އދ.ގެ މަންދޫބު ތަމްރަތު ރައިީސް ޔާމީނާ ބައްދަލުކުރައްވަނީ: މަޝްވަރާތަކުގައި އދ. އިން ބައިވެރިވުން މުހިއްމު ކަމަށް އަދާލަތުން ދެކޭ. .-- ފޮޓޯ: ޓުވިޓާ
05 އޮކްޓޯބަރ 2016 - 12:25
ސަރުކާރާއި ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި އދ. އިން މެދުވެރިއެއްގެ ރޯލު އަދާކޮށްދިނުމަށް އަދާލަތު ޕާޓީން ހުށަހަޅައިފި އެވެ.
އަދާލާތު ޕާޓީން މިއަދު ބުނީ އދ. އިން މި ހުށަހެޅުން ގަބޫލުކޮށް، ވަރަށް އަވަހަށް މަޝްވަރާ ފަށާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. މަޝްވަރާގައި އދ.ގެ ބައިވެރިވުން މުހިއްމީ، ކޮމަންވެލްތުން ވެސް އެދިފައިވާ ގޮތަށް ވާހަކަ ދައްކައިގެން ނަތީޖާ ނެރުމަށް ކަމަށް އެ ޕާޓީން ބުންޏެވެ.
މަޝްވަރާ ކުރިއަށް ގެންގޮސްދިނުމަށް އދ. ގައި އަދާލަތުން އެދުނުއިރު، އެމްޑީޕީން ވެސް ވަނީ އެ ޖަމާއަތުގެ ބައިވެރިވުމާ އެކު ވާހަކަތައް ކުރިއަށް ގެންދިއުމަށް ރައީސް އޮފީހުގައި އެދިފަ އެވެ. މި ހުށަހެޅުން ގަބޫލުކޮށް، ސަރުކާރުން ބުނެފައި ވަނީ މި މަހުގެ މެދުތެރޭގައި މަޝްވަރާ ފަށާނެ ކަމަށެވެ.
މަޝްވަރާގައި ސަރުކާރު ތަމްސީލްކުރައްވާ އިސް މަންދޫބު، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިދިޔަ ހަފުތާގައި ވިދާޅުވެފައިވާ ގޮތުގައި އދ.ގެ މަންދޫބު ތަމްރަތު ސެމިއުލް މިހާރު ހުންނެވީ ކުރު ޗުއްޓީއެއްގަ އެވެ. އޭނާ އެނބުރިވަޑައިގަތުމާ އެކު މަޝްވަރާ ފަށާނެ ކަމަށް ޝައިނީ ވަނީ ވިދާޅުވެފަ އެވެ. "އަންނަ މަހުގެ މެދެއްހާ ހިސާބުގައި އެމަނިކުފާނު ވަޑައިގަންނަވާނެ ކަމަށް މިބަލަނީ. އެހެންވީމަ އޭނާ ވަޑައިގަތުމާއެކު ސަރުކާރުން މަޝްވަރާ ފަށާނެ،" ޝައިނީ ވިދާޅުވެފައިވެ އެވެ.
މަޝްވަރާތައް އަލުން މި ފަށަނީ ސީމެގުގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނައި ދެން އިސްލާހު ނުވެއްޖެ ނަމަ ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރަން ވިސްނާނެ ކަމުގެ އިންޒާރު ދީ އަދި ރާއްޖޭގެ ސިޔާސީ ޕާޓީތަކުން މަޝްވަރާކޮށް ހައްލު ހޯދުމަށް އަންގާފައި ވަނިކޮށެވެ. އެއްވެސް ޝަރުތަކާ ނުލައި މަޝްވަރާގެ މޭޒު ދޮށަށް ދާން ސީމެގުން ވަނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް ވެސް ގޮވާލައިފަ އެވެ. ސިޔާސީ މަސްރަހު ފިނިކުރުމަށް މަޝްވަރާތައް ފެށީ މިދިޔަ އަަހަރު މެދު ތެރޭގަ އެވެ. އެކަމަކު، ޖަލަށް ހުކުމްކޮށްފައި ތިބި އިދިކޮޅު ލީޑަރުން މަޝްވަރާތަކުގެ ކުރިން ދޫކޮށްލަން އިދިކޮޅު ފަރާތްތަކުން ކުރި ޝަރުތައް ސަރުކާރުން އެއްބަސް ނުވުމުން މިހާތަނަށް އެ މަޝްވަރާތައް ފެށޭ ގޮތެއް ނުވެ އެވެ. އދ.ގެ މަންދޫބު ތަމްރަތު ބައިވެރިވެވަޑައިގެން، އެކި ފަރާތްތަކާ ވަކިވަކިން ބައްދަލުކޮށް، މަޝްވަރާތައް ފަށަން މީގެ ކުރިން މަސައްކަތް ކުރައްވާފައި ވިޔަސް، އެކަމުގައި ވެސް އަލިމަގެއް ފެނިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައުދީދާ
05 October 2016
ފ އަތޮޅުގެ ޑީލް ނިމިއްޖެތަ މިހާރު
ޓޯޓޯވީޓޯކް
05 October 2016
މަޝްވަރާތަކައްވާނެ ގޮތް ކަމައް ލަފާކުރެވޭ ގޮތް ސީމެގުން ސަސްޕެންޑު ކުރުމައް އަދިއޮތީ ވިސްނުން އެއީ އެކަކުން 10 ގުނަމުންގޮސް 9 އަކާއި ހަމަޔައް ދިޔަމާ 0.1 އިންފަށައިގެން 9އަކާއި ހަމަޔައްގޮސް 00.1 އިންފަށައިގެން ގޮސް 9 ގޮސް 000.1 މިހެންގޮސް ދެހާސް 18 ވާއިރައްނިންމާލާނެ ދިގު ދެންމެވުމެކެވެ. އެކަމުގައި ސައުދީ އަރަބިޔާ ދައުލަތައް ދީލަތި އެހީފުޅެއް ވެދެއްވާނެކަމުގެ އުންމީދު ކުރެވެއެވެ. އަދި ރައީސް އެނބުރި ވަޑައިގެން ސައުދީ ރަސްގެފާނުގެ ދީލަތި އެހީފުޅާއެކު 2018 އައި ހަމަޔައް ކާޑުގެ ސަބްސިޑީ ދެއްވާނެ އެވެ، އޮޅްޕާރޓީ ޓޯކްސްނިމުނީ އެވެ،