގު ވަނީ މައްސަލަތަކެއްގެ ތެރޭގަ އެވެ. ޓްރަމްޕް އިމްޕީޗް ކުރުމުގެ ޝަރީއަތް ސެނެޓުގައި ކުރިއަށްދާއިރު ނަތަންޔާހޫގެ ކޮރަޕްޝަނުގެ މައްސަލަ ދަނީ ކުރިއަށެވެ.

"ސުލްހައާ ދިމާލަށް އިޒްރޭލުން މިއަދު ވަނީ މުހިންމު ފިޔަވަޅެއް އަޅާފައި،" ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ. "އަޅުގަނޑުގެ ވިޝަނަކީ ދެ ފަރާތަށް ވެސް ފައިދާހުރި ޕްލޭނެއް."

ޓްރަމްޕުގެ ޕްލޭނުގެ މައިގަނޑު ޕޮއިންޓްތައް

* ސުލްހައިގެ ޕްލޭނުގައި ކަނޑައަޅާފައިވާ ޗާޓުގައިވާ އިޒްރޭލުގެ ބިން އެމެރިކާ އިން ބަލައިގަތުން.

* އިރުމަތީ ގުދުސް އިން ފަލަސްތީނުގެ ވެރިރަށަށް ފުރުސަތު ދިނުން. އެކަމަކު ޓްރަމްޕް ވަނީ އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަަމަށް ނިންމަވާފައި. ޕީއެލްއޯ އިން ބުނެފައި ވަނީ ޓްރަމްޕުގެ ޕްލޭނުގައިވާ ގޮތުން އިރުމަތީ ގުދުސް އިން ފަލަސްތީނަށް ލިބެނީ 15 ޕަސެންޓް ކަމަށް.

* ގުދުސް އަކީ ބައިނުކުރެވޭ، އިޒްރޭލުގެ ވެރިރަށް ކަމަށް ކަނޑައެޅުން. އެކަމަކު ފަލަސްތީނުން ބުނެފައި ވަނީ 1967 ވަނަ އަހަރު ކުރި މެދުއިރުމަތީގެ ހަނގުރާމައިގައި އިޒްރޭލުން ފޭރިގަތް އިރުމަތީ ގުދުސް އަކީ ކުރިމަގުގައި އުފެދޭ ފަލަސްތީން ދައުލަތުގެ ވެރިރަށް ކަމަށް.

* ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ފުރުސަތު އޮތުން. އެކަމަކު އެއްވެސް ތަފްސީލެއް ދީފައެއް ނުވޭ.

* އިޒްރޭލް އަދި ފަލަސްތީނުގެ އެކަކު ވެސް އެ މީހުންގެ ގެދޮރު ނެރެލައިގެން ނުވާނެ. މާނައަކީ ހުޅަނގު އައްސޭރީގެ ބިންތަކަށް ވެރިވެގެން ތިބި ޔަހޫދީން އެ ގޮތުގައި ތިބުން.

* ޓްރަމްޕުގެ ޗާޓުގައި ފަލަސްތީނަށް ކަނޑައެޅި ބިމުގައި ހަތަރު އަހަރު ވަންދެން އެއްވެސް ކަމެއް ނުކުރެވޭ.

ޕްލޭނުގެ ދަށުން ހުޅަނގު އައްސޭރި ބައިނުކުރެވޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕުގެ ޕްލޭނަށް ތާއީދު ކުރައްވައި ނަތަންޔާހޫ ވިދާޅުވީ "ގަރުނުގެ އެއްބަސްވުމަކީ" ގަރުނުގެ ފުރުސަތު ކަމަށެވެ.

ޓްރަމްޕުގެ ޕްލޭން އާއްމު ކުރުމުގެ ކުރިން ވެސް ފަލަސްތީނުން ވަނީ އެއަށް ދެކޮޅު ހަދައިފަ އެވެ. ފަލަސްތީނުން ބުނެފައި ވަނީ އެއީ ހުޅަނގު އައްސޭރި އަށް އިޒްރޭލުން ދާއިމީކޮށް ބާރު ހިންގުމުގެ ރޭވުމެއް ކަމަށެވެ.

"މި ޕްލޭނަށް ތާއީދުކުރާ ފަލަސްތީނުގެ އެކަކު ވެސް އެމެރިކާ އަށް ނުހޯދޭނެ. ޓްރަމްޕުގެ ޕްލޭނަކީ ފަލަސްތީނުގެ ކެކުޅުންތައް އޮއްބާލަން ރޭވި ގަރުނުގެ ބޮޑު ރޭވުމެއް،" ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

10 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 3%
icon angry icon angry 91%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުލޭ

29 January 2020

ޓްރަމްޕާއި ނަތަންޔާހޫ އަކީ މުޅި ދުނިޔެއަށް ޖެހިފައިވާ ވަރަށް ބޮޑު މުސީބާތެއް އަދި ބޮޑު ވަބާއެއް. މާތްﷲ މި މުސީބާތުން ފަލަސްޠީނުގެ ރައްޔިތުންނާއި މުޅި ދުނިޔެ ސަލާމަތް ކުރައްވާށި. އާމީން.

The name is already taken The name is available. Register?

8532

30 January 2020

+މޯދީ+ނަޝީދު

The name is already taken The name is available. Register?

ދެރަވ

29 January 2020

ޔާ ﷲ މިތިބަ ނުބައި ދެމީހުން ނިކަމެތިކުރައްވާދޭވެ.

The name is already taken The name is available. Register?

މޮގޮދިށޫ

30 January 2020

ނުވާނެ ތިކަމެއް. ތިހެން ކަލޭމެން ކިޔަކިޔަ ތިއްބާ މަރުވެގެން ދާނީ ވެސް

The name is already taken The name is available. Register?

ހަބީބު

29 January 2020

މަވެސް ކަނޑައަޅައިފިން ފަލަސްތީނުގެ އަސްކަރީ މަރުކަޒަކައް ވޮޝިންޓަން ވީމާ އެމެރިކާނުން ވޮޝިންޓަނުން ފައިބާ މިހާރު

The name is already taken The name is available. Register?

މޮގޮދިށޫ

30 January 2020

މޮޔަ ނުގޮވާ. ފައިސާ ބޭނުންވީމަ އެމެރިކާ ބޭނުން.

The name is already taken The name is available. Register?

9658

30 January 2020

އެމެރިކާއިން ދިވެހި ގައުމަށް ދިން ފައިސާއެއް ނޯންނާނެ.. ހޭބަލިނުވޭ.

The name is already taken The name is available. Register?

ރަންޕް

29 January 2020

އެއީ ސުލްޙައިގެ ޕްލޭނެއްނޫން. އެއީ ޖަރީމާއެއް . ޓްރަމްޕް ހީކޮށްގެންހުންނަނީ އޭނަދަނީ މުޅިދުނިޔެ ހަމަޔަކަށް އަޅުވަމުންކަމަށް . އެކަމަކު މިހާތަނަށް ދުނިޔެދެކެފައިނުވާ ބޮޑެތި ޖަރީމާތަކަށް އެދަނީ މަގުފަހިކުރަމުން. ހެދިޕްލޭނަކުން އަދި ވީކަމެއްނެތް. މީގެ ނަތީޖާ އެހާރަނގަޅެއްނުވާނެ.

The name is already taken The name is available. Register?

މޮގޮދިށޫ

30 January 2020

ކަލޭ ހާދަ މޮޅޭ. އަމިއްލަ ގައުމުގެ ކަންތައް ރަގަޅު ކުރަން އުޅުނިއްޔާ މާރަގަޅު ވާނެ

The name is already taken The name is available. Register?

96532

30 January 2020

އަމިއްލަ ގައުމު ކިޔަން އަމިއްލަ ގައުމު އޮތް މީހުން އަނގަފުޅާ ކުރާނީ. ގައުމު ވިއްކާލައިގެން ވެރިކަމަށް އައިސް ތިތިބީ 5 އަހަރަށް. އޭގެފަހުން ކަލޭގެ ދަރިފަސްކޮޅު އުޅޭނީ އޮސްޓްރޭލިޔާގެ ހަނަފަސް ސަހަރާގަތަ؟ ދިވެހިގައުމަށް ގައްދާރުވަނީ ހިތުން މާމޮޅުވާން. ދުނިޔޭގެ އެކަކުވެސް ބަލައިނުގަންނާނެ އެމީހެއްގެ ގައުމަށް ގައްދާރުވާނަމަ. ކޮންމެތަނެއް ފަސާދަކުރާ ފަސާދަވެރިން ގައުމަށް ގައްދާރުވާނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454